Monday, October 19, 2015

މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް

މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ނިސްބަތް ކުރެވެނީ މީދާ، ހިކަނދި، މުގޮށި މީދާ، އަދި މިނޫނަސް މިއާއިލާއަށް ނިސްބަތްވާ "ބީވަރ"، "ހެމްސްޓަރ"، އަދި ޕޯރކިޔުޕައިން" ފަދަ ދިރޭތަކެތިން ފެތުރޭ ބަލިތަކަށެވެ. 

މީދަލުގެ ޒަރީޢާއިން ބަލި ފެތުރިދާނެ (އިންސާނުންނަށް ބަލިޖެހިދާނެ) ގޮތްތައް
·         މީދާ ދަތްއެޅުން، ނޫނީ ވަކިއެޅުން ނޫނީ ކޫރުއެޅުން
·         މީދަލުގެ ބޮޑު ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން (ނޫނީ ފެންބުއިން)
·         މީދަލުގެ ކުޑަކަމުނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން (ނޫނީ ފެންބުއިން)
·         މީދަލުގެ ކުޑަކަމު ނަޖިސް މީހެއްގެ ގައިގައިވާ ފާރުގަނޑަކަށް އެޅުން
·         މީދަލުގެ ހަށިގަނޑުގައި ދިރިއުޅޭ ސެއްޅިއެއް ފަދަ އެއްޗެއް ހެފުމުން
·         ވާރޭފެން ޓޭންކު، ވަޅު ފަދަ އެއްޗަކަށް މީދަލެއް ވެއްޓި، މަރުވެފައިވަނިކޮށް، އެއިން ފެން ނަގައިގެން ބުއިން

މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ.
ސީދާ މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ސީދާގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރިދާނެ ބައެއް ބަލިތަކުގެ ތެރޭގައި:-
·         ސެލްމަނެލޯސިސް
·         ތާޢޫން ބަލި
·         ރެޓް ބައިޓް ފީވަރ
·         ހަންޓަރ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް
·         ޓުލަރީމިއާ
·         ލިމްފޮސައިޓިކް ކޮރިއޯމެނިންޖައިޓިސް
·         ހީމޮރެޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް
·         ލެސަރ ފީވަރ
·         އޮމްސްކް ހީމޮރެޖިކް ފީވަރ
 (ހ) - ލެޕްޓޯސްޕައިރޯސިސް : މިއީ މީދަލާއި، އެހެނިހެން ބައެއް ޖަނަވާރުތަކުގެ ސަބަބުން ފެތުރޭ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި އިންސާނުންނަށް މިބަލި ޖެއްސުމުގައި މުހިއްމު ދައުރެއް އަދާކުރާ ދިރޭ އެއްޗަކީ މީދަލެވެ. ލެޕްޓޯސްޕައިރޯސިސް ޖެހެނީސީދާ ގޮތުންނާއި ނުސީދާގޮތުން ބަލިޖެހިފައިވާ ޖަނަވާރެއްގެ ކުޑަކަމުދާ ތަކެއްޗަށް ހުށަހެޅިގެންނެވެ. ބަލި އާންމުކޮށް ޖެހެނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ. 

o       ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނުގައި(ޖަނަވާރުގެ ކުޑަކަމުދާ ތަކެއްޗާއި ތަޣައްޔަރުވެފައިވާ) މިސާލަކަށް މީދާ ފަދަ ޖަނަވާރުތަކުގެ ކުޑަކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ ކޯރު، ކުޅި، ފަތާ ފެންގަނޑު ފަދަ ތަނަކަށް އެރިއުޅުން، އެފަދަ ތަނެއްގައި ފެތުން، ނުވަތަ އެފަދަ ތަނެއްގައި ކަދުފަތި ދުއްވުން ފަދަ ކަމެއްކުރުމުގެ ތެރޭގައި އެފަދަ ފެނާއި ބީހުމުގެ ތެރޭގައި ހަމުގެ ތެރެއަށް ޖަރާސީމު ވަނުން
o       ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެން ބުއިން ނުވަތަ ކާތަކެތި ކެއުން
o       ބަލިޖެހިފައިވާ ޖަނަވާރުގެ މަސް، ގުނަވަން ފަދަ އެއްޗެއް އުފުލައިހެދުމުގައި ޖަރާސީމާއި ބީހިގެން ހަށިގަނޑަށް ޖަރާސީމު ވަނުން
o       ޖަރާސީމާއި ތަޣައްޔަރުވެފައި ހުރި ވެލީގައި، ނުވަތަ ފެނުގައި ބީހިގެން ހަށިގަނޑުން ކަނޑައިގެން ގޮސްފައިވާ ތަން، ނުވަތަ ތެތް ދުލިފަށަލަ އެއް ހުރަސްކޮށް ހަމުގެ ތެރެއަށް ޖަރާސީމު ވަނުން

(ށ) - ސަލްމަނެލޯސިސް (Salmonellosis): މިއީ މީދަލުގެ ސަބަބުން ފެތުރިދާނެ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މީދަލާއި، ހިކަނދި ފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގައި ސެލްމަނެލޯސިސް ޖައްސާ ޖަރާސީމު ހުރެއެވެ. މިބަލިޖެހެނީ ހިކައްޖާއި، މީދާ ފަދަ ޖަނަވާރުގެ ބޮޑުކަމުނަޖިހާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުންނެވެ. އެހެންކަމުން ސެލްމަނެލޯސިސް ގިނައިން ފެތުރެނީ ޖަރާސީމާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ކެއުމުންނެވެ. އެގޮތުން މީދަލުގެ ނަޖިހުގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗާއި ތަޣައްޔަރުވެގެން ވެސް ސެލްމަނެލޯސިސް ޖެހިދާނެ އެވެ.

 (ނ) - ތާޢޫން ބަލި :ތާއޫން ބައްޔަކީ މީދާ ، ބުޅާ، ފަދަ ޖަނަވާރުތަކުގެ ހަށިގަނޑުން ލޭބޮއިގެން އުޅޭ ސެއްޅިއެއް ހެފުމުން ފެތުރޭ، ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބައްޔެކެވެ. ތާޢޫން ބަލީގެ ތެރެއިން ބިޔޫބޮނިކް ޕްލޭގް އަދި ސެޕްޓިސިމިކް ޕްލޭގް ފެތުރުމުގައި މީދަލުގެ ދައުރު އޮވެއެވެ. މިވައްތަރުގެ ތާއޫން ބަލި ފެތުރޭގޮތްތައް ތިރީގައި މިވަނީ އެވެ. 

·         ބަލީގެ ޖަރާސީމު އުފުލާ ސެއްޅިއެއް ދަތްއެޅުން:ތާއޫން ބަލީގެ ޖަރާސީމު އެންމެ އާންމުކޮށް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ބަލީގެ ޖަރާސީމު އުފުލާ (ޖަރާސީމުހުރި) ސެއްޅިއެއް ދަތް (flea bite)  އެޅުމުންނެވެ. ސެއްޅި އެއެއްޗަކުން ލޭބޮއިގެން ދިރިއުޅޭ ޖަނަވާރު މަރުވުމުން އެހެން އެފަދަ އެއްޗަކުން ލޭބުއިމަށް ބޭނުންވެއެވެ. އެގޮތުން ތާއޫން ބަލިޖެހިގެން މަރުވެފައިވާ ޖަނަވާރުތައް ހުންނަ ހިސާބަކަށް ގޮސް އުޅޭ މީހުންނާ އެހެން ޖަނަވާރުތަކަށް ތާއޫން ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ގޭގައި ގެންގުޅޭ ބުޅާ، އަދި ގޯތިތެރޭގައި އުޅޭ މީދަލުގެ ހަށިގަނޑުގައި ތާއޫން ބަލި ޖައްސާ ޖަރާސީމު ހުރުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ބަލީގެ ޖަރާސީމު ހުރި ސެއްޅި ދަތްއެޅުމުން އާންމު ގޮތެއްގައި ޖެހެނީ ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން "ބިޔޫބޮނިކް ޕްލޭގް"(Bubonic plague) އަދި "ސެޕްޓިސިމިކް ޕްލޭގް"(Septicemic plague)  އެވެ.

·         ބަލީގެ ޖަރާސީމާ ތަޣައްޔަރުވެފައިވާ ތަކެތީގައި ބީހުން : ތާއޫން ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން ބޭރުވި ދިޔަ، އަދި އެފަދަ ޖަނަވާރެއްގެ ހަށިގަނޑުގެ ބައެއްގައި އަތްލައި، އުފުލައި ހެދުމަކީ އިންސާނުންނަށް ތާއޫން ބަލި ޖެހިދާނެ ކަމެކެވެ. މިސާލަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އާލަތަކާ ނުލައި ބަލިޖެހިފައިވާ ޖަނަވާރެއްގެ ހަން ނޮޅައި ހެދުމަކީ އެމީހަކަށް ތާއޫން ބަލި ޖެހިދާނެ ކަމެކެވެ. މިއުސޫލުގެ މަތީން އާންމު ގޮތެއްގައި ޖެހެނީ ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން"ބިޔޫބޮނިކް ޕްލޭގް"(Bubonic plague) އަދި "ސެޕްޓިސިމިކް ޕްލޭގް"(Septicemic plague)  އެވެ.
 (ރ) - ރެޓް ބައިޓް ފީވަރ : މިއީ މީދާ ދަތްއެޅުން، ކޫރުން އެޅުވުން، ނުވަތަ މަރުވެފައިވާ މީދަލެއްގައި އަތްލައިހެދުމުން ޖެހިދާނެ ބައްޔެކެވެ. މީދަލުގެ ކުޑަކަމު ނަޖިހާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން، ނޫނީ ހަށިގަނޑުގައިވާ ފާރުގަނޑަކަށް މީދަލުގެ ކުޑަކަމުނަޖިސް އެޅިގެން ވެސް މިބަލިޖެހިދާނެ އެވެ. އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ، ބަލިޖެހޭ މީހުންގެ ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ. 

 (ބ) - ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް : މިއީ މީދަލުގެ ސަބަބުން ފެތުރޭ، ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލިޖެހެނީ އަންނަނިވި 3 ގޮތުންކުރެ ގޮތަކުންނެވެ.
o       މީދަލުގެ ކުޑަކަމުނަޖިސް، ކުޅު ފަދަ އެއްޗެއް ނޭވާލުމުގެ ޒަރީޢާއިން އެތެރެވުން
o       މީދަލުގެ ކުޑަކަމުނަޖިސް ނުވަތަ ބޮޑުކަމުނަޖިހުގައި ބީހުން (އަތްލެވުން)
o       މީދާ ދަތްއެޅުން
(ޅ) - ޓުލަރީމިއާ (Tularaemia): މިއީ މުސަޅު، މުގޮށި މީދާގެ ބައެއް ވައްތަރުގެ ހަށިގަނޑުގައި ހުންނަ ބެކްޓީރިޔާއެއް ކަމުގައިވާ "ފްރެންސިސެލާ ޓުލަރެންސިސް" ގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ޓުލަރީމިއާ ޖެހިދާނެ ގޮތްތަކުގެ ތެރޭގައި :
·         މުގޮށި މީދާ ފަދަ ޖަނަވާރުގައި ދިރިއުޅޭ ޓިކް (ދިރޭ ސޫތްޕެއް) އެއް ދަތް އެޅުން
·         ބަލީގެ ޖަރާސީމު ހުރި (މަރުވެފައިވާ ނޫނީ ދިރޭ) ޖަނަވާރު ފަދަ ތަކެތި އުފުލައި ހެދުމުގައި، ހަމުގައި ބީހުން
·         ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން
·         ބަލީގެ ޖަރާސީމު ހުރި ހިރަފުސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުން
(ކ) - ލިމްފޮސައިޓިކް ކޮރިއޯމެނިންޖައިޓިސް (Lymphocytic choriomeningitis): މިއީ މީދަލުގެ ހަށިގަނޑުގައި ހުންނަ ލިމްފޮސައިޓިކް ކޮރިއޯމެނިންޖައިޓިސް ވައިރަސްގެ ސަބަބުންޖެހޭ ބައްޔެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިބަލިއުޅޭކަން ފާހަގަ ކުރެވިފައި ވެއެވެ.
ލިމްފޮސައިޓިކް ކޮރިއޯމެނިންޖައިޓިސް ޖެހިދާނެ ގޮތްތަކުގެ ތެރޭގައި:-
·         ބަލީގެ ޖަރާސީމު ހުރި ހިރަފުސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުން
·         މީދަލުގެ ނަޖިހުގައި ބީހުން
·         މީދާ ދަތްއެޅުން
ނުސީދާގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ނުސީދާގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރިދާނެ ބައެއް ބަލިތަކުގެ ތެރޭގައި:-
·         ސްކްރަބް ޓައިފަސް
·         ކޮލޮރާޑޯ ޓިކް ފީވަރ
·         ކިޔުޓެނިއަސް ލީޝްމޭނިއޭސިސް
·         މިއުރިން ޓައިފަސް
·         ހިއުމަން ގްރެނިއުލޯސައިޓިކް އެނަޕްލާޒްމޯސިސް
·         އޮމްސްކް ހީމޮރޭޖިކް ފީވަރ
·         ލައިމް ޑިޒީޒް
·         ޕޮވްސަން ވައިރަސް
·         ރިކެޓްސިއަލް ޕޮކްސް
·         ބޭބިސިއޯސިސް
·         ރިލެޕްސިންގ ފީވަރ
·         ރޮކީ މައުންޓެއިން ސްޕޮޓެޑް ފީވަރ
·         ސިލްވެޓިކް ޓައިފަސް
(ހ) ސްކްރަބް ޓައިފަސް : ސްކްރަބް ޓައިފަސް އަކީ ރިކެޓްސިއާ ސޫސުގަމުޝީ  ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިޖަރާސީމް ދިރިއުޅެނީ މީދާ، ހިކަނދި ،ފަދަ ޖަނަވާރު ތަކުގެ ކެހެރިގަނޑުތެރެއާއި، ގަސްތަކުގެ ތެރޭގައި އުޅޭ ސެއްޅިއެއް (Chigger Mite)ފަދަ ސޫތްޕެއްގެ ހަށިގަނޑުގައެވެ. ސްކްރަބް ޓައިފަސް ޖެހެނީ ޗިގަރ މައިޓް(Chigger mite)  ކިޔާ ސެއްޅިއެއް ފަދަ ސޫތްޕެއް އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި އޭގައި ހުރި ރިކެޓްސިއާ ސޫސުގަމުޝީ (Rickettessia tsutsugamushi)ކިޔާ ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ދިއުމުންނެވެ.

(ށ) - ކޮލޮރާޑޯ ޓިކް ފީވަރ :މިއީ މީދަލުގެ ގައިން ލޭބޮއިގެން އުޅޭ ޓިކް އެއް ދަތްއެޅުމުގެ(tick bite) ސަބަބުން، ނުސީދާ ގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރޭ، ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. 

(ނ) - ކިޔުޓެނިއަސް ލީޝްމޭނިއޭސިސް :މިއީ މީދަލުގެ ގައިން ކާނާ ހޯދައިގެން އުޅޭ މެހި ފާޑުގެ ސޫތްޕެއް (Sand fly) ދަތް އެޅުމުގެ ސަބަބުން، ނުސީދާގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރޭ، ޕެރަސައިޓް އަކުން ޖެހޭ ބައްޔެކެވެ.

(ރ) - މިއުރީން ޓައިފަސް : މިއީ މީދަލުގެ ހަށިގަނޑުގައި ދިރިއުޅޭ ސެއްޅި އެއް ހެފުމުގެ ސަބަބުން ޖެހިދާނެ ބައްޔެކެވެ.  

މީދަލުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން
·         މީދާ މަދުކުރުމުގެ ޕްރޮގްރާމް ހިންގުން
·         މީދަލުގައި އަތްލައި ހެދުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
·         މީދާ ދަތް އަޅާ ތަނެއް ހޫނު ފެނުން ސައިބޯނިލައިގެން ދޮވުން
·         ތަރުކާރީ، މޭވާ، ފަތްޕިލާވެލި ރަނގަޅަށް ދޮވެގެން ބޭނުންކުރުން
·         ދަނޑުހެއްދުމުގައި ބިންގަނޑަށް އަތްލާއިރު އަންގިލުން
·         ދަނޑުވެރިކަން ކުރުމުގައ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުން
·         ބިމަށް އަތްލައި ހެދުމަށްފަހު ރަނގަޅަށް އަތްދޮވުން
·         ކުޑަކުދިން ވެއްޔާއި ކުޅެ ހެދުމަށްފަހު އަތްދޮއްވުން ނޫނީ ވެއްޔާއި ކުޅެހެދިޔަނުދިނުން
މައުލޫމާތު :

No comments:

Post a Comment