Monday, October 3, 2011

ދޯޅަނބު


ދޯޅަނބު
ދޯޅަނބަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ދޯޅަނބު ބޭނުންކުރެވެނީ ތަފާތު ސަލަޑް، އަދި އެހެނިހެން ކާތަކެތި ތައްޔާރު ކުރައްވާއިރު ހުތް ރަހަ ހެޔޮވަރު ކޮށްލުމުގެ ގޮތުންނެވެ. ދޯޅަނބު ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ދޯޅަނބު އަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، ކުދި ލުނބޯ، އަދި ކުދި އޮރެންޖް ހިމެނެއެވެ. 
ދިވެހި ނަން : ދޯޅަނބު
އިގިރޭސި ނަން : Lemon
ޢިލްމީ ނަން : Citrus Limon
ލުނބޯގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
29 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
9.32 ގްރާމް
ޕޮޓޭސިއަމް
138 މިލިގްރާމް
ޕްރޮޓީން
1.10 ގްރާމް
މަޢުދަންތައް
ފެޓް
0.30 ގްރާމް
ކެލްސިއަމް
26 މިލިގްރާމް
ފައިބަރު
2.80 ގްރާމް
ކޮޕަރ
37 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.60 މިލިގްރާމް
ފޮލިކް އެސިޑް
11 މައިކްރޯ ގްރާމް
މެގްނީޒިއަމް
8 މިލިގްރާމް
ނިއެސިން
0.100 މިލިގްރާމް
މެންގަނީޒް
0.030 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.190 މިލިގްރާމް
ފޮސްފަރަސް
-           
ޕައިރިޑޮކްސިން
0.080 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.020 މިލިގްރާމް
ޒިންކް
0.06 މިލިގްރާމް
ތިއެމިން
0.040 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
22 އައިޔޫ
ކެރޮޓީން އަލްފާ
1 މައިކްރޯ ގްރާމް
ވިޓަމިން ސީ
53 މިލިގްރާމް
ކެރޮޓީން ބީޓާ
3 މައިކްރޯ ގްރާމް
ވިޓަމިން އީ
0.15 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
20 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
11 މައިކްރޯ ގްރާމް


ލައިކޯޕީން
0 މައިކްރޯ ގްރާމް
ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު،އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.




ދޯޅަނބުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
·         ދޯޅަނބުގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެންވުމުން:-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
·         ހަޖަމުގޯސްވުން އަދި ބަނޑުހިކުން : ދޯޅަނބު ޖޫހަކީ ބަނޑުހިކުން ލުއިކޮށްދީ ހަޖަމުގޯސްވެގެން ދިމާވާ މައްސަލަތައް ކުޑަކޮށްދީ ހައްލުކޮށް ދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ކާތަކެއްޗަށް ދޯޅަނބު ހުތް ޖަހައިގެން ބޭނުންކުރެވިދާނެ އެވެ. ދޯޅަނބަކީ ލޭސާފުކޮށްދޭ އެއްޗެއް ވެސް މެއެވެ. ރޭގަނޑާއި މެންދުރުގެ ކާވަގުތުތަކުގައި ދޯޅަނބު ފަންޏަކީ ބޭނުންކުރެވިދާނެ ރަގަޅު ބުއިމެކެވެ.
·         ހުމާއި އަރިދަފުސް ރޯގާ : ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންނަށް ނުވަތަ ޖެހިފައިވާ މީހުންނަށް ދޯޅަނބު ފަންޏަކީ ބޭނުންކުރެވިދާނެ ރަގަޅު އެއްޗެކެވެ. ދޯޅަނބުގައި ވިޓަމިން ސީ އެކުލެވުމުގެ ސަބަބުން ރޯގާ ފަސޭހައިން ރަގަޅުވެއެވެ. އަދި އަރިދަފުސްރޯގާ ފަދަ ބަލިތައް ޖެހުން ދުރުކޮށް ދެއެވެ. ހުންތިރިކޮށްދެނީ ދޯޅަނބު ޖޫސް ބޭނުންކުރުމުން ދާހިއްލާ މިންވަރު އިތުރުވެ ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ހަށިގަނޑުން ހޫނުކަން ބޭރުވެގެންދާތީ އެވެ. ދޯޅަނބެއްގެ ޖޫސް ހޫނު ފެންތައްޓަކަށް އެޅުމަށްފަހު، މާމުޔާ އެއްކޮށްގެން އެއް ފަހަރުން ބޯލާށެވެ. ހުންތިރިވަންދެން ކޮންމެ 2 ގަޑިން އެއްފަހަރު މިގޮތަށް ޢަމަލުކުރާށެވެ.
·         ދަތުގެ ފަރުވާ : ދޯޅަނބު ޖޫހަކީ ދަތުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ދަތުގައި ރިއްސާ ހިސާބަށް ދޯޅަނބު ޖޫސް އޮހޮރާލުމުން، ނުވަތަ އެޅުމުން އެތަނުގައި ހުންނަ ރިހުން ފިލައި ތަދު ކުޑަވާކަމަށް ވެއެވެ. ދޯޅަނބު ޖޫސް ހިރުގަނޑުގައި އުގުޅައި މަސާޖުކުރުމުން ހިރުގަނޑުން ލޭއައުން ކުޑަކޮށް ދެއެވެ. މީގެ އިތުރުން ދޯޅަނބު ބޭނުންކުރުމަކީ ދަތްތައް ސާފުވެ، ރީތިވާނެ ކަމެއް ވެސް މެއެވެ. މިސަބަބާހުރެ ބައެއް ދަތްއުގުޅާ ބޭސްތައް އުފެއްދުމުގައި ދޯޅަނބު ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ.
·         އިސްތަށީގެ ފަރުވާ : ދޯޅަނބު ޖޫހަކީ އިސްތަށިގަނޑުގެ މައްސަލަތަކަށް ފަރުވާކުރުމަށް ވެސް ވަރަށް ބޮޑަށް ބޭނުންކުރެވިފައިވާ އެއްޗެކެވެ. ދޯޅަނބު ޖޫސް ބޮލުގައި އުގުޅުމަކީ ބޮލުން އިސްތަށި ފޭބުން އަދި ހަންފޮޅުން ފަދަ މައްސަލަތައް ހައްލުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި މީގެ އިތުރުން އިސްތަށިގަނޑުގައި ދޯޅަނބު ޖޫސް އުގުޅުމަކީ އިސްތަށިގަނޑަށް އޮމާންކަމާއި ސާފުކަން ގެނެސްދޭނެ ކަމެކެވެ.
·         ހަމުގެ ފަރުވާ : ދޯޅަނބު ޖޫހަކީ ތަބީއީ ގޮތުން ވެސް އެންޓި ސެޕްޓިކް ނުވަތަ ޖަރާސީމު މަރާލާ އެއްޗަކަށް ވުމުން ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ފަރުވާ ކުރުމުގައި ދޯޅަނބު ޖޫހުގެ ބޭނުން ހިފައެވެ. އަވިން ހަންގަނޑު އަދާފައި ހުންނަ ތަންތަނުގައި ވެސް ދޯޅަނބު ޖޫސް އުގުޅައި އުޅެއެވެ. އަދި ކުޅަދުރު ހަފާތަންތަނުގައި ވެސް ދޯޅަނބު ޖޫސް އުގުޅައި ހަދައެވެ. މީގެ އިތުރުން އޮށާޅަ އަދި އެކްޒީމާ ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ވެސް ދޯޅަނބު ޖޫސް ބޭނުންކުރެއެވެ. މިއީ މުސްކުޅިވުން ލަސްކޮށްދޭ އެއްޗަކަށްވުމުން ހަންގަނޑުން ރޫފިލުވައިދީ ހަމުގައި ލައްޖެހުން ކުޑަކޮށްދެއެވެ. މާމުޔާއި، ދޯޅަނބު ޖޫސް އަދި ފެނާއި އެއްކޮށްގެން ބޭނުންކުރުމަކީ ހަންގަނޑަށް އަލިކަމާއި ސާފުކަން ގެނެސްދޭނެ ކަމެކެވެ. މިސަބަބުތަކާހުރެ ބައެއް ފަހަރު ސާބޯނި އުފެއްދުމަށް ދޯޅަނބު ގެ ބޭނުން ހިފައެވެ.
·         އޮށާޅަ : ދޯޅަނބުގައި ސައިޓްރިކް އެސިޑް ހުރުމަކީ ދޯޅަނބު ބޭނުންކޮށްގެން އޮށާޅަ އަށް ފަރުވާކުރެވިދާނެ ކަމުގެ ހެއްކެކެވެ. ހަމަމިހެން ހުތް މޭވާތަކުގައި ހުންނަ ވިޓަމިން ސީ އަކީ ހަމުގެ ދިރުމަށް ބޭނުންތެރި އެއްޗެކެވެ. ދޯޅަނބުގައި އެކުލެވޭ "އަލްކަލައިން"ގެ ތަބީޢަތަކީ ވެސް އޮށާޅަނެގުން މެދުވެރިކުރުވާ ބައެއް ކަހަލަ ޖަރާސީމްތައް މަރައި ނެތިކޮށްލާނެ ކަމެކެވެ.
·         ކަންބޮޑުވުން : ދޯޅަނބު ބޭނުންކޮށްގެން ހަދާފައި ހުންނަ ބާމުއި ގައި މީހާ މައިތިރިކޮށް ހަމައަކަށް އެޅުވުމުގެ ޚާއްޞިއްޔަތު އެކުލެވިގެން ވެއެވެ. އެހެންކަމުން އާދަޔާ ޚިލާފަށް ވާޅުވެ، ވަރުބަލިވުން، ބޯއެނބުރުން، ހާސްވެ ކަންބޮޑުވުން އަދި ފިއްތުންތައް ކުރިމަތިވުން ފަދަ ޙާލަތްތަކުގައި އެކަންކަން ކުޑަކުރުމަށް ކުރިންބުނެވުނު ބާމުއި ބޭނުންކުރުމުން އެކަންކަމާ ދުރުކޮށްދީފާނެ ކަމަށް ސައިންސް ވެރިން ބުނެއެވެ. މީގެ އިތުރުން ދޯޅަނބު ތެޔޮ ނޭފަތުން އެތެރެއަށް (ނޭވާލާއިރު އެތެރެއަށް ދެމުން) ދެމުމަކީ ކަންކަމަށް ހުންނަ ސަމާލުކަން އިތުރުވާ ކަމެއްކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ސަމާލުކަން އިތުރުކަން މަސައްކަތަށް އެމީހުންގެ ވިސްނުމާއި ފިކުރު ދީލާލުމަށް އެހީތެރިވުމުގެ ގޮތުން ދޯޅަނބު ބޭނުންކޮށްގެން ހަދާފައި ހުންނަ އެއަރ ފްރެޝްނަރ ބޭނުން ކުރެއެވެ. 
·         ފިހުން : ފިހުނު ތަންތާގައި ދޯޅަނބު ޖޫސް އުގުޅުމުން އެތަންތަނުގެ ލަކުނު ފަސޭހައިން ފިލައިދެއެވެ. ދޯޅަނބަކީ ހަންގަނޑު ފިނިކޮށްދޭ އެއްޗަކަށްވުމުން، ފިހުމުން ހަމުގައި ނަގާ ދިލަކަން ނުވަތަ ނަގާ ދިލަ ކަނޑުވައި ދިލައިގެ އަސަރު ކުޑަކޮށް ދެއެވެ.
·         އެތެރެހަށްޓަށް ލޭހިލުން : ދޯޅަނބުގައި ޖަރާސީމް މަރާލާ ބާރު ހުރުމުގެ އިތުރުން ހަށިގަނޑުގެ އެތެރޭގައި ވާ ލޭހޮޅިތަކާއި އެހެނިހެން ޓިއުބްތައް ހަނިކޮށް ފިއްތާލުމުގެ ބާރު ހުރެއެވެ. މިކަމުގެ ސަބަބުން އެތެރެހައްޓަށް ލޭއެޅުން ނުވަތަ ލޭފޭބުން ހުއްޓުވައެވެ. ނޭފަތުން ލޭއަންނަނަމަ، ކަފަކޮޅެއްގައި ދޯޅަނބު ޖޫސް އުގުޅުމަށްފަހު، ނޭފަތުތެރެއަށް ލެއްވުމުން ލޭއައުން ހުއްޓިދެއެވެ.
·         ރާއްޖެބަލި : ދޯޅަނބު ޖޫހަކީ ކުޑަކަމުދިއުން އަވަސްކޮށްދޭ ނުވަތަ ކުޑަކަމުދިއުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ވިހަތަކާއި، ހަށިގަނޑު ބޭނުންކޮށްފައި އިތުރުވާ މާއްދާތައް ބޭރުކުރުމުގައި ދޯޅަނބު ބޭނުންކުރުން އެހީއަކަށް ވެއެވެ. މިކަމުގެ ސަބަބުން ހުޅުތަކުގައި ކެލްސިއަމް ޖަމާވުމަށް ހުރަސްްއަޅައި، ހުޅުތައް ދުޅަވުމާއި، ރާއްޖެ ބަލި ފަދަ ބަލިތަކާއި ދުރުކޮށް ދެއެވެ.
·         ނޭވާލާ ނިޒާމްގެ މައްސަލަތައް : ދޯޅަނބު ޖޫހަކީ ނޭވާލާ ނިޒާމަށް ކުރިމަތިވާ ތަފާތު މައްސަލަތައް ހައްލުކޮށް ލުއިކޮށް ދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި ނޭވާހިއްލުމުގެ އުދަނގޫތައް ކުޑަކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ. ނޭވާލާ ނިޒާމްގެ މައްސަލަތަކަށް ދޯޅަނބު ބޭނުންކުރުމުން ލުއިކަން ގެނެސްދެނީ އޭގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުންނެވެ. މީގެ ކަރުތެރެ ހަލާކުވުމާއި، ކަރުތެރޭގައި ދަވަ ޖަމާވުން ފަދަ މައްސަލަތަކަށް ލުއިކަން ދޯޅަނބު ބޭނުންކުރުމުން ލިބެއެވެ.
·         ކޮލެރާ : މެލޭރިޔާ އަދި ކޮލެރާ ފަދަ ބަލިތައް ދޯޅަނބު ޖޫސް ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ އެވެ. ސަބަބަކީ ދޯޅަނބު ޖޫހަކީ ލޭ ސާފުކޮށްދޭ އެއްޗަކަށްވުމެވެ. ހުޅަގު އެފްރިކާގެ ކޮލެރާ އާންމު ހިސާބެއްގައި ކެއުމުގެ ތެރޭގައި ދޯޅަނބު ޖޫސް ދީގެން ދިރާސާއެއް ހެދުނެވެ. މިދިރާސާއިން އެގުނު ގޮތުގައި ދޯޅަނބު ޖޫހަކީ ކޮލެރާ އިން ހިމާޔަތް ވުމަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ.
·         ލޭމައްޗަށްދިއުން : ދޯޅަނބު ގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، މޭނުބައިކުރުމާއި ހޮނޑުލުން ފަދަ އުދަގޫތައް ކުޑަކޮށްދީ، ސިކުނޑިއާއި ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. ދޯޅަނބު ބޭނުންކުރުމުން ފިއްތުއްތަކާއި ދުރުކޮށް ހާސްކަން ފިލުވައި ދެއެވެ.
·         އަނގައިން ނުބައިވަސްދުވުން : ބަނގުއާވި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން އަދި އެހެނިހެން ސަބަބުތަކާއި ގުޅިގެން އަނގައިން ނުބައިވަސްދުވާނަމަ، ދޯޅަނބު ޖޫސް ބޭނުންކުރެވިދާނެ އެވެ. އެގޮތުން ތާފަނާ ފެން ތައްޓަކަށް ދޯޅަނބެއްގެ ޖޫސް އެއްކުރުމަށްފަހު އެ ބޭނުންކޮށްގެން ކޮންމެ ދުވަހަކު އަނގަތެރެ ރަގަޅަށް ދޮންނާށެވެ. މިއީ އަނގައިގެ ތެރޭގައި އުފެދިފައި ހުންނަ ނުބައި ވަސް ކަނޑުވާލާނެ ކަމެކެވެ. ކޮންމެ ފަހަރަކު ކައިނިމިގެން ދޯޅަނބު ފޮއްޗެއް ހަފާލުމަކީ ވެސް އަނގައިން ނުބައި ވަސްދުވުން ކުޑަކޮށްދޭނެ ކަމެކެވެ.
·         އެހެނިހެން ބައެއް ނުކުތާތައް :
o       ދޯޅަނބު، ގޮމަށި، އޮރެންޖު، ލުނބޯ ފަދަ ހުތްމޭވާގެ ބާވަތްތަކުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ވިޓަމިން ސީ އަކީ ކާނާގެ ތަފާތު ބާވަތްތަކުގައި އެކުލެވޭ އެންމެ މުހިއްމު އެއް އެންޓިއޮކްސިޑެންޓް އެވެ. ވިޓަމިން ސީ ހަށިގަނޑުގެ ތެރޭގައި ދައުރުވަމުން ދާއިރު އެއާއި ބައްދަލުވާ ''ފްރީ ރެޑިކަލް''ތައް ''ނިއުޓްރަލައިޒް''(ހަމަހަމަކުރުން / އެސިޑަކަށް ނުވަތަ ބޭސް އަކަށް ނުވާނެގޮތް ހެދުން) ކުރެއެވެ. މިބުނި ''ފްރީ ރެޑިކަލް''ތައް ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް، ދުޅަ އުފެއްދުމުގައި ބައިވެރިވެއެވެ. އެހެން ކަމުން ހުތްމޭވާތަކުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭތީ ހުޅުތަކަށް ޖެހޭ ތަފާތު ބަލިތަކާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ހުތްމޭވާގެ ބާވަތްތަކުގެ ފަނި ބޭނުންކުރުން އެހީއަކަށް ވެއެވެ.
o       ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމްގެ މަސައްކަތަށް ވެސް ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން އަރިދަފުސް ރޯގާ، އަދި އިންފްލެއެންޒާ ފަދަ ބަލިތަކުން ހިމާޔަތްވެ، ރައްކާތެރިކޮށް ދިނުމުގައި ވިޓަމިން ސީ އެކުލެވޭ ކާނާ އެހީއަކަށް ވެގެންދެއެވެ.
o       ދޯޅަނބު، ގޮމަށި، އަދި ލުނބޯ ފަދަ ހުތްމޭވާތަކުގައި ފްލޭވޮނޮއިޑް ކަމްޕައުންޑް ތައް އެކުލެވިގެންވެއެވެ. މިކަމުގެ ސަބަބުން ކެންސަރު ފެތުރިގެން ދިއުން ކުޑަކުރުމުގައި އެހީ އަކަށް ވެއެވެ. މިފްލޭވޮނޮއިޑް ކަމްޕައުންޑް ތަކުގެ ސަބަބުން ކެންސަރު ޖެހުމުން އާދަޔާއި ޚިލާފަށް ބޮޑުވެ، އިތުރުވަމުންދާ ސެލްތައް ހުއްޓުވުމަށް އެހީއަކަށް ވެގެންދެއެވެ.
·         ދޯޅަނބުން ލިބޭ ބައެއް ފައިދާތައް ކުރުކޮށް:-
o       އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަކުރުން : ހުތް މޭވާއަކަށްވުމުން
o       އެންޓި އޮކްސިޑެންޓްގެ ޚާއްޞިއްޔަތު ލިބިފައިވުން :ކެންސަރު،ސްޓްރޯކްޖެހުން، ހިތުގެ ބަލިތަކުން ދުރުކުރުން
o       ލޭގެ ޕްރެޝަރު ދަށްކޮށް ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުން
o       ގޮހޮރު، އުރަމަތި، އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްކުރުން
o       ހަންގަނޑު އަލިކޮށް ދޮންކުރުން
o       ހަޖަމުކުރާ ނިޒާމް އަދި ފުރަމޭ ސާފުކުރުން : ހޫނު ފެނަށް ދޯޅަނބުހުތް އަޅައިގެން ބުއިމުން
o       ބޮލުގެ ރިހުން ލުއިކޮށް ހަށިގަނޑަށް އަރާމު ހޯދައިދިނުން : ދޯޅަނބު ތޮށި ހިއްކައި ހިމުންކޮށްގެން ބޮލުގެ އިސްތަށިގަނޑުގައި އުގުޅުން
o       ދޯޅަނބު ޖޫސް އޮށާޅައިގައި އުގުޅުމުން އޮށާޅަ ފިލައިގޮސް އިތުރަށް އޮށާޅަނެގުން މަދުވުން
o       އަނގަ، ދޫ، ހިރުގަނޑު ދުޅަވެ ފާރުވުމުގެ މައްސަލަ ކުޑަކުރުން
o       އަރިދަފުސް ރޯގާ އިން ރައްކާތެރިކޮށްދިނުން
o       ކުޑަކަމުދާ ނިޒާމްގައި ޖަރާސީމްއެޅުން އަދި ކިހުނުވުމަށް ފަރުވާކުރުން
o       ދިރޭތަކެތި ދަތްއަޅާ ތަންތަނާއި ކަށިޖަހާ ތަންތަނުގައި ހުންނަ ވިހަ ފިލުވައި ރިހުން ކެނޑުވުން
o       ބަނޑުގެ ރިހުމާއި ވައިގެ މައްސަލައަށް ލުއިކަން ފޯރުކޮށްދިނުން
o       ހިކިފައި ހުންނަ ހަންގަނޑަށް އޮމާންކަމާއި މަޑުކަން ގެނެސްދިނުން
o       ބަނޑާއި ގޮހޮރުގައި އުފެދޭ އިންފެކްޝަންތަކުން ރައްކާތެރިކޮށްދިނުން
o       ސަރުބީގެ މިންވަރު ދަށްވުން އަދި ބަރުދަން ލުއިވުން
o       ނޭވާހިއްލުމުގެ އުދަނގޫތައް ކުޑަކުރުން
o       ހަންގަނޑު ހިރުވައި ކެހުން ކުޑަކުރުން
o       ކަރުފޮޅު ފަދަ ކަރުތެރޭގެ ބަލިތަކަށް ލުއިކަން ގެނެސްދިނުން
o       ބޮލުން ހަންފޮޅުމާއި، ބޮލުގެ  އިސްތަށިތައް ހަލާކުވުމުގެ މައްސަލައަށް ލުއިކަން ގެނެސްދިނުން
o       ރޫތައް ފިލުވައި ޒުވާންކަން ހަންގަނޑަށް ގެނެސްދިނުން
o       ހުޅުދުޅަވުމުގެ ވައްތަރުތަކަށް ފަރުވާކުރުން
o       ލޭނާރު ފުއްޕުމުގެ މައްސަލައަށް ލުއިކަން ހޯދައިދިނުން
o       ނިދިނައުމުގެ މައްސަލައަށް ހައްލު ހޯދައިދިނުން
މައުލޫމާތު:-

No comments:

Post a Comment