Friday, September 16, 2011

ކާށި

ކާށި
ކާށި އަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެވެއެވެ. ދިވެހި ރުކުގެ އެތުގައި އަޅާ މާތައް ބޮޑުވެ، ގޮބޮޅި،މިރި އަށްވެ، ކިހާއް، ކުރުނބާ، އަދި ގަބުޅިއަށްފަހު އެންމެ ފަހު މަރުހަލާ އަކީ ފުރިހަމަ ކާއްޓަކަށް އެ ބަދަލުވުމެވެ. ކާށި ބޭނުންކުރެވޭ ބީދައިން ގަބުޅި އަކީ ވެސް ވަރަށް ގިނައިން ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. ގަބުޅީގެ ކުރިން ކުރުނބާގެ ގޮތުގައި ހުންނައިރު އޭގެ ފެން އެއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި ވަރަށް ގިނައިން ބޭނުންކުރެވޭ މީރު ބުއިމެއްކަމަށް ވަނީ ބެލެވިފައެވެ.
ދިވެހި ރުކުގައި އަޅާ ތަކެތި މައިގަނޑު 3 ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ:-
ކުރުނބާ : ކުރުނބާގެ 95 އިންސައްތަ އަކީ ފެނެވެ. ނުވަތަ ކުރުނބާ ފެނެވެ. ކުރުނބާ ފެނުގައި އެކުލެވޭ ތަފާތު މުހިއްމު ކާނާގެ ބައިތަކުގެ ސަބަބުން ކުރުނބާ ފެނަކީ އެންމެ ޞިއްޙަތަށް ފައިދާހުރި އެއްބުއިން ކަމުގައިވަނީ ބެލެވިފައެވެ. އަދި ޚާއްޞަކޮށް ބޭރަށްހިންގުން ފަދަ ބަލިތައް ޖެހިގެންއުޅޭ ދުވަސްވަރު ހަށިގަނޑުން ބޭރުވެގެންދާ ފެނުގެ ސަބަބުން ހަމަހަމަކަން ގެއްލިގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވާލުމަށް މިއީ ވަރަށް ބޭނުންތެރި ރަގަޅު ފެނެކެވެ. ކުރުނބާގެ މަރުހަލާގައި އެތެރޭގައި ކާން އެންމެ ހެޔޮވަރު މިންވަރުގެ ހެވާ ހުންނާނެ އެވެ. ސަމުސަލެއް ފަދަ އެއްޗަކުން ކަހާލައިގެން މިހެވާ ކާން ބޭނުން ކުރެވިދާނެ އެވެ. އަދި މިއީ ވެސް ރަހަމީރު އެއްޗެކެވެ.
ގަބުޅި : ގަބުޅި އަކީ ކާއްޓާއި ކުރުނބާ އާއި ދެމެދުގެ މަރުހަލާ އެވެ. މިމަރުހަލާގައި އެތެރޭގައި ހުންނަ ހެވާތައް ހުންނާނީ ކޮންމެ ވެސް ވަރަކަށް ހަރުވެފައެވެ. އެތެރޭގައި ހުންނަ ފެން ވެސް ބޯން ބޭނުންކުރެވޭނެ އެވެ. ނަމަވެސް ކުރުނބާ ފެނަށްވުރެ ރަހަޔަށްވުރެ ތަންކޮޅެއް ރަހަ މަޑުވާނެއެވެ. ކާށި ގާނާހެން ހުނިގޮޑީގެ އެހީގައި ގަބުޅި ވެސް ގޭނިދާނެ އެވެ. މީގައި ކުރުނބާގައި ހުންނަވަރަށްވުރެ ފެން މަދުވާނެ އެވެ. އެކަމަކު ކާއްޓަށްވުރެ ފެންގިނަވާނެ އެވެ. އަދި ފެނުގައި ކިރުކުލައެއް ނުވަތަ ކިރު ކަހަލަ ގޮތެއް ހުންނާނެ އެވެ. ގަބުޅީގައި ކާބޯހައިޑްރޭޓް، ޕްރޮޓީން، ފޮސްފަރަސް، ވިޓަމިން ސީ، ވިޓަމިން އޭ، ވިޓަމިން ބީ ކާއްޓާއި ކުރުނބަޔަށްވުރެ ގިނަވާނެއެވެ.
ކާށި : ކާށީގައި ފެން ހުންނާނީ ވަރަށް މަދުންނެވެ. އެތެރޭގެ ހެވާ ގަނޑު ހުންނާނީ އެއްކޮށް ހަރުވެފައެވެ. ހުނިގޮޑިން ގާނާލައިގެން ބޭނުން ކުރެވޭނެ އެވެ. އަދި ވަޅިން ކާށި އުކުރައިގެން ވެސް ބޭނުން ކުރެވޭނެ އެވެ. ބުނެވޭގޮތުގައި ކާށި ގިނައިން ކެއުމަކީ ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމެކެވެ. އަދި ކާއްޓަކީ ހަޖަމުކުރަން އުދަގޫ އެއްޗެއް ކަމަށް ވެއެވެ. މިހެންވުމުން ހަޖަމުކުރުމުގެ މައްސަލަތައް ހުންނަ މީހުން ކާށި ކެއުން ރަގަޅު ނޫންކަމަށް ބުނެއެވެ.
ނޯޓް : ދިވެހި ރުކުގެ ބައިތަކުގެ ތެރެއިން މިބައިގައި ބޮޑަށް ބަލާލެވޭނީ ކާށިކިރު އަދި ކާށި ތެޔޮ އިން ލިބޭ ފައިދާތަކަށެވެ. ކުރުނބާ ފެނުގެ ފައިދާތައް ކުރުނބާ އަށް ޚާއްޞަ ޞަފްޙާގައި ބަޔާންކުރެވިފައި ވާނެއެވެ.
ކާށިން އުފެއްދޭ އަހަރެމެން ބޭނުންކުރާ ބައިތަކަށް ބަލާއިރު، ކާށިހުނި، ކާށިކިރު، އަދި ކާށިތެޔޮ ހިމެނެއެވެ.
ކާށި ހުނި އަދި ކާށި
ކާށީގައި (ހުނި، ނުވަތަ ހުހަށް ކެއުމަށް ބޭނުންކުރާ އުކުރާފައި ހުންނަ ކާށި ފޮތި) ސެޗުރޭޓް ފެޓް ގިނައިން ހުރެއެވެ. އަދި ޕްރޮޓީން ވެސް ހުރެއެވެ. މިއީ ގްލައިސިމިކް އިންޑެކްސް ދަށް އެއްޗެކެވެ. ގާނާފައި ހުންނަ ކާށި ހުނި ޖޯޑެއްގައި 27 ގްރާމް ފެޓް، 3 ގްރާމް ޕްރޮޓީން، 12 ގްރާމް ކާބޯހައިޑްރޭޓް، އަދި ގިނައަދަދަކަށް ފައިބަރު ހުރެއެވެ. ކާށި ހުނި ހިއްކައި، މުގުރައިގެން ހިކި ކާށިކިރު ތައްޔާރު ކުރެވެއެވެ. މިއީ ވެސް ތަފާތު ކާއެއްޗެތި ހެދުމުގައި ބޭނުންކުރެވިދާނެ ކިރެކެވެ.
ކާށި ހުނީގެ ފައިދާ : ގޮހޮރުގައި އުފެދޭ ޕެރަސައިޓް މަރާލައި ނައްތާލުމަށް އުކުރާފައި ހުންނަ ކާށި ފޮތި، އަދި ކާށީގެ ހުންޏަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމުގައި ބުނެވެއެވެ.
ދިވެހި ނަން : ކާށި
އިގިރޭސި ނަން : Mature Coconut
ޢިލްމީ ނަން : Cocos Nucifera
ކޮންމެ 100 ގްރާމްގެ ކާށިހުނި ނުވަތަ ކާށީގައި
ގާނާފައި ހުރި 1 ޖޯޑް ކާށި ހުނީގައި
ހިމެނޭ މާއްދާ
މިންވަރު
ހިމެނޭ މާއްދާ
މިންވަރު
ހަކަތަ
350 ކިލޯކެލޮރީ
ހަކަތަ
283 ކިލޯކެލޮރީ
ޕްރޮޓީން
3.4 ގްރާމް
ޕްރޮޓީން
2.7 ގްރާމް
ކާބޯހައިޑްރޭޓް
14 ގްރާމް
ކާބޯހައިޑްރޭޓް
12.2 ގްރާމް
ފައިބަރު
8 ގްރާމް
ފައިބަރު
7.2 ގްރާމް
ފެޓް
34.7 ގްރާމް
ފެޓް
26.8 ގްރާމް
ތިއެމިން
10 މިލިގްރާމް
ފޮލިކް އެސިޑް
21.1 މައިކްރޯ ގްރާމް
ވިޓަމިން ސީ
2 މިލިގްރާމް
ވިޓަމިން ސީ
2.6 މިލިގްރާމް
ކެލްސިއަމް
21 މިލިގްރާމް
ކެލްސިއަމް
11.2 މިލިގްރާމް
ކޮޕަރ
0.4 މައިކްރޯގްރާމް
ކޮޕަރ
-
ދަގަނޑު
2 މިލިގްރާމް
ދަގަނޑު
1.9 މިލިގްރާމް
ފޮސްފަރަސް
98 މިލިގްރާމް
މެގްނީޒިއަމް
15.6 މިލިގްރާމް
ޒިންކް
1 މިލިގްރާމް
ޒިންކް
0.9 މިލިގްރާމް
މެންގަނީޒް
1.4 މިލިގްރާމް
މެންގަނީޒް
ދިވެހި ނަން : ކާށި
އިގިރޭސި ނަން : Mature Coconut
ޢިލްމީ ނަން : Cocos Nucifera

ކުރުނބާ އަދި ކާށިފެން
ކުރުނބާ ހެވާ އަދި ކާށި ފޮތި
މާއްދާ
ކުރުނބާ ފެން
ކާށިފެން
ކުރުނބާ ހެވާ
ކާށި ހުނި / ކާށިފޮތި
ހަކަތަ (ކކލ)
16
22
77
389
ޕްރޮޓީން (ގ)
-
0.3
1.4
3.5
ފެޓް (ގ)
-
0.2
3.6
39
ހަކުރު (ގ)
4.1
5
10
4
ފައިބަރު (ގ)
0
0
0.7
7.5
ޕޮޓޭސިއަމް (މގ)
-
310
257
360
ދަގަނޑު (މގ)
-
1.1
1
1.1
ވިޓަމިން ސީ (މގ)
-
2
6
2










ކާށި ކިރު
ކާށި ކިރަކީ ވެސް ދިވެހިން ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. ބަތްކެއްކުމާއި، ރިހަކެއްކުން އަދި ވެސް އެހެނިހެން ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ކާށި ކިރުގެ ބޭނުން ކުރެއެވެ. ކާށި ކިރަކީ ވެސް ތަފާތު ވިޓަމިންތަކާއި، މައުދަންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެކެވެ.
ދިވެހި ނަން : ކާށި
އިގިރޭސި ނަން : Mature Coconut
ޢިލްމީ ނަން : Cocos Nucifera
ކާށި ކިރުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
230 ކިލޯކެލަރީ
ސޯޑިއަމް
15 މިލިގްރާމް
ކާބޯހައިޑްރޭޓް
5.5 ގްރާމް
ޕޮޓޭސިއަމް
260 މިލިގްރާމް
ޕްރޮޓީން
2.3 ގްރާމް
މަޢުދަންތައް
ފެޓް
23.8 ގްރާމް
ކެލްސިއަމް
16 މިލިގްރާމް
ފައިބަރު
2.3 ގްރާމް
ކޮޕަރ

ވިޓަމިންތައް
ދަނގަޑު
1.64 މިލިގްރާމް
ފޮލިކް އެސިޑް
16 މައިކްރޯ ގްރާމް
މެގްނީޒިއަމް
37 މިލިގްރާމް
ނިއެސިން
0.076 މިލިގްރާމް
މެންގަނީޒް

ޕެންތޮނިކް އެސިޑް
0.0183 މިލިގްރާމް
ފޮސްފަރަސް
-        100 މިލިގްރާމް
ޕައިރިޑޮކްސިން
0.033 މިލިގްރާމް
ސިލެނިއަމް
-          6.2 މިލިގްރާމް
ރައިބޯފްލެވިން

ޒިންކް

ތިއެމިން
0.026 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ

ގިބާރލިން
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
2.8 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
0.15 މިލިގްރާމް
ސައިޓޯކައިން
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ

ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


ލިއުކޯއެންތޯސިއެނިން
0 މައިކްރޯ ގްރާމް




ކާށި ކިރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
·         ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވުން : ގުލްކޯޒް އިންޓޮލެރެންސް އަކީ ހަށިގަނޑުން މެންގަނީޒް މަދުވުން މެދުވެރިކޮށްފާނެ ކަމެކެވެ. ކާށި ކިރަކީ މެންގަނީޒް އިން މުއްސަދި އެއްޗެކެވެ.
·         ހަމާއި ލޭހޮޅިތައް ރަގަޅަށް ބެހެއްޓުން : ކޮޕަރ އަކީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކަށް ބޭނުންތެރި އެއްޗެކެވެ. ކޮޕަރ އަދި ވިޓަމިން ސީ އަކީ ލޭހޮޅިތަކާއި ހަމުގެ އިލާސްޓިކް ކަން ދަމަހައްޓައި، ފަރާތް ފަރާތަށް ލެބޭނެގޮތް ހެދުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
·         ކަށިތައް ވަރުގަދަކުރުން : ކާށި ކިރުގައި ކެލްސިއަމް ގިނަ ނުވި ނަމަވެސް ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މިއީ ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ.
·         ލޭމަދުވުމުން ރައްކާތެރިކުރުން : ކާށި ކިރުގައި ދަގަނޑު ގިނައިން ހުރެއެވެ. މިކަމުގެ ސަބަބުން ލޭމަދުވުމުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. ލޭމަދުވުން ކުރިމަތިވަނީ ލޭގެ ދަގަނޑުގެ ބައި އުފުލާ ހިމޮގްލޯބިން މަދުވެ، ލޭގެ ރަތް ސެލްތަކުގެ އެހީގައި އޮކްސިޖަން އެކި ޓިޝޫތަކާއި ހަމައަށް ފޯރުކޮށްދޭގޮތް ނުވުމުންނެވެ. މިހެންވުމުން ލޭމަދުވުމުގެ އުދަގޫތައް ފެންނަށް ފަށާނެ އެވެ.
·         މަސްތަކާއި ނާރުތައް ހަމައަކަށް އެޅުވުން : މަސްތައް ގުޅަކައި، މަސްތައް ވާޅުވެ، ރިއްސާނަމަ ކާށިކިރާއެކު ކޮންމެވެސް ކާއެއްޗެއް ބޭނުންކުރާށެވެ. ކާށި ކިރުގައި ހިމެނޭ މެގްނީޒިއަމް އަކީ މިދެންނެވި މައްސަލަ ހައްލުކޮށްދޭނެ މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ވަރަށް ގިނަ ނާރުގެ ސެލްތަކުގެ ދޮރާށި ބަންދުކޮށްލަދޭ އެއްޗެކެވެ. މެގްނީޒިއަމް މަދުވެއްޖެނަމަ، ނާރު ސެލްތައް ވަރަށް ހީވާގިވާނެ އެވެ. އެއީ ކެލްސިއަމް ނާރުތައް ހީވާގިކޮށް މުރާލިކުރުވާތީ އެވެ. ނާރުތައް އާދަޔާ ޚިލާފަށް ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން މަސްތައް ކުރުގެޅި، ވާޅުވާގޮތް ވާނެއެވެ.
·         ބަރުދަން ކޮންޓްރޯލްކުރުން : ކާށި ކިރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ކާށި ކިރު ބުއިމުން ފުރިފައި ހުންނަ އިހްސާސް ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ އެވެ.
·         ހުޅުތައް ދުޅަވުމުގެ ފުރުޞަތު ކުޑަކުރުން : ކާށި ކިރުގައި ހުންނަ ސިލެނިއަމް އަކީ އެންޓި އޮކްސިޑެންޓް އެކެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހުޅުދުޅަވުމުގެ ބަލިތަކުގެ އުދަގޫަތައް ކުޑަކޮށްދޭނެ އެވެ. ސިލެނިއަމް އުނިނަމަ، ރާއްޖެބަލި ފަދަ ހުޅުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
·         ލޭގެ ޕްރެޝަރު ދަށްކުރުން : ކާށި ކިރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދުޖެހުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.
·         ދިފާޢީ ބާރު ގަދަކުރުން : ކާށި ކިރުގައި ވިޓަމިން ސީ ހުރުމަކީ ދިފާޢީ ބާރު ގަދަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކާށި ކިރު ބޭނުންކުރުމުން ފަސޭހައިން ރޯގާ ފިލައި، ރޯގާޖެހުމާއި ދުރުކޮށްދޭނެ އެވެ.
·         ޕްރޮސްޓޭޓް ގްލޭންޑްގެ މަސައްކަތްތައް ރަގަޅުކުރުން : ޕްރޮސްޓޭޓް ގްލޭންޑްގެ މަސައްކަތްތައް ރަގަޅުކޮށް ފުރިހަމަ ކުރުމުގައި ޒިންކް އަކީ ވަރަށް މުހިއްމު އެއްޗެކެވެ.
ކާށި ތެޔޮ
ކާށި ތެޔޮ އަކީ ކާށިން ތައްޔާރުކުރެވޭ އެއްޗެކެވެ. ތަފާތު ވައްތަރުގެ އެއްޗެތި ކެއްކުމަށާއި، އަދި ގައިގައި އުގުޅުމަށާއި، މަސާޖުކުރުން ފަދަ ކަންތައްތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.
ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް ގެ މިންވަރު ގިނަވުމުން ގިނަ މީހުންނަށް އޮންނަނީ އޭގެ ޞިއްޙީ ފައިދާ އާއި މެދު ނުރަގަޅުގޮތަކަށް ހީވެފައެވެ. މާނައަކީ ގިނަމީހުން ހީކުރަނީ އެއީ ޞިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމުގައެވެ. ކާށިތެލަކީ އެފަދަ އެހެން ތެލުގެ ބާވަތްތަކާއި އަޅާބަލާއިރު އޭގައި ތަފާތު ޚާއްޞިއްޔަތުތަކެއް އެކުލެވޭ ތެލެކެވެ. ބައެއް ފަރާތްތަކުން ކާށިތެލަކީ އެންމެ ފައިދާހުރި ތެލުގެ ގޮތުގައި ވެސް ސިފަކޮށްފައި ވެއެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ކާށިތެޔޮ އެހާ ރަގަޅުވީ ކީއްވެގެން ހެއްޔެވެ؟ އަދި އެހެން ތެލުގެ ބާވަތްތަކާއި ޚާއްޞަކޮށް އޭގައި ހިމެނޭ ސެޗުރޭޓް ފެޓީ އެސިޑް ގައި ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
އެހެން ތެލުގެ ބާވަތްތަކާއި ކާށިތެލާއި ހުރި ތަފާތަކީ އޭގައި ހިމެނޭ ފެޓްގެ މޮލިކިޔުލް އެވެ. ހުރިހާ ފެޓްގެ ބާވަތްތަކާއި، ތެޔޮތައް އެކުލެވިގެންވަނީ "ފެޓީ އެސިޑް" ކިޔާ މޮލިކިޔުލްތަކަކުންނެވެ. ފެޓީ އެސިޑް ބަހާލެވިދާނެ 2 ގޮތެއް ވެއެވެ. ފުރަތަމަ ބަހާލާނީ އޭގެ "ސެޗުރޭޝަން" އަށް ބަލައިގެންނެވެ. އެގޮތުން ސެޗުރޭޓެޑް ފެޓް، މޮނޯއަންސެޗުރޭޓެޑް ފެޓް، އަދި ޕޮލީއަންސެޗުރޭޓެޑް ފެޓް ހިމެނެއެވެ. ދެވަނަ އަށް ބަހާލެވޭނެ ގޮތަކީ މޮލިކިޔުލްގެ ސައިޒް އަދި ކޮންމެ ފެޓީ އެސިޑެއްގެ ކާބަން ޗެއިންގެ ދިގުމިނަށް ބަލައިގެން ބަހާލުމެވެ. ފެޓީ އެސިޑް ގައި ހިމެނެނީ ހައިޑްރޯޖަން ޒައްރާއަކާއި ތަތްވެފައިވާ، ކާބަން ޒައްރާތަކުގެ ދިގު ޗެއިން ނުވަތަ ބޮޅުތަކެކެވެ. މިގޮތަށް ފެޓް ބަހާލަނަމަ ހިމެނޭނީ "ޝޯރޓް ޗެއިން ފެޓީ އެސިޑް"، "މީޑިއަމް ޗެއިން ފެޓީ އެސިޑް"، އަދި "ލާންގ ޗެއިން ފެޓީ އެސިޑް" އެވެ. މީގެ ތެރެއިން ކާށި ތެލުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މީޑިއަމް ޗެއިން ފެޓީ އެސިޑް އެވެ. މިއަށްކިޔަނީ މީޑިއަމް ޗެއިން ޓްރައިގްލައިސެރައިޑްސް އެވެ.
އާންމުކޮށް އަހަރެމެން ކާތެޔޮތަކުގައި ގިނައިން ހިމެނެނީ ޖަނަވާރުން ނުވަތަ ގަސްގަހާގެހިން ތައްޔާރުކޮށްފައި ހުންނަ ތެލެވެ. މީގެ ތެރޭގައި ގިނައިން ހުންނަނީ "ލާންގ ޗެއިން ފެޓީ އެސިޑް" އެވެ. އަހަރެމެން ކާން ބޭނުންކުރާ ތެލުގެ 98 އިންސައްތަ ތެލަކީ މިކަހަލަ ތެލެވެ.
ފެޓީ އެސިޑްގެ ސައިޒަކީ ވަރަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ އަހަރެމެންގެ ހަށިގަނޑު ފެޓީ އެސިޑް މެޓަބޮލައިޒްކޮށް އެއަށް އިޖާބަދެނީ އޭގެ ސައިޒަށް ބަލާފައެވެ. އެހެންކަމުން އާންމުކޮށް ތެލުގައި ހުންނަ ލާންގ ޗެއިން ފެޓީ އެސިޑް އާއި އަޅާ ބަލާއިރު، ކާށި ތެލުގައި ހުންނަ މީޑިއަމް ޗެއިން ފެޓީ އެސިޑް އިން ހަށިގަނޑަށްކުރާ އަސަރު ތަފާތުވާނެއެވެ. ކުރިން ވެސް ބުނިފަދައިން ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓީ އެސިޑް އަކީ މީޑިއަމް ޗެއިން ފެޓީ އެސިޑް ތަކެވެ. އެއާއި ޚިލާފަށް، އެއްގަމު މަސް، ކިރު، ބިސް، އަދި ގަސްގަހުން ލިބޭ ތެލުގައި ހުންނަނީ ލާންގ ޗެއިން ފެޓީ އެސިޑް ތަކެވެ.
މީޑިއަމް ޗެއިން ފެޓީ އެސިޑް ލާންގ ޗެއިން ފެޓީ އެސިޑް އާއި ތަފާތެވެ. މިތެލުގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރަށް ބަދަލެއް ނާދެއެވެ. އަދި ހިތުގެ ބަލިތަކުން ދުރުކޮށް ދެއެވެ. އަދި ލޭހޮޅިތައް ހަރުވެ، ބެދުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ. ކާށިތެޔޮޮ ފައިދާހުރި އެއްޗަކަށްވާ މައިގަނޑު ސަބަބަކީ މިއީއެވެ.
ކާށި ތެލުގައި އެކުލެވޭ މާއްދާތައް
·         ސެޗުރޭޓެޑް ފެޓީ އެސިޑް : ކާށި ތެލުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މީޑިއަމް ޗެއިން ފެޓީ އެސިޑް އެވެ. އެންމެ އަސާސީ ފެޓީ އެސިޑް އަކީ ލައުރިކް އެސިޑް އެވެ. އޭގެ އިތުރުން ކެޕްރިކް އެސިޑް، ކެޕްރައިލިކް އެސިޑް، މިރިސްޓިކް އެސިޑް، އަދި ޕެލްމިޓިކް އެސިޑް ހިމެނެއެވެ.
·         މޮނޯއަންސެޗުރޭޓެޑް ފެޓީ އެސިޑް : މީގެ ތެރޭގައި ހިމެނެނީ އޮލެއިކް އެސިޑް އެވެ.
·         ޕޮލީއަންސެޗުރޭޓެޑް ފެޓީ އެސިޑް : މީގެ ތެރޭގައި ހިމެނެނީ، ގެލިކް އެސިޑް އެވެ. މިއީ ފީނޯލިކް އެސިޑް އެކެވެ. ކާށި ތެލުގެ ވަހަކީ މިއެސިޑް ގެ ސަބަބުން ހުންނަ ވަހެކެވެ.
·         ފެޓީ އެސިޑް ޑިރައިވޭޓިވްސް : އޭގެ ތެރޭގައި ބީޓެއިންސް، އީތަނޮލަމައިޑް، އިތޮކްސީލޭޓް، ފެޓީ އެސްޓަރސް، ފެޓީ ޕޮލީސޯރބޭޓްސް، މޮނޯ ގްލައިސެރައިޑް އަދި ޕޮލީ އެސްޓަރސް ހިމެނެއެވެ.
·         ފެޓީ ކްލޮރައިޑްތައް : މީގެ ތެރޭގައި ފެޓީ އަލްކޮހޯލް ސަލްފޭޓް، އަދި ފެޓީ އަލްކޮހޯލް ސަލްފޭޓް އީތަރ ހިމެނެއެވެ.
·         ވިޓަމިން އަދި މަޢުދަން : ވިޓަމިން އީ، ވިޓަމިން ކޭ، އަދި ދަގަނޑު ފަދަ މައުދަންތައް
ކާށި ތެލުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
·         އިސްތަށިގަނޑު ބެލެހެއްޓުން : އިސްތަށިގަނޑަށް ހޯދައިދެވޭ ތަބީޢީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެލެވެ. އިސްތަށިތައް ދުޅަހެޔޮކަމާއެކު ބޮޑުކޮށްދީ، އެއަށް ސާފު ވިދާ އަލިކަމެއް ގެނެސް ދެއެވެ. ގަވާޢިދުން ކާށިތެލުން ބޮލުގެ އިސްތަށިގަނޑު މަސާޖުކުރުމަކީ ބޮލުން ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި އުކުނާއި ލީއެޅުން ކުޑަކޮށްދޭނެ ކަމެކެވެ. ކާށިތެލަކީ ހަލާކުވެފައިވާ އިސްތަށިތައް ރަގަޅުކޮށްދޭ އެކަށޭނަ ކޮންޑިޝަނަރ އެކެވެ. ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޓީން ވެސް ކާށިތެލުން ފޯރުކޮށް ދެއެވެ. އެހެންކަމުން އިސްތަށިގަނޑުގެ ރައްކާތެރިކަމަށް ތައްޔާރުކުރެވޭ ވަރަށް ގިނަ އުފެއްދުންތަކުގައި ވެސް ކާށިތެޔޮ ބޭނުން ކުރެއެވެ.
·         ހަންގަނޑު ބެލެހެއްޓުން : ކާށި ތެލަކީ މަސާޖުކުރުމަށް ބޭނުންކުރެވޭ އެންމެ ރަގަޅު އެއްބާވަތުގެ ތެލެވެ. ހުރިހާ ވައްތަރެއްގެ ހަމަކަށް ވެސް އެންމެ ރަގަޅު މޮއިސްޗަރައިޒަރ އަކީ ކާށި ތެލެވެ. އެހެން ތެލުގެ ބާވަތްތަކާ ޚިލާފަށް ހަމުގައި ކާށިތެޔޮ އުގުޅުމަކުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރިމައްޗެއް ނުވާނެ އެވެ. އެހެންކަމުން ހަންގަނޑު ހިކުމާއި، ހަންފޮޅުމުން ރައްކާތެރިވުމަށް ކާށި ތެލަކީ ރަގަޅު އެއްޗެކެވެ. ހަންގަނޑު ރޫޖެހުން ކުޑަކޮށްދީ އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުރިމަތިވުން ކާށިތެޔޮ ބޭނުންކުރުމުން ލަސްކޮށް ދެއެވެ. ވަރަށް ގިނަ ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ކާށިތެޔޮ ބޭނުންކުރެއެވެ. އޭގެ ތެރޭގައި އެކްޒީމާ، ސޮރައިސިސް، ހަންގަނޑު ދުޅަވުން، އަދިވެސް އެހެން ހަމުގެ އިންފެކްޝަންތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، ޝޭމްޕޫ، ލޯޝަން، ސައިބޯނި، ކްރީމް ފަދަ ތަކެތި އުފެއްދުމުގައި ކާށިތެޔޮ ބޭނުންކުރެއެވެ.
·         ހިތުގެ ބަލިތައް : ވަރަށްގިނަ މީހުންނަށް ހީވެފައި އޮންނަނީ ކާށިތެލަކީ ހިތުގެ މައްސަލަ ހުންނަ މީހުންނަށް ރަގަޅު އެއްޗެއް ނޫން ކަމުގައެވެ. މިގޮތަށް ދެކެވެނީ ކާށިތެލުގައި ސެޗުރޭޓެޑް ފެޓް ގިނައިން ހުންނާތީ އެވެ. އެހެން ނަމަވެސް ހަގީގަތުގައި ކާށިތެލަކީ ހިތުގެ ޞިއްޙަތަށް ބޭނުންތެރި އެއްޗެެކެވެ. ކާށިތެލުގައި "ލައުރިކް އެސިޑް" 50 އިންސައްތަ ހުރެއެވެ. ލައުރިކް އެސިޑް އަކީ ކޮލެސްޓްރޯލް މައްޗަށްދިއުމާއި، ލޭމައްޗަށްދިއުން ފަދަ ހިތާއި ގުޅުންހުރި މައްސަލަތަކުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ތަރުކާރީ ތެލުގައި ހުންނަ ފެޓް އާއި ޚިލާފަށް ކާށި ތެލުގައި ހުންނަ ސެޗުރޭޓެޑް ފެޓް އަކީ އެހާ ނުރައްކާތެރި އެއްޗެއް ނޫނެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓްގެ ސަބަބުން ނުރަގަޅު ސަރުބީގެ މިންވަރު މައްޗަކަށް ނުދެއެވެ. މީގެ އިތުރުން ލޭހޮޅިތަކަށް ގެއްލުންވުން ކުޑަކޮށް، ލޭހޮޅިތައް ހަރުވެ ހަލާކުވުން ކުޑަކުރުމަށް ވެސް އެހީތެރި ވެއެވެ.
·         ބަރުދަން ލުއިކުރުން : ބަރުދަން ލުއިކުރުމަށް ކާށި ތެލަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ކާށިތެލުގައި ހިމެނެނީ ޝޯރޓް ޗެއިން އަދި މީޑިއަމް ޗެއިން ފެޓީ އެސިޑް އަށްވުމުން އިތުރުވާ ބަރުދަން އޭގެ ސަބަބުން ކުޑަވެގެން ދެއެވެ. ކާށި ތެލަކީ ހަޖަމުކުރަން ފަސޭހަ އެއްޗަކަށްވުމުން، ތައިރޮއިޑްގެ މަސައްކަތްތަކާއި، އެންޒައިމްތައް އުފެއްދުމުގެ މަސައްކަތްކަތުގައި އެހީތެރިކަން ފޯރުވައިދެއެވެ. އަދި މިއީ މެޓަބޮލިޒަމް އިތުރުކޮށްދީ، ހަކަތަ އަންދައިގެން، ފަލަ މީހުންނާއި، ބަރުދަން އިތުރުވެފައިވާ މީހުންގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
·         ހަޖަމުކުރުގެ މައްސަލަތައް : ކާށި ތެލަކީ ހަޖަމުކުރުމުގެ މަސައްކަތްތައް ރަގަޅުކޮށްދީ، މައިދާ އާއި، ހަޖަމުކުރުމާއި ގުޅުންހުރި ކަންތައްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް ގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ބެކްޓީރިޔާ، ފަންގަސް، ޕެރަސައިޓްގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ދިމާވާ ހަޖަމުގޯސްވުމުގެ މައްސަލައަށް ލުއިކަން ގެނެސްދެއެވެ. ކާށިތެލަކީ އެހެން ވިޓަމިންތަކާއި، މަޢުދަންތައް ހަށިގަނޑަށް ނެގުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.
·         ދިފާޢީބާރު ރަގަޅުކުރުން : ކާށި ތެލަކީ ދިފާޢީ ނިޒާމްގެ މަސައްކަތްތަކަށް ބޭނުންތެރި އެއްޗެކެވެ. ކާށި ތެލުގައި ޖަރާސީމްގެ ތެރެއިން ބެކްޓީރިޔާއާއި، ދެކޮޅަށް މަސައްކަތްކުރަނިވި، ސެޗުރޭޓެޑް ފެޓް ހުރެއެވެ. އަދި ބެކްޓީރިޔާ، ފަންގަސް، ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ "ކެޕްރިކް އެސިޑް" އަދި "ކެޕްރައިލިކް އެސިޑް" ހުރެއެވެ. އިންސާނާގެ ހަށިގަނޑުގައި ލައުރިކް އެސިޑް، "މޮނޯލައުރިން" އަށް ބަދަލުވެއެވެ. ބުނެވޭގޮތުގައި މިއީ ވައިރަސް އާއި ބެކްޓީރިޔާ އިން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާ އެކެވެ. އެގޮތުން، ހާރޕީޒް ވައިރަސް އިން ޖެހޭ ބަލިތަކާއި، އިންފުލުއެންޒާ، ސައިޓޯމެގާލޯވައިރަސް އިންފެކްޝަން، އަދި އޭޑްސް އާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު މިބުނި ލައުރިންގައި ހުންނަކަމަށް ބުނެއެވެ. ނުރައްކާތެރި ބެކްޓީރިޔާތައް ކަމުގައިވާ "ލިސްޓީރިއާ މޮނޯސައިޓޯޖެން"، "ހެލިކޮބެކްޓަރ ޕައިލޯރީ"، އަދި ނުރައްކާތެރި ޕެރަސައިޓް "ގާރޑިއާ ލެމްބްލިއާ" އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލްކަން ވެސް ލައުރިން އަށް ލިބިފައި ވެއެވެ.
·         ފާރު އަދި އިންފެކްޝަން : މުލިހި ފާރުގަނޑު ފަދަ ތަންތަނުގެ މަތީގައި އުގުޅުމުން، އެތަން ހިރަފުހާއި ކުނިބުނިން، އަދި ތަފާތު ޖަރާސީމުތަން އެތަނަށް ހުށަހެޅުމުން، ސަލާމަތްކުރުމަށްޓަކައި، ކެމިކަލް ފަށަލައެއް އޭގެ މަތީގައި އުފައްދައެވެ. ކަނޑައިގެންދާ ތަންތަނުގައި ކާށިތެޔޮ އުގުޅުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. އެއީ ކާށި ތެލުގެ ސަބަބުން ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކޮށްދޭތީ އެވެ.
·         އިންފެކްޝަންތައް : ކާށިތެލުގައި ޖަރާސީމުގެ ތެރޭގައި ހިމެނޭ ވައިރަސް، ބެކްޓީރިޔާ އަދި ފަންގަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ހުންނާތީ މިއީ ތަފާތު އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. ކާއްޓާއި ބެހޭ ދިރާސާކުރާ މަރުކަޒަކުން ހާމަކޮށްފައިވާ ގޮތުގައި ކާށި ތެލުގައި ބައެއް ކަހަލަ ޖަރާސީމްތައް މަރާލުމުގެ ކުޅަދާނަކަން ހުރެއެވެ. އެގޮތުން އިންފުލުއެންޒާ، ހިމަބިހި، ހެޕަޓައިޓިސް، ހާރޕީޒް، ސާރސް ފަދަ ބަލިތައް ޖައްސާ ވައިރަސް މަރާލުމުގެ ގާބިލްކަން ހުރެއެވެ. އަދި ކަރުތެރެ ހަލާކުވުން، ފާރުއުފެދުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން، ނިއުމޯނިޔާ، އަދި ކިހުނުވުން ފަދަ ބަލިތައް ޖައްސާ ބެކްޓީރިޔާތައް މަރާލުމުގެ ގާބިލްކަން ވެސް ހުރެއެވެ. ދަދު، އަނގައިގައި ހުދުމާޖެހުން، ޑައިޕަރ ޖެއްސުމުން ފޫކޮޅު ހަލާކުވުން، ކެންޑިޑިއޭސިސް ފަދަ ފަންގަސް އިންފެކްޝަންތައް ޖައްސާ ފަންގަސްތައް މަރާލުމުގެ ގާބިލްކަން ވެސް ހުރެއެވެ.
·         އެހެނިހެން ފައިދާތައް :-
o       ފުރަމޭ: ކާށި ތެލުގައި މީޑިއަމް ޗެއިން ފެޓީ އެސިޑް ހުރުމަކީ ފުރަމޭގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. އެއީ މިބުނި ފެޓްތައް ފުރަމޭ އަށް ދިއުމާއެކު ހަކަތަ އަށް ބަދަލުކޮށް، ސަރުބީ ފުރަމޭގައި ޖަމާވުން ކުޑަކޮށްދޭތީ އެވެ.
o       ގުރުދާ : ކާށި ތެލަކީ ގުރުދާ އަދި މަސާނާގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއީ ގުރުދާގައި އުފެދޭ ހިލަ ވިރުވައި ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
o       ޗިސްމޭ : ގަބޫލުކުރެވިފައިވާ ގޮތުގައި ކާށި ތެލަކީ ޗިސްމޭދުޅަވުމުގެ މައްސަލައަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.
o       ހަކުރު ބަލި : ހަކުރު ބަލި ކޮންޓްރޯލްކުރުމުގައި ވެސް ކާށިތެޔޮ އެހީތެރިވެދެއެވެ. އިންސިއުލިން ދޫކުރުމަށް ބާރުއަޅައިދީ، ގުލްކޯޒު ބޭނުން ހިފުމަށް ހަށިގަނޑަށް ބާރުއަޅައިދީ، ހަކުރު ބަލިން ރައްކާތެރި ކޮށްދެއެވެ.
o       ކަށިތަކާއި، ދަތްތަކަށް އަޅާލުން : ކެލްސިއަމް އަކީ ދަތްތައް ވަރުގަދަކުރުމަށް ބޭނުންތެރި މާއްދާ އެކެވެ. ކާށި ތެލަކީ ކެލްސިއަމް، އަދި މެގްނީޒިއަމް ހަށިގަނޑަށް ނެގުމަށް އެހީތެރިވާ އެއްޗަކަށްވުމުން، ދަތްތަކާއި، ކަށިތައް ވަރުގަދަކޮށް ދެއެވެ. އަދި ދަތްފަނި ކެއުމުން ދުރުކޮށް ދެއެވެ.

މައުލޫމާތު:

No comments:

Post a Comment