Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 37ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ސަތުތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 19 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/1 6 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކޮޕީ ފަތްބޮޑި އެއް ވަރު



ވިހާ ދުވަސް މިހާރު އިންނާނީ ވަރަށް ކައިރިވެފައެވެ. ނަމަވެސް ދުވަސްފުރުނުކަމަށް ބަލާނީ ބަނޑަށް 39 ހަފްތާވުމަށްފަހު އެވެ. ކުރިޔަށް އޮތް 2 ހަފްތާގައި ރަހިމުގައި ތުއްތު ދަރިފުޅު ހޭދަވުމަކީ ސިކުނޑިއާއި، ފުއްޕާމޭ ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ސިޒޭރިއަން ސެކްޝަން ހަދަންޖެހޭ މީހެއް ނަމަވެސް ޑޮކްޓަރުން އެކަންކުރާނީ ބަނޑަށް 39 ހަފްތާ ފުރިހަމަ ވުމުންނެވެ. މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ބައި އިންޗިން ފެށިގެން ގޮސް، ދޮޅު އިންޗިވަރު ހުރެދާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ. ދަރިފުޅުގެ ބޮލުގައި ހުންނަ ކުލައަކީ ގައިގެ ހަމުގެ ކުލައަށް ނުވެދާނެ އެވެ. 

ސަތުތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
އިސްތަށި : މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ދޮޅު އިންޗިވަރު ހުންނާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ.

ހަން : މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ކިނދަކީ ހަން ރައްކާތެރިކޮށްދޭ ހުދުކުލައިގައި ތެޔޮކޮށް، ތަތްކޮށް ހުންނަ އެއްޗެކެވެ. 
 
ރަހިމު : ރަހިމުގެ މަސްތައް ވާންވެ، ކުރުގެޅުމުން އުފެދޭ ރިހުން ތަންކޮޅެއް އިތުރުކަން ފާހަގަވާނެ އެވެ. އަދި މިރިހުން ތަންކޮޅެއް ގިނައިރު ހުރެދާނެއެވެ. އެކަމުގެ އުނދަގޫވާލެއް ބޮޑުވެދާނެ އެވެ. 

ކުރިމަތި ފަރާތް : ކުރިމަތި ފަރާތުން ދަވައާއި ލޮދިއައުން އިތުރުވެދާނެ އެވެ. ލޭކުލަ ހުންނަނަމަ ވިހާ ދުވަސް ކައިރިވަނީ އެވެ. 

ސަތުތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިހާރު ތިހުރީ ދުވަސްފުރެން ވަރަށް ކައިރިވެފައެވެ. ފުރިހަމަ ކުއްޖެއްގެ ސިފައިގައި ތުއްތު ދަރިފުޅު ފެނުނަސް، އަދި މުޅިން ފުރިހަމަ އެއް ނުވެއެވެ. ތުއްތު ދަރިފުޅުގެ ފުއްޕާމެޔާއި، ސިކުނޑި މުޅިން ފުރިހަމަވާނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކޮޕީ ފަތްބޮޑި އެއް ވަރެވެ. 

މައުލޫމާތު :


No comments:

Post a Comment