Saturday, January 4, 2014

ބަށި

ބަށި
ބައްޓަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ބަށި
އިގިރޭސި ނަން : Eggplant
ޢިލްމީ ނަން : Solanum melongena
ބަށީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
24 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
5.7 ގްރާމް
ޕޮޓޭސިއަމް
230 މިލިގްރާމް
ޕްރޮޓީން
1  ގްރާމް
މަޢުދަންތައް
ފެޓް
0.19 ގްރާމް
ކެލްސިއަމް
9 މިލިގްރާމް
ފައިބަރު
3.40 ގްރާމް
ކޮޕަރ
0.082 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.24 މިލިގްރާމް
ފޮލިކް އެސިޑް
22 މައިކްރޯ ގްރާމް
މެގްނީޒިއަމް
14 މިލިގްރާމް
ނިއެސިން
0.649 މިލިގްރާމް
މެންގަނީޒް
0.250 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.281 މިލިގްރާމް
ފޮސްފަރަސް
  -
ޕައިރިޑޮކްސިން
0.084 މިލިގްރާމް
ސިލެނިއަމް
 -
ރައިބޯފްލެވިން
0.037 މިލިގްރާމް
ޒިންކް
0.16 މިލިގްރާމް
ތިއެމިން
0.039 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
27 އައިޔޫ
ކެރޮޓީން އަލްފާ
  -
ވިޓަމިން ސީ
2.2 މިލިގްރާމް
ކެރޮޓީން ބީޓާ
 -
ވިޓަމިން އީ
0.30 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
  -
ވިޓަމިން ކޭ
3.5 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
 -























ބަށިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ބަށީގެ ތޮށީގައި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ބެލެވޭ "ނެސޫނިން" ކިޔާ މާއްދާއެއް ހުރެއެވެ. 2005 ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިބުނި މާއްދާ އަކީ ކެންސަރުގެ ސެލްތައް ހެދިބޮޑުވުމަށް ހުރަސްއަޅައި، ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ބަށީގައި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ބެލެވޭ "ކްލޮރޯޖެނިކް އެސިޑް" ގިނަ އަދަދަކަށް ހުރެއެވެ. މިއީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ، ފްރީ ރެޑިކަލް ތަކުގެ ސަބަބުން ކެންސަރު އުފެދިގެން އައުމުން ދުރުކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން މިމާއްދާގެ ސަބަބުން ހަށިގަނޑުގައި ރަގަޅަށް ހުންނަ ސެލްތައް "ކެންސަރުގެ ސެލް" ތަކަށް ބަދަލުވުމަށް ހުރަސް އަޅައެވެ. މީގެ އިތުރުން މިމާއްދާގައި ވައިރަސްއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ވެސް ހުންނަކަމަށް ހޯދިފައި ވެއެވެ.
ބަށީގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރު ގިނައިން ހުރުމުން ގޮހޮރުގެ ކެންސަރުގެ ފަރުވާގައި ބަށި ބޭނުންކުރެވިދާނެ ކަމަށް ވަނީ ހޯދިފައެވެ. ފައިބަރު ގޮހޮރުގެ ތެރޭގައި ދައުރުވާ ދައުރުވުމުގައި ގޮހޮރުގެ ކެންސަރު ޖައްސަނިވި މާއްދާތައް ފައިބަރަށް ދަމައި، އޭގައި ހަރުލައްވައެވެ. އެހެންކަމުން ގޮހޮރުގެ ކެންސަރުން ރައްކާތެރިވެ ހުރުމަށް ކެއުމުގައި ބަށި ބޭނުންކުރުން އާދައަކަށް ހެއްދެވިދާނެ އެވެ.

(ށ) - ފައިބަރުހުރުން : ބަށީގައި ފައިބަރު އެކުލެވިފައިވުމަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބަށިބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ. ސަބަބަކީ ބަށީގައި އެކުލެވޭ ފައިބަރުގެ ސަބަބުން ބަށި ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ކުރެވޭތީ އެވެ. ފައިބަރަކީ ހަޖަމުވުން ލަސްއެއްޗަކަށްވުމުން ގިނައިރު ބަނޑުގެ ތެރޭގައި ހުންނަގޮތް ވެއެވެ. އަދި މިކަމުގެ ސަބަބުން އިރުއިރުކޮޅާ ކެއުމުން ދުރުކޮށްދެއެވެ. މިއީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ނ) - ހަމުގެ ދުޅަހެޔޮކަން : ބައްޓަކީ ފެން ވަރަށް ގިނައިން އެކުލެވޭ ބާވަތެކެވެ. ފެނަކީ ހަމާއި އިސްތަށި ތަކުގެ ދުޅަހެޔޮކަމާ، ތާޒާކަމަށް ބޭނުންތެރި އެއްޗެކެވެ. ހަށިގަނޑުން ފެން މަދުވެއްޖެނަމަ، ހަންގަނޑު ހިކި، ކުރަކިވެ، ފަސޭހަކަމާއެކު ހަމުގެ މައްސަލަތައް ދިމާވާގޮތްވާނެއެވެ. ބަށި ބޭނުންކުރުމުން ހަމަށް އޮމާންކަމާ ވާންކަން ގެނެސްދީ ހަމުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭނެ އެވެ.

(ރ) - ހަކުރު ބަލި : ބައްޓަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. ބަށި ބޭނުންކުރުން ހަކުރު ބަލީގެ މީހުންނަށް އެހީއަކަށްވަނީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުންނެވެ.

(ބ) – ސަރުބީ މަތިވުން : ބްރެޒިލްގައި ހެދިފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ބައްޓަކީ ލޭގެ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް ބަށީގައި އެކުލެވޭ ކްލޮރޯޖެނިކް އެސިޑަކީ ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އެހެންކަމުން މިއީ ސަރުބީ މަތި މީހުންނަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ޅ) - އެހެނިހެން ބައެއް ފައިދާތައް:
·         ބަށީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ހުދު، ކަޅު، އަދި ރަތް ކުލައިގައި ވެސް ބަށިހުރެއެވެ. ކަޅު ކުލައިގެ ބަށީގައި ޕްރޮޓީން މަތީ އަދަދަކަށް އެކުލެވޭ އިރު، ހުދު ކުލައިގެ ބަށީގައި މަތީ އަދަދަކަށް ހުންނަނީ ކާބޯ ހައިޑްރޭޓް އެވެ. ކަޅު ބަށީގެ ބޭރުގައިވާ ތޮށި ފަށަލައިގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެން ކަމުން ބަށި ކައްކާއިރު ބޮޑަށް ރަގަޅުވާނީ ތޮށި ނުމަށައި ކައްކާނަމަ އެވެ.
·         ބަށީގައި ''ސެލިއުލޯޒް'' އޭ ކިޔޭ ފައިބަރު ގެ ބާވަތެއް ވެއެވެ. މީގެ ސަބަބުން ގޮހޮރު ގައި ހުންނަ ނަޖިސް ބޭރުވެގެން ދިއުމަށް ފަސޭހަ ވެއެވެ. އެހެން ކަމުން ބަނޑުހިކުން ކުރިމަތިވެފައި ވާނަމަ ބަށި ބޭނުންކުރުން ރަގަޅު ވާނެއެވެ. ބަށީގައި ހަށިގަނޑަށް ބޭނުންވާ މިނޫނަސް ތަފާތު މައުދަންތަކާއި ވިޓަމިންތައް އެކުލެވިގެން ވެއެވެ.

·         ހުޅުތަކުގެ ރިހުން އަދި ހިތުގެ ބަލި، އަދި މާބޮޑަށް ފަލަ މީހުން ބަށި ބޭނުންކުރުމަކީ ރަގަޅު ކަމެއް ކަމުގައި ބުނެވެއެވެ. މައިދާގެ ފާރު ކުޑަކޮށްދީ، އެކިއެކި ރިހުންތައް ލުއިކޮށްދެއެވެ. ހަށިގަނޑުގެ ކޮލެސްޓީރޯލް މިންވަރު ދަށްކޮށް ހަޖަމު ރަގަޅު ކުރުމުގައި އެހީތެރި ވެދެއެވެ.

·         ބައްޓަކީ ކެލޮރީ މަދު، ފައިބަރު ގިނަ ބާވަތެކެވެ. ބަށީގައި ފައިބަރު ގިނައިން ހުރުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ، ގޮހޮރުގެ ކެންސަރަށް ފަރުވާކުރުމުގައި އެހީތެރިވެދީ، ހަޖަމުކުރުމުގެ މަސައްކަތް ހަލުވިކޮށްދޭނެ ކަމެކެވެ.

·         ބަށީގެ ތޮށީގައި އެންޓިއޮކްސިޑެންޓްގެ ގޮތުގައި ބެލެވޭ، އެންތިއޯސިއެނިން ކިޔާ ފައިޓޯ-ކެމިކަލް ތަކެއް ހުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުން ދުވަސްވުމާއި، ކެންސަރާއި، ދުޅަތަކާއި، އަދި ނާރުގެ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު މިއެންޓި އޮކްސިޑެންޓް ތަކަށް ލިބިގެން ވެއެވެ.

·         ބަށީގައި ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ގުނާލެވޭ ޕެންތޮނިކް އެސިޑް، ޕައިރިޑޮކްސިން، ތިއެމިން، އަދި ނިއެސިން ފަދަ ވިޓަމިންތައް އެކަށޭނަ މިންވަރަކަށް ހުރެއެވެ. މިވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ތަފާތު މަސައްކަތްތަކުގައި ބައިވެރިވެ، އޭގެ ދައުރުއަދާކުރާ ވިޓަމިން ތަކެކެވެ.

·         ބަށީގެ އެކިކަހަލަ މައުދަންތައް ވެސް ހުރެއެވެ. އެގޮތުން ފޮސްފަރަސް، ކެލްސިއަމް، މެގްނީޒިއަމް، ޕޮޓޭސިއަމް، މެންގަނީޒް، ކޮޕަރ، އަދި ދަގަނޑު އެކަށޭނަ މިންވަރަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތަކުގެ ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. ކެލްސިއަމް އާއި، ފޮސްފަރަސް އަކީ ކަށީގެ ދުޅަހެޔޮކަމާ ރައްކާތެރިކަމަށް ބޭނުންވާ މައުދަން ތަކެކެވެ.
މައުލޫމާތު :

No comments:

Post a Comment