Tuesday, September 13, 2011

އަންނާރު

އަންނާރު
އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާންް ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ.
ދިވެހި ނަން : އަންނާރު
އިގިރޭސި ނަން : Pomegranate
ޢިލްމީ ނަން : Punica Granatum
އަންނާރުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
83 ކިލޯކެލަރީ
ސޯޑިއަމް
3 މިލިގްރާމް
ކާބޯހައިޑްރޭޓް
18.70 ގްރާމް
ޕޮޓޭސިއަމް
236 މިލިގްރާމް
ޕްރޮޓީން
1.67  ގްރާމް
މަޢުދަންތައް
ފެޓް
1.17 ގްރާމް
ކެލްސިއަމް
10 މިލިގްރާމް
ފައިބަރު
4 ގްރާމް
ކޮޕަރ
0.158މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.30 މިލިގްރާމް
ފޮލިކް އެސިޑް
38 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.293 މިލިގްރާމް
މެންގަނީޒް
0.119 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.135 މިލިގްރާމް
ފޮސްފަރަސް
36 މިލިގްރާމް
ޕައިރިޑޮކްސިން
0.075 މިލިގްރާމް
ސިލެނިއަމް
0.5 މިލިގްރާމް
ރައިބޯފްލެވިން
0.053 މިލިގްރާމް
ޒިންކް
0.35 މިލިގްރާމް
ތިއެމިން
0.67 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
0 އައިޔޫ
ކެރޮޓީން އޭ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
10.2 މިލިގްރާމް
ކެރޮޓީން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
0.60 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
16.4މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


ލައިކޮޕީން
0 މައިކްރޯ ގްރާމް





އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
·         ހިތުގެ ބަލިތައް : އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދީފާނެ ކަމެކެވެ. އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށް ދެއެވެ. އަދި ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަގަޅު ސަރުބީގެ މިންވަރު އިތުރުކުރުވައެވެ.
·         ކެންސަރުން ރައްކާތެރިވުން : އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް" ހުރެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިސަބަބާހުރެ ވަރަށް ގިނަ ޞިއްޙީ ތަޖުރިބާކާރުން ކެއުމުގައި އަންނާރު ހިމެނުމަށް އިރުޝާދު ދެއެވެ.
o       އުރަމަތީގެ ކެންސަރު: އިސްރާއީލްގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި އަންނާރު ޖޫސް ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް ގަނޑެއްގެ ސިފައިގައި އެއްވެ ބޮޑުވުން މަނާކޮށްދޭ ކަމެކެވެ. އަދި އެފަދަ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ ކަމެކެވެ.
o       ފުއްޕާމޭގެ ކެންސަރު : މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަޖުރިބާތަކުން އެނގިފައިވާ ގޮތުގައި އަންނާރު ބޭނުންކުރުމަކީ ފުއްޕާމޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައި ޓިއުމަރު ހިންދާލާނެ ކަމެކެވެ.
o       ޕްރޮސްޓޭޓް ކެންސަރު : މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަޖުރިބާއިން އެނގުނު ގޮތުގައި ޕްރޮސްޓޭޓް ކެންސަރުގެ ސެލްތައް އުފެދި ބޮޑުވުން އަންނާރު ބޭނުންކުރުމުން ހުއްޓެއެވެ.
·         ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : އަންނާރުގައި ދަގަނޑު ގިނައިން ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަދުވުމުން މެދުވެރިވާ، ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް އަންނާރު ބޭނުންކުރުމުން ލުއިކަން ގެނެސްދެއެވެ.
·         ތުއްތު ދަރިފުޅުގެ ސިކުނޑި ރައްކާތެރިކުރުން : ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މައިމީހާ އަންނާރު ޖޫސް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
·         ލޭގެ ޕްރެޝަރު ދަށްކުރުން : ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާނެ ކަމެކެވެ.
·         ހަކުރު ބަލި، ހުޅުތައް ދުޅަވުން، އަދި ލޭހޮޅިތައް ހަރުވުން : އަންނާރު ބޭނުންކުރުމަކީ ބަޔާންކުރެވިފައިވާ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމެކެވެ. އަންނާރުގައި އެކުލެވޭ ޚާއްޞަ ސިފަތަކެއްގެ ސަބަބުން، ލޭހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މިމޭވާ ބޭނުންކޮށްގެން ލުއެއް ހޯދައިދެވިދާނެ ކަމަށް ބުނެވެއެވެ. ނަމަވެސް މިކަންކަން އިލްމީ ހޯދުންތަކުން އަދި ޔަގީންކުރެވިފައެއް ނުވެއެވެ. ވަރަށް ގިނަ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަންނާރު ޖޫހަކީ މަޑުކަށި ހަލާކުވުން ހުއްޓުވާ ކަމެކެވެ.
·         ވިޓަމިން އިން މުއްސަދިވެފައިވުން : އަންނާރަކީ ތަފާތު ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.
·         ދަތުގައި މެރައާއި ކޮބަޑި ޖެހުމުން ދުރުކޮށްދިނުން : އާންމުކޮށް އަންނާރު ބޭނުންކުރުމަކީ ދަތުގައި މެރައާއި ކޮބަޑި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
·         އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވެނީ އަންނާރު އެވެ. ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ. އަޑުކުރަކިވެ، ނުވަތަ އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދެއެވެ. މާމުޔާއި އެކު ބޭނުންކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ. ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށް، ކާހިތްވުން އިތުރުކޮށްދެއެވެ.
·         ލޮލުގެ ފެނުން ސާފުކުރުމުގައި ވެސް އަންނާރު ބޭނުންކުރުން އެހީއަކަށް ވެއެވެ. ބަނޑުގައި ރިހުން ކުރިމަތިވުމުން ކުޑަލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކާއި އެކު އަންނާރު ބޭނުންކުރުމުން ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ. ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ.
·         އެހެނިހެން ބައެއް ފައިދާތައް: އަންނާރު އަދި އޭގެ ޖޫސް ބޭނުންކުރުމުން :-
o       ދުވަސްނުފުރާ ވިހެއުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
o       ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފަހައްޓައެވެ.
o       ކަރުތެރެ ހަލާކުވުމުން ދުރުކޮށް ދެއެވެ.
o       އެލްޒެއިމާ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށްދެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިދެއެވެ.
o       އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.
މައުލޫމާތު:-


No comments:

Post a Comment