Thursday, January 2, 2014

ގޮބޮޅި އަލަ

ގޮބޮޅި އަލަ
ގޮބޮޅި އަލަ އަކީ އޮޅުއަލަ އިގެ ބާވަތެކެވެ.  
ދިވެހި ނަން : ގޮބޮޅި އަލަ / އޮޅު އަލަ
އިގިރޭސި ނަން : Tannia / coco yam / Yautia / Malanga
ޢިލްމީ ނަން : Xanthosoma sagittifolium

ގޮބޮޅި އަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ގޮބޮޅި އަލައިގައި ގުލޫޓެން އެއް ނުހުންނާނެ އެވެ. ގުލޫޓެން އަކީ ބަނޑާއި ގޮހޮރުގެ ބައެއް ބަލިތައް ( ކްރޯންސް ބަލި، އަދި ސިލިއެކް ބަލި) ޖެހުމަށް މެދުވެރިވާ މާއްދާ އެކެވެ.
·         ގޮބޮޅި އަލައިގައި އެކަށޭނަ ވަރަކަށް ފައިބަރު ހުރެއެވެ. ފައިބަރަކީ ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންތެރި މާއްދާ އެކެވެ. އެގޮތުން ފައިބަރަކީ ގޮހޮރުގައި ހުންނަ ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ ބަނޑުގެ ރިހުން ލުއިކޮށްދީ، ބަނޑުހިކުން ކުޑަކޮށްދީ، ބަނޑު ފަސޭހަކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފައިބަރަކީ ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ފައިބަރަކީ ލޭގައި ހަކުރު މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ގޮބޮޅި އަލައަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ އެއްޗެކެވެ. ގޮބޮޅި އަލަ ހަޖަމުކުރުމަށް ބޭނުންކުރަނީ ވަރަށް ކުޑަ މިންވަރެއްގެ ހައިޑްރޯކްލޮރިކް އެސިޑް ކޮޅެކެވެ. މިހެންވުމުން އެސިޑްގެ ސަބަބުން ބަނޑާއި ގޮހޮރުގެ ފާރުގައި އުފެދޭ އުދަނގޫތައް ކުޑަކޮށްދީ، ގޮހޮރުގެ ފާރު އުފެދުމުން މިންޖުކޮށްދޭނެ އެވެ. މީގެ މަތިން އެރުމުގެ ސަބަބުން މޭދަށުގައި އުފެދޭ ދިލައާއި ރިހުން ކަނޑުވައިދޭނެ އެވެ.

·         ގޮބޮޅި އަލައަކީ ކާބޯހައިޑްރޭޓުން މުއްސަދި ބާވަތެކެވެ. އެގޮތުން 75.5 އިންސައްތަ އަކީ ކާބޯހައިޑްރޭޓް ކަން ފާހަގަ ކޮށްލެވެއެވެ. އެހެން ކާބޯހައިޑްރޭޓް މަދުން ބޭނުންކުރުމަށް އިރުޝާދު ދީފައިވާ މީހުން ގޮބޮޅި އަލަ ބޭނުންކުރުން ރަގަޅެއް ނޫނެވެ. ހަކަތައަކީ ކާބޯހައިޑްރޭޓުން ފޯރުކޮށްދޭ އެއްޗަކަށްވުމުން ހަށިގަނޑުގައި ހަކަތައާއި ބާރު ޖެއްސުމަށް ގޮބޮޅި އަލަ ޚިޔާރު ކުރެވިދާނެ އެވެ.
·         ގޮބޮޅި އަލައިގައި ސަރުބީ ހުންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން މިއީ ސަރުބީ މަދުން ކެއުމަށް އިރުޝާދު ދީފައިވާ ފަރާތްތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. ކައްކާފައި ހުންނަ ގޮބޮޅި އަލައިގެ ޖޯޑެއްގައި ހުންނަނީ ފެޓުގެ އެންމެ ގުރާމެކެވެ. ގޮބޮޅި އަލައިގައި ހުންނަ ސަރުބީ އަކީ ވެސް ހަށިގަނޑަށް އެހާ ގެއްލުންހުރި ސަރުބީއެއް ނޫންކަން ފާހަގަ ކުރެވެއެވެ.
މައުލޫމާތު :

No comments:

Post a Comment