Monday, December 23, 2013

ބޯވެލި ފަތް

ބޯވެލި ފަތް
ބޯވެލި ފަތަކީ ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. ބޯވެލި ފަތް ބޭނުންކުރާއިރު ބޮޑަށް ރަގަޅީ ޅަކޮށް ހުންނަ ފަތް ބޭނުންކުރުމެވެ. ބޯވެލި ފަތް ކައްކައިގެން ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ އިތުރުކަމަށް ބުނެއެވެ. އެއީ ނުކައްކައި ބޭނުންކުރުމުން ބޯވެލި ފަތުގައި ހުންނަ ބައެއް މާއްދާތައް ހަށިގަނޑަށް ރަގަޅަށް ނަގައިނުދޭތީ އެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ބޯވެލި ފަތުގެ ފައިދާ އެންމެ ބޮޑީ ޖޫސް ގިރައިގެން ޖޫހުގެ ގޮތުގައި ބޭނުންކުރުމެވެ.
ބޯވެލި ފަތުގައި އޮކްޒަލިކް އެސިޑް ހުރެއެވެ. މިއީ ކެލްސިއަމް އަދި ދަގަނޑު ހަށިގަނޑަށް ނެގުމަށް ހުރަސްއަޅާ މާއްދާ އެކެވެ. މިކަން ހައްލުކުރުމަށް ބޯވެލި ފަތް ބޭނުންކުރާއިރު ފޮނިކެކުރި، އޮރެންޖު، ލުނބޯ، ޔޫސުފު އަފަންދީ ފަދަ ވިޓަމިންސީ އެކުލެވޭ ބާވަތެއް ޚިޔާރު ކުރެވިދާނެ އެވެ. މީގެ އިތުރުން ބޯވެލި ފަތުގައި ހުންނަ އޮކްޒަލިކް އެސިޑްގެ ބާރު ދުއްވާލުމަށްޓަކައި 2 މިނިޓް ވަންދެން ބޯވެލި ފަތް ކެއްކުމަށްފަހު ބޭނުންކުރެވިދާނެ އެވެ.
ބޯވެލި ފަތް ގުދަން ކޮށްފައި ބަހައްޓާފައި ހުންނައިރު އަދިރީ ތަނެއްގައި ހުރުމަށްވުރެ އަލި ތަނެއްގައި ނުވަތަ އައްޔަށް ހުށަހެޅޭ ގޮތަށް ހުރުމުން އޭގެ ފައިދާ އިތުރުވާ ކަމަށް ބުނެވެއެވެ. ބޯވެލި ފަތް ގަނޑުކުރާ ބައިގައި ބަހައްޓައިގެން ގަނޑުކުރުމަކީ ވެސް އޭގެ ޞިއްޙީ ފައިދާ ކުޑަވާ ކަމެކެވެ. އެހެންކަމުން ފައިދާހުރި ގޮތަކީ ފަތް ގަނޑުކުރާ ބަޔަށް ނުލައި ގަންނަ ދުވަހު ތާޒާކަންމަތީ ހުއްޓާ ބޭނުންކުރުމެވެ.
ދިވެހި ނަން : ބޯވެލި ފަތް
އިގިރޭސި ނަން : Spinach
ޢިލްމީ ނަން : Spinacia oleracea
ބޯވެލި ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
23 ކިލޯކެލަރީ
ސޯޑިއަމް
79 މިލިގްރާމް
ކާބޯހައިޑްރޭޓް
3.63 ގްރާމް
ޕޮޓޭސިއަމް
558 މިލިގްރާމް
ޕްރޮޓީން
2.86  ގްރާމް
މަޢުދަންތައް
ފެޓް
0.39 ގްރާމް
ކެލްސިއަމް
99 މިލިގްރާމް
ފައިބަރު
2.2 ގްރާމް
ކޮޕަރ
0.130 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
2.71 މިލިގްރާމް
ފޮލިކް އެސިޑް
194 މައިކްރޯ ގްރާމް
މެގްނީޒިއަމް
79 މިލިގްރާމް
ނިއެސިން
0.724 މިލިގްރާމް
މެންގަނީޒް
0.879 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.065 މިލިގްރާމް
ފޮސްފަރަސް
ޕައިރިޑޮކްސިން
0.195 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.189 މިލިގްރާމް
ޒިންކް
0.53 މިލިގްރާމް
ތިއެމިން
0.078 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
9377 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
28.1 މިލިގްރާމް
ކެރޮޓީން ބީޓާ
5626މައިކްރޯ ގްރާމް
ވިޓަމިން އީ
2.03 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
482.9މައިކްރޯގްރާމް
ލުޓީން-ޒިއެޒެންތިން
12189މައިކްރޯގްރާމް























ބޯވެލި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބޯވެލި ފަތަކީ ކެރޮޓީން، ލޫޓީން އަދި ޒެންތީން ގެ ރަގަޅު މަޞްދަރެކެވެ. މިހުރިހާ މާއްދާ ތަކަކީ ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ބޭނުންތެރި މާއްދާ ތަކެކެވެ. ބީޓާ ކެރޮޓީން ލިބޭނީ ކައްކައިގެން ބޯވެލި ފަތް ބޭނުންކުރުމުންނެވެ. ބޯވެލިފަތް ކެއުމަކީ ލޯހިރުވުން، ލޮލުތެރެ ހިކުން، ލޮލުގައި ފާރުހެދުން އަދި ވިޓަމިން އޭ މަދުވުން ފަދަ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.މިކަންކަން އެގޮތަށް ހިނގަނީ ބޯވެލި ފަތުގައި ހިމެނޭ ދުޅަތިރިކޮށް ދިނުމުގެ ބާރުގެ ސަބަބުން ލޯދުޅަވުމާއި، ލޯހިރުވުން ފަދަ އުދަނގޫތައް ކުޑަކޮށްދޭތީ އެވެ.
ބޯވެލި ފަތުގައި ހިމެނޭ "ޒިއެޒެންތިން" އަކީ ލޮލަށް ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އެގޮތުން ލޮލަށް އެޅޭ އަލި ފުރޭނުމުގެ މަސައްކަތުގައި ބައިވެރިވެ، އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ "މެކިޔުލާ ހަލާކުވުން" ފަދަ މައްސަލަތަކުން ރައްކާތެރިކޮށްދިނުމަށް މިމާއްދާ އެހީތެރިވެދެއެވެ.

(ށ) - އުމުރުން ދުވަސްވުމުން ލޮލުގެ މެކިޔުލާ ހަލާކުވުން : އުމުރުން ދުވަސްވުމުން ލޮލުގެ މެކިޔުލާ ހަލާކުވުމަކީ ލޯއަނދިރިވުމަށް މެދުވެރިކޮށްފާނެ ކަމެކެވެ. މިކަންދިމާވަނީ ލޮލުގެ އަލިދުލީގެ މެދުގައި ހުންނަ ލޫޓީން އަދި ޒެންތީން ތައް ހަލާކުވުމުންނެވެ. ދިރާސާއަކުން (އޯކްރިޖް ނޭޝަނަލް ލެބޯޓްރީގައި ހަދާފައިވާ) ދައްކާގޮތުގައި ބޯވެލި ފަތް ބޭނުންކުރުމަކީ ކުރިން ދެންނެވި މުހިއްމު ދެމާއްދާ (ޕިގްމެންޓް) އަލުން އުފެއްދުމަށް އެހީތެރިވެދީ، އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލާ ހަލާކުވުން ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ބޯވެލި ފަތުގައި ހިމެނޭ ތަފާތު އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ވެސް މެކިޔުލާ ހަލާކުވުމަށް ހުރަސްއަޅައި، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

(ނ) - ނާރުތަކަށް ލިބިދޭ މަންފާ  : ގަވާއިދުން ބޯވެލިފަތް ބޭނުންކުރުމަކީ އޭގައި ހިމެނޭ ޕޮޓޭސިއަމް، ފޮލިކް އެސިޑް އަދި ތަފާތު އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އެބޭނުންކުރާ މީހުންގެ ނާރުތަކަށް ފައިދާ ލިބިދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފޮލިކް އެސިޑަކީ އަލްޒައިމާ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ އެއްޗެކެވެ. ޕޮޓޭސިއަމް އަކީ ސިކުނޑިއަށް ލޭފޯރުކޮށްދިނުން އިތުރުކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ނާރުގެ މަސައްކަތްތައް ހަލުވިކޮށްދީ، ވިސްނުން ރަގަޅުކޮށްދިނުމަށް ވެސް ޕޮޓޭސިއަމް އެހީތެރިވެދެއެވެ.

(ރ) - ލޭގެ ޕްރެޝަރުގެ ހަމަ ހިފެހެއްޓުން : ބޯވެލި ފަތުގައި ސޯޑިއަމް ހުންނަނީ ވަރަށް މަދުންނެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. ސޯޑިއަމް މަދުން ހުރުމާއި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ލޭގެ ޕްރެޝަރު އެކަށޭނަ މިންވަރެއްގައި އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ބޯވެލި ފަތުގައި ފޮލިކް އެސިޑް ހުރުމަކީ އެބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭހޮޅިތައް ހަމައަކަށް އަޅުވައި، ލޭގެ ހިނގުން ހަލުވިކޮށްދޭނެ ކަމެކެވެ.

ބޯވެލި ފަތް ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ސޯޑިއަމް މަދުން ހުރުމާއި، ޕޮޓޭސިއަމް ގިނައިން ހުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ބޯވެލި ފަތުގައި އެންޖީޓެންސިން ކޮންވާރޓިންގ އެންޒައިމް އަށް ހުރަސްއަޅާ ޕެޕްޓައިޑެއް ހުރުމަކީ ވެސް ބޯވެލި ފަތް ބޭނުންކުރުމަށް ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ބ) - މަސްތައް ވަރުގަދަކޮށްދިނުން : ބޯވެލި ފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ބެލެވޭ "ފެކްޓަރ ކޯ-ކިޔޫ10" އަކީ މަސްތައް ވަރުގަދަކުރުމުގައި (ޚާއްޞަކޮށް ހިތުގެ މަސްތައް ވަރުގަދަކުރުމުގައި) އެހީތެރިވެދޭ މާއްދާ އެކެވެ. "ޖާނަލް އޮފް ކާޑިއޯވެސްކިޔުލާރ ނާރސިންގ" ބުނާގޮތުގައި ކޯކިޔޫ10 އަކީ ލޭމައްޗަށްދިއުން، ސަރުބީމަތިވުން، ހިތުގެ މަސައްކަތްތައް ފޭލްވުން، އަދި ހިތުގެ ލޭހޮޅިތަކުގެ ބަލިތަކަށް ފަރުވާކުރުމަށާއި، އެބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ މާއްދާ އެކެވެ.
(ޅ) - ކަށީގައި ތަފާތު މައުދަންތައް ހިފެހެއްޓުން : ބޯވެލި ފަތަކީ ވިޓަމިން ކޭ އިން މުއްސަދި ފަތެކެވެ. ވިޓަމިން ކޭ އަކީ ކަށީގައި ކެލްސިއަމް ބެހެއްޓުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. މީގެ އިތުރުން ބޯވެލި ފަތުގައި ހުންނަ މެންގަނީޒް، ކޮޕަރ، ޒިންކު، މެގްނީޒިއަމް، އަދި ފޮސްފަރަސްގެ ސަބަބުން ވެސް ކަށިތައް ވަރުގަދަވުމަށް އެހީތެރިވެދެއެވެ. މިމާއްދާތައް ހުރުމުގެ މާނައަކީ ކަށިފީވުމުން ރައްކާތެރިވުމަށް ބޯވެލިފަތުން މަންފާ ލިބިދާނެ ކަމެވެ. މިދެންނެވި މާއްދާތަކަކީ ނިޔަފަތިތަކާއި ދަތްތަކުގެ ދުޅަހެޔޮކަމަށް ވެސް ބޭނުންތެރި މާއްދާތަކެއް ކަން ހަދާންކޮށްލަން ޖެހެއެވެ.
(ކ) - ލޯފުސްވުމުގެ ފުރުޞަތު ކުޑަކުރުން : ބޯވެލި ފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ގޮތުގައި ބެލެވޭ ލޫޓީން އަދި ޒިއެޒެންތިން އަކީ އިރުގެ ދޯދިން ކުރިމަތިވާ ލޯފުސްވުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ފްރީ ރެޑިކަލް ތަކުން ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް މިމާއްދާތައް އެހީތެރިވެދެއެވެ.

(އ) - ގޮހޮރުގެ ފާރުން ރައްކާތެރިކޮށްދިނުން : ބޯވެލި ފަތް ބޭނުންކުރުމުގެ ބަނޑާއި ގޮހޮރުގެ ބަތާނަފަށް ރައްކާތެރިކޮށްދީ އެހިސާބުގައި ފާރު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ބޯވެލި ފަތުގައި ހިމެނޭ "ގްލައިކޯސައިކްލީރޯ ލިޕިޑް" ތަކުގެ ސަބަބުން ބަނޑާއި ގޮހޮރުގެ ބަތާނަ ފަށް ވަރުގަދަކޮށްދީ، ތަފާތު އިންފްލެމޭޝަން އުފެދުމުން ދުރުކޮށްދެއެވެ. ބޯވެލި ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗެކެވެ. އެހެންކަމުން ބަނޑުހިކުން ކުރިމަތިވެފައިވާ މީހުންނަށް ބޯވެލި ފަތަކީ ބޭނުންތެރި އެއްޗެކެވެ. މިއީ ގޮހޮރުގައި ހުންނަ ވިހަތައް ބޭރުކުރުމަށް ވެސް އެހީތެރިވެދޭ ފަތެކެވެ.

(ވ) - ލޭހޮޅިތައް ހަރުއެރުމާއި އެއްފަޅީގެ ސްޓްރޯކްޖެހުމުން ރައްކާތެރިކޮށްދިނުން : ބޯވެލި ފަތުގައި ހިމެނޭ ލޫޓީންގެ ސަބަބުން ލޭހޮޅިތައް ހަރުއެރުމާއި، ސްޓްރޯކްޖެހުން އަދި ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މިކަން މިގޮތަށް ދިމާވަނީ ބޯވެލި ފަތުގައި ހިމެނޭ ޕްރޮޓީން ތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ހުއްޓުވައި، ލޭގެ ތެރޭގައި ސަރުބީ ހުންނަ މިންވަރު ދަށްކޮށްދޭތީ ކަމަށް ބެލެވެއެވެ.


(މ) - ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް އެހީތެރިވެދިނުން : ބޯވެލި ފަތުގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ވެސް ހުރެއެވެ. ފޮލިކް އެސިޑަކީ ސިކުނޑިއާއި ނާރުތަކުގެ ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސްޕައިނާ ބިފިޑާ، ކްލެފްޓް ޕަލޭޓް ފަދަ ޢައިބު އުފެދުން ކުޑަކޮށްދޭ މާއްދާ އެކެވެ. ބޯވެލި ފަތުގައި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް ހުރުމާއެކު މާބަނޑު ދުވަސްވަރު ބޯވެލި ފަތް ކެއުމުގައި ހިމެނުމަށް މާބަނޑު މީހުންނަށް އިރުޝާދު ދެއެވެ. ވިޓަމިން އޭ އަކީ ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަވުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ގާތުންދޭ ދުވަސްވަރު ވެސް ބޯވެލިފަތް ކެއުމުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ.

(ފ) - ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވުން : ބޯވެލި ފަތުގައި ދުޅަތައް ތިރިކުރުމުގެ ގާބިލިއްޔަތު އެކުލެވިގެންވާ އެތަކެއް މާއްދާތަކެއް ހުރެއެވެ. ހަށިގަނޑުގައި ހުންނަ ތަފާތު ދުޅަތައް ތިރިކުރުމަށް އެންމެ ބޭނުންތެރި އެއް ބާވަތަކީ ބޯވެލި ފަތް ކަމުގައި ބުނެވެއެވެ. އެގޮތުން ބޯވެލި ފަތް ގަވާއިދުން ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި، ކެންސަރުގެ ބާވަތްތައް، އަދި ހުޅު ދުޅަވުމުގެ ވައްތަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
(ދ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ބޯވެލިފަތުގައި ތަފާތު ވައްތަރުތަކުގެ ކެންސަރުން ރައްކާތެރިވުމަށާއި، އެކެންސަރުތަކުގެ އުދަނގޫ ކުޑަކުރުމަށް ބޭނުންކުރެވިދާނެ މާއްދާތައް އެކުލެވިފައިވާކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ބޯވެލި ފަތް ބޭނުންކުރުމުން ރައްކާތެރިކޮށްދީފާނެ ކެންސަރުގެ ވައްތަރު ތަކުގެ ތެރޭގައި މަސާނާގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަދި މޭގަނޑުގެ ކެންސަރު ހިމެނެއެވެ. ބޯވެލީގައި ހިމެނޭ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާތަކުގެ ގޮތުގައި ބެލެވޭ ފޮލިކް އެސިޑް، ވިޓަމިން އީ، އަދި ކްލޮރޮފައިލިން ކެންސަރުން ރައްކާތެރިކޮށްދިނުމަށް އެކި ސިފަސިފައިގައި މަސައްކަތްކުރާކަން ފާހަގަ ކުރެވެއެވެ. 

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ބޯވެލި ފަތުގައި ހިމެނޭ އެޕޮކްސީޒެންތިފައިލް، ނިއޯޒެންތިން، އަދި ވައަލޮޒެންތިން އަކީ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވައި، ކެންސަރުގެ ގަނޑު ހިންދުވާލުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ޚާއްޞަކޮށް ޕްރޮސްޓޭޓް ކެންސަރުގެ އުދަނގޫ ކުޑަކުރުމަށް އެހީތެރިވެދޭ ކަމަށް އެއް ދިރާސާއެއްގައި ބުނެފައި ވެއެވެ.
ބޯވެލި ފަތުގައި ހިމެނޭ ފްލޭވޮނޮއިޑް ތަކަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ އެންޓިއޮކްސިޑެންޓް ތަކެކެވެ. ހޯދިފައިވާ ގޮތުގައި ބޯވެލި ފަތް ބޭނުންކުރުމަކީ ގޮހޮރުގެ ކެންސަރު، ބަނޑުގެ ކެންސަރު، ހަމުގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބޯވެލި ފަތް ބޭނުންކުރުމަކީ ބިސްއުފައްދާތަނާއި، އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ބޯވެލި ފަތުގައި ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވާ "ކެމްފެރޯލް" ކިޔާ މާއްދާއެއް ހުރެއެވެ.

(ތ) - ސަރުބީ ދަށްކުރުން : ބޯވެލި ފަތުން ހަކަތަ ލިއްބައިދެނީ ވަރަށް މަދުންނެވެ. އަދި ސަރުބީ ހުންނަނީ ވެސް ވަރަށް މަދު މިންވަރަކަށެވެ. މިފަތުގައި އެކަށޭނަ ވަރަކަށް ޑައެޓްރީ ފައިބަރު ވެސް ހުރެއެވެ. މިސަބަބުތަކާ ހުރެ ބޯވެލި ފަތަކީ ބަރުދަން ލުއިކުރުމަށާއި، ސަރުބީ ދަށްކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރެވިދާނެ ފަތްޕިލާވެލީގެ އެއް ބާވަތެވެ.

(ލ) - ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : ބޯވެލި ފަތަކީ ދަގަނޑު އެންމެ ގިނައިން ހުންނަ ފަތްޕިލާވެލީގެ އެއް ބާވަތެވެ. ދަގަނޑަކީ ލޭގައި ރަތް ސެލްތައް އުފެއްދުމަށް ބޭނުންވާ މުހިއްމު މައުދަނެކެވެ. އެހެންކަމުން މިއީ ލޭމަދުވުން ކުރިމަތިވެފައިވާ ފަރާތްތަކަށް ބޭނުންކުރެވިދާނެ ފަތެކެވެ.

(ގ) - އެހެނިހެން ފައިދާތައް :
·         ބޯވެލި ފަތުގައި ތަފާތު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ސީ، ލޫޓީން، ޒިއެޒެންތިން، އަދި ބީޓާ ކެރޮޓީން ހިމެނެއެވެ. މިމާއްދާތަކަކީ އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދީ، އަދި ތަފާތު ބަލިތަކުން ހަށިގަނޑު ހިމާޔަތްކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ބީޓާ ކެރޮޓީން އަކީ ލޮލުގައި ފުސްޖެހުން ކުޑަކޮށްދީ، ހިތުގެ ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ބޯވެލި ފަތުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ވެސް ހުރެއެވެ. ވިޓަމިން އޭ އަކީ ހަށިގަނޑުގައި ހުންނަ ތެތް ދުލިފަށަލަތަކާއި، ބަތާނަ ފަށްތަކަށާއި، އަދި ހަމާއި ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. ވިޓަމިން އޭ ގިނައިން ހުންނަ ބާވަތްތައް ބޭނުންކުރުމަކީ ފުއްޕާމެޔާއި އަނގައިގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ބޯވެލި ފަތުގައި ވިޓަމިން ކޭ ވެސް ގިނަ އަދަދަކަށް ހުރެއެވެ. ވިޓަމިން ކޭ އަކީ ކަށި އުފެއްދުމަށާއި، ކަށިތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން އަލްޒައިމާ ބަލި ޖެހިފައިވާ މީހުންގެ ސިކުނޑީގައި ހުންނަ ނިއުރޯންތަކަށް ގެއްލުންވުން ކުޑަކޮށްދޭ މާއްދާއެއް ކަމަށް ވިޓަމިން ކޭ ވަނީ ފާހަގަ ކުރެވިފައެވެ.
·         ބޯވެލި ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ތަފާތު ބަލިތަކާއި ރޯގާ ތަކުން މިންޖުވެ ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ބޯވެލި ފަތަކީ "އޮމެގާ-3 ފެޓީ އެސިޑް" އިން މުއްސަދި ފަތްޕިލާވެލީގެ ބާވަތެކެވެ.
·         ބޯވެލި ފަތުގައި "ލިޕޮއީކް އެސިޑް" ހުރެއެވެ. މިއީ ހަށިގަނޑުގައި ވިޓަމިން ސީ އަދި ވިޓަމިން އީ އަލުން އުފެދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ ހަކަތަ އުފެއްދުމުގައި ބައިވެރިވާ މާއްދާއެއްކަމުން ލޭގައި ހަކުރުގެ މިންވަރު ތަންޒީމު ކުރުމުގައި ލިޕޮއީކް އެސިޑްގެ ދައުރެއް އޮތްތޯ ބެލުމަށް މިހާރު ވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.
·         ބޯވެލި ފަތުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އީ، ބީޓާ ކެރޮޓީން، މެންގަނީޒް، ޒިންކު، ސިލެނިއަމްގެ ސަބަބުން ކަށިފީވުން، ލޭމައްޗަށްދިއުން، އަދި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކުން ހިމާޔަތްވުމަށް ބޯވެލިފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ.
މައުލޫމާތު :

No comments:

Post a Comment