Showing posts with label ފަތްޕިލާވެލި. Show all posts
Showing posts with label ފަތްޕިލާވެލި. Show all posts

Tuesday, December 24, 2013

ރާނބާ ފަތް

ރާނބާ ފަތް
ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ރާނބާ ފަތް
އިގިރޭސި ނަން : Rampe leaf / pandan leaf
ޢިލްމީ ނަން : Pandanus Amaryllifolius





ރާނބާ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ރާނބާފަތުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެ ބޭނުންކުރުމުން ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ރާނބާ ފަތަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް ބޭނުންތެރި ފައިދާހުރި ފަތެއްކަމަށް ބުނެވެއެވެ.
-          ރާނބާ ފަތަކީ ރާއްޖެ ބަލީގެ އުދަނގޫ ލުއިކުރުމަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.

-          ރާނބާ ފަތުގައި އެކުލެވޭ ކެމިކަލް ތަކުގެ ތެރޭގައި އަލްކަލޮއިޑް، ސެޕޯނިން، ޓެނިން، ޕޮލީފީނޯލް އަދި ފްލޭވޮނޮއިޑް ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާ ތަކަކީ ރާއްޖެ ބައްޔާއި ގުޅިގެން ހުޅުތަކާއި ގައިގައި އުފެދޭ ރިހުންތަކާއި ތަދުތައް ކެނޑުވުމަށް އެހީތެރިވެދޭ ކެމިކަލް ކަމްޕައުންޑް ތަކެކެވެ.
-          ނިދިޖެއްސުމާއި މީހާ ހަމައަކަށް އަޅުވާލުމަށް ރާނބާ ފަތު ދިޔަ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނެވެ.
-          ރާނބާ ފަތުގައި ވައިރަސް ތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
-          ރާނބާ ފަތަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ދަތުގައި އުފެދޭ ރިހުން ކެނޑުވުމަށް ވެސް ރާނބާފަތުގެ ބޭނުން ކޮށްފައި ވެއެވެ.
-          ރާނބާ ފަތަކީ ތަދު ކެނޑުވުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެގޮތުން ކަންފަތުގައި ރިހުން، ބޮލުގައި ރިހުން، ބަނޑުގައި ރިހުން، ހުޅުތަކުގައި ރިހުން، ހިރުގަނޑުގައި ރިހުން، ފަދަ ހާލަތްތަކުގައި ރާނބާފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ.
-          ރާނބާފަތަކީ ކަށިވިދުރި އަށް ފަރުވާ ކުރުމުގައި ބޭނުންކޮށް އުޅުނު ފަތެއްކަމުގައި ބުނެވެއެވެ.
-          ރާނބާފަތަކީ ބަނޑުފަސޭހަކޮށްދޭ އެއްޗެކެވެ.
-          ވިހެއުމަށްފަހު ކުރިމަތިވާ ވަރުބަލިކަމާއި ވާޅުކަން ކުޑަކުރުމަށް ވެސް ރާނބާފަތް ބޭނުންކޮށްފައި ވެއެވެ.
-          ރާނބާ ފަތަކީ އަވިން ފިހުން، އަދި ޖުޒާމު ބަލި ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކޮށް އުޅުނު ފަތެއް ކަމުގައި ބުނެވެއެވެ.
-          ބޮލުން އިސްތަށި ފޭބުން އަދި ބޮލުން ހަންފޮޅުން ފަދަ ހާލަތްތަކުގައި ވެސް ރާނބާފަތުގެ އެހީތެރިކަން ހޯދިދާނެ އެވެ.
މައުލޫމާތު :

ޓާނިޕް ފަތް

ޓާނިޕް ފަތް
ޓާނިޕް ފަތަކީ ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ.
ދިވެހި ނަން : ޓާނިޕް ފަތް
އިގިރޭސި ނަން : Turnip greens
ޢިލްމީ ނަން : Brassica oleracea (rapifera group)
ފެނު ކައްކާފައި ހުރި ޓާނިޕް ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
20 ކިލޯކެލަރީ
ސޯޑިއަމް
29 މިލިގްރާމް
ކާބޯހައިޑްރޭޓް
4.4 ގްރާމް
ޕޮޓޭސިއަމް
203 މިލިގްރާމް
ޕްރޮޓީން
1.1  ގްރާމް
މަޢުދަންތައް
ފެޓް
0.2 ގްރާމް
ކެލްސިއަމް
137 މިލިގްރާމް
ފައިބަރު
3.5 ގްރާމް
ކޮޕަރ
ވިޓަމިންތައް
ދަނގަޑު
0.8 މިލިގްރާމް
ފޮލިކް އެސިޑް
118 މައިކްރޯ ގްރާމް
މެގްނީޒިއަމް
22 މިލިގްރާމް
ނިއެސިން
0.411 މިލިގްރާމް
މެންގަނީޒް
0.337 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.274 މިލިގްރާމް
ފޮސްފަރަސް
-     29 މިލިގްރާމް
ޕައިރިޑޮކްސިން
ސިލެނިއަމް
- 
ރައިބޯފްލެވިން
0.072 މިލިގްރާމް
ޒިންކް
ތިއެމިން
0.045 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން ސީ
27.4 މިލިގްރާމް
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
1.88 މިލިގްރާމް
ކެރޮޓީން ބީޓާ
4575މައިކްރޯ ގްރާމް
ވިޓަމިން ކޭ
368 މައިކްރޯ ގްރާމް
ލޫޓިން -ޒިއެޒެންތިން
8440މައިކްރޯ ގްރާމް
































ޓާނިޕް ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ޓާނިޕް ފަތުގައި ގިނަ އަދަދަކަށް ގްލައިކަސިނަލޭޓް ހުރެއެވެ. މިއީ މޭގަނޑުން ވިހަތައް ސާފުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދެއެވެ.
-          ދުޅަތައް ތިރިކުރުން : ޓާނިޕް ފަތުގައި ދުޅަތައް ތިރިކޮށްދިނުމުގައި ބައިވެރިވާ މުހިއްމު ދެމާއްދާ އެއް ހުރެއެވެ. އެއީ ވިޓަމިން ކޭ އަދި އޮމެގާ-3-ފެޓީ އެސިޑް އެވެ. ވިޓަމިން ކޭ އަކީ ދުޅަތައް ކޮންޓްރޯލްކޮށް ތިރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެކެވެ. އެގޮތުން ރާއްޖެ ބައްޔާއި، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ވިޓަމިން ކޭގެ ސަބަބުން ކުޑަކޮށްދެއެވެ.
-          ކެންސަރުން ރައްކާތެރިކޮށްދިނުން : ޓާނިޕް ފަތުގައި ތަފާތު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ޓާނިޕްގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، ބީޓާ ކެރޮޓީން، ލޫޓިން، ޒެންތިން، އަދި މެންގަނީޒް ފަދަ މާއްދާތައް ހިމެނެއެވެ. މިއީ ކެންސަރުން ރައްކާތެރި ކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

-          ޓާނިޕް ފަތުގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕައިރިޑޮކްސިން، އަދި ޕެންތޮނިކް އެސިޑް ގިނަ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން ކެލްސިއަމް، ދަގަނޑު އަދި މެންގަނީޒް ފަދަ މުހިއްމު މައުދަންތައް ވެސް ޓާނިޕް ފަތުގައި ހުރެއެވެ.
-          ހަޖަމުރަގަޅުކޮށްދިނުން : ޓާނިޕް ފަތުގައި ގިނަ އަދަދަކަށް ފައިބަރު ހުރެއެވެ. މިއީ ހަޖަމު ރަގަޅުކޮށްދީ، ބަނޑު ފަސޭހަކޮށްދީ، ބަނޑުގެ އުދަނގޫތަކަށް ލުއިކަން ގެނެސްދޭ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ޓާނިޕްގައި ހިމެނޭ ގްލައިކަސިނަލޭޓް ގެ ސަބަބުން ބަނޑާއި ގޮހޮރުގައި "ހެލިކޮބެކްޓަރ ޕައިލޯރީ" ކިޔާ ބެކްޓީރިޔާއެއް އަށަގަތުން ހުއްޓުވައެވެ. މިއީ ގޮހޮރުގެ ފާރު އުފެއްދުމުގައި ޝާމިލްވާ ބެކްޓީރިޔާ އެކެވެ.
-          ފުއްޕާމޭގެ ދުޅަހެޔޮކަން ދެމެހެއްޓުން : ދުންފަތުގެ އިސްތިއުމާލުކުރުމާއި ގުޅިގެން އޭގައި ހިމެނޭ ވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުން ވިޓަމިން އޭ މަދުވާ ގޮތްވެއެވެ. ވިޓަމިން އޭ މަދުވުމަކީ ފުއްޕާމޭ ހަލާކުވެ، ނޭވާހިއްލުމާއި، "އެމްފައިޒީމާ" ފަދަ ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. ޓާނިޕް ފަތް ބޭނުންކުރުމަކީ މިގޮތުން ގެއްލިގެންދާ ވިޓަމިން އޭ އަނބުރާ ހަށިގަނޑަށް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
-          ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ހުއްޓުވުން : ހަށިގަނޑުގައި ފްރީރެޑިކަލްތައް ގިނަވެއްޖެނަމަ ހަށިގަނޑުގައި ހުންނަ ނުރަގަޅު ސަރުބީތައް ލޭހޮޅިތަކުގެ ތެރޭގައި ތަތްވެ، ހަރުލާގޮތްވާނެ އެވެ. މިހެންވެއްޖެނަމަ ލޭހޮޅިތައް ހަރުއަރާގޮތް ވެއެވެ. ޓާނިޕް ފަތުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އަކީ ފްރީރެޑިކަލްތަކުން ލިބޭ ގެއްލުމުން މިންޖުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
-          ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ޓާނިޕް ފަތުގައި ލޫޓީން ކިޔާ ކެރޮޓިނޮއިޑެއް ވަރަށް ގިނައިން ހުރެއެވެ. މިއީ ލޯފުސްވުމާއި، އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުގެ މިންވަރު ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މައުލޫމާތު :
·         http://www.drhealth.md/turnip/

ދިގުތިޔަރަ ފަތް

ދިގުތިޔަރަ ފަތް
ދިގު ތިޔަރަ ފަތަކީ ކެއުމުގައި ބޭނުންކުރެވޭ ފަތްޕިލާ ވެލީގެ ބާވަތެކެވެ.
ދިވެހި ނަން : ދިގުތިޔަރަ ފަތް
އިގިރޭސި ނަން : Coffee senna leaf
ޢިލްމީ ނަން : Senna occidentalis





ދިގުތިޔަރަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ގަދީމީ ބޭސްވެރިކަމުގައި ދިގުތިޔަރަ ފަތުގެ ސައި ބަނޑުގެ ރިހުން ލުއިކުރުމަށް ޕެނަމާގައި ބޭނުންކޮށްފައި ވެއެވެ.
-          ދިގުތިޔަރަ ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށްވުމުން ބަނޑުހިކުމުން ރައްކާތެރިވެ ހުރުމަށް މިއީ ބޭނުންތެރި ފަތެކެވެ
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އުކުޑިކޮށްޓުން ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އެފްރިކާގެ ބައެއް ގައުމުތަކުގައި މޭގަނޑު ދުޅަވުމަށް ފަރުވާކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ޕެނަމާގައި ބަނޑުގައި އުފެދޭ ފަނި ބޭރުކުރުމަށް ދިގުތިޔަރަ ފަތް ދީފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އަރިދަފުސް ރޯގާ، ވައިނޮޅީގެ ކަފި ދުޅަވުން، ހޯއްގޮވާ ކެއްސުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި ހުންތިރިކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރި ކަމުގައި ކުޑަކަމުދާ ނިޒާމުގެ ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި މާބަނޑުވުމަށްފަހު ކުރިމަތިވާ ލޭމަދުވުން ރަގަޅުކޮށްދީ، ވަރުބަލިކަމާއި ވާޅުކަން ފިލުވައިލުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ބްރެޒިލްގައި މައްސަރުގެ އުދަނގޫތައް ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ހަމުގެ ތަފާތު މައްސަލަތަކަށް ފަރުވާ ކުރުމުގައި ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައި ވެއެވެ. އެގޮތުން ފަންގަސް، ޕެރަސައިޓް ފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
-          ދިރާސާތަކުން ދައްކާގޮތުގައި ދިގު ތިޔަރަ ފަތުގައި:-
o       ބެކްޓީރިޔާ އަދި ފަންގަސް ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
o       ދުޅަތައް ތިރިކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
o       މޭގަނޑު ރައްކާތެރި ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       މެލޭރިޔާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ދިފާއީ ނިޒާމު ރަގަޅުކޮށް ހަރުދަނާ ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ހުންތިރިކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ތަދުކެނޑުވުމުގެ ބާރު އެކުލެވިފައި ވެއެވެ.
މައުލޫމާތު :