Monday, December 23, 2013

ފީރު މުރަނގަ ފަތް

ފީރު މުރަނގަ ފަތް
ފީރު މުރަނގަ ފަތަކީ ކާން ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. ތަފާތު ވައްތަރުގެ ސަޓަނި ހެދުމަށާއި، ރިހަ ކެއްކުމަށް ފީރު މުރަނގަ ފަތް ބޭނުންކުރާކަން ފާހަގަ ކޮށްލެވެއެވެ.
ދިވެހި ނަން : ފީރު މުރަނގަ ފަތް
އިގިރޭސި ނަން : Sesbanis leaves
ޢިލްމީ ނަން : Sesbania grandiflora
ފީރު މުރަނގަ ފަތުގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
321 ކިލޯކެލަރީ
ޕްރޮޓީން
36.3 ގުރާމް
ކާބޯހައިޑްރޭޓް
47.1 ގުރާމް
ފެޓް
7.5 ގުރާމް
ފައިބަރު
9.2 ގުރާމް
ކެލްސިއަމް
1684 މިލިގްރާމް
ފޮސްފަރަސް
258 މިލިގްރާމް
ސޯޑިއަމް
21 މިލިގްރާމް
ޕޮޓޭސިއަމް
2005 މިލިގްރާމް
ބީޓާ ކެރޮޓީން
25679 މައިކްރޯގްރާމް
ތިއެމިން
1 މިލިގްރާމް
ރައިބޯފްލެވިން
1.04 މިލިގްރާމް
ނިއެސިން
9.17 މިލިގްރާމް
ވިޓަމިން ސީ
242 މިލިގްރާމް
ފީރު މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ފީރު މުރަނގަ ފަތުގައި ތަފާތު ވިޓަމިންތަކާއި، ކެލްސިއަމް އަދި ދަގަނޑު ފަދަ މައުދަންތައް އެކުލެވޭތީ މިފަތަކީ ކަށި ވަރުގަދަކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. ގަވާއިދުން ފީރު މުރަނގަފަތް ބޭނުންކުރުމަކީ ކަށިތައް ވަރުގަދަވެ، އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމާއި، ހުޅު ދުޅަވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ. 

·         ފީރު މުރަނގަފަތް ބޭނުންކުރުމަކީ ބަނޑުހިކުން ލުއިކޮށްދީ، އަތްފައި ހޫނުވެ، ދިލަނެގުމުގެ މައްސަލައަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.
·         ގާތުންދޭ މައިންނަށް ފީރުމުރަނގަ ފަތް ފެނުކެއްކުމަށްފަހު އޭގެ ދިޔަ ދިނުމަކީ އުރަމައްޗަށް ކިރުއެރި، ގާތުންދޭއިރު ކިރުހުންނަ މިންވަރު އިތުރުކޮށްދޭނެ ކަމެކެވެ.
·         ފީރު މުރަނގަފަތް ބޭނުންކުރުމަކީ ބަނޑުގައި އަށަގެންފައި ހުންނަ ފަނިތައް ބޭރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ފީރުމުރަނގަ ފަތުގައި ހިމެނޭ ވިޓަމިން އޭ އަދި ކެލްސިއަމްގެ ސަބަބުން ލިބިދޭ ފައިދާއެއް ކަމުގައި ބުނެވެއެވެ.
·         އަތްފައި، ލޯ، ބަނޑު، އަދި ޖުމުލަކޮށް މުޅި ހަށިގަނޑުގައި އުފެދޭ ހޫނާއި، ދިލަ ކެނޑުވުމަށް ކެއުމުގައި ފީރުމުރަނަގަ ފަތް ހިމެނިދާނެ އެވެ.
·         ފީރުމުރަނގަ ފަތަކީ ހަޖަމުކުރުން ރަގަޅުކޮށްދީ، ހަޖަމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ ބާވަތެކެވެ.

·         ގަދީމީ ބޭސްވެރިކަމުގައި ފީރު މުރަނގަ ފަތް ފެނުގައި ކައްކައިގެން އޭގެ ދިޔަ ސައިގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ. އެގޮތުން ތައްޔާރު ކުރެވޭ ދިޔައިގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު، އަދި ޓިއުމަރުތައް ވިރުވުމުގެ ބާރު އެކުލެވިފައިވާކަމަށް ބުނެވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ޖެހިތަދުވާ ތަންތަނުން ތަދުކެނޑުވުމަށާއި، ނޫފައިގެންފައި ހުންނަ ތަންތަން ފަސޭހަކުރުމަށް ފީރު މުރަނގަ ފަތް ހިމުންކޮށް މުގުރައިގެން އެފަދަ ތަންތަނުގައި އަޅައި އުޅުނެވެ.
·         ފީރު މުރަނގަ ފަތް ކިރާއެކު ކައްކައިގެން ޔޯގަޓް ތައްޔާރުކުރުމަށް ބޭނުން ކުރެވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި އަންހެނުންގެ ކުރިމަތިފަރާތުން ހަޑި އެއްޗެތި އައުމުން އެކަމަށް ފަރުވާ ކުރުމަށް ވެސް ފީރު މުރަނގަ ފަތް ބޭނުންކޮށްފައި ވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ބޮލުގައި ރިހުމާއި، އަރިދަފުސްރޯގާ، ލޭމަދުވުން، މޭގަނޑުގެ ބަލިތައް، ވައިނޮޅީގެ ކަފި ދުޅަވުން، ރޭގަނޑު ރޯނާވުން،  ހުޅުދުޅަވުން، ގައި ހިރުވައި ކެހުން، ޖުޒާމު ބަލި، އަދި ވެއްޓޭބަލި ފަދަ ކަންތައްތަކަށް ފަރުވާ ކުރުމަށް ފީރު މުރަނގަ ގަހުގެ އެކިބާވަތްތައް (ފަތް، މާ، ތޮޅި، އޮށް) ބޭނުންކޮށްފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment