Thursday, October 15, 2015

ދުނިޔޭގެ އަތްދޮންނަ ދުވަސް

މިއަދަކީ ދުނިޔޭގެ އަތްދޮންނަ ދުވަސް
މިއަދު 15 އޮކްޓޯބަރ 2015 އަކީ ދުނިޔޭގެ އަތްދޮންނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ސައިބޯނި ލައިގެން އަތްދޮވުމުގެ މުހިއްމުކަން އާންމުންނަށް އަންގައިދީ، އެކަމާމެދު އާންމުން ހޭލުންތެރިކުރުމުވުމުގެ މަގުޞަދުގައެވެ. 2008 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަ ކުރަމުންނެވެ. މިދުވަސް ފުރަތަމަ ފަހަރަށް އިސްނަގައިގެން ، މިދުވަސް އުފައްދައި، ފާހަގަކޮށްފައިވަނީ "ގްލޯބަލް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ފޮރ ހޭންޑްވޮޝިންގ ވިތުސޯޕް"ގެ ފަރާތުންނެވެ. 

 
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އަތްދޮންނަ ދުވަސް ފާހަގަކުރަނީ ޚާއްޞަ ޝިޢާރެއް ކަނޑައަޅައިގެންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ސާފުތާހިރުކަމަށްޓަކައި އަތް އުފުއްލަވާ" މިއެވެ. 



ދުނިޔޭގެ އަތްދޮވުމުގެ ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 15 އޮކްޓޯބަރ 2008 ގައެވެ. އެފަހަރު ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމަކުން، 120 މިލިޔަންކުދިން މިދުވަސް ފާހަގަކުރުމަށް ސައިބޯނިލައިގެން އަތްދޮވެފައި ވެއެވެ. މިހާރު ކޮންމެ އަހަރަކު 100 އަށްވުރެ ގިނަ ގައުމުން، 200 މިލިޔަނަށްވުރެ ގިނަ މީހުން މިދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި ބައިވެރިވެއެވެ.

No comments:

Post a Comment