Wednesday, October 5, 2011

ދަނބު


ދަނބު
ދަނބަކީ ހުތްފޮނި ރަހައެއްދޭ މޭވާ އެކެވެ. މިއީ އުނިއޮށެއްގެ ސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ގިތި ނުވަތަ ނިލި ދަނބު ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތް، އަދި ދަނބުކުލައިގައި ވެސް ހުރެއެވެ. މިއީ ވެސް ކެއުމަށާއި، ޖޫސް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާ އެކެވެ.
ދިވެހި ނަން : ދަނބު
އިގިރޭސި ނަން : Java Plum / Jambolan
ޢިލްމީ ނަން : Syzygium Cumini
ދަނބުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
60 ކިލޯކެލަރީ
ސޯޑިއަމް
14 މިލިގްރާމް
ކާބޯހައިޑްރޭޓް
15.56 ގްރާމް
ޕޮޓޭސިއަމް
79 މިލިގްރާމް
ޕްރޮޓީން
0.72 ގްރާމް
މަޢުދަންތައް
ފެޓް
0.23 ގްރާމް
ކެލްސިއަމް
19 މިލިގްރާމް
ފައިބަރު
-           
ކޮޕަރ
-           
ވިޓަމިންތައް
ދަނގަޑު
0.19  މިލިގްރާމް
ފޮލިކް އެސިޑް
-           
މެގްނީޒިއަމް
15 މިލިގްރާމް
ނިއެސިން
0.260 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
0.160 މިލިގްރާމް
ފޮސްފަރަސް
17 މިލިގްރާމް
ޕައިރިޑޮކްސިން
0.038 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.012 މިލިގްރާމް
ޒިންކް
-           
ތިއެމިން
0.006 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
31 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
14.3 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           

ދަނބުން  ލިބޭ ޞިއްޙީ ފައިދާތައް
·         ދަނބު ގަހުގެ އެކި ބައިތަކުގައި ހަކުރުބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، އަދި ލޭގައި ހަކުރު މައްޗަށް ދިއުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައިވެއެވެ. ދަނބު ގަހުގެ ތޮއްޓާއި، ފަތް، ދަނބު، އަދި އޮށަކީ ވެސް ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.
·         ހޯދިފައިވާ ގޮތުން ދަނބަކީ ޗިސްމޭގައި އިންސިއުލިން އުފައްދާ ބީޓާ ސެލްތައް މަރާމާތުކޮށް އާ ސެލްތައް އުފެއްދުން އިތުރުކުރާ ކާނާގެ ބާވަތެކެވެ.
·         ދަނބު އޮށުގައި "ޖަމްބޯލީން"(Jamboline) ކިޔާ ގުލްކޯޒުގެ ބާވަތެއް ހުރެއެވެ. މިއީ ސްޓާރޗް ހަކުރަށް ބަދަލުވުމުގެ މަސައްކަތް ކޮންޓްރޯލްކުރާ މާއްދާ އެކެވެ.
·         ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއީ މައިދާ ރައްކާތެރިކޮށްދިނުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. ދަނބު އޮށް މުގުރައި ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެން ބޭނުންކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްވެއެވެ. އަދި މިއީ މާ އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން، އަދި ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
·         ދަނބުގައި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް މައިދާ އިން ދޫކުރުމަށް ބާރުއަޅާ ތަބީޢީ އެސިޑްތައް ހުރެއެވެ. އަދި މިއީ މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.
·         ދަނބު ފަތަކީ ހަށިގަނޑަށް ވިޓަމިން އީ ނެގުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދަނބު ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވޭތީ ހިރުގަނޑު ދުޅަވުން ފަދަ ހާލަތުގައި ދަނބު ފަތް އެކަމަށް ފަރުވާކުރުމަށް ބޭނުން ކުރެވެއެވެ. ދަނބު ފަތަކީ ދަތްތަކާއި، ހިރުގަނޑު ވަރުގަދަކޮށް ރަގަޅުކޮށްދޭ އެއްޗެކެވެ.  
·         ދަނބުގަހުގެ ތޮއްޓަކީ ކުޑަކަމުދާ ތަކެތި ބޭރުވުން އިތުރުކޮށްދޭ، މައިދާއާއި ގޮހޮރުގައި އާލާވާ ފަނި މަރާލައި، ހަޖަމުކުރުމަށް އެހީތެރިވެދީ، އަދި ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދޭ އެއްޗެކެވެ.
·         ދަނބުން ފައިދާ ހޯދައިދެވިދާނެ ބަލިތައް:
o       ހަކުރު ބަލި
o       ބޭރަށްހިންގުން
o       ޑިސެންޓެރީ
o       ދަދު
o       އަނގަފާރު އެޅުން
o       އަނގައިން ނުބައިވަސްދުވުން
o       ކަރުތެރޭގެ މައްސަލަތައް
މަޢުލޫމާތު:-

No comments:

Post a Comment