Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 7ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ހަތްވަނަ ހަފްތާ

ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ އިންޗި

ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބުލޫބެރީއެއް ވަރު  


ތުއްތު ދަރިފުޅުގެ ހެދިބޮޑުވަމުން އަންނަ އަތާއި، ފައިން، އަތްތިލަ އާއި، ފައިތިލަ ނިކުންނަށް ފަށާނެ އެވެ. އަތްތިލަ އާއި، ފައިތިލަ ބޮޑަށް ސިފަވާނީ "ފަންޔަކާ" އެވެ. މިދުވަސްވަރު ނިގުލެއްގެ ސިފައިގައި ހަގީގަތުގައި ފެންނަން އިންނަނީ ތުއްތު ދަރިފުޅުގެ މައިބައިދައިގެ ތިރީގައިވާ "ރުއްކަށީ"ގެ ކޮޅެވެ. ކުރިޔަށް އޮތް ދެތިންހަފްތާގެ ތެރޭގައި ނިގުލެއްގެ ސިފަޔަށް އިންނަ އިނުން ނިމުމަކަށް އަންނާނެއެވެ. ފާއިތުވި ހަފްތާއަޅާ ބަލާއިރު ތުއްތު ދަރިފުޅުގެ ސައިޒުން ދެގުނަ ބޮޑުވާނެ އެވެ.

ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޮލުގެ ބައެއް ފޮރުވޭނެ އެވެ. ލޮލުގައި ކޮންމެވެސް ކުލައެއް ހުންނާނެ އެވެ. ސިކުނޑީގެ ދެފަޅި އަންނާނީ ހެދިބޮޑުވަމުންނެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ކަށީގެ މަދު އުފެދެންދެން، ތުއްތު ދަރިފުޅުގެ ފުރަމޭގައި ލޭގެ ރަތްސެލްތައް އުފައްދަމުން ގެންދާނެ އެވެ. އެޕެންޑިކްސް އަދި ޗިސްމޭ މިހާރު ހުންނާނީ އުފެދިފައެވެ. ޗިސްމޭ އިން އިންސިއުލިން އުފައްދާނެއެވެ. މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ. ތުއްތު ދަރިފުޅުގެ އުފެދެމުން އަންނަ ގޮހޮރުގެ "ލޫޕު" ކޮޅެއް ފޫޅުދަނޑީގެ ތެރެއަށް ނިކުންނާނެ އެވެ. ފޫޅު ދަނޑިން ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދެމުން ގެންދާނެ އެވެ.

ހަތްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

މަސާނާ : މިދުވަސްވަރު މައިމީހާއަށް ތަންކޮޅެއް ގިނައިން ކުޑަކަމުދެވޭކަން ފާހަގަ ކުރެވޭނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ލޭގިނަވެ، ކުޑަކަމުދާ ތަކެތި އުފެއްދުން އިތުރުވާތީ އެވެ.

ލޮލުގެ ބޮޑި : ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޮލުގެ ބައެއް ފޮރުވޭނެ އެވެ.

ރުއްކަށި :ނިގުލެއްގެ ސިފައިގައި ހަގީގަތުގައި ފެންނަން އިންނަނީ ތުއްތު ދަރިފުޅުގެ މައިބައިދައިގެ ތިރީގައިވާ "ރުއްކަށީ"ގެ ކޮޅެވެ. ކުރިޔަށް އޮތް ދެތިންހަފްތާގެ ތެރޭގައި ނިގުލެއްގެ ސިފަޔަށް އިންނަ އިނުން ނިމުމަކަށް އަންނާނެއެވެ.

ފޫޅު ދަނޑި : ތުއްތު ދަރިފުޅުގެ އުފެދެމުން އަންނަ ގޮހޮރުގެ "ލޫޕު" ކޮޅެއް ފޫޅުދަނޑީގެ ތެރެއަށް ނިކުންނާނެ އެވެ.

ހަތްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު މިހަފްތާގައި އޮންނާނީ ދެގުނައަށް ބޮޑުވެފައެވެ. އެކަމު އަދިވެސް ނިގުލެއް އިންނާނެ އެވެ. ނަމަވެސް ދުވަސްކޮޅަކުން ނިގޫ ނެތިދާނެ އެވެ. ހެދިބޮޑުވެ، އުފެދެމުން އަންނަ އަތާއި ފައިން ނިކުމެފައިވާ އަތްތިލަ އާއި، ފައިތިލަ ބޮޑަށް ހީވާނީ ފައްޔެއް ހެނެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ބުލޫބެރީ އެއް ވަރެވެ.

މައުލޫމާތު :





No comments:

Post a Comment