Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 11ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : އެގާރަވަނަ ހަފްތާ

ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 1 އިންޗި

ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ވައްތީންޏެއް ވަރު

ތުއްތު ދަރިފުޅު މިހާރު ހުންނާނީ ގާތްގަނޑަކަށް ހުރިހާ ބައިތަކެއް އުފެދެން ފަށާފައެވެ. ނޫނީ އުފެދިފައެވެ. އިތުރަށް ދެންޖެހޭނީ އުފެދުނު ބައިތައް ފުރިހަމަވެ، ފައްކާވާށެވެ. ދުވަސްކޮޅަކުން އަތްތިލަ (މުށް) ހުޅުވައި ލައްޕަން ފަށާނެއެވެ. ކުދިކުދި ދަތު ބުޑުތައް ހިރުގަނޑު ދަށުން ފާޅުވާނެއެވެ. ބައެއް ކަށިތައް ހަރުވާން ފަށާނެ އެވެ.


ފައިންޖެހުން، ދެމުން ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރަމުން ގެންދާނެ އެވެ. ހަށިގަނޑުގެ ހެދިބޮޑުވެ ފުރިހަމަވަމުންދާ ވަރަކަށް މިހަރަކާތްތައް ކުރުން އިތުރުވަމުންދާނެ އެވެ. މިހަރަކާތްތައް ތުއްތު ދަރިފުޅު ކުރިނަމަވެސް އަދި މިދުވަސްވަރު އެކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުގެ މެޔާއި، ބަނޑު ވަކިކޮށްދޭ ފާރު "ޑަޔަފްރަމް" އުފެދެމުންދާތީ، ތުއްތު ދަރިފުޅު އުކުޑިކޮށްޓައި ވެސް ހަދައިފާނެ އެވެ. ނަމަވެސް މިކަން މައިމީހާއަށް އިހުސާސެއް ނުކުރެވޭނެ އެވެ.

އެގާރަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

ކަށިތައް : ތުއްތު ދަރިފުޅުގެ ކަށިތައް ހަރުވާން ފަށާނެއެވެ. ހިރުގަނޑުގެ ދަށުން ކުދިކުދި ދަތު ބުޑު ތައް ނިކުންނަށް ފަށާނެއެވެ.

އަތްތިލަ : ދުވަސްކޮޅެއްގެ ތެރޭގައި ތުއްތު ދަރިފުޅު އަމިއްލައަށް މުށް ހުޅުވައި، ލައްޕަން ފަށާނެއެވެ.

ހަން : ތުއްތު ދަރިފުޅުގެ ހަން އަދި ވެސް ހުންނާނީ އެތެރެ ފެންނަހެންނެވެ. މާނައަކީ ހަމުގެ ތެރޭގައިވާ ލޭހޮޅިތައް ހާމައަށް ފެންނަން ހުންނާނެއެވެ.

އެގާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު ގާތްގަނޑަކަށް އެހެރީ އެއްކޮށް އުފެދިފައެވެ. ތުއްތު ދަރިފުޅު ފައިންޖަހައި ހަދާނެއެވެ. ހަށިގަނޑު ގޮތްގޮތަށް ދެމި، އުކުޑިކޮއްޓައި ހަދާނެއެވެ. ނަމަވެސް މިއިން އެއްވެސް ހަރަކާތެއް އަދި މައިމީހާ އަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ވައްތީއްޏެއް ވަރެވެ.

މައުލޫމާތު :



No comments:

Post a Comment