Wednesday, December 25, 2013

ފީރު މުރަނގަ ތޮޅި

ފީރު މުރަނގަ ތޮޅި
ފީރު މުރަނގަ ތޮޅި އަކީ ތަރުކާރީއެއްގެ ގޮތުގައި ކެއުމަށް ބޭނުންކުރެވޭ ބާވަތެކެވެ.
ދިވެހި ނަން : ފީރު މުރަނގަ ތޮޅި
އިގިރޭސި ނަން : Sesbanis pod
ޢިލްމީ ނަން : Sesbania grandiflora

ފީރު މުރަނގަ ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ގަދީމީ ބޭސްވެރިކަމުގައި :
·         ބަނޑު ފަސޭހަކުރުމަށް ދޭ އެއްޗެއްގެ ގޮތުގައި ފީރު މުރަނގަތޮޅި ބޭނުންކޮށް އުޅުނެވެ.
·         ލޭމަދުވުން، ހުންއައުން، ތަދުކެނޑުވުމަށާއި، ކަރުހިއްކުން ފިލުވުމަށާއި، އަދި ވައިނޮޅީގެ ކަފި ދުޅަވުން ފަދަ ބަލިތަކަށް ވެސް ފަރުވާއެއްގެ ގޮތުގައި ފީރު މުރަނގަތޮޅި ބޭނުންކޮށްފައި ވެއެވެ.
·         އަތްފައި، ލޯ، އަދި މުޅި ހަށިގަނޑުގައި އުފެދޭ ދިލަ ހޫނުގެ އަސަރު ކެނޑުވުމަށް ކެއުމުގައި ފީރު މުރަނގަ ތޮޅި ހިމެނިދާނެ އެވެ.
·         ބަނޑުގައި ރިހުން، ރީނދޫވުން ފަދަ ކަންކަމަށް ފަރުވާކުރުމަށް ވެސް ފީރުމުރަނގަ ތޮޅި ބޭނުންކޮށްފައި ވެއެވެ.
·         ހަށިގަނޑުގައި ހަރުލާފައި ހުންނަ ވިހައިގެ އަސަރު ދުއްވާލުމަށް ފީރުމުރަނގަ ތޮޅި ބޭނުންކޮށްފައި ވެއެވެ.
·         އަނގަފާރުގެ އުދަނގޫ ލުއިކުރުމަށް ވެސް ފީރުމުރަނގަ ތޮޅި ބޭނުންކުރެވިދާނެ އެވެ.
މައުލޫމާތު :


No comments:

Post a Comment