Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 10ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ދިހަވަނަ ހަފްތާ


ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¼ އައުންސްވުރެ ލުއި

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ކުދި އޮރެންޖެއް ވަރު

މިހާރު ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުދި އޮރެންޖު ވަރެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް އިންޗިއަކަށްވުރެ ތަންކޮޅެއް ދިގުވެދާނެ އެވެ. ބަރުދަން އައުންސެއްގެ ¼ އެއްބަޔަށްވުރެ ލުއިވާނެ އެވެ. ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމުގެ އެންމެ ނާޒުކު އަދި މުހިއްމު ބައިތައް މިހާރު ހުންނާނީ އުފެދިފައެވެ. މިދުވަސްވަރަކީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމުގައި އަންނަ "ފީޓަލް ޕީރިއަޑް"(fetal period) އޭ ކިޔޭ ދުވަސްވަރު ފެށޭ ހިސާބެވެ. ފީޓަލް ޕީރިއަޑް އަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ގުނަވަންތަކާއި، ޓިޝޫތައް އަވަހަށް ހެދިބޮޑުވެ، ފައްކާވާ ދުވަސްވަރެވެ.


ތުއްތު ދަރިފުޅު ފެންދުލީގައި އޮންނައިރު ފެން ބޮމުންގެންދާނެ އެވެ. ގުރުދާ، ގޮހޮރު، ސިކުނޑި، ފުރަމޭ ފަދަ ގުނަވަންތައް އޭގެ މަގާމުގައި މަސައްކަތް ކުރަން ފަށާނެއެވެ. މުޅި މާބަނޑު ދުވަސްވަރު ވެސް މިފަދަ ގުނަވަންތައް އިތުރަށް ހެދިބޮޑުވަމުން ދާނެއެވެ. ރަހިމުގެ ތެރެއަށް ނަޒަރު ހިންގައި ބަލައިފިނަމަ ފާހަގަވާނެ ކަންތައްތަކުގެ ތެރޭގައި އަތާއި، ފައިގެ އިނގިލިތަކުގައި ކުދިކުދި ނިޔަފަތިތައް އުފެދެމުން ދިއުމާއި، ހަމުގެ ލޯލި އިސްތަށިތަކެއް ފަޅަން ފެށުން ހިމެނެއެވެ.

ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ލެންބޭނެ އެވެ. އަތްތިލަ އިންނާނީ ގަޔާއި ކައިރިކުރެވި(އެތެރެ ފަރާތަށް ލެނބި) މޭގައި ޖެހިފައެވެ. ފައި މައްޗަށް ނެގުމުން ގައިގައި ޖެހޭވަރަށް ދިގުވެދާނެ އެވެ. ހަމުގެ ދަށުން މައިބަދައިގެ ބޭރު ރޮނގު ސާފުކޮށް ފެންނަން ހުންނާނެ އެވެ. ސްޕައިނަލް ކޯޑުން ނާރުތައް ނިކުންނަށް ފަށާނެ އެވެ. ސިކުނޑި ބޮޑުވާން ފެށުމުން ވަގުތީ ގޮތުން ނިއްކުރިމަތިން ބޭރަށް ނިކުމެފައި ހުންނާނެ އެވެ.

ދިހަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

ސިކުނޑި : ސިކުނޑި އުފެދެމުންދާއިރު ތުއްތު ދަރިފުޅުގެ ނިއްކުރި ބޮޑުވެ، މައްޗަށްޖެހޭނެ އެވެ.

އަތުގެ އިނގިލިތައް : އަތުގެ އިނގިލިތައް މިހާރު ހުންނާނީ ރީތިކޮށް ވަކިވެފައެވެ. އަދި ކުދިކުދި ނިޔަފަތިތައް ފަޅަން ފަށާނެ އެވެ.

ރަހިމު : ރަހިމުން ހުންނާނީ ވިހެއުމުގެ ކުރިން ހުރިވަރަށްވުރެ (ނާސްޕާތީއެއްވަރު) ދެގުނަ ބޮޑުވެ (ގްރޭޕްފުރުޓްވަރު) ފައެވެ. 

ޔޯކް ސެކް : ތުއްތު ދަރިފުޅުގެ ފުރަމެއިން މިހާރު ލޭގެ ސެލްތައް އުފައްދާނެއެވެ. ޔޯކް ސެކްގެ ބޭނުންގޮސް މަޑުމަޑުން ނެތެން ފަށާނެއެވެ.

ދިހަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އެންމެ ނާޒުކު ބައިތައް މިހާރު ހުންނާނީ އުފެދި ފުރިހަމަވެފައެވެ. ތުއްތު ދަރިފުޅުގެ ހަމުގެ އެތެރެ އަދިވެސް ފެންނަން ހުންނާނެ އެވެ. ހަތަރެސްފައި ލަންބައި ހަދާނެއެވެ. ނިޔަފަތި ތައް އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުދި އޮރެންޖު ވަރެވެ.

މައުލޫމާތު :





No comments:

Post a Comment