Tuesday, October 4, 2011

ގޯނބިލި



ގޯނބިލި
ގޯނބިލި އަކީ ބިލަމަގު ގަހާއި ވައްތަރު އެއަށްވުރެ މައްޗަށް ހެދޭ ގަހެއްގައި އަޅާ ވަށްކޮށް، ފަތިކޮށް ފިތްފިތް ހުންނަ މޭވާ އެކެވެ. ގޯނބިލީގައި ދޭނީ ހުތް ރަހަ އެކެވެ. އަސާރަ ހެދުމަށާއި، ބައެއް ކަހަލަ ސަލަޑް ތައްޔާރު ކުރުމަށް، އަދި ކާނާގެ ތަފާތު ވައްތަރުތައް ތައްޔާރުކުރުމަށް ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ގޯނބިލި ބޭނުންކޮށް އުޅެއެވެ. މިއީ މަދުން ނަމަވެސް އޭގައި ޞިއްޙީ ފައިދާތަކެއް ވެސް އެކުލެވޭ މޭވާ އެކެވެ.
ދިވެހި ނަން : ގޯނބިލި
އިގިރޭސި ނަން : Star Gooseberry
ޢިލްމީ ނަން : Phyllanthus Acidus
ގޯނބިލީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
28 ކިލޯކެލަރީ
ސޯޑިއަމް
-           
ކާބޯހައިޑްރޭޓް
6.4  ގްރާމް
ޕޮޓޭސިއަމް
-           
ޕްރޮޓީން
0.155 ގްރާމް
މަޢުދަންތައް
ފެޓް
0.52 ގްރާމް
ކެލްސިއަމް
5.4 މިލިގްރާމް
ފައިބަރު
0.8 ގްރާމް
ކޮޕަރ
-           
ވިޓަމިންތައް
ދަނގަޑު
3.23 މިލިގްރާމް
ފޮލިކް އެސިޑް
-           
މެގްނީޒިއަމް
-           
ނިއެސިން
0.292 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
23 މިލިގްރާމް
ޕައިރިޑޮކްސިން
-           
ސިލެނިއަމް
-           
ރައިބޯފްލެވިން
0.013 މިލިގްރާމް
ޒިންކް
-           
ތިއެމިން
0.025 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
-           
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
4.6 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           
ގޯނބިލިިން ލިބޭ ޞިއްޙީ ފައިދާތައް
·         އިންޑިޔާގައި ލޭތާޒާކޮށް، ރަގަޅުކުރުމަށް "ލިވަރ ޓޮނިކް"(Liver Tonic) އެއްގެ ގޮތުގައި ގޯނބިލި ބޭނުން ކުރެއެވެ.
·         ބަނޑުގައި ރިހުން ކުޑަކޮށް، ލުއިކުރުމަށް ގޯނބިލި ދިޔަ ބޭނުން ކުރެއެވެ.
·         ގޯނބިލި ފަތް، އަސޭމިރުހާ އެއްކޮށްގެން ފުޑައިގެން، ތަދުވާ ތަންތަނުގައި އުގުޅައެވެ. އެގޮތުން ރާއްޖެބަލި ޖެހިގެން ތަދުވާ ހުޅުތަކުގަޔާއި، ބުރަކައްޓާއި އުނަގަނޑުގައި ރިހުން ކުރިމަތިވެފައިވާ މީހުންނަށް ތަދުވާ ތަންތަނުގައި އުގުޅުމަށް ބޭނުންކުރެއެވެ.
·         ގޯނބިލި ފަތުގައި ތަތްކަމެއް ހުންނާތީ، ކިހުނުވުން މެދުވެރިވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުން ކުރެއެވެ.
·         ގޯނބިލި މޫ ފެނުކައްކައިގެން އެފެނުން އާވިއެރުވުމުން ކެއްސުމާއި ބޮލުގައި ރިހުން ލުއިކޮށްދެއެވެ.
·         ގޯނބިލިމުލުގެ ދިޔަ ކުޑަ މިންވަރަކަށް ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަނގޫ ފަސޭހަކޮށް ދެއެވެ.
·         ފައިގެ ދަށްފުށުގައި އުފެދޭ "ސޮރައިސިސް"(Psorasis) އަށް ފަރުވާ ކުރުމަށް ގޯނބިލިމޫ ބޭނުން ކުރެއެވެ.
·         ގޯނބިލި ފަތް ބޭނުންކޮށްގެން، ކެއްސުން، ކެންސަރު، އަދި އަނގަފާރަށް ފަރުވާ ކުރުމަށް ބޭނުން ކުރެއެވެ.
·         ގޯނބިލި އޮށް ބަނޑުހިކުން ފަސޭހަކޮށްދިނުމަށާއި، މޭނުބައިކުރުން ކުޑަކުރުމަށް ބޭނުން ކުރެއެވެ.
މަޢުލޫމާތު:-

No comments:

Post a Comment