Friday, September 16, 2011

ކަށިކެޔޮ

ކަށިކެޔޮ
ކަށިކެޔޮ އަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ. ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައް ދިވެހިރާއްޖޭގައި ވެސް ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މޭވާ އެކެވެ. އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ.  

ދިވެހި ނަން : ކަށިކެޔޮ
އިގިރޭސި ނަން : Screwpine
ޢިލްމީ ނަން : Pandanus Tectorius / Pandanus Fascicularis








ކަށިކޭލުން ލިބޭ ޞިއްޙީ ފައިދާތައް
·         އެންޓި އޮކްސިޑެންޓްގެ ބާރު : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަށިކެޔޮ މުލުގައި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެއެވެ. އެގޮތުން ޕޮލީފީނޯލް އަދި ފްލޭވެނޮއިޑް ތައް އަދި ކެމިކަލްތައް ވަނީ މީގެ މުލުން ސައިންސްވެރިން ހޯދާފައެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.
-          ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަށިކެޔޮ ފަތުގައި ވެސް ފައިޓޯކެމިކަލްތަކާއި އެންޓި އޮކްސިޑެންޓްތައް  އެކުލެވެއެވެ. އޭގެ ތެރޭގައި، ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނެއެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.
·         ތަފާތު ޚާއްޞިއްޔަތުތައް : ބައެއް ރިޕޯޓްތައް ބުނާގޮތުން ކަށިކޭލުގައި އެކި ބައިތަކުގައި ތަފާތު ޚާއްޞިއްޔަތު ތަކާއި ބާރުތައް އެކުލެވިފައި ހުރެއެވެ. އެގޮތުން :-
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު
o       ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު
o       އެލާރޖީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު
o       ޕްލޭޓްލެޓްތައް ޖަމާވެ ގަނޑުލޭކޮޅެއް އުފެދުމާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު
o       ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު
o       އެންޓި އޮކްސިޑެންޓްގެ ހަރަކާތްތައް   
·         އެހެން ބައެއް ފައިދާތައް :-
o       ޖުޒާމު ބަލި، ކަށިވިދުރި ، ފާރުގަނޑު ފަސޭހަވުމަށް އެހީތެރި ވެއެވެ.
o       ހުންތިރިކުރުމަށް އެހީތެރި ވެއެވެ.
o       ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއެވެ.
o       ކަންފަތުގައި ރިހުން ކުޑަކޮށް ލުއިކޮށްދެއެވެ.
o       ބަނޑު ފަސޭހަކޮށްދެއެވެ.
o       މޭގައި ރިހުން ލުއިކޮށް ދެއެވެ.
o       ވިހެއުމަށްފަހު މައިމީހާގެ ޙާލަތު އެނބުރި ކުރީގެ ހާލަތަށް ރުޖޫޢަވުން އަވަސްކޮށް ދެއެވެ.
o       ބަނޑުގައި ރިހުން ކުޑަކޮށް ދެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.
·         އެކި މުޖުތަމަޢުތަކުގައި : ކަށިކެޔޮ ފަތް،މާ، މޫ، ބޭނުންކޮށްގެން އަންނަނިވި ބަލިތަކަށް ފަރުވާކުރުން:-
o       ފަތް : ޖުޒާމު ބަލި ،ކަށިވިދުރި، ސިފިލިސް އަދި ކަސްއެޅުން ފަދަ ހަމުގެ ބަލިތައް
o       ފަތް : ހަށިގަނޑުގައި އުފެދޭ ފާރުގަނޑުތައް
o       ފަތް : ހަށިގަނޑުގައި އުފެދޭ ތަދުތަކާއި ރިހުންތައް
o       ފަތް : ސިކުނޑިއާއި ހިތުގެ ބަލިތައް
o       ފަތް : ކިރިބަތީގައި ކަށިކޭލު ފަތުން، އަރިދަފުސްރޯގާ، ހެޕަޓައިޓިސް، ކުޑަކަމުދާން އުދަގޫވުން، މުލިހި، ނޭވަޔަށް އުދަނގޫކުރުން، ގައުޓް ފަދަ ހުޅުގެ ބަލިތައް،އަދި ކެންސަރަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.
o       މޫ : ކަށިކޭލު މުލުން ފުރަގަސްފަރާތު ބައްޔަށް ފަރުވާކޮށްފައި ވެއެވެ.
o       ފަތް، މޫ، މާ : އެކިބައިތައް އެއްކޮށްގެން ނުވަތަ ވަކިން ހަޖަމުކުރާ ނިޒާމާއި، ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާކުރުމަށް ހަވާއީގައި ބޭނުންކޮށްފައި ވެއެވެ.
o       މޫ އަދި ފަތް : ކަށިކެޔޮ މުލުން ދިޔަ ނަގައިގެން ޕަލާއޫ ގައި ބަނޑުގައި ރިހުމަށް ބޭނުންކުރާއިރު، ހޮނޑުލުން މަދުކޮށް ރަގަޅުކުރުމަށް ކަށިކެޔޮ ފަތުގެ ބޭނުންކޮށްފައި ވެއެވެ.
o       ބޯށި: ކަށިކެޔޮ ގަހުގެ ބޯށި ބޭނުންކޮށްގެން ގައިގައި ކަހައި ހިރުވުން، ކަންފަތުގައި ރިހުން، ބޮލުގައި ރިހުން، ހަންގަނޑު ހުދުވުން، އަދި ލޭގެ ބަލިތަކަށް ފަރުވާ ކުރެއެވެ.
o       ކަށި ކޭލު ޅަފަތް، ބަތް، ރިހަ، ޖެލީ، ކްރީމް، ފަދަ ތަކެތީގައި ރަހަ ޖެއްސުމަށް ބޭނުން ކުރެއެވެ.
o       މާ : ޖިންސީ އެދުންވެރިކަން އިތުރުކުރުމަށް ބޭނުންކުރެއެވެ.
·         ކަށިކޭލަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޖުޒާމު ބަލިފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެއްޗެކެވެ.
·         ކަށިކޭލު ފެން ރާއްޖެ ބަލީގެ އުދަނގޫ ހުންނަ މީހުންނަށް ދީއުޅުނެވެ.
·         ކަށިކެޔޮ ބޭނުންކުރުމަކީ ހަކުރު ބަލިޖެހުން ދުރުކޮށްދީ، އަދި ހަކުރު ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެއްކަމަށް ބުނެއެވެ.
މައުލޫމާތު:-
·         www3.unisa.it/uploads/4940/086.udupa.pdf  

No comments:

Post a Comment