Thursday, January 2, 2014

ޓާނިޕް

ޓާނިޕް
ޓާނިޕް އަކީ ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ޓާނިޕް
އިގިރޭސި ނަން : Turnip
ޢިލްމީ ނަން : Brassica oleracea (rapifera group)
ޓާނިޕްގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
28 ކިލޯކެލަރީ
ސޯޑިއަމް
39 މިލިގްރާމް
ކާބޯހައިޑްރޭޓް
6.43 ގްރާމް
ޕޮޓޭސިއަމް
233 މިލިގްރާމް
ޕްރޮޓީން
0.90  ގްރާމް
މަޢުދަންތައް
ފެޓް
0.10 ގްރާމް
ކެލްސިއަމް
30 މިލިގްރާމް
ފައިބަރު
1.8 ގްރާމް
ކޮޕަރ
0.085މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.30 މިލިގްރާމް
ފޮލިކް އެސިޑް
15 މައިކްރޯ ގްރާމް
މެގްނީޒިއަމް
11 މިލިގްރާމް
ނިއެސިން
0.400 މިލިގްރާމް
މެންގަނީޒް
0.134 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.200 މިލިގްރާމް
ފޮސްފަރަސް
-     -
ޕައިރިޑޮކްސިން
0.090 މިލިގްރާމް
ސިލެނިއަމް
12 -
ރައިބޯފްލެވިން
0.030 މިލިގްރާމް
ޒިންކް
0.27 މިލިގްރާމް
ތިއެމިން
0.040 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން ސީ
21 މިލިގްރާމް
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
0.03 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0.1 މައިކްރޯ ގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް






















ޓާނިޕް އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ޓާނިޕްގައި ތަފާތު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ޓާނިޕްގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، ބީޓާ ކެރޮޓީން، އަދި މެންގަނީޒް ފަދަ މާއްދާތައް ހިމެނެއެވެ. މިއީ ކެންސަރުން ރައްކާތެރި ކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ޓާނިޕްގައި ގްލައިކޮސިނަލޭޓް ކިޔާ މާއްދާއެއް ވަރަށް ގިނައިން ހުރެއެވެ. މިއީ މޭގަނޑުން ވިހަ ސާފުކޮށްދީ، ކެންސަރު ޖައްސަނިވި މާއްދާތަކުން ހަށިގަނޑުން ރައްކާތެރިކޮށްދީ، ކެންސަރުގެ ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވުމުން ފްރީރެޑިކަލްތަކުން ލިބޭ ގެއްލުން ކުޑަކޮށްދީ، ސެލްތަކުގައި ހުންނަ ޑީއެންއޭ ހަލާކުކުރުމަށް ހުރަސްއަޅައެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ގްލައިކަސިނަލޭޓް އަކީ ޕްރޮސްޓޭޓް ބޮޑުވާ ބަލި ޖެހުމުން ދުރުކޮށްދީ، ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދީފާނެ މާއްދާ އެކެވެ.

ޓާނިޕް ގައި އިންޑޯލްސް ކިޔާ ފައިޓޯނިއުޓްރިއެންޓް ތަކެއް ހުރެއެވެ. މިއީ ފުއްޕާމޭ އަދި ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ މާއްދާތަކެއްކަމަށް ވަނީ ބެލެވިފައެވެ.

(ށ) - ހިތުގެ ދުޅަހެޔޮކަން ދެހެއްޓުން : ޓާނިޕްގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. މިހެންވުމުން ޓާނިޕް ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްކޮށްދީ، ހިތުގެ ބަލިތަކާއި، ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަކުރާ ކަމަކަށް ވެއެވެ. ޓާނިޕްގައި ފޮލިކް އެސިޑް އަދި ވިޓަމިން ބީގެ އެހެނިހެން ވައްތަރުތައް ހުރުމަކީ ވެސް އެބޭނުންކުރުމުން ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ނ) - ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : ޓާނިޕް ގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް ހުރެއެވެ. މިމާއްދާތަކަކީ ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުން ފަދަ ކަށީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ޓާނިޕް ގަވާއިދުން ބޭނުންކުރުމަކީ ރާއްޖެ ބަލީގެ ސަބަބުން ކުރިމަތިވާ ހުޅުތައް ދުޅަވެ ހަލާކުވުން ހުއްޓުވާނެ ކަމެކެވެ.

(ރ) - ބަރުދަން ލުއިކުރުން : ޓާނިޕް އަކީ ބަރުދަން ލުއިކުރުމަށް ކެއުމުގައި ހިމެނިދާނެ ބާވަތެކެވެ. އެއީ ޓާނިޕްގައި ގިނަ އަދަދަކަށް ފައިބަރު ހުރެފައި، ހަކަތަ މަދުން ލިއްބައިދޭތީ އެވެ. ފައިބަރުގެ ސަބަބުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ، ކުޑައެތިކޮޅެއް ކެއުމުން ވެސް ފުރިފައި ހުންނަހެން ހީވާނެ އެވެ. މިހެންވުމުން ނިސްބަތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިކުރުމަށް މަގުފަހިވާނެ އެވެ.

(ބ) - ހަށިގަނޑުން ނުބައިވަސް ކެނޑުވުން : އެންމެ ގިނައިން ދާހިއްލާ ހިސާބު(މިސާލަކަށް ކިހިލިފަތް ދޮށް) ތަކުގައި ޓާނިޕް ޖޫސް އުގުޅާށެވެ. މިއީ ދާހިއްލުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުބައި ވަސް ކަނޑުވައިދޭނެ ކަމެކެވެ.

(ޅ) - ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ހުއްޓުވުން : ހަށިގަނޑުގައި ފްރީރެޑިކަލްތައް ގިނަވެއްޖެނަމަ ހަށިގަނޑުގައި ހުންނަ ނުރަގަޅު ސަރުބީތައް ލޭހޮޅިތަކުގެ ތެރޭގައި ތަތްވެ، ހަރުލާގޮތްވާނެ އެވެ. މިހެންވެއްޖެނަމަ ލޭހޮޅިތައް ހަރުއަރާގޮތް ވެއެވެ. ޓާނިޕްގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އަކީ ފްރީރެޑިކަލްތަކުން ލިބޭ ގެއްލުމުން މިންޖުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން ގަވާއިދުން ޓާނިޕް ބޭނުންކުރުމަކީ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ހުއްޓުވައި، ލޭހޮޅިތައް ހަރުއެރުމުން ދުރުކޮށްދޭނެ ކަމެކެވެ.

(ކ) - ނޭވާހިއްލުމުގެ އުދަނގޫ ލުއިކޮށްދިނުން : ޓާނިޕް ގައި ހިމެނޭ އެންޓިއޮކްސިޑެންޓް ވިޓަމިން ސީ އަކީ ދުޅަތައް ތިރިކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. މިހެންވުމުން ޓާނިޕް ބޭނުންކުރުމަކީ ނޭވާހިއްލުމުގެ އުދަނގޫ ލުއިކޮށްދޭ ކަމަކަށް ވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ނޭވާހިއްލުން ހުންނަ މީހުންނަށް ޓާނިޕް ދިނުމަކީ ނޭވާހިއްލުމުގެ ސަބަބުން މޭގެ ތެރޭގައި އަޑުއުފެދޭ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ.

(އ) - ދިފާއީ ބާރު ރަގަޅުކުރުން : ޓާނިޕްގައި ވިޓަމިން ސީ ހުރުމަކީ ޓާނިޕް ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދީ، ތަފާތު ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ވ) - ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ގަވާއިދުން ޓާނިޕް ބޭނުންކުރުމަކީ އޭގައި ހިމެނޭ ވިޓަމިން އޭ އަދި ވިޓަމިން ސީގެ ސަބަބުން ހަމުގެ އޮމާންކަމާއި ތާޒާކަން ދަމަހައްޓައިދޭނެ ކަމެކެވެ. ޓާނިޕް އަކީ ފައިފަޅައިގެން ދިއުމުގެ ފަރުވާގައި ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. މީގެ އިތުރުން ޓާނިޕް ބޭނުންކުރުމަކީ ހަމުގައި ރޫޖެހުމާއި ހަންގަނޑު ކުރަކިވެ، ފަޅައިގެންދިއުމުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(މ) - އިސްތަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : ގަވާއިދުން ޓާނިޕް ބޭނުންކުރުމަކީ އިސްތަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އިސްތަށިގަނޑު ވަރުގަދަކޮށްދޭނެ ކަމެކެވެ. ޓާނިޕްގައި އިސްތަށްޓަށް ކަޅުކުލަ ގެނެސްދޭ "މިލެނިން" އުފެއްދުމަށް ބޭނުންވާ ކޮޕަރ އެކުލެވިގެން ވެއެވެ. މީގެ އިތުރުން ދުޅަހެޔޮ އިސްތަށިގަނޑެއް ދެމެހެއްޓުމަށް ބޭނުންވާ ވިޓަމިން އީ، ވިޓަމިން ސީ، ބީޓާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން ޓާނިޕްގައި ހުރެއެވެ.

ނޯޓް : ޓާނިޕް ގައި އޮކްސަލޭޓް ހުންނާތީ ގުރުދާ، އަދި ފިތުގެ މައްސަލަ ހުންނަ މީހުން ޓާނިޕް ގިނައިން ބޭނުންކުރުން ރަގަޅެއް ނޫނެވެ. އެއީ އޮކްސަލޭޓް ޖަމާވެ، ގުރުދާ އަދި ފިތުގައި ހިލަ އުފެދިދާނެތީ އެވެ.  
މައުލޫމާތު :
·         http://www.drhealth.md/turnip/

No comments:

Post a Comment