Thursday, January 2, 2014

ކައްޓަލަ

ކައްޓަލަ
ކައްޓަލަ އަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ކައްޓަލަ
އިގިރޭސި ނަން : Sweet potato
ޢިލްމީ ނަން :  Ipomoe batatas
ކައްޓަލައިގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
86 ކިލޯކެލަރީ
ސޯޑިއަމް
55 މިލިގްރާމް
ކާބޯހައިޑްރޭޓް
20.12 ގްރާމް
ޕޮޓޭސިއަމް
337 މިލިގްރާމް
ޕްރޮޓީން
1.6  ގްރާމް
މަޢުދަންތައް
ފެޓް
0.05 ގްރާމް
ކެލްސިއަމް
30 މިލިގްރާމް
ފައިބަރު
3 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
0.61 މިލިގްރާމް
ފޮލިކް އެސިޑް
11 މައިކްރޯ ގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ނިއެސިން
0.557 މިލިގްރާމް
މެންގަނީޒް
0.258 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.80 މިލިގްރާމް
ފޮސްފަރަސް
-     47 މިލިގްރާމް
ޕައިރިޑޮކްސިން
0.209 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.061 މިލިގްރާމް
ޒިންކް
0.30 މިލިގްރާމް
ތިއެމިން
0.078 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
14187 އައިޔޫ
ކެރޮޓީން އަލްފާ
7 މައިކްރޯ ގްރާމް
ވިޓަމިން ސީ
2.4 މިލިގްރާމް
ކެރޮޓީން ބީޓާ
8509މައިކްރޯ ގްރާމް
ވިޓަމިން އީ
0.26 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
-
ވިޓަމިން ކޭ
1.8 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
-
























ކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ކައްޓަލައިން ލިއްބައިދޭ ހަކަތަ މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ އޭގައި ހިމެނޭ ސާސްތާ ކާބޯހައިޑްރޭޓް އިންނެވެ. ކައްޓަލައިގައި ސާސްތާ ކާބޯހައިޑްރޭޓް ގެ ގޮތުގައި ބެލެވޭ "އެމިލޯސް" ގިނަ އަދަދަކަށް ހުރެއެވެ. ސާދާ ކާބޯހައިޑްރޭޓާ އަޅާބަލާއިރު "އެމިލޯސް" ލޭގެ ހަކުރު މައްޗަށް ގެންދަނީ ވަރަށް ލަސްލަހުންނެވެ. މިސަބަބާހުރެ ކައްޓަލަ އާ މެދު ބެލެވިފައިވަނީ ހަކުރު ބަލީގެ މީހުންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ބާވަތެއްގެ ގޮތުގައެވެ.

ކައްޓަލައިގައި ފްލޭވޮނޮއިޑްގެ ގޮތުގައި ބެލެވޭ ބީޓާ ކެރޮޓީން އަދި ވިޓަމިން އޭ ގިނަ އަދަދަކަށް ހުރެއެވެ. މިއީ ބާރުގަދަ ތަބީއީ އެންޓިއޮކްސިޑެންޓް ތަކެކެވެ. ވިޓަމިން އޭ އަކީ ހަމާއި، ތެތްދުލިފަށަލަ ތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ލޯފުސްވުން ފަދަ ކަންތައްތަކުން ރައްކާތެރިވުމަށް ބޭނުންތެރި މާއްދާ އެކެވެ. ފްލޭވޮނޮއިޑް އިން މުއްސަދި ކާނާ ބޭނުންކުރުމަކީ އަނގައިގެ ކެންސަރާ، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ބީޓާ ކެރޮޓީން އަކީ އިރުގެ ދޯދިން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ހަންގަނޑު ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ބީޓާ ކެރޮޓީން އަކީ ލޮލަށް ވެސް ވަރަށް ބޭނުންތެރި މާއްދާ އެކެވެ.

ކައްޓަލައިގައި ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ގުނާލެވޭ ޕެންތޮނިކް އެސިޑް، ޕައިރިޑޮކްސިން، ތިއެމިން، އަދި ނިއެސިން ފަދަ ވިޓަމިންތައް އެކަށޭނަ މިންވަރަކަށް ހުރެއެވެ. މިވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ތަފާތު މަސައްކަތްތަކުގައި ބައިވެރިވެ، އޭގެ ދައުރުއަދާކުރާ ވިޓަމިން ތަކެކެވެ.


ކައްޓަލައިގައި ވިޓަމިން ބީ 6 "ޕައިރިޑޮކްސިން" ގިނަ އަދަދަކަށް ހުރެއެވެ. ޕައިރިޑޮކްސިން އަކީ ހަށިގަނޑުގައި "ހޯމޯސިސްޓެއިން" ބައިވެ ހަލާކުވެގެންދިއުމަށް މުހިއްމު މާއްދާ އެކެވެ. ހޯމޯސިސްޓެއިން ގެ މިންވަރު މަތިވެ އިތުރުވުމަކީ ލޭހޮޅިތައް ހަރުވުމަށް މަގުފަހިވާނެ ކަމެކެވެ. ހޯމޯސިސްޓެއިން އާ ބައެއް ކަހަލަ "ޑިޖެނެރޭޓިވް ޑިޒީޒް" ތަކާ ގުޅުން ހުންނަކަން ފާހަގަ ކުރެވެއެވެ. ހޯމޯސިސްޓެއިން މަދުވުމަކީ ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ވެސް ދަށްކޮށްދޭނެ ކަމެކެވެ. ޕައިރިޑޮކްސިން އަކީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ލޭދައުރުވުން ފަސޭހަކޮށްދޭނެ ކަމެކެވެ.

ކައްޓަލަ އަކީ ވިޓަމިން ސީ ގެ ރަގަޅު މަޞްދަރެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަކޮށްދީ، ބަލިތަކުން ރައްކާތެރިކޮށްދީ، ކަށިތަކާ ދަތްތައް އުފެދުން، ލޭގެ ސެލްތައް އުފެދުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ވިޓަމިނެކެވެ. ވިޓަމިން ސީ އަކީ ފާރު ރަގަޅުވުން އަވަސްކޮށްދީ، ހަމުގެ ވާންކަމާ، އޮމާންކަމަށް ބޭނުންވާ "ކޮލަޖެން" އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ހަށިގަނޑު ތަފާތު ވިހަތަކުން ރައްކާތެރިކޮށްދިނުމާއި، ފިއްތުން ތަކުގެ ތެރޭގައި ދިމާވާ އުދަނގޫތައް ކުޑަކުރުމަށް ވެސް ވިޓަމިން ސީ އަކީ ބޭނުންކުރެވިދާނެ ވިޓަމިނެކެވެ.

ކައްޓަލައިގައި ވިޓަމިން ޑީ ވެސް ހުރެއެވެ. ވިޓަމިން ޑީ އަކީ ކަށިތަކާ، ދަތްތައް، ހިތް، ނާރު، ހަން، ފަދަ ޓިޝޫތައް އުފެދުމުގައި މުހިއްމު ދައުރެއް އަދާކުރާ ވިޓަމިނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި އެކުލެވޭ ހަކަތައިގެ ނިސްބަތާ، މީހާގެ މިޒާޖު ކޮންޓްރޯލްކޮށް ހިފެހެއްޓުމުގައި ވެސް ވިޓަމިން ޑީ ގެ ދައުރެއްވާކަމަށް ފާހަގަ ކުރެވެއެވެ.

ކައްޓަލައިގައި ތަފާތު މައުދަންތައް ހުރެއެވެ. އެގޮތުން ދަގަނޑު ވެސް އެކުލެވިގެން ވެއެވެ. ދަގަނޑަކީ ލޭގެ ސެލްތައް އުފެއްދުން، ފިއްތުންތަކާ ދެކޮޅަށް މަސައްކަތްކުރުން، ދިފާއީ ބާރު ރަގަޅުކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. ކައްޓަލައިގައި މެގްނީޒިއަމް ވެސް ހުރެއެވެ. މެގްނީޒިއަމް އަކީ ވެސް ފިއްތުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބައިވެރިވާ މައުދަނެކެވެ. މެގްނީޒިއަމް އަކީ، ހިތް، ލޭހޮޅިތައް، ލޭ، މަސް، ކަށި، އަދި ނާރު ތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ އެކެވެ.

ކައްޓަލައިގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބު ކޮށްދީ، ލޭގެ ޕްރެޝަރު ދަށްކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މައުދަނެކެވެ. އެގޮތުން ގިނަވެފައި ހުންނަ ސޯޑިއަމް ހަށިގަނޑުން ބޭރުކުރުމާއި، ހަށިގަނޑުގައި ފެނުގެ ނިސްބަތް ހަމަހިފެހެއްޓުމުގައި ޕޮޓޭސިއަމް ދައުރެއް އަދާކުރެއެވެ. ސިކުނޑިއާ ނާރުތަކުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ވެސް ޕޮޓޭސިއަމް އަކީ މުހިއްމު މައުދަނެކެވެ.

ކައްޓަލައިގައި މެންގަނީޒް ވެސް ހުރެއެވެ. މެންގަނީޒް އަކީ ލޭގައި ހަކުރުގެ ނިސްބަތް ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ މައުދަނެކެވެ. މިއީ ހަކަތަ އުފެއްދުމަށް ބޭނުންތެރި، ލޭމަދުވުމުގެ ފަރުވާގައި ވެސް ބޭނުންކުރެވޭ މައުދަނެކެވެ.

ކައްޓަލައިގައި ގިނައަދަދަކަށް ވިޓަމިން އީ ، އަދި ތަފާތު އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެން ވެއެވެ. ލޭގެ ޕްރެޝަރު ވަކިމިނެއްގައި ހިފެހެއްޓުމާއި، އަދި ލޭދަށްވުން ފަދަ މައްސަލަ ތައް ހައްލުކުރުމުގައި ވެސް އެހީތެރިވެދެއެވެ.
ކައްޓަލައިގައި ވިޓަމިން ބީ، ވިޓަމިންސީ ، އަދި ކެލްސިއަމް އާއި ޓެނިންސް ފަދަ މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ކައްޓަލައިގެ ބޭރުން ފެންނަށް ހުންނަ ތޮށިގަނޑުގެ ކުލަ ގަދަ ވީވަރަކަށް އޭގައި ވިޓަމިން އޭ އެކުލެވޭ މިންވަރު މަތިވެއެވެ.
މައުލޫމާތު :


No comments:

Post a Comment