Monday, December 23, 2013

ކާސިންޖީ ފަތް

ކާސިންޖީ ފަތް
ކާސިންޖީ ފަތަކީ މަދުން ނަމަވެސް ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކޮށްއުޅޭ ފަތެކެވެ. ކާސިންޖީ ފަތް ރޮލާ ކެއުމަކީ އެހާ ރަގަޅު ކަމެއް ނޫނެވެ. އެންމެ ފައިދާހުރީ ސައި ތައްޔާރުކޮށްގެންނާއި، ސުރުވާ ހަދާއިރު ބޭނުންކުރުމެވެ. އަދި ކާސިންޖީ ފަތުން ތައްޔާރުކުރެވޭ ތެލަކީ ވެސް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ތެލެކެވެ.   
ދިވެހި ނަން : ކާސިންޖީ ފަތް
އިގިރޭސި ނަން : lemon grass
ޢިލްމީ ނަން :citratus    Cymbopogon
ކާސިންޖީ ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
99 ކިލޯކެލަރީ
ސޯޑިއަމް
6 މިލިގްރާމް
ކާބޯހައިޑްރޭޓް
25.31 ގްރާމް
ޕޮޓޭސިއަމް
723 މިލިގްރާމް
ޕްރޮޓީން
1.82  ގްރާމް
މަޢުދަންތައް
ފެޓް
0.49 ގްރާމް
ކެލްސިއަމް
66 މިލިގްރާމް
ފައިބަރު
ކޮޕަރ
0.266 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
8.17 މިލިގްރާމް
ފޮލިކް އެސިޑް
75 މައިކްރޯ ގްރާމް
މެގްނީޒިއަމް
60 މިލިގްރާމް
ނިއެސިން
1.101 މިލިގްރާމް
މެންގަނީޒް
5.244 މިލިގްރާމް
ޕައިރިޑޮކްސިން
0.080 މިލިގްރާމް
ފޮސްފަރަސް
-     -
ރައިބޯފްލެވިން
0.135 މިލިގްރާމް
ސިލެނިއަމް
12 0.7މައިކްރޯގްރާމް
ތިއެމިން
0.065 މިލިގްރާމް
ޒިންކް
2.23 މިލިގްރާމް
ވިޓަމިން އޭ
6 މިލިގްރާމް
ވިޓަމިން ސީ
2.6 މިލިގްރާމް




















ކާސިންޖީ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ސަރުބީ ދަށްކުރުން : ކާސިންޖީ ފަތުގައި ސަރުބީ އަދި ކޮލެސްޓްރޯލް ދަށްކުރުމުގެ ބާރު ހުންނާތީ ކާސިންޖީ ފަތް ބޭނުންކުރުމަކީ ސަރުބީ އެކަށޭނަ މިންގަނޑެއްގައި ހިފެހެއްޓިފައި ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން ކާސިންޖީ ފަތް ބޭނުންކުރުމަކީ ހަށިގަނޑުގައި ސަރުބީގެ ވައްތަރެއްކަމުގައި "ޓްރައިގްލިސެރައިޑް" އަދި " ނުރަގަޅު ކޮލެސްޓްރޯލް"ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މިހެންވުމުން ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުން ހުއްޓުވައި ލޭހިނގާ މަގު ރަގަޅުކޮށްދީ، ލޭހިނގުން ހަލުވިކޮށްދެއެވެ. މިކަންކަމަކީ ލޭހޮޅިތައް ހަރުއެރުމާއި، ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުން ފަދަ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ދުރުކޮށްދޭނެ ކަންކަމެވެ.

(ށ) - ހަށިގަނޑުން ވިހަ ސާފުކުރުން : ކާސިންޖީ ފަތުގައި ހިމެނޭ ކުޑަކަމު ނަޖިސް ބޭރުކުރުމުގެ ބާރުގެ ސަބަބުން ހަށިގަނޑުން ތަފާތު ވިހަތައް ބޭރުކުރުމަށް އެހީއަކަށް ކާސިންޖީ ފަތް ބޭނުންކުރުން އޮންނަނީ ވެފައެވެ. ހަށިގަނޑުން ވިތައް ބޭރުކޮށް ސާފުކުރުމަކީ ގުރުދާ އަދި މޭގަނޑުގެ މަސައްކަތްތައް ހަލުވިވާނެ ކަމެކެވެ. މިއީ ޔޫރިކް އެސިޑްގެ ނިސްބަތް ދަށްކޮށްދޭނެ ކަމެއްވެސް މެއެވެ.

(ނ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ހަށިގަނޑުގައި ރަގަޅަށް ހުންނަ ސެލްތަކަށް އަސަރުފޯރުވުމެއްނެތި، ތަފާތު ވައްތަރުގެ ކެންސަރުތަކަށް ކާސިންޖީ ފަތް ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާސިންޖީ ފަތް ބޭނުންކުރުމަކީ ހަމުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކާސިންޖީ ފަތުގައި ހިމެނޭ "ސިޓްރަލް" އަކީ މޭގަނޑުގެ ކެންސަރުގެ ސެލްތައް ކުރީކޮޅުގައި ހެދިބޮޑުވުން ހުއްޓުވާ މާއްދާ އެކެވެ. އަދި މޭގަނޑު ކެންސަރު ޖެހުމަށްފަހު އިތުރަށް ކެންސަރުގެ ސެލްތައް އުފެއްދުމަށް ހުރަސްއަޅާ މާއްދާ އެކެވެ. އެހެން ދިރާސާއެއްގައި ސިޓްރަލްގެ ސަބަބުން އުރަމަތީގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާކަމަށް ހާމަކޮށްފައި ވެއެވެ.

(ރ) - ބަނޑުގެ އުދަނގޫތައް : ދިރާސާތަކުން ދައްކާގޮތުގައި ކާސިންޖީ ފަތުން ތައްޔާރުކުރެވޭ ތެލަކީ އޭގައި ޖަރާސީމުތަކާއި، ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ތެލެކެވެ. އެގޮތުން ބަނޑާއި ގޮހޮރަށް ބަލިޖައްސާ "ހެލިކޮބެކްޓަރ ޕައިލޮރި"، އަދި "އީކޮލައި" ފަދަ ބެކްޓީރިޔާތަކާއި ދެކޮޅަށް ކާސިންޖީ ފަތުން ތައްޔާރުކުރެވޭ ތެޔޮ ބޭނުންކުރެވެއެވެ. މީގެ އިތުރުން ކާސިންޖީ ފަތަކީ ހަޖަމު ރަގަޅުކޮށްދީ، ގޮހޮރުގެ މަސައްކަތް ހަލުވިކޮށްދީ، އަދި ބަނޑުގައި ފާރު ހެދުމުން ރައްކާތެރިކޮށްދޭނެ އެއްޗެކެވެ. ކާސިންޖީ ފަތުގައި ހުންނަ ދުޅަތައް ތިރިކުރުމުގެ ބާރުގެ ސަބަބުން، ބަނޑުހިކުން، ގޮހޮރުގައި ފާރުހެދުން، ގޮހޮރު ދުޅަވުން، މޭނުބައިކުރުން، ބޭރަށްހިންގުން އަދި ބަނޑުގައި ރިހުން ފަދަ ކަންކަމުން ދުރުހެލިކޮށްދޭނެ އެވެ.

(ބ) - ނިދިނައުން : ކާސިންޖީ ފަތަކީ މަސްތަކާއި ނާރުތައް ހަމައަކަށް އަޅުވައިދީ ފުންނިއްޖެއްގެ ތެރެއަށް ގެނބުމަށް އެހީތެރިވެދޭ ފަތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާސިންޖީ ފަތު ސައި ބޭނުންކުރުމަކީ ނިދުމަށް ބާރުއަޅައިދީ، ފުން ނިއްޖެއްގައި ހޭދަކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

(ޅ) - ނޭވާލާ ނިޒާމްގެ މައްސަލަތައް : އަޔުރެވެދިކް މެޑިސިންގައި ކެއްސުމާއި ރޯގާއަށް ފަރުވާ ކުރުމަށް ކާސިންޖީ ފަތް ބޭނުންކުރެއެވެ. ކާސިންޖީ ފަތުގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން އަރިދަފުސް ރޯގާ، އަދި ނޭވާހިއްލުމުގެ އުދަނގޫތައް ކާސިންޖީ ފަތް ބޭނުންކުރުމުން ލުއިކޮށްދެ އެވެ.

(ކ) - ހުން ތިރިކުރުން : ކާސިންޖީ ފަތް ބޭނުންކުރުމަކީ ހުންތިރިކޮށްދޭ ކަމެކެވެ. މިއީ އަޔުރެވެދިކް މެޑިސިން ގައި ވަރަށް ގިނައިން ހުންތިރިކުރުމަށް އިރުޝާދު ދީއުޅޭ ގޮތެކެވެ.

(އ) - އިންފެކްޝަން ތަކަށް ފަރުވާކުރުން : ކާސިންޖީ ފަތަކީ އެންޓިސެޕްޓިކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފަތެކެވެ. މީގެ އިތުރުން ބެކްޓީރިޔާ، އަދި ފަންގަސް ފަދަ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ކާސިންޖީ ފަތުގައި އެކުލެވިފައި ވެއެވެ. ކާސިންޖީ ފަތް ބޭނުންކުރުމުން ބަލީގެ އުދަނގޫތައް ލުއިކޮށްދޭ އިންފެކްޝަން ތަކުގެ ތެރޭގައި ކަސްއެޅުން، ދަދު، ބައެއް ކަހަލަ އެހެން ހަމުގެ އިންފެކްޝަންތައް، އަދި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން ފަދަ ކަންކަން ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާސިންޖީ ފަތަކީ ފަންގަސް އިން ޖެހޭ ހަމުގެ ބަލިތައް ރަގަޅު ކުރުމުގައި ބޭނުންކުރެވިދާނެ ފަތެކެވެ.

(ވ) - ތަދުކެނޑުވުން : ކާސިންޖީ ފަތުގައި ތަދުކެނޑުވުމުގެ ބާރު އެކުލެވޭތީ މިއީ ބޮލުގެ އެއްފަޅީގައި ރިހުން އަދި ބޮލުގައި ރިހުން ފަދަ ކަންކަމުގެ ފަރުވާގައި ބޭނުންކުރެވިދާނެ ފަތެކެވެ. ކާސިންޖީ ފަތުގައި ހިމެނޭ ފައިޓޯނިއުޓްރިއެންޓް ތަކުގެ ސަބަބުން ބުރަކަށީގައި ރިހުން، ނާރުއެރުން، މަސްގުޅަކެއުން، ހުޅުގައި ރިހުން، އަދި އަކުނިވަޔަށްދެމުން ފަދަ އުދަނގޫތައް ލުއިކޮށްދިނުމަށް ކާސިންޖީފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ. ކުޅިވަރުގެ ތެރޭގައި ލިބޭ އަނިޔާތަކުގެ ތެރޭގައި ހިމެނޭ ޖެހިތަދުވުން، ނޫފައިގަތުން، ހުޅުނެއްޓުން، ފަދަ ކަންކަމަށް ފަރުވާކުރުމަށް ވެސް ކާސިންޖީ ފަތް ބޭނުންކުރެވިދާނެ އެވެ.
(މ) - ނާރުތަކުގެ ނިޒާމް މައްސަލަތަކަށް ލުއިކަން ގެނެސްދިނުން : ކާސިންޖީ ފަތަކީ ނާރުތައް ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. މިއީ ސިކުނޑި ހޭލައްވާލަދޭ އެއްޗެކެވެ. މިއީ ފިޓުޖެހުން، ރުޅިއައުން، ބޯއެނބުރުން، ފަދަ މައްސަލަތަކާއި، އަލްޒައިމާ ބަލި، އަދި ތުރުތުރުއަޅާ ބަލި ފަދަ ނާރުތަކާއި ގުޅޭ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ ފަތެކެވެ. ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ކުރިމަތިވާ ވަރުބަލިވުމާއި، ހިތްހަމަނުޖެހުން ފަދަ އުދަނގޫތައް ލުއިކުރުމަށްދޭ "ތެރަޕިއުޓިކް ބާތު" ތަކުގައި ކާސިންޖީ ފަތް ބޭނުންކޮށް އުޅެއެވެ.
(ފ) - ހަކުރު ބަލި ކޮންޓްރޯލްކުރުން : ހަކުރު ބައްޔަށް ފަރުވާ ކުރުމުގައި ކާސިންޖީ ފަތަކީ ބޭނުންތެރި އެއްޗެއްކަމުގައި ފާހަގަ ކުރެވިފައި ވެއެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ކާސިންޖީ ފަތުގައި ހިމެނޭ ސިޓްރަލް އަކީ އިންސިއުލިންގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
(ދ) - ރާއްޖެ ބަލި : ކާސިންޖީ ފަތަކީ ރާއްޖެ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތަކާއި، ތަދަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ ފަތެކެވެ. ރާއްޖެ ބައްޔާއި ގުޅިގެން އުފެދޭ ތަދުތައް ކެނޑުވުމަށް ތަދުވާ ތަންތަނުގައި ކާސިންޖީ ފަތް އުގުޅިދާނެ އެވެ.
(ތ) - ދިފާއީބާރު ރަގަޅުކުރުން : ކާސިންޖީ ފަތަކީ ނޭވާލާ ނިޒާމް، ހަޖަމުކުރާ ނިޒާމް ، އަދި ނާރުތަކުގެ ނިޒާމް ފަދަ ހަށިގަނޑުގެ ތަފާތު ނިޒާމްތައް ހަމައަކަށް އެޅުވުމުގައި އެހީތެރިވެދޭ ފަތެކެވެ. އެހެންކަމުން ތަފާތު މާއްދާތައް ހަށިގަނޑަށް ނެގުމަށް އެހީތެރިވެދީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅު ކުރުމަށް ވެސް ކާސިންޖީ ފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި ދުޅަތައް އުފެދުމަށް ޒިންމާވާ މާއްދާއެއް ކަމުގައިވާ "ސައިޓަކީން" ގެ މަސައްކަތް ހުއްޓުވުމަށް ކާސިންޖީގެ ފަތް އެހީތެރިވެދެއެވެ. މިމަސައްކަތުގައި ކާސިންޖީ ފަތުގައި އެކުލެވޭ ސިޓްރަލް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ބެލެވެއެވެ.

(ލ) - ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކާސިންޖީ ފަތަކީ ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ ބާވަތެކެވެ. މިއީ ހަމުގެ ޓިޝޫތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ބާވަތެއް ވެސް މެއެވެ. ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ތައްޔާރުކޮށްފައި ހުންނަ ކްރީމް ތަކުގައި ކާސިންޖީ ފަތް ބޭނުންކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

(ގ) - ސެލްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކާސިންޖީ ފަތުގައި ތަފާތު އެންޓިއޮކްސިޑެންޓްތައް އެކުލެވޭތީ ފްރީރެޑިކަލް ތަކުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކާސިންޖީ ފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ. މިއީ ހުންކޮށީގެ މަސައްކަތް ހަލުވިކޮށްދީ، ލޭސާފުކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. ތައިމަސް ގްލޭންޑުގެ މަސައްކަތަށް އެއްބާރުލުންދީ، ލޭގެ ހުދު ސެލްތައް އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. ސެލްތައް އާވެ އާލާވުމަށް ވެސް ކާސިންޖީ ފަތް ބޭނުންކުރުން އެހީއަކަށް ވެގެންދެއެވެ. ކާސިންޖީ ފަތުގެ ފަތާއި ތަނޑުގައި ހުންނަ ފޮލިކް އެސިޑް އަދި ޕޮޓޭސިއަމް އަކީ ސެލްތަކުގައި ޑީއެންއޭ އުފެއްދުމާއި، ސެލްތައް ބައިބައިވެގެން ގޮސް އާސެލްތައް އުފެއްދުމުގެ މަސައްކަތަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

(ޏ) - ފޮއްސިވުން ކުޑަކޮށްދިނުން : ކާސިންޖީ ފަތް ބޭނުންކުރުމަކީ ހަށިގަނޑުގައި ފެންޖަމާވެގެން ކުރިމަތިވާ ފޮއްސިވުމަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. އެހެންކަމުން މިއީ ހަށިގަނޑުގައި އުފެދޭ ދުޅައާއި، ފޮއްސިކަން ކަނޑުވާލުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ސ) - ވަހުގެ ފަރުވާގައި ބޭނުންކުރުން : ކާސިންޖީ ފަތުން ތައްޔާރުކުރާ ތެލަކީ ވަހުގެ ފަރުވާގައި ވަރަށް ގިނައިން ބޭނުންކޮށްއުޅޭ ފަތެކެވެ. ކާސިންޖީ ފަތުން ތައްޔާރުކޮށްފައި ހުންނަ ތެޔޮ ވަހުގެ ފަރުވާގައި ބޭނުންކުރުމަކީ ހަށިގަނޑަށް ފިނިކަމާއި، އާރޯކަމާއި، ތާޒާކަން ގެނެސްދޭނެ ކަމެކެވެ. މިއީ ލޭހިނގުން އަވަސްކޮށްދީ، ހަށިގަނޑާއި، ސިކުނޑިއަށް ފިނިކަން ގެނެސްދޭ ތެލެކެވެ. ގުޅަކައިފާ މަސްތައް ހަމައަކަށް އަޅުވައިދީ، ހަމަށް އޮމާންކަމާއި، ތާޒާކަން ގެނެސްދެއެވެ.

(ޑ) - ފަލަވުން : ކާސިންޖީ ފަތުގައި ހުންނަ ސިޓްރަލް އަކީ އާދަޔާ ޚިލާފަށް ފަލަވުން ކުރިމަތިވުމަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއްކަންވަނީ ހޯދިފައެވެ. ސިޓްރަލް އަކީ ބަނޑުގައި ސަރުބީ ޖެހުން ހުއްޓުވައިދީ، ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީގެ ބޭނުން ހިފުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ މެޓަބޮލިޒަމްގެ މަސައްކަތް ރަގަޅުކޮށްދީ، ފެޓީ އެސިޑްތައް އޮކްސިޑޭޓް ވުމަށް ބާރުއަޅައިދޭ މާއްދާ އެކެވެ.

(ޔ) - ހަށިގަނޑުން ދުވާ ނުބައި ވަސް ކަނޑުވާލުން : ކާސިންޖީ ފަތުގައި ހިމެނޭ ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ ސަބަބުން ބައެއް ކަހަލަ "ޑިއޯޑްރެންޓް" އުފެއްދުމުގައި ކާސިންޖީ ފަތް ބޭނުންކުރެއެވެ. މިފަދަ ޑިއޯޑްރެންޓް ބޭނުންކުރުމަކީ ހަށިގަނޑުން ނުބައިވަސް ކަނޑާދީ، ފަންގަސް، އަދި ބެކްޓީރިޔާގެ ސަބަބުންޖެހޭ ބަލިތައް އުފަންވުމުގެ ފުރުޞަތު ކުޑަކުރާނެ ކަމެކެވެ.

(ޕ) - އެހެނިހެން ފައިދާތައް :
ü      ލޭމަދުވުމަށް ފަރުވާކުރުމަށް ބޭނުންކުރުން
ü      ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
ü      ވިހަތައް ސާފުކުރުން
ü      ލޭގެ ޕްރެޝަރު ދަށްކުރުން
ü      މައްސަރުގެ ތަދު ކަނޑުވާލުން
މައުލޫމާތު :

No comments:

Post a Comment