Saturday, December 28, 2013

ބޮޑު މިރުސް

ބޮޑުމިރުސް
ބޮޑުމިރުހަކީ ބޮޑެތިކޮށް ތޮށިބޯކޮށް ހުންނަ ކުޅިރަހަ މަޑު މިރުހެކެވެ. މީގެ ދެބާވަތެއް ހުރެއެވެ. އެއީ ދިގުކޮށް ހުންނަ ބާވަތަކާއި، ވަށްކޮށް ހުންނަ ބާވަތެކެވެ. މިލިޔުމުގެ ބަލާލެވިފައިވަނީ ވަށްކޮށް ހުންނަ ވައްތަރު ނުވަތަ ވަށް ކެޕްސިކަމް އަށެވެ.
ދިވެހި ނަން : ބޮޑު މިރުސް (ވަށް ކެޕްސިކަމް)
އިގިރޭސި ނަން :   Sweet peppr / Bell pepper / Capsicum
ޢިލްމީ ނަން : Capsicum annum
ބޮޑު މިރުހުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
31 ކިލޯކެލަރީ
ސޯޑިއަމް
4 މިލިގްރާމް
ކާބޯހައިޑްރޭޓް
6.03 ގްރާމް
ޕޮޓޭސިއަމް
211 މިލިގްރާމް
ޕްރޮޓީން
0.99  ގްރާމް
މަޢުދަންތައް
ފެޓް
0.30 ގްރާމް
ކެލްސިއަމް
7 މިލިގްރާމް
ފައިބަރު
2.1 ގްރާމް
ކޮޕަރ
0.017މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.43 މިލިގްރާމް
ފޮލިކް އެސިޑް
46 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.979 މިލިގްރާމް
މެންގަނީޒް
0.112 މިލިގްރާމް
ޕެންތޮނިކް އެސިޑް
ފޮސްފަރަސް
-     26 މިލިގްރާމް
ޕައިރިޑޮކްސިން
0.291 މިލިގްރާމް
ސިލެނިއަމް
12 0.1މައިކްރޯގްރާމް
ރައިބޯފްލެވިން
0.085 މިލިގްރާމް
ޒިންކް
0.25 މިލިގްރާމް
ތިއެމިން
0.054 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
3131 އައިޔޫ
ކެރޮޓީން އަލްފާ
20މައިކްރޯ ގްރާމް
ވިޓަމިން ސީ
127.7 މިލިގްރާމް
ކެރޮޓީން ބީޓާ
1624މައިކްރޯ ގްރާމް
ވިޓަމިން އީ
1.58 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
490 މައިކްރޯ ގްރާމް
ވިޓަމިން ކޭ
4.9މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
51 މައިކްރޯ ގްރާމް
























ބޮޑުމިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ދުޅަ ތިރިކުރުމާއި ތަދުކެނޑުވުމުގެ ބާރު ލިބިފައިވުން : ބޮޑު މިރުހުގައި ތަފާތު ފައިޓޯކެމިކަލްތައް އެކުލެވިގެންވުމަކީ އެބޭނުންކުރުމުން ތަފާތު ދުޅަތަކާއި، ތަދުތައް ފިލުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކްރޯންސް ބައްޔާއި ގުޅިގެ އުފެދޭ ނާރުގެ ރިހުން ކެނޑުވުމަށް މިބޭނުންކުރުމުން އެހީތެރިވެދޭ ކަމަށް ބުނެވެއެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި ބޮޑު މިރުހުގައި އެކުލެވޭ ތަދުކެނޑުވުމުގެ ބާރުގެ ސަބަބުން ރާއްޖެ ބަލީގެ ސަބަބުން ހުޅުތަކުގައި އުފެދޭ ރިހުން ކުޑަކުރުމަށް ވެސް ބޮޑުމިރުހުގެ އެހީ ހޯދިދާނެ އެވެ. މިއީ ބޮލުގެ އެއްފަޅީގައި ރިހުމާއި، އާންމުކޮށް ކުރިމަތިވާ ބޮލުގައި ރިހުން ލުއިކުރުމަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ށ) - ލޮދި އުފެއްދުން : ބޮޑު މިރުހުގައި ޓެނިން ހުރެއެވެ. މިއީ ބަނޑުގެ ބަލިތައް ކަމުގައިވާ ބޭރަށްހިންގުމާއި، ޑިސެންޓްރީ ފަދަ ބަލިތަކުގެ ފަރުވާގައި ބޭނުންކުރެވިދާނެ މާއްދާ އެކެވެ. ބަނޑާއި ގޮހޮރުގައި އުފެދޭ ލޮންޖަކީ ބަނޑާއި ގޮހޮރުގެ އެތެރޭގެ ބަތާނަ ފަށް ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބަނޑާއި ގޮހޮރުގައި ފާރު އުފެދެން ދިމާވަނީ، ބަނޑާއި ގޮހޮރުން ދޫކުރާ އެސިޑްތައް ބަނޑާއި ގޮހޮރުގެ ބަތާނަ ފަށުގައި ހޭކި، ގޭނުމުން ބަނޑާއި ގޮހޮރު ގެ ބަތާނަ ފަށަލައިގެ ރައްކަލަކަށް ލެވިފައިވާ ލޮނދިފަށަލަ ހަލާކުވުމުންނެވެ. ބޮޑު މިރުހަކީ ބަނޑާއި ގޮހޮރުން ލޮންޖާއި ދަވަ އުފެއްދުން އިތުރުކޮށްދޭ ބާވަތެކެވެ. ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބޮޑު މިރުސް ބޭނުންކުރުމުން ބަނޑާއި ގޮހޮރުން ދަވަ ދޫކުރުން އިތުރުވުމާއި، އޭގައި ހިމެނޭ ދުޅަތިރިކުރުމާއި ތަދުކެނޑުވުމުގެ ބާރު ސަބަބުން ބޮޑު މިރުސް ވެފައިވަނީ ބަނޑާއި ގޮހޮރުގައި އުފެދޭ ފާރަށް ފަރުވާ ކުރުމަށް ފައިދާކުރުވަނިވި ބާވަތެއް ކަމަށެވެ. މިކަމުގެ އަނެއް ހެއްކަކީ ބޮޑު މިރުސް އަދި މިރުސް ފަދަ ތަކެތި ބޭނުންކުރުމުން ނޭފަތުން ދަވަ އާއި ފެން ދޫކުރުން އިތުރުވުމެވެ.

(ނ) - ކެންސަރުން ރައްކާތެރިކުރުމުގެ ބާރު ލިބިފައިވުން : ބޮޑު މިރުހުގައި އެކުލެވޭ ޓެނިންގެ ސަބަބުން ބޮޑުމިރުހާއި މެދު ބެލެވިފައިވަނީ ކެންސަރަށް ފަރުވާ ކުރުމާއި، ކެންސަރުން ރައްކާތެރިވުމުގައި ބޭނުންކުރެވިދާނެ ބާވަތެއްގެ ގޮތުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި ވަރަށް ގިނަ ވައްތަރުގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމުގެ ގާބިލިއްޔަތު ބޮޑު މިރުހުގައި އެކުލެވިގެން ވެއެވެ. އެގޮތުން ބޮޑުމިރުހުގައި ހިމެނޭ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެންމެ ބާރަށް ހިނގަނީ ފުއްމާގެ ކެންސަރާއި، ބަނޑުގެ ކެންސަރާއި، މޭގަނޑުގެ ކެންސަރު ގެ މައްޗަށެވެ. މީގެ އިތުރުން ބޮޑު މިރުހުގައި އެކުލެވޭ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު ފަދަ ވައްތަރުތަކުން ރައްކާތެރިވުމަށް ބޮޑު މިރުހުގެ ފައިދާ ލިބިގަނެވިދާނެ އެވެ. މީގެ އިތުރުން މަސާނާގެ ކެންސަރު، ޗިސްމޭގެ ކެންސަރު އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުމުގައި ވެސް ބޮޑު މިރުހުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުން މަންފާ ލިބިގަނެވިދާނެ ކަމަށް ބެލެވެއެވެ. ބޮޑު މިރުހުގައި ހިމެނޭ ލައިކޯޕީން ގެ ސަބަބުން ބިސް އުފައްދާ ތަނަށް ޖެހޭ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ބޮޑު މިރުހުގައި ހިމެނޭ ބީޓާ ކެރޮޓީންގެ ސަބަބުން އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

(ރ) - ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުން : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ފްލޭވޮނޮއިޑް ތަކަކީ ހިތުގެ ލޭހޮޅިތަކުގެ ބަލިތަކަށް ފައިދާކުރާ ބާވަތްތަކެވެ. ބޮޑު މިރުހުގައި ލޭހޮޅިތައް ފުޅާކުރުމުގެ ގާބިލިއްޔަތު އެކުލެވިފައި ވުމުން، އެބޭނުންކުރުމުން ލޭހޮޅިތައް ފުޅާކޮށް، ލޭހިނގުން ރަގަޅުކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ވިންދު ދަށްކޮށްދެއެވެ. ލޭހޮޅިތައް ފުޅާވުމަކީ ލޭހިނގުން ރަގަޅުވެ، ހުރިހާ ހިސާބަކަށް އޮކުސިޖަން ބަރާބަރަށް ފޯރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިގާބިލިއްޔަތު ބޮޑު މިރުހަށް ލިބެނީ އޭގައި ހިމެނޭ "ޓެކީނިކިން" ކިޔާ މާއްދާ ތަކެއްގެ ސަބަބުންނެވެ.

(ބ) - ސަރުބީ ދަށްކުރުން : ބޮޑު މިރުހުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގެ ތެރޭގައި ނުރަގަޅު ސަރުބީ ތައް އޮކްސިޑޭޓް ވުން ހުއްޓުވައި، ލޭހޮޅިތަކުގައި ނުރަގަޅު ސަރުބީ ތަތްވެ ހަރުލުން ހުއްޓުވައެވެ. މީގެ އިތުރުން ލޭހޮޅިތައް ހަރުވިޔަނުދީ ހިފަހައްޓައި، ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

(ޅ) - ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުން : ބޮޑު މިރުހަކީ ހަޖަމުގޯސްވުން، ބަނޑުގެ ފާރު ހެދުން، ބަނޑުގައި ރިހުން، ބަނޑުގައި ވައިހެދުން، ބޭރަށްހިންގުން، އަދި ވައިބޭރުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެހެންކަމުން މިއީ ހަޖަމު ރަގަޅުކޮށްދީ، ބަނޑުގެ މައްސަލަތަކަށް ލުއިކަން ހޯދުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ކ) - މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކުރުން : ބޮޑު މިރުހަކީ އަހަރެމެންގެ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކޮށް ރަގަޅުކޮށްދޭ ބާވަތެކެވެ. އެގޮތުން މެޓަބޮލިޒަމްގެ މަސައްކަތް އިތުރުކޮށް ހަލުވިކުރަނީ ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލިސެރައިޑް"ގެ މިންވަރު ދަށްކޮށްގެންނެވެ. މިއީ ހަށިގަނޑުގައި ހަކަތަ އެންދުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

(އ) - ނޭފަތުން ލޭއައުން ހުއްޓުވުން : ބޮޑު މިރުހުގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ނޭފަތުގައިވާ ތެތްދުލިފަށަލަ ވަރުގަދަކޮށްދީ، މަރާމާތުކޮށްދީ، ނޭފަތުން ލޭއައުން ހުއްޓުވައިދެއެވެ. އެގޮތުން ނޭފަތުން ލޭއައުން ހުއްޓުވުމަށް ބޮޑު މިރުސް ޖޫހާއި، ލޮޓަސް މުލުގެ ޖޫސް އެއްކޮށްގެން ބޭނުންކުރެވިދާނެ އެވެ.

(ވ) - ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުން : ބޮޑު މިރުހުގައި ގިނަ އަދަދަކަށް ހުންނަ ވިޓަމިން ސީ، ލޫޓީން، ޒިއެޒެންތިން، އަދި ބީޓާ ކެރޮޓީން ގެ ސަބަބުން ބޮޑު މިރުސް ވެފައިވަނީ ލޮލުގެ މައްސަލަތައް ރަގަޅުކުރުމަށް ބޭނުންކުރެވިދާނެ ބާވަތަކަށެވެ. އެގޮތުން ލޯފުސްވުން، އަވަރުވުން، އަދި އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" ފަދަ މައްސަލަތައް ކުޑަކުރުމަށް ބޮޑު މިރުހުގެ މަންފާ ލިބިގަނެވިދާނެ އެވެ.

(މ) - އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެންވުން : ބޮޑު މިރުހުގައި ހިމެނޭ "ބަޔޯއެކްޓިވް" ގިނަ މާއްދާތަކުގައި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރެއެވެ. ބޮޑު މިރުސް ބޭނުންކުރުމުން ލޭހޮޅިތައް ފުޅާވެ، ލޭދައުރުވުން ރަގަޅުވުމަކީ މިދެންނެވި މާއްދާތައް ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ފޯރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ މާނައަކީ ހަށިގަނޑުގެ ހުރިހާ ހިސާބުތަކެއްގައި ހުންނަ ޓިޝޫތަކުގައިވާ ޕްރޮޓީންތަކާއި، ޑީއެންއޭ މަރާމާތުކޮށް ބެލެހެއްޓުމުގައި ( ބޮޑުމިރުހުގައި އެންޓިއޮކްސިޑެންޓް ތައް ހުރުމުން އެބޭނުންކުރުމުގެ ސަބަބުން) އެހީތެރިކަން ލިބުމެވެ.

(ފ) - ލޭގައި ހަކުރު ދަށްކުރުން : ބައެއް ދިރާސާތައް ބުނާގޮތުގައި ބޮޑު މިރުސް ބޭނުންކުރުމަކީ އިންސިއުލިން އުފެއްދުމަށް ބާރުއަޅާ ކަމެކެވެ. އިންސިއުލިން އުފެއްދުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްވާނެ ކަމެކެވެ. އެހެންކަމުން ބޮޑު މިރުސް ބޭނުންކުރުމަކީ ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީފާނެ ކަމެއްކަމަށް ވަނީ ބެލެވިފައެވެ. ލޭގައި ހަކުރުގެ ދަށްކުރުގެ ބާރު އެންމެ ބޮޑަށް ލިބެނީ ބޮޑު މިރުސް ފެހި ކުލައިގައި ހުއްޓައި ބޭނުންކުރުމުން ކަން ފާހަގަ ކުރެވެއެވެ.

(ދ) - ދިފާއީ ބާރު ރަގަޅުކުރުން : ބޮޑު މިރުހުގައި ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ރަގަޅުކޮށްދޭ ވިޓަމިނެކެވެ. އެގޮތުން ވިޓަމިން ސީ އަކީ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ޓިޝޫތައް މަރާމާތުކޮށްދީ، ކަށިތައް ވަރުގަދަކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދީ، ކުޑަކުދިންނަށް ކުރިމަތިވާ ނޭވާހިއްލުމުން ދުރުކޮށްދީ، ތަފާތު އިންފެކްޝަންތަކުން މިންޖުކޮށްދީ، އަދި ފްރީރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

(ތ) - ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވުން : ބޮޑު މިރުހުގައި އެކުލެވޭ ޖަރާސީމު ތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުގެ ސަބަބުން ކާނާވިހަވުން ފަދަ ހާލަތްތަކުގައި ބޮޑު މިރުސް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ޝިންގަލްސް، އަދި ދަދު ފަދަ މައްސަލަތައް ފަރުވާކުރުމަށް ވެސް ބޮޑު މިރުސް ބޭނުންކުރެވިދާނެކަމަށް ބެލެވިފައި ވެއެވެ.

(ލ) - ގަނޑުލޭކޮޅު އުފެދުމުން ރައްކާތެރިކޮށްދިނުން : ބޮޑު މިރުހުގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ލޭހޮޅިތަކުގެ އެތެރޭގައި ގަނޑު ލޭކޮޅު އުފެދި، ލޭހޮޅި ބެދުމަށް ހުރަސް އަޅައެވެ. މާނައަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ގަވާޢިދުން ބޮޑު މިރުސް ބޭނުންކުރާނަމަ ކުޑަވުމެވެ.

މައުލޫމާތު :


No comments:

Post a Comment