Thursday, January 2, 2014

މަތިވައް ކައްޓަލަ

މަތިވައް ކައްޓަލަ
ތުނޑު ކައްޓަލަ (ސުވޭހު ކައްޓަލަ ނުވަތަ ފަސްފިޔަ ކައްޓަލަ) އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ.
ދިވެހި ނަން :   މަތިވައް ކައްޓަލަ
އިގިރޭސި ނަން :   Air potato / Aerial yam
ޢިލްމީ ނަން :   Discorea Bulbifera
ކުރުކުރު ކައްޓަލައިގެ ކޮންމެ 100 ގްރާމް ގައި
ނޯޓް : ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ވައްތަރުތަކަށް ވުމުން މިވައްތަރުތަކުގެ ފައިދާ ވަރަށް އެއްގޮތެވެ. އެހެންކަމުން މިތާގައި ބަލާލެވިފައިވަނީ ޖުމުލަކޮށް މިދެންނެވި ވައްތަރުތަކުގެ 100 ގުރާމުގައި ކާނާގެ ތަފާތު ބައިތައް ހިމެނިފައިވާ މިންވަރެވެ.
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
108 ކިލޯކެލަރީ
ސޯޑިއަމް
9 މިލިގްރާމް
ކާބޯހައިޑްރޭޓް
27.88 ގްރާމް
ޕޮޓޭސިއަމް
816 މިލިގްރާމް
ޕްރޮޓީން
1.53  ގްރާމް
މަޢުދަންތައް
ފެޓް
0.17 ގްރާމް
ކެލްސިއަމް
17 މިލިގްރާމް
ފައިބަރު
4.1 ގްރާމް
ކޮޕަރ
0.178މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.54 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ނިއެސިން
0.552 މިލިގްރާމް
މެންގަނީޒް
0.397 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.314 މިލިގްރާމް
ފޮސްފަރަސް
-     55 މިލިގްރާމް
ޕައިރިޑޮކްސިން
0.293 މިލިގްރާމް
ސިލެނިއަމް
12 0.7 މައިކްރޯގްރާމް
ރައިބޯފްލެވިން
0.032 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް
ތިއެމިން
0.112 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
138 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
17.1 މިލިގްރާމް
ކެރޮޓީން ބީޓާ
83 މައިކްރޯ ގްރާމް
ވިޓަމިން އީ
0.35 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް








































މަތިވައް ކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         މަތިވައް ކައްޓަލަ އަކީ ކުޑަކަމު ނަޖިސް ބޭރުކުރުން އިތުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން މަތިވައް ކައްޓަލަ ބޭރުކުރާނަމަ ކުޑަކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑުން ވިހަ ބޭރުކުރުމަށް އެހީތެރިވެދޭނެ އެވެ. ޗައިނާ ފަދަ ގައުމުތަކުގައި ކުރީ ޒަމާނުގައި ޖިންސީ ބާރުގަދަ ކުރުމަށް ވެސް މަތިވައް ކައްޓަލަ ބޭނުންކޮށްފައި ވެއެވެ.
·         އަޔުރެވެދިކް މެޑިސިންގައި އިންޑިޔާގެ ތަފާތު ހިސާބުތަކުގައި މަތިވައް ކައްޓަލަ ތަފާތު ކަންކަމަށް ފަރުވާކުރުމަށް ބޭނުންކުރެއެވެ. އެގޮތުން މަތިވައް ކައްޓަލައިގެ އެހީގައި ފަރުވާކުރާ ބަލިތަކުގެ ތެރޭގައި ފުރަގަސް ފަރާތް ފޭބުން، ޑިސެންޓްރީ، ބަނޑުގައި ރިހުން، އަދި ކަށީގައި ރެދުއެޅުން ފަދަ ބަލިތަކާއި މައްސަލަތައް ހިމެނެއެވެ.

·         މަތިވައް ކައްޓަލައިގައި ވެސް ތަފާތު ވައްތަރުގެ ފައިޓޯކެމިކަލްތައް ހުރެއެވެ. އެގޮތުން މަތިވައް ކައްޓަލައިގައި ހިމެނޭ ފައިޓޯކެމިކަލް ތަކުގެ ތެރޭގައި ސެޕޯނިން، ޑައިސޯޖިނިން، ޓާރޕީން، ނޯރޑިޓާރޕީން، ގުލޫކަސައިޑް، ޑައޯސްބަލްބިން، ޑައިޓާރޕީން ލެކްޓޯންސް، ފެނަންތްރީން، ޑައިހައިޑްރޯފެނަންތްރީން،މައިރިސިޓީން ތައް، ލޫސީން، ކައެމްފިރޯލް،ކުވަރސިޓީން، ސްޓިގްމެސްޓީރޯލް، ޓްރައިސިޓީން، ޒިއެޒެންތިން، ކްރިޕްޓޯޒެންތިން، އަދި ޑީ-ސޯރބިޓޯލް ފަދަ މާއްދާތައް ހިމެނެއެވެ. މިހުރިހާ މާއްދާތައް އެކުލެވިގެންވުމަކީ މަތިވައްޓަލަ ބޭނުންކުރުމުން ތަފާތު ޞިއްޙީ ފައިދާތައް ހަށިގަނޑަށް ލިބޭނެ ކަމެކެވެ.
·         މަތިވައް ކައްޓަލައިގައި ހުންނަ ކެމިކަލްތަކަކީ ބޭހުގެ ގޮތުގައި ސްޓީރޮއިޑް ހޯރމޯން އުފެއްދުމަށާއި، ދޭތެރެ ދުރުކުރާ ބޭސް އުފެއްދުމަށް ބޭނުންކޮށް އުޅޭ ކެމިކަލް ތަކެއްކަން ފާހަގަކޮށްލެވެއެވެ.
·         ދިރާސާތަކުން ދައްކާގޮތުގައި މަތިވައް ކައްޓަލައިގައި ގިނަ އަދަދަކަށް ފްލޭވޮނޮއިޑް އަދި އައިސޯފްލޭވޮނޮއިޑް ތައް ހުރެއެވެ. މިއީ އެންޓިއޮކްސިޑެންޓްތަކުގެ ގޮތުގައި މަސައްކަތްކުރާ(ފްރީރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ)، ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ، ހިތާއި ލޭހޮޅިތަކަށް ރައްކާތެރިކަން ގެނެސްދޭ، އަދި އެސްޓްރަޖަންގެ ބާރު އެކުލެވޭ މާއްދާ ތަކެކެވެ.
·         2012 ގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު މަތިވައް ކައްޓަލައިގައި އެކުލެވިގެން ވެއެވެ.
·         2002 ގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި މަތިވައް ކައްޓަލައިގައި ފަންގަސް އާއި ދެކޮޅަށް މަސައްކަތް ކުރަނިވި މާއްދާއެއް ކަމުގައިވާ "ޑައިހައިޑްރޯޑިއޯސްކޯރިން" އެކުލެވިގެން ވެއެވެ.
·         އަޔުރެވެދިކް މެޑިސިންގައި މަތިވައް ކައްޓަލަ މުގުރައި ހިއްކައިގެން ތަފާތު ދުޅަތަކާއި، މުލިހި ފަދަ ކަންކަމަށް ފަރުވާ ކުރުމަށާއި، އަދި ފާރު ފަސޭހަ ކުރުމަށް ބޭނުންކޮށްފައި ވެއެވެ.
·         ދިރާސާތަކުން ދައްކާގޮތުގައި މަތިވައް ކައްޓަލައިގައި ދުޅަ ތިރިކުރުމުގެ ބާރު، ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު، އަދި ތަދުކެނޑުވުމުގެ ބާރު އެކުލެވިފައި ވެއެވެ.
ނޯޓް : ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ވައްތަރުތަކަށް ވުމުން މިވައްތަރުތަކުގެ ފައިދާ ވަރަށް އެއްގޮތެވެ.
މައުލޫމާތު :

No comments:

Post a Comment