Wednesday, December 25, 2013

ފެހި ތޮޅި

ފެހި ތޮޅި
ފެހި ތޮޅި އަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ފެހި ތޮޅި
އިގިރޭސި ނަން : Green bean
ޢިލްމީ ނަން : Phaseolus vulgaris
ފެހި ތޮޅީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
31 ކިލޯކެލަރީ
ސޯޑިއަމް
18 މިލިގްރާމް
ކާބޯހައިޑްރޭޓް
7.13 ގްރާމް
ޕޮޓޭސިއަމް
170 މިލިގްރާމް
ޕްރޮޓީން
1.82  ގްރާމް
މަޢުދަންތައް
ފެޓް
0.34 ގްރާމް
ކެލްސިއަމް
40 މިލިގްރާމް
ފައިބަރު
3.4 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
0.47 މިލިގްރާމް
ފޮލިކް އެސިޑް
37 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.752 މިލިގްރާމް
މެންގަނީޒް
0.160 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.094 މިލިގްރާމް
ފޮސްފަރަސް
-     26 މިލިގްރާމް
ޕައިރިޑޮކްސިން
0.074 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.105 މިލިގްރާމް
ޒިންކް
0.18 މިލިގްރާމް
ތިއެމިން
0.084 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
690 އައިޔޫ
ކެރޮޓީން އަލްފާ
33މައިކްރޯ ގްރާމް
ވިޓަމިން ސީ
16.3 މިލިގްރާމް
ކެރޮޓީން ބީޓާ
42މައިކްރޯ ގްރާމް
ވިޓަމިން އީ
ކްރިޕްޓޯޒެންތިން ބީ
26 މައިކްރޯ ގްރާމް
ވިޓަމިން ކޭ
14.4މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
30 މައިކްރޯ ގްރާމް
























ފެހި ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

(ހ) - ފައިބަރު ހުރުން : ފެހި ތޮޅީގައި ގިނަ އަދަދަކަށް ފައިބަރު ހުރެއެވެ. ފައިބަރަކީ ހަޖަމުކުރުމުގެ މަސައްކަތް ހަލުވިކޮށްދީ، ބަނޑު ފަސޭހަކޮށްދީ، ބަނޑުހިކުމުން ދުރުކޮށްދީ، ގޮހޮރުގައި ހަށިގަނޑަށް ގެއްލުންދެނިވި ވިހަތައް ތަތްލުމުން މިންޖުކޮށް ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. ފައިބަރަކީ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލް މިންވަރު ދަށްކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. އެގޮތުން ކޮލެސްޓްރޯލް އާ ތަތްވެފައި ހުންނަ ބައިލް އެސިޑް ތައް ގޮހޮރުގެ ތެރޭގައި އަލުން އަބުރާ ހަށިގަނޑަށް ނެގުމުގެ މަސައްކަތަށް ފައިބަރު ހުރަސް އެޅުމަކީ ހަށިގަނޑުގައި ނުރަގަޅު ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ށ) - ވިޓަމިން އޭ ހުރުން : ފެހި ތޮޅީގައި ގިނައަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ވިޓަމިން އޭ އަކީ ހިތުގެ ބަލިތަކާ، ލޭމައްޗަށްދިއުން، އަދި ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ވިޓަމިން އޭ އަކީ އުމުރުން ދުވަސްވުމުން ހަމުގައި ޖެހޭ ރޫތައް ފިލުވައިދީ، ހަމަށް ވާންކަމާ، ތާޒާކަން ގެނެސްދީ، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.


(ނ) - އެންޓިއޮކްސިޑެންޓް ތައް ހުރުން : ފެހި ތޮޅީގައި ގިނައަދަދަކަށް އެންޓިއޮކްސިޑެންޓް ތަކުގެ ގޮތުގައި ބެލެވޭ "ލޫޓީން"، "ޒިއެޒެންތިން"(zea – xanthin) އަދި ބީޓާ ކެރޮޓީން ހުރެއެވެ. މިމާއްދާ ތަކަކީ ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭގެއްލުން ރައްކާތެރިކޮށްދޭނެ މާއްދާ ތަކެކެވެ. ޒިއެޒެންތިން އަކީ ވަރަށް މުހިއްމު ކެރޮޓިނޮއިޑް އެކެވެ. މިއީ އިރުގެ އަލިން ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށް ދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން މިއީ އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމަކަށް އޮންނަނީ ވެފައެވެ.

(ރ) - ފޮލިކް އެސިޑް ހުރުން : ފެހި ތޮޅީގައި އެކަށޭނަ މިންވަރަކަށް ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑް އަދި ވިޓަމިން ބީ12 އަކީ ޑީއެންއޭ އުފެއްދުމާއި، ސެލްތައް ބައިބައިވުމުގައި މުހިއްމު ދައުރެއް އަދާކުރާ ދެމާއްދާ އެވެ. މާބަނޑު ދުވަސްވަރު ކެއުމުގައި ފޮލިކް އެސިޑް ހިމެނުމަކީ ބަނޑުގައިވާ ތުއްތު ދަރިފުޅު އައިބުތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ.

(ބ) - ވިޓަމިން ސީ ހުރުން : ފެހި ތޮޅީގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ކޭ އެކޭ އެއްފަދައިން ވިޓަމިން ސީ އަކީ ވެސް ކަނޑައިގެންދާ ތަންތަން، ނޫފައިގެންފައި ހުންނަ ތަންތަން، ސާޖަރީ ކުރުމުން އުފެދޭ ފާރު، އަދި ފިހޭ ތަންތަން ފަސޭހަވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ވިޓަމިން ސީ އަށް ލިބިފައިވާ އެންޓިއޮކްސިޑެންޓް ބާރު ގެ ސަބަބުން، ބައެއް ކަހަލަ ކެންސަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ، ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ. ވިޓަމިން ސީ އަކީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ސްޓްރޯކް ޖެހުމާއި، ހާރޓް އެޓޭކް ޖެހުމުން ހިމާޔަތްކޮށް، ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

(ޅ) - މެންގަނީޒް ހުރުން : ފެހި ތޮޅީގައި ގިނަ އަދަދަކަށް މެންގަނީޒް ހުރެއެވެ. މެންގަނީޒް އަކީ ކަށިފީވުމާއި، މަޑުކަށިތައް ގިރުން ފަދަ ބަލިތަކުގައި ކުރިމަތިވާ އުނދަގޫތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން މެންގަނީޒް އަކީ "ޕްރީމެންސްޓްރުއަލް ސިންޑްރޯމް"(PMS) އިން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން މެންގަނީޒް އަކީ ހަށިގަނޑަށް ވިޓަމިން ބީ، ވިޓަމިން އީ އަދި މެގްނީޒިއަމް ފަދަ މާއްދާތައް ހަށިގަނޑަށް ނެގުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.

މައުލޫމާތު :


No comments:

Post a Comment