Monday, December 23, 2013

ދަނޑި އަލުވި ފަތް

ދަނޑި އަލުވި ފަތް
ދަނޑި އަލުވި ފަތަކީ ކެއުމުގައި ބޭނުންކުރާ ފަތުގެ ބާވަތެކެވެ.    
ދިވެހި ނަން : ދަނޑި އަލުވި ފަތް
އިގިރޭސި ނަން :  Cassava leaves
ޢިލްމީ ނަން : -
ދަނޑި އަލުވި ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
91 ކިލޯ ކެލަރީ
ސޯޑިއަމް
51 މިލިގްރާމް
ކާބޯހައިޑްރޭޓް
18.3 - 7 ގްރާމް
ޕޮޓޭސިއަމް
0.35 މިލިގްރާމް
ޕްރޮޓީން
10 – 1 ގްރާމް
މަޢުދަންތައް
ފެޓް
2.9 – 0.2 ގްރާމް
ކެލްސިއަމް
708- 34 މިލިގްރާމް
ފައިބަރު
10 – 0.5 ގްރާމް
ކޮޕަރ
3 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
8.3- 0.4 މިލިގްރާމް
ނިއެސިން
2.8 – 1.3 މިލިގްރާމް
މެގްނީޒިއަމް
0.12 މިލިގްރާމް
ރައިބޯފްލެވިން
0.74–0.21 މިލިގްރާމް
މެންގަނީޒް
72 މިލިގްރާމް
ތިއެމިން
0.3– 0.06 މިލިގްރާމް
ފޮސްފަރަސް
-     211- 27 މިލިގްރާމް
ވިޓަމިން އޭ
11800– 8300 އައިޔޫ
ސިލެނިއަމް
-
ވިޓަމިން ސީ
370- 60 މިލިގްރާމް
ޒިންކް
71 މިލިގްރާމް


















ދަނޑި އަލުވި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ޅަކޮށް ހުންނަ ދަނޑި އަލުވި ފަތަކީ ޕްރޮޓީން އަދި ވިޓަމިންކޭ ގެ ރަގަޅު މަޞްދަރެކެވެ. ވިޓަމިން ކޭ އަކީ ކަށިތައް އުފެދި، ހެދިބޮޑުވުމާ، އަދި އަލްޒައިމާ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ ވިޓަމިނެކެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް ދަނޑި އަލުވި ފަތަކީ ބޭނުންކުރެވިދާނެ ބާވަތެކެވެ. ސަބަބަކީ ދަނޑި އަލުވި ފަތުގައި ހަކަތަ އެކުލެވިގެންވަނީ ވަރަށް މަދު މިންވަރަކަށް ކަމަށްވާތީ އެވެ. ހަމަމިއާއެކު ދަނޑި އަލުވި ފަތް ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ކުރެވޭނެ އެވެ.
ބަނޑުހަރުވުން ކުރިމަތިވެފައިވާ މީހުންނަށް ވެސް ދަނޑި އަލުވި ފަތް ބޭނުންކުރެވިދާނެ އެވެ. އެއީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުން ބަނޑުފަސޭހަކޮށްދީ، ހަޖަމުރަގަޅުކޮށްދޭތީ އެވެ.

ގަދީމީ ބޭސްވެރިކަމުގައި ދަނޑިއަލުވި ފަތަކީ ރާއްޖެބަލި، ބޭރަށްހިންގުން، އަރިދަފުސްރޯގާ، ބޮލުގައި ރިހުން، ބަނޑުގައި ފާރުހެދުން، ފަނިވުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް ބޭނުންކުރެވުނު، އަދި ފަތްޕިލާވެލީގެ ފަރުވާގައި މިހާރު ވެސް ބޭނުންކުރެވެމުންދާ ބާވަތެކެވެ.
ދަނޑި އަލުވި ފަތުގައި ހަށިގަނޑަށް ބޭނުންތެރި މައުދަންތަކާ، ވިޓަމިންތައް، ޕްރޮޓީން، އަދި އެމިނޯއެސިޑް ތައް ހުރެއެވެ. ދަނޑި އަލުވި ފަތުގައި އެކުލެވޭ އެމިނޯ އެސިޑް ތަކަކީ، ހަމުގައި އުފެދޭ ފާރުތައް ފަސޭހަކުރުން، ހަލާކުވާ ސެލްތައް ރަގަޅުކުރުން، ހަދާން ވަރުގަދަކުރުން، އަދި ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ ތަކެކެވެ.
ދަނޑި އަލުވި ފަތުގައި ހިމެނޭ "ކްލޯރޯފައިލް" އަކީ އެންޓިއޮކްސިޑެންޓެއްގެ އިތުރުން، ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އެއްވެސް މެއެވެ. މިކަމުގެ ސަބަބުން ފްރީރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދިނުމުގައި އެހީތެރިވެދޭނެ އެވެ.
ދަނޑި އަލުވި ފަތުގައި ފޮސްފަރަސް، ކެލްސިއަމް، ދަގަނޑު ފަދަ މައުދަން ތައް ވެސް ހުރެއެވެ. ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިންބީ1 ވެސް ހުރެއެވެ. ދަނޑި އަލުވި ފަތް ބޭނުންކުރުމަކީ ކާހިތް ކެނޑިފައި ތިބޭމީހުންނަށް ކާހިތް ޖައްސުވާ ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment