Thursday, January 2, 2014

ހިއްތަލަ

ހިއްތަލަ
ހިއްތަލަ އަކީ ހިތިފިލުވައިގެން ކައިއުޅޭ ކާނާގެ ބާވަތެކެވެ. އެންމެ ވައްތަރުވާނީ ވިލާތު އަލުއްވާ އެވެ. ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ހިއްތަލަ ބޭނުންކުރެވެނީ އެއިން ހިއްތަލަ ފުށް ތައްޔާރުކޮށްގެންކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ހިއްތަލަ
އިގިރޭސި ނަން : Indian Arrowroot
ޢިލްމީ ނަން :  Tacca Leontopetaloides / Tacca Pinnatifida
ހިއްތަލަ  ފުށުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
346 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
85.74 ގްރާމް
ޕްރޮޓީން
0.18  ގްރާމް
ފެޓް
0.05 ގްރާމް
ކެލްސިއަމް
58 މިލިގްރާމް
ދަނގަޑު
0.55 މިލިގްރާމް
ފޮސްފަރަސް
-     7.2 މިލިގްރާމް

ހިއްތަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ހަވާއީގައި ގަދީމީ ބޭސްވެރިކަމުގެ ތެރޭގައި ހިއްތަލަ ފުށް ބޭރަށްހިންގުމާއި، ޑިސެންޓްރީ ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.

·         ގަދީމީ ބޭސްވެރިކަމުގައި އެތެރެހައްޓަށް ލޭއެޅުން (ގޮހޮރު އަދި ބަނޑުގެ ތެރެއަށް ލޭއެޅުން ނުވަތަ ލޭފޭބުން) ހުއްޓުވުމަށް ވެސް ހިއްތަލައިގެ ބޭނުންހިފާއިވާކަން ފާހަގަ ކުރެވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ކަނޑައިގެންދާ ތަންތަނުން ލޭމަނާކުރުމަށް ވެސް ހިއްތަލައިގެ ބޭނުންކޮށްފައި ވެއެވެ.
·         ދިރާސާތަކުން ދައްކާގޮތުގައި ހިއްތަލައިގައި އަލްކަލޮއިޑް، އަދި ސްޓީރޮއިޑް ސެޕޯނިން ހުރެއެވެ. މިއީ ހަށިގަނޑަށް ބޭނުންތެރި މާއްދާ ތަކެކެވެ.
·         ހިއްތަލައަށް އޭގައި ހިމެނޭ ހިތިކަން ގެނެސްދެނީ "ޓެކާލިން"(taccalin) ކިޔާ މާއްދާއެއްގެ ސަބަބުންނެވެ.
މައުލޫމާތު :


No comments:

Post a Comment