Saturday, January 4, 2014

ބޯށި

ބޯށި
ބޯއްޓަކީ ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ.
ދިވެހި ނަން : ބޯށި
އިގިރޭސި ނަން : Banana blossom
ޢިލްމީ ނަން : -
ބޯށީގެ ކޮންމެ 100ގުރާމުގައި
އަސާސީ މާއްދާތައް
ހަކަތަ
51 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
9.9 ގްރާމް
ޕްރޮޓީން
1.6 ގްރާމް
ފެޓް
0.6 ގްރާމް
ފައިބަރު
5.7 ގްރާމް
މަޢުދަންތައް
ކެލްސިއަމް
56 މިލިގްރާމް
ފޮސްފަރަސް
-     73.3 މިލިގްރާމް
ދަނގަޑު
56.4 މިލިގްރާމް
ކޮޕަރ
13 މިލިގްރާމް
ޕޮޓޭސިއަމް
553.3 މިލިގްރާމް
މެންގަނީޒް
48.7 މިލިގްރާމް
ވިޓަމިން އީ
1.7 މިލިގްރާމް





















ބޯށިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ފާރު ފަސޭހަވުމަށް އެހީތެރިވެދިނުން
·         ޖަރާސީމާ ދެކޮޅަށް މަސައްކަތް ކުރުން : ބޯށީގެ ދިޔަ ބޭނުންކުރުމަކީ ތަފާތު ބެކްޓީރިޔާ ހަށިގަނޑުގައި އިތުރުވުން ހުއްޓުވާނެ ކަމެކެވެ. ހަމަމިހެން މެލޭރިޔާ ޖައްސާ ޕެރަސައިޓްތައް ހަށިގަނޑުގައި އާލާވުމަށް ވެސް ހުރަސްއެޅުމަކީ ވެދާނެ ގޮތެކެވެ.
·         ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުން : މިގޮތަށް ދިމާވަނީ ބޯށި ދިޔައިގައި ހިމެނޭ "ކްލޯރޯފޯރމް" ގެ ސަބަބުންނެވެ. މިމާއްދާގެ ސަބަބުން ލޭގައި ހަކުރުގެ ނިސްބަތް ހަމަހަމަކޮށްދީ، ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

·         އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެންވުން : އެންޓިއޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލް ތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާ ތަކެކެވެ. ފްރީ ރެޑިކަލް ތަކުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ކެންސަރު ޖެހުން، ސްޓްރޯކް ޖެހުން އަދި ހާރޓް އެޓޭކް ޖެހުން ފަދަ ހިތުގެ މައްސަލަތައް ކުރިމަތިވުން ހިމެނެއެވެ.
·         މައްސަރު ކަންތަކުގެ ތެރޭގައި މާގިނައިން ލޭބޭރުވުން ހުއްޓުވުން : މިގޮތަށް ދިމާވަނީ ބޯށީގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ޕްރޮޖެސްޓަރޯން މިންވަރު މަތިވާތީ އެވެ. އެހެންކަމުން މައްސަރުގެ ތެރޭގައި މާގިނައިން ލޭބޭރުވާނަމަ، ބޯށި ފެނުކައްކައިގެން، ބަޓަރ މިލްކް، ނުވަތަ ކާރޑް އާއެކު ބޭނުންކުރެއްވިދާނެ އެވެ.
·         ބޯއްޓަކީ ވިޓަމިން އޭ އަދި ވިޓަމިން ސީ ގެ ރަގަޅު މަޞްދަރެކެވެ. ވިޓަމިން ސީ އަކީ ބަލިތަކުން ދިފާއުކޮށްދޭ އައްޑަނަ އެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ވިޓަމިނެކެވެ.
·         ބޯށީގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން އެބޭނުންކުރުމުން މިޒާޖު ރަގަޅުކޮށްދީ، ހާސްކަން ފިލުވައިދެއެވެ.
މައުލޫމާތު :


No comments:

Post a Comment