Friday, January 3, 2014

އާދައިގެ ތޮރާ

އާދައިގެ ތޮރާ
ތޮރަލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : އާދައިގެ ތޮރާ (ތޮރާ)
އިގިރޭސި ނަން : Smooth gourd / sponge gourd / Smooth luffah
ޢިލްމީ ނަން : Luffa Cylindrica / Luffa Aegyptica
ކައްކާފައި ހުރި ތޮރަލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
13 ކިލޯކެލަރީ
ސޯޑިއަމް
21 މިލިގްރާމް
ކާބޯހައިޑްރޭޓް
14.34 ގްރާމް
ޕޮޓޭސިއަމް
453 މިލިގްރާމް
ޕްރޮޓީން
0.66  ގްރާމް
ވިޓަމިންތައް
ފެޓް
0.34 ގްރާމް
ފޮލިކް އެސިޑް
12 މައިކްރޯ ގްރާމް
ފައިބަރު
2.9 ގްރާމް
ނިއެސިން
0.26 މިލިގްރާމް
މަޢުދަންތައް
ޕައިރިޑޮކްސިން
0.099 މިލިގްރާމް
ކެލްސިއަމް
9 މިލިގްރާމް
ރައިބޯފްލެވިން
0.042 މިލިގްރާމް
ދަނގަޑު
0.36 މިލިގްރާމް
ތިއެމިން
0.046 މިލިގްރާމް
މެގްނީޒިއަމް
20 މިލިގްރާމް
ވިޓަމިން ސީ
5.7 މިލިގްރާމް
ފޮސްފަރަސް
-     31 މިލިގްރާމް
ވިޓަމިން އީ
0.24 މިލިގްރާމް
ޒިންކް
0.17 މިލިގްރާމް
ވިޓަމިން ކޭ
1.7މައިކްރޯ ގްރާމް



















ތޮރަލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ތޮރައަކީ މޭގަނޑު، ބަނޑު، އަދި ގުރުދާއަށް ރަގަޅު ތަރުކާރީގެ ބާވަތެކެވެ.
-          ތޮރައަކީ ބަނޑު ސާފުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.
-          ތޮރައަކީ އަރިދަފުސް ބޭރުކޮށްދީ، ލޭމަނާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.
-          ތޮރައަކީ ހަށިގަނޑުން ހޫނު ބޭރުކޮށް ހަށިގަނޑު ފިނިކޮށްދޭ ބާވަތެކެވެ.
-          ތޮރައަކީ ހަށިގަނޑުން ވިހަ ބޭރުކޮށްދޭ ބާވަތެކެވެ.
-          ތޮރައަކީ ދުޅަތިރިކޮށްދިނުމުގެބާރު ހުންނަ ބާވަތަކެވެ.
-          ތޮރައަކީ ފަންގަސް އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަ ބާވަތެކެވެ.
-          ތޮރައަކީ ނޭވާހިއްލުން ހުންނަ މީހުންނަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.
ނޯޓް : ފިތްޖެހި ތޮރާ އަދި ތޮރަލަކީ އެއް އާއިލާގެ ބާވަތްތަކަށް ވުމުން މިބާވަތްތަކުން ލިބޭ ފައިދާ ވަރަށް އެއްގޮތެވެ. އެހެންކަމުން ތޮރަލުގެ ޞިއްޙީ ފައިދާ ފިތްޖެހި ތޮރަލުގެ ނަމުގައިވާ ސަފުހާގައި ލިޔެފައިވާނެ އެވެ.
މައުލޫމާތު :


No comments:

Post a Comment