Thursday, January 2, 2014

ދަނޑި އަލުވި

ދަނޑި އަލުވި
ދަނޑި އަލުވި އަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.    
ދިވެހި ނަން : ދަނޑި އަލުވި
އިގިރޭސި ނަން : Cassava
ޢިލްމީ ނަން : Manihot esculenta
ދަނޑި އަލުވީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
160 ކިލޯ ކެލަރީ
ސޯޑިއަމް
14 މިލިގްރާމް
ކާބޯހައިޑްރޭޓް
38.06 ގްރާމް
ޕޮޓޭސިއަމް
271 މިލިގްރާމް
ޕްރޮޓީން
1.36  ގްރާމް
މަޢުދަންތައް
ފެޓް
0.28 ގްރާމް
ކެލްސިއަމް
16 މިލިގްރާމް
ފައިބަރު
1.8 ގްރާމް
ކޮޕަރ
ވިޓަމިންތައް
ދަނގަޑު
0.27 މިލިގްރާމް
ފޮލިކް އެސިޑް
27 މައިކްރޯ ގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ނިއެސިން
0.854 މިލިގްރާމް
މެންގަނީޒް
0.383 މިލިގްރާމް
ޕެންތޮނިކް އެސިޑް
ފޮސްފަރަސް
-     27 މިލިގްރާމް
ޕައިރިޑޮކްސިން
0.088 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.048 މިލިގްރާމް
ޒިންކް
0.34 މިލިގްރާމް
ތިއެމިން
0.087 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
13 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
20.6 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
0.19 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
1.9 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް

























ދަނޑި އަލުވިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ދަނޑި އަލުވީގައި ހަކަތަ އެކުލެވޭ ނިސްބަތް ކައްޓަލައަށްވުރެ ދެގުނަ އިތުރެވެ. 100 ގުރާމްގެ ދަނޑި އަލުވީގައި 160 ކިލޯ ކެލޮރީގެ ހަކަތަ ހުރެއެވެ. ދަނޑިއަލުވީގައި ހިމެނޭ ހަކަތައިގެ މައިގަނޑު ފޯރުކޮށްދެނީ އޭގައި ހިމެނޭ ސާދާ ކާބޯހައިޑްރޭޓް "ސޫކްރޯސް" އިންނެވެ. މީގެ އިތުރުން ސާސްތާ ކާބޯހައިޑްރޭޓް "އެމިލޯސް" އިން ވެސް ހަކަތަ ލިއްބައިދެއެވެ.

ދަނޑި އަލުވީގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ.

ދަނޑި އަލުވީގައި ކޮޕަރ، ކެލްސިއަމް، ފޮސްފަރަސް،ޕޮޓޭސިއަމް،ދަގަނޑު، މެގްނީޒިއަމް އަދި މެންގަނީޒް، އެކަށޭނަ މިންވަރަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ. ކެލްސިއަމް އަކީ ދަތްތަކާ ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް ހެދިބޮޑުވުމަށް ބޭނުންތެރި މައުދަނެކެވެ. އެގޮތުން ލޭގެ ރަތް ސެލްތަކުގައި ހުންނަ ހިމަގްލޯބިން، އަދި މެޔޯގްލޯބިން އުފެދުމަށް ދަގަނޑު ބޭނުންވެއެވެ. މެންގަނީޒް އަކީ ކަށިތަކާ، ކަނެކްޓިވް ޓިޝޫތައް، އަދި ޖިންސީ ހޯރމޯން އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައިވާ މަސްތަކުގެ މަސައްކަތަށް ބާރުއަޅައިދީ، ދިފާއީ ބާރު ރަގަޅުކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ.މީގެ އިތުރުން މެގްނީޒިއަމްގެ ސަބަބުން ކަށި ފީވުމުގެ ފުރުޞަތު ކުޑަކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. ކޮޕަރ އަކީ ނާރުތަކުގެ މަސައްކަތް ހަލުވި ކުރުމަށް ބޭނުންވާ އެއް މާއްދާ އެވެ.

ދަނޑިއަލުވި އަކީ ކާބޯހައިޑްރޭޓް އިން މުއްސަދިވެފައިވާ ، ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭ ކާނާގެ ބާވަތެކެވެ. ފެޓް އަދި ޕްރޮޓީން މަދު މިކާނާ ގައި ކޮންމެ ވެސް މިންވަރަކަށް ފޮސްފަރަސް އަދި ކެލްސިއަމް އެކުލެވިގެން ވެއެވެ. ދަނޑި އަލުވި ގަހުގެ ފަތަކީ ވެސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ފަތް ބޭނުންކުރެވެނީ ކައްކައިގެންނެވެ. ސޯޑިއަމް ވެސް ކޮންމެވެސް މިންވަރަކަށް އެކުލެވެއެވެ.


ދަނޑިއަލުވީ ގެ ހިތި ވައްތަރު ރޯކޮށް ކެއުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އޭގައި ހައިޑްރޯ ސިއެނިކް އެސިޑް ފަދަ ވިހަ މާއްދާތައް އެކުލެވޭތީ އެވެ. ކެއްކުމުން މިބުނި މާއްދާގެ ބާރު ދުއްވާލަ އެވެ. ފޮނި ވައްތަރު ރޯކޮށް އަދި ކައްކައިގެން ވެސް ބޭނުންކުރެވިދާނެ އެވެ.
ދަނޑި އަލުވީގައި ގިނަ އަދަދަކަށް ފެނުން ވިރުވައިނުދޭ ފައިބަރު ހުރެއެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ، ބަނޑު ފަސޭހަކޮށްދީ، ތަފާތު ވައްތަރުތަކުގެ ވިހަތައް ގޮހޮރުގެ ބަތާނަ ފަށުގައި ތަތްވެ، ހަރުލުން ހުއްޓުވައިދޭ މާއްދާ އެކެވެ. ފައިބަރު ހުންނަ ކާނާ ކެއުމުން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސެއް ގެނެސްދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު ނިސްބަތުން ދަށްވެ، ބަރުދަން ލުއިކުރުމަށް އެހީއަކަށްވާނެ އެވެ. މީގެ އިތުރުން ފައިބަރަކީ ބަނޑުހަރުވުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. ފައިބަރަކީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރާ، ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ މާއްދާ އެކެވެ. ފައިބަރުން މުއްސަދި ކާނާ ޚިޔާރު ކުރުމަކީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ. އެއީ ފައިބަރުގެ ސަބަބުން ލޭގެ ތެރޭގައި ހަކުރު ހަށިގަނޑަށް ނެގުން ލަސްކުރުވާތީ އެވެ.

ފިލިޕީންސް ގައި ހަދާފައިވާ ދިރާސާއެއް ދައްކާގޮތުގައި ދަނޑިއަލުވި ބޭނުންކުރުމަކީ ލޭގައި ހިމެނޭ ހަށިގަނޑަށް ގެއްލުންދެނިވި، ހުރިހާ ބާވަތެއް (ހަށިގަނޑުގައި ހިމެނޭ ޖުމުލަ ކޮލެސްޓްރޯލްގެ ނިސްބަތް، ޓްރައިގްލިސެރައިޑްގެ ނިސްބަތް، ނުރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް) ގެ ކޮލެސްޓްރޯލްގެ ނިސްބަތް ދަށްކޮށްދޭ ކަމެކެވެ.

ދަނޑި އަލުވި އަކީ "ސެޕޯނިން" ގެ ރަގަޅު މަޞްދަރެކެވެ. ސެޕޯނިން އަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް ދަށްކޮށްދޭ  ފައިޓޯކެމިކަލް އެކެވެ. މިއީ ފްރީރެޑިކަލް ތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުމަށްއެހީތެރިވެދޭ މާއްދާ އެއްވެސް މެއެވެ.

ދަނޑި އަލުވީގައި ވިޓަމިން ސީ އަދި ފޮލިކް އެސިޑް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ވިޓަމިން ސީ ބޭނުންކުރުމަކީ ތަފާތު ވައްތަރުގެ ކެންސަރުތަކާ، ހިތުގެ ބަލިތަކާ، އަދި ގައިންގަޔަށްއަރާ ބަލިތަކުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފޮލިކް އެސިޑް ގިނައިން ބޭނުންކުރުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ، މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެއްދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.

ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދަނޑި އަލުވި ފުށަކީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް، ހާސްވެ ކަންބޮޑުވެ ފިކުރުބޮޑުވުން ފަދަ ހާލަތްތަކުގައި ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ދަނޑިއަލުވީގައި "ގުލޫޓެން" ކިޔާ ޕްރޮޓީން އެއް ނުހުރެއެވެ. ގުލޫޓެން އަކީ ހިމަގޮދަން، ބާރުލީ ފަދަ ގޮދަނުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީން އެކެވެ. "ގުލޫޓެން ނުހުންނަ ކާބޯހައިޑްރޭޓް" އަކީ ބަނޑުގެ ބައްޔެއް ކަމުގައިވާ "ސީލީއެކް ޑިޒީޒް" ހުންނަ މީހުންނަށް ކާނާ ތައްޔާރު ކުރުމުގައި ބޭނުންކުރެވިދާނެ ބާވަތްތަކެކެވެ.
މައުލޫމާތު :


No comments:

Post a Comment