Wednesday, December 25, 2013

ރިހަ ތޮޅި

ރިހަ ތޮޅި
ރިހަތޮޅި އަކީ މަދުން ނަމަވެސް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ރިހަ ތޮޅީގެ ވަރަށް ގިނަ ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ރިހަ ތޮޅި
އިގިރޭސި ނަން :  Cowpeas
ޢިލްމީ ނަން : Vigna Unguiculata / V.sinensis
ރިހަ ތޮޅީގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
342 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
59.88 ގްރާމް
ޕްރޮޓީން
23.95 ގްރާމް
ފެޓް
2.4 ގްރާމް
ފައިބަރު
10.66 ގްރާމް
ނިއެސިން
2.93 މިލިގްރާމް
ރައިބޯފްލެވިން
0.17 މިލިގްރާމް
ތިއެމިން
0.68 މިލިގްރާމް
ވިޓަމިން ސީ
1.56 މިލިގްރާމް
ސޯޑިއަމް
57.49 މިލިގްރާމް
ޕޮޓޭސިއަމް
1374.85 މިލިގްރާމް
ކެލްސިއަމް
85.39 މިލިގްރާމް
ދަނގަޑު
9.94 މިލިގްރާމް
މެގްނީޒިއަމް
332.93 މިލިގްރާމް
ފޮސްފަރަސް
-     438.32 މިލިގްރާމް
ޒިންކް
6.11 މިލިގްރާމް

ރިހަ ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

ސަރުބީ ދަށްކުރުން : ރިހަ ތޮޅި އަކީ ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ ބާވަތެކެވެ. މިކަން މިގޮތަށް ހިނގަނީ އޭގައި މަތީ މިންވަރަކަށް ފައިބަރު އެކުލެވޭތީ އެވެ.

އެންޓިއޮކްސިޑެންޓް ތަކުން މުއްސަދިވެފައި ހުރުން : ރިހަ ތޮޅި އަކީ ތަފާތު ވައްތަރުތަކުގެ އެންޓިއޮކްސިޑެންޓް ތަކުން މުއްސަދި ވެފައިވާ ބާވަތެކެވެ. އެންޓިއޮކްސިޑެންޓް ތައް ހުރުމަކީ އެބޭނުންކުރުމުން ތަފާތު ވައްތަރުތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.


ބަރުދަން ލުއިކުރުމަށް ބޭނުންކުރުން : ރިހަ ތޮޅި އަކީ ބަރުދަން ލުއިކުރުމަށް ތައްޔާރުކުރެވޭ ކާނާގައި ހިމެނޭ ބާވަތެކެވެ. މިނިޔަތުގައި ރިހަ ތޮޅި ބޭނުންކުރެވެނީ އޭގައި ސަރުބީ އާއި ފެޓް ހުންނަ މިންވަރު މަދުވެފައި، ސޯޑިއަމް މަދުން އެކުލެވޭތީ އެވެ.

ހަކުރު ބަލި ކޮންޓްރޯލް ކުރުން : ރިހަ ތޮޅި ބޭނުންކުރުމަކީ ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމަށް ވާގިވެރިވަނީ އޭގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބަރު ކަމުގައި ބެލެވެއެވެ. މީގެ އިތުރުން ރިހަ ތޮޅިއަކީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާ އަކަށްވުމަކީ ވެސް ހަކުރު ބަލީގެ މީހުންނަށް ރިހަ ތޮޅި ބޭނުންކުރެވިދާނެ ކަމުގެ ހެއްކެކެވެ.

ބަނޑުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން : ރިހަ ތޮޅި ގަވާއިދުން ބޭނުންކުރުމަކީ ބަނޑު، ޗިސްމޭ، އަދި ހުންކޮށީގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭނެ ކަމެއްކަމުގައި ބެލެވެއެވެ. މީގެ އިތުރުން ރިހަ ތޮޅިއަކީ ކުޑަކަމުދާ ނިޒާމުގެ ބައިތަކުގައި އުފެދޭ ބެދުންތައް ނައްތާލައި، ކުޑަކަމުދިއުމުގައި ކުރިމަތިވާ އުދަނގޫތައް ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ގޮހޮރުގެ މަސައްކަތްތައް ހަމައަކަށް އަޅުވައިދީ ބަނޑު ރަގަޅުކޮށްދިނުމަށް ރިހަތޮޅި ބޭނުންކުރުން އެހީއަކަށް ވެއެވެ.

އެހެނިހެން ފައިދާތައް :
-          ކުޑަކަމުދާ ތަކެތި އުފެއްދުމަށް އެހީތެރިވުން
-          ރިހަތޮޅީގައި ހުންނަ "ލިގްނަންސް"ގެ ސަބަބުން ކަށިފީވުމުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވުން
-          ރިހަ ތޮޅީގައި އެކުލެވޭ ފްލޭވޮނޮއިޑް ތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުން
-          ރިހަ ތޮޅީގައި އެކުލެވޭ ފްލޭވޮނޮއިޑް ތަކުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުން
މައުލޫމާތު :

No comments:

Post a Comment