Friday, January 3, 2014

ފުފޫ

ފުފޫ
ފުފުލަކީ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ފުފޫ
އިގިރޭސި ނަން : Wax gourd
ޢިލްމީ ނަން : Benincasa Hispida
ފުފުލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
13 ކިލޯކެލަރީ
ސޯޑިއަމް
111 މިލިގްރާމް
ކާބޯހައިޑްރޭޓް
3 ގްރާމް
ޕޮޓޭސިއަމް
6 މިލިގްރާމް
ޕްރޮޓީން
0.4  ގްރާމް
މަޢުދަންތައް
ފެޓް
0.2 ގްރާމް
ކެލްސިއަމް
%2
ފައިބަރު
2.9 ގްރާމް
ކޮޕަރ
%1
ވިޓަމިންތައް
ދަނގަޑު
%2
ނިއެސިން
%2
މެގްނީޒިއަމް
%3
ޕެންތޮނިކް އެސިޑް
%1
ފޮސްފަރަސް
-     %2
ޕައިރިޑޮކްސިން
%2
ޒިންކް
%4
ރައިބޯފްލެވިން
%6
ތިއެމިން
%3
ވިޓަމިން ސީ
%22



















ފުފުލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ފުފުލުގައި ގިނަ އަދަދަކަށް ފައިބަރު އަދި ފެން އެކުލެވިގެންވުމަކީ ހަޖަމުކުރުމުގެ މަސައްކަތް ހަލުވިކޮށްދީ، ބަނޑު ފަސޭހަކޮށްދީ، ބަނޑު ހިކުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ބަނޑުހިކުން ދިމާވެފައިވާނަމަ، ކޮންމެ ދުވަހަކު ހެދުނު ފުފޫ ކެއުމަކީ ބަނޑުހިކުން ރަގަޅުކޮށްދޭނެ ކަމެއްކަމަށް ބުނެއެވެ. މިއީ ގޮހޮރުގެ ފާރަށް ވެސް ފައިދާކުރަނިވި ކާނާގެ ބާވަތެކެވެ. މިއީ ލޭމަނާކޮށްދިނުމަށް ވެސް އެހީތެރިވެދޭ ބާވަތެކެވެ. ފުފުލުގެ 96 އިންސައްތަ އަކީ ފެން ކަމުގައި ވުމުން ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންނަށް ފުފޫ ބޭނުންކުރުމަށް އިރުޝާދު ދީއުޅެއެވެ.

ފުފުލަކީ ބަނޑުގެ މައްސަލަތަކަށް ވެސް ލުއިކަން ހޯދައިދޭ ބާވަތެކެވެ. ފުފުލުގައި ހިމެނޭ ފައިބަރާއި، ފެނުގެ ސަބަބުން ބަނޑުގައި އުފެދޭ ވައި ހަމައަކަށް އަޅުވާދެއެވެ. ފުފުލުގެ ތަބީއަތަކީ "އަލްކަލިން" ކަމަށްވުމުން، ބަނޑުގައި ވައިހެދުމާއި، ހަޖަމުކުރަން އުދަނގޫވުން، އަދި ބަނޑުގައި ފާރުހެދުން ފަދަ ހާލަތްތަކުގައި ފުފޫ ބޭނުންކުރުމަކީ މަންފާ ލިބިދެނިވި ކަމެކެވެ. އެހެންކަމުން މިބުނި މައްސަލަތަކުގެ ސަބަބުން ބަނޑުގައި ވައިހެދި އުދަނގޫވާނަމަ، ހެދުނު ހައިބަނޑާހުރެ، ފުފޫ ފަނިތަށްޓެއް ބޭނުންކުރެވިދާނެ އެވެ.
ފުފޫ ބޭނުންކުރުމަކީ ނިދުމަށް ބާރުއަޅައިދޭ ފަސޭހައިން ނިދުމަށް އެހީތެރިވެދޭ ބާވަތެކެވެ. ތަފާތު ކަންކަމާހުރެ ނިދިނައުން ކުރިމަތިވެފައިވާ މީހުން ގަވާއިދުން ފުފޫ ބޭނުންކުރާނަމަ ނިދިނައުމުގެ މައްސަލަ ހައްލުވެގެންދާ ކަމަށް ބުނެވެއެވެ.

ހޫނު މޫސުމުގައި އާދަޔާ ޚިލާފަށް ދާހިއްލުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުން ފެންހުސްވުން މެދުވެރިކޮށްފާނެ ކަމެކެވެ. މިއީ ކުޑަކަމުދާ ނިޒާމުގެ މައްސަލަ ޖެހިދާނެ ކަމެކެވެ. ފުފޫ ފަނި ބޭނުންކުރުމަކީ ހަށިގަނޑުގައި ފެނުގެ ބައި އެއްހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފުފޫ ބޭނުންކުރުމަކީ ކުޑަކަމު ނަޖިސް ބޭރުވުމަށް އެހީތެރިވެދީ، ކުޑަކަމުދާ ނިޒާމުގެ ބައިތަކުގައި އުފެދޭ ކުދިކުދި ހިލަކޮޅު ތައް ހަށިގަނޑުން ކުޑަކަމުނަޖިހާއެކު ބޭރު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފުފޫ ބޭނުންކުރުމަކީ ލޭމަދުވުމުން މިންޖުކޮށްދީ، ލޭގެ ސަރުބީ ދަށްކޮށްދީ، ހަދާން ވަރުގަދަކޮށްދީ، އަދި ހަކުރު ބައްޔާއި، ފަނިވުން ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. ފުފޫ ފަންޏަކީ ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި ބުއިމެކެވެ.

ފުފުލުގައި ވިޓަމިން ބީގެ ތެރޭގައި ހިމެނޭ ތިއެމިން، ނިއެސިން، އަދި ވިޓަމިން ސީ ހުރެއެވެ. މީގެ އިތުރުން ކެލްސިއަމް، އަދި ޕޮޓޭސިއަމް ފަދަ މާއްދާ ތައް ހުރެއެވެ. ޕޮޓޭސިއަމް ގިނައިން ހުރުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ފުފުލަކީ ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކާއި، ލެޔާއި ގުޅުންހުރި ބަލިތަކާއި، އަދި ގުރުދާގައި ހިލަ އުފެދުން ފަދަ ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ލުއިކަން ހޯދައި ދިނުމަށް ބޭނުންކުރެވޭ ކާނާގެ ބާވަތެކެވެ. މިއީ ކުޑަކަމުދިއުމަށް ވާގިވެރިވެދޭ ބާވަތަކަށް ވުމުން ފުފޫ ބޭނުންކުރުމުން އަވަސް އަވަހަށް ކުޑަކަމުދާންޖެހި، ކުޑަކަމުދާ ނިޒާމުގައި ހަރުލާފައި ހުންނަ ވިހަތައް ފަސޭހަ ކަމާއެކު ބޭރުކޮށްދެއެވެ.

ގަދީމީ ބޭސް ވެރިކަމުގައި މަނީގެ މިންވަރު، އަދި ހަރަކާތް އިތުރުކުރުމަށް ފުފުލު އޮށް، ކިރާއެކު ކައްކައިގެން ބޭނުންކުރެވިފައި ވެއެވެ. ހަމަމިހެން ހަށިގަނޑުން ފަނި ބޭރުކުރުމަށް އެޒަމާނުގައި ކާށިކިރާއެއްކޮށް، ގިރައިގެން ފުފޫ ފަނީގެ ގޮތުގައި ބޭނުންކުރެވިފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment