Thursday, January 7, 2016

ހެދިބޮޑުވުމުން : ހަތަރު އަހަރު ފުރުމުން

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ހަތަރު އަހަރުވުމުން
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން ހަތަރު އަހަރު ވާއިރުހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 

މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       އާ ކަންތައްތައް ކުރަން ގަޔާވުން ނޫނީ ބޭނުންވުން
o       ކުޅޭއިރު މަންމަ ނޫނީ ބައްޕައަށް ވެގެން އުޅުން
o       ކުޅުމުގައި ވަކި މީހަކަށް ނޫނީ އެއްޗަކަށް ހެދިގެން އުޅޭއިރު އުފެއްދުންތެރިކަން ފާހަގަވުން
o       އެކަނި ކުޅެހެދުމަށްވުރެ އެހެން ކުދިންނާއެކު ކުޅެއުޅުމަށް ބޭނުންވުން
o       އެހެންކުދިންނާއެކު ގުޅިގެން އުޅެން އެނގުން
o       ހަގީގަތާއި، ހެދިގެން އުޅޭ އުޅުން ވަކިކުރަން ނޭނގުން
o       ޝައުގުވެރިވާ ނޫނީ ގަޔާވާ ކަންކަމާ، ތަކެއްޗާއި، ބެހޭގޮތުން ވާހަކަ ދެއްކުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       ބަހުގެ ބައެއް އަސާސީ ގަވާޢިދުތައް އެނގުން : މިސާލަކަށް ބަހުގެ ގޮތުން ވަކި ބަހެއް ބޭނުންކުރަނީ އަންހެނުންނަށް އަދި ވަކި ބަހެއް ބޭނުންކުރަނީ ފިރިހެނުންނަށް ނިސްބަތްކޮށްކަން ބުނަން އެނގުން
o       ހަދާނުގައި ހުރި ލަވައެއް ކިޔުން ނޫނީ ލަވަ ކިޔައި ހެދުން
o       ވާހަކަ ކިޔައިދިނުން
o       ފުރިހަމަނަން ބުނަން އެނގުން
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       ބައެއް ކުލަތަކާއި، ބައެއް ނަންބަރުތައް ވަކިކުރަން އެނގުން
o       ގުނުމަކީ ކޮބައިކަން ދޭހަވުން
o       ގަޑިއާއި، ވަގުތު ދޭހަވާން ފެށުން
o       ކުރިން ކިޔާދީފައިވާ ވާހަކައަކުން ބައެއް ހަދާންވުން
o       "އެއްގޮތް"، އަދި "ތަފާތު" ތަކެތި ވަކިކުރަން އެނގުން
o       ހަށިގަނޑުގައި 4-2 ބައި ހިމެނޭގޮތަށް މީހަކު ކުރަހަން އެނގުން
o       ކަތުރު ބޭނުންކުރަން ފެށުން ނޫނީ ބޭނުންކުރަން އެނގުން
o       ލިޔެފައި ހުންނަ އެއްޗެއް ބައެއް "ކެޕިޓަލް" އަކުރުތައް ބޭނުންކޮށްގެން ކޮޕީކުރުން
o       ތާސް ބައި ބޭނުންކޮށްގެން ކުޅުން (ބޯޑު ގޭމްސް / ނޫނީ ކާޑު ގޭމްސް ކުޅުން)
o       ވާހަކަ ފޮތެއް ކިޔަމުންދާއިރު ދެންވާނެގޮތް ބުނެދިނުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       އެއްފައި މައްޗަށް 2 ސިކުންތަށްވަރު ވަންދެން ކޮށްޅަށްހުރުން
o       ބޯޅަ ބިންމަތީގައި ޖަހާފައި މައްޗަށް އެރުމުން އެބޯޅަ ހިފަން އެނގުން
o       އަމިއްލައަށް ކާން ބޭނުންވާ ތަކެތި ކޮށައި، މަށައި، ކުދިކުރަން އެނގުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         ހުރި ތަނުގައި ހުރެފައި ފުއްމުން ފަދަ ހަރަކާތެއް ކުރަން ނޭނގުން ނޫނީ ނުފުއްމުން
·         ފަންސުރު ގަލަން ފަދަ ތަކެތި ބޭނުންކޮށްގެން ރޮނގުއަޅައި، ކުރަހައި ހެދުމުގައި މައްސަލަތަކާ ދިމާވުން
·         ފީކޮއި ކުޅުން، ބަތްކައްކާ ކުޅުން ފަދަ ކުޅިވަރުތަކުގެ ޝައުގުވެރިކަމެއް ނުހުރުން
·         އެހެންކުދިންނާއެކު އުޅެން ބޭނުންނުވުން، އާއިލާއިން ބޭރުމީހަކު ގޮވާލާ، އަތްލާ ހެދިޔަސް އެކަމަށް ސަމާލުކަން ނުދިނުން ނޫނީ އިޖާބަ ނުދިނުން
·         ހެދުންލުން، ނިދުން، ފާޚާނާކުރުން ފަދަ ކަންތައްތައް ކުރުމަށް ދެކޮޅުހެދުން
·         ކުރިން ކިޔާދީފައިވާ ވާހަކަ އެއް އަލުން ކިޔާނުދެވުން ނޫނީ ކިޔާދޭން ނޭނގުން
·         ތަފާތު 3 ކަމެއް ހިމެނޭ އިރުޝާދެއް ދިނުމުން އެއާއި އެއްގޮތަށް އަމަލުކުރަން ނޭނގުން
·         "އެއްގޮތް"، އަދި "ތަފާތު" ތަކެތި ވަކިކުރަން ނޭނގުން
·         "އަހަރެން" އަދި "ކަލޭ" ފަދަ ބަސްތައް ރަނގަޅަށް ބޭނުންކުރަން ނޭނގުން
·         ރަނގަޅަށް ދޭހަނުވާނެހެން (ކިޔާނުކިޔާ ނޭނގޭހެން) ވާހަކަ ދެއްކުން
·         ކުރިން ހުރި ހުނަރުތައް ވެސް ގެއްލިދިއުން (ކުރިން ކުރަމުން ކަންތައްތައް ވެސް ނުކުރެވުން)
މައުލޫމާތު :

No comments:

Post a Comment