Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 3ވަނަ މަސް


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ތިންވަނަ މަސް
މިހާރު ތުއްތު ދަރިފުޅުގެ ދިގުމިނުގައި 3 އިންޗި ހުންނާނެ އެވެ. ބަރުދަނުގައި ގާތްގަނޑަކަށް އައުންސެއްވަރު (28-23 ގްރާމް) ހުންނާނެ އެވެ. ދިގުމިން ގާތްގަނޑަކަށް ފެހިތޮޅިއަކާ އެއްވަރު ވާނެއެވެ. އިނގިލީގެ ނިޝާންތައް މިހާރު ހުންނާނީ އުފެދިފައެވެ. ތިންވަނަ މަހުގެ ތެރޭގައި އަތްފައިގެ އިގިލިތައް ރަގަޅަށް ފާޅުވާން ފަށައެވެ. އަދި އިގިލިތަކުގައި މަޑު ނިޔަފަތި ތަކެއް ލެވެއެވެ. ފައިތިލައަށްވުރެ އަތްތިލަ އިތުރަށް ބޮޑުވެ، ފަޔަށްވުރެ އަތް ދިގުވެއެވެ. ހަށިގަނޑާއި، އަޅާ ބަލާއިރު ކުއްޖާގެ ބޯ ކުޑަތަންކޮޅެއް ބޮޑުވާނެއެވެ. ބޮލުގައި އިސްތަށި ފަޅަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ދަތުގެ ބުޑު އުފެދެން ފަށައެވެ.
ހިތުގެ ބައިތައް އުފެދި މިނިޓަކު 160-120އާއި ދެމެދުގެ އަދަދަކަށް ވިންދު ޖަހައެވެ. ގުރުދާ (Kidney) އުފެދި ކުޑަކަމުދާ ތަކެތި މަސާނާއަށް ފޮނުވަން ފަށައެވެ. ފޫޅު ނުވަތަ ''އަމްބިލައިކަލް ކޯޑް'' އުފެދި ފުރިހަމަވެއެވެ. މިދުވަސްވަރުގެ ތެރޭގައި ކުޑަގޮހޮރު ކުއްޖާގެ ހަށިގަނޑުން ބޭރުގައި(އަމްބިލައިކަލް ކޯޑް) ގައި އުފެދެއެވެ. އެއީ މިދުވަސްވަރު ހަށިގަނޑުގެ އެތެރެއަށް ކުޑަގޮހޮރު ނުފެތޭތީއެވެ.
ތިންވަނަ މަސް ނިމޭ ހިސާބުގައި ބޮލާއި އަތްފައި ހަރަކާތްކުރުވަން ފަށައެވެ. އަގަހުޅުވާ ލައްޕަން ފަށައެވެ. މިހަރަކާތްތައް ކުޑަދަރިފުޅު ކުރަން ފެށިޔަސް މައިމީހާއަށް އެކަމުގެ އިހްސާސެއް ނުވާނެއެވެ. ތިންވަނަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 3 ނުވަތަ 4 އިންޗި އެވެ. ބަރުދަނުގައި 1އައުންސް އަށްވުރެ އިތުރަށް ހުރެއެވެ.

·         ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ ހުރިހާ މުހިއްމު ގުނަވަނެއް އުފެދެނީ ފުރަތަމަ 3 މަހުގެ ތެރޭގައެވެ.
·         ތިންމަސް ވާއިރަށް މޫނާއި، ލޮލާއި، އަނގަޔާއި، އަތާއި، ފައި، އަދި އެސްފިޔަ ވެސް އުފެދެން ފަށައެވެ.
·         ހަތަރު މަހަށް އަޅާއިރު އަންހެންކުއްޖެއްކަން ނުވަތަ ފިރިހެންކުއްޖެއްކަން ވަކިކުރަން އެނގޭނެއެވެ.
·         މައިމީހާއަށް އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް 3 މަސްވާއިރު، ރަހިމުގެ ތެރޭގައި ދަރިފުޅު ހަރަކާތް ކުރާނެއެވެ. އާންމު ގޮތެއްގައި ބަނޑުތޮޅެން ފަށާނީ ބަނޑަށް 20 ހަފްތާގައެވެ.
·         ތުއްތު ދަރިފުޅު ފުރޮޅިލާ، ދެމިލާ، އާފުރިލާ މިފަދަ ކަންތައް ވެސް ކުރާނެއެވެ.
·         ތިން މަސްވާއިރު ދަރިފުޅުގެ ދިގުމިނަކީ ގާތްގަނޑަކަށް 8 ސމ އެވެ. ބަރުދަނުގައި ގާތްގަނޑަކަށް 28 ގުރާމް ހުންނާނެ އެވެ. 
ތިންވަނަ މަހުގައި ހިމެނެނީ :
·         13 ވަނަ ހަފްތާ
·         14 ވަނަ ހަފްތާ

·         15 ވަނަ ހަފްތާ
·         16 ވަނަ ހަފްތާ
ތޭރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 3 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 1 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ފެހިތޮޅިއެއް ވަރު  
  
ތުއްތު ދަރިފުޅުގެ އިނގިލީގެ ކޮޅު، އިނގިލީގެ ނިޝާންތައް، ނުސާފުލޭ ދައުރުކުރާ ލޭހޮޅިތައް، ތުނި ހަމުގެ ދަށުން ސާފުކޮށް ފެންނަށް ހުންނާނެ އެވެ. ބޮލާއި، އެއްވަރަށް ހަށިގަނޑު ވެސް ބޮޑުވާން ފަށާނެ އެވެ. އަންހެންކުއްޖެއްނަމަ ބިސް އުފައްދާ ތަނުގައި މިހާރު 2 މިލިޔަން ބިސް އުފެދިފައި ހުންނާނެ އެވެ. 

ތޭރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ފެން ދުއްޔާއި ފެން : ތުއްތު ދަރިފުޅުގެ ކުޑަކަމުދާ ނިޒާމު މިހާރު މަސައްކަތް ކުރާނެއެވެ. ތުއްތު ދަރިފުޅަށް ފެންދުލީގެ ތެރޭގައި އޮންނައިރު، އެދުލީގައި ހުންނަ ފެން ދިރުވުމުން، ކުޑަކަމު ނަޖިހުގެ ގޮތުގައި އެފެން ތުއްތު ދަރިފުޅުގެ ހަށިގަނޑުން ބޭރުކުރާނެ އެވެ. 

އަތުގެ އިނގިލިތައް : ތުއްތު ދަރިފުޅުގެ އަތުގެ އިނގިލިތަކުގައި މިހާރު އެތުއްތު ދަރިފުޅަށް ޚާއްޞަ އިނގިލީގެ ނިޝާންތައް އުފެދިފައި ހުންނާނެ އެވެ.

ބޯ : ތުއްތު ދަރިފުޅުގެ ބޯ މިހާރު ހުންނާނީ އެކަށޭނަ ވަރެއްގައެވެ. ބޮލުގެ ސައިޒަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ 3/1 ވަރެވެ.

ތޭރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިއީ މާބަނޑު ދުވަސްވަރު ތިންމަހުގެ އުސޫލުން ބަހާލެވޭ ދުވަސްވަރުގެ ތެރެއިން ފުރަތަމަ 3 މަހުގެ ފަހު ހަފްތާ އެވެ. ތުއްތު ދަރިފުޅުގެ ކުދިކުދި އިނގިލިތަކުގައި އިނގިލީގެ ނިޝާން އުފެދިފައި ހުންނާނެ އެވެ. ހަމުގެ އެތެރެއިން ލޭހޮޅިތަކާއި، ގުނަވަންތައް ފެންނަން ހުންނާނެ އެވެ. ބަނޑުގައިވަނީ އަންހެންކުއްޖެއްނަމަ ބިސް އުފައްދާތަނުގައި 2 މިލިޔަނަށްވުރެ ގިނަ ބިސް ހުންނާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ފެހިތޮޅި އެއް ވަރެވެ. 

ސާދަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 3 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ 1 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ދޯޅަނބެއް ވަރު  

ދަރިފުޅުގެ ސިކުނޑިން ސިގުނަލްތައް ދޫކުރަން ފެށި، މޫނު މަތީގެ މަސްތަކުގެ ހަރަކާތްތައް އައުމުގެ ނަތީޖާއެއްގެ ގޮތުން ހިނިތުންވުން، ބެލުން، އާފުރުން، އިނގިލިބުއިން، ކުޑަކަމުދިއުން، ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރާނެއެވެ. ގުރުދާއިން ކުޑަކަމު ނަޖިސް އުފައްދައި ކުޑަކަމު ނަޖިސް ފެންދުލީގެ ފެނުގެ ތެރެއަށް ބޭރުކުރަމުން ގެންދާނެ އެވެ. އުފަންވަންދެން މިގޮތަށް ގުރުދާއިން ކުޑަކަމު ނަޖިސް އުފައްދައި، ދޫކުރަމުން ގެންދާނެ އެވެ. އަތުން އެއްޗެތީގައި މިހާރު ހިފާނެ އެވެ. މިދުވަސްވަރު ސްކޭން ކޮށްފިނަމަ، ފަހަރުގައި ތުއްތު ދަރިފުޅު އިނގިލި ބޮނިކޮށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. 

ބޮލަށްވުރެ ހަށިގަނޑު ބޮޑުވަމުންދާ މިންވަރު އަވަސްވާނެ އެވެ. މިހަފްތާ ނިމޭއިރު ހަށިގަނޑާއި، އެކަށޭނަ ވަރަކަށް އަތް ހުންނާނީ އުފެދިފައެވެ. ފައި އަދިވެސް އިތުރަށް ދިގުވާން ޖެހޭނެ އެވެ. ތުއްތު ދަރިފުޅުގެ މުޅި ހަށިގަނޑުގައި ތުނިތުނިކޮށް ލޯލި އިސްތަށިތަކެއް ފަޅާނެ އެވެ. މިހަފްތާގެ ތުއްތު ދަރިފުޅުގެ ފުރަމޭ އިން ބައިލް އުފައްދަން ފަށާނެއެވެ. މިއީ ފުރަމޭގެ މަސައްކަތްތައް ރަނގަޅުކަން އަންގައިދޭ ނިޝާނެކެވެ. ލޭގެ ރަތް ސެލްތައް އުފެއްދުމުގައި ހުންކޮށި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އިހުސާސް ނުކުރެވުނު ނަމަވެސް، ތުއްތު ދަރިފުޅުގެ އަތް ފައިގެ ހަރަކާތްތައް ކުރިޔަށްވުރެ އިތުރުވާނެ އެވެ. 

ސާދަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
އަތް : ތުއްތު ދަރިފުޅުގެ އަތް ހުންނާނީ ދިގުވެފައެވެ. މިހަފްތާ ނިމޭއިރު ހަށިގަނޑުގެ އެހެން ބައިތަކެކޭ އެއްފަދައިންއަތް ވެސް ދިގުވާނެ އެވެ. 

މޫނު : ސިކުނޑިން ސިގުނަލްތައް ދޫކުރަން ފެށި، މޫނު މަތީގެ މަސްތަކުގެ ހަރަކާތްތައް އައުމުގެ ނަތީޖާއެއްގެ ގޮތުން ހިނިތުންވުން، ބެލުން، އާފުރުން ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރާނެއެވެ. 

ލޯލި އިސްތަށި : ތުއްތު ދަރިފުޅުގެ މުޅި ހަށިގަނޑުގައި ލޯލި އިސްތަށިތަކެއް ފަޅަން ފަށާނެއެވެ. 

ރަހިމު : ރަހިމުގެ މަތީބައި (ފަންޑަސް) މިހާރު ހުންނާނީ ޅިނދު ކަށިގަނޑަށްވުރެ މައްޗަށްޖެހި، ބަނޑުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެފައެވެ. 

ސާދަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ސިކުނޑިން ސިގްނަލްތައް ދޫކުރަން ފެށުމުން، މޫނު މަތީގެ މަސްތަކުގެ ހަރަކާތްތައް އައުމުގެ ނަތީޖާއެއްގެ ގޮތުން ހިނިތުންވުން، ބެލުން، އާފުރުން ފަދަ ހަރަކާތްތައް ތުއްތު ދަރިފުޅު ކުރާނެއެވެ. ތުއްތު ދަރިފުޅުގެ ގުރުދާ ވެސް މިހާރު މަސައްކަތްކުރާނެ އެވެ. މިދުވަސްވަރު ސްކޭންކުރާއިރު، އިނގިލި ބޯތަން ވެސް ފަހަރުގައި ފެނިދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ދޯޅަނބެއް ވަރެވެ.

ފަނަރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 4 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½2 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : އާފަލެއް ވަރު  

ފެންދުލީގައި ހުންނަ ނޭވާލުމުގެ ތެރެއިން އެތެރެކޮށް، ބޭރުކުރުމުގައި ތުއްތު ދަރިފުޅު އުޅޭނީ ވަރަށް އަވަދިނެތި އެވެ. މިއީ ފުއްޕާމޭގައި ހުންނަ ވައިކޮތަޅުތައް އުފެދި، ފުއްޕާމޭ ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިހާރު ތުއްތު ދަރިފުޅުގެ އަތަށްވުރެ ފައި ދިގުވާނެއެވެ. އަތްފަޔާއި، ހުރިހާ ހުޅުތަކެއް މިހާރު ތުއްތު ދަރިފުޅަށް ހަރަކާތް ކުރެވޭނެ އެވެ. ލޮލުގެ ދެބޮޑި އެއްވެ ބަންދުވެފައި އިނުމުން ލޯ ނުހުޅުވުނަސް، ތުއްތު ދަރިފުޅަށް މިހާރު އަލި އިހުސާސް ކުރެވޭނެ އެވެ. މައިމީހާގެ ބަނޑަށް އައްޔެއް އަޅުވައިފިނަމަ، އެއަލިން އެއްކިބާވުމަށް ތުއްތު ދަރިފުޅު މަސައްކަތްކުރުމަކީ ގާތް ކަމެކެވެ. 

ތުއްތު ދަރިފުޅަށް އަދި އެހާބޮޑަށް ރަހަ އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް ރަހަބުޑު ތައް ދާނީ އުފެދެމުންނެވެ. މިދުވަސްވަރު ސްކޭންކޮށްފިނަމަ، ކުއްޖާގެ ޖިންސު ވަކިކުރަން އެނގޭނެ އެވެ. 

ފަނަރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ފެން ދުއްޔާއި ފެން : ފެންދުލީގައި ހުންނަ ނޭވާލުމުގެ ތެރެއިން އެތެރެކޮށް، ބޭރުކުރުމުގައި ތުއްތު ދަރިފުޅު އުޅޭނީ ވަރަށް އަވަދިނެތި އެވެ. މިއީ ފުއްޕާމޭގައި ހުންނަ ވައިކޮތަޅުތައް އުފެދުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ލޮލުގެ ބޮޑި : ލޮލުގެ ދެބޮޑި އެއްވެ ބަންދުވެފައި އިނުމުން ލޯ ނުހުޅުވުނަސް، ތުއްތު ދަރިފުޅަށް މިހާރު އަލި އިހުސާސް ކުރެވޭނެ އެވެ. މައިމީހާގެ ބަނޑަށް އައްޔެއް އަޅުވައިފިނަމަ، އެއަލިން އެއްކިބާވުމަށް ތުއްތު ދަރިފުޅު މަސައްކަތްކުރުމަކީ ގާތް ކަމެކެވެ. 

ފައި : މިހާރު ތުއްތު ދަރިފުޅުގެ އަތަށްވުރެ ފައި ދިގުވާނެއެވެ. އަތްފަޔާއި، ހުރިހާ ހުޅުތަކެއް މިހާރު ތުއްތު ދަރިފުޅަށް ހަރަކާތް ކުރެވޭނެ އެވެ. 

ފަނަރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ލޮލުގެ ދެބޮޑި އެއްވެ ބަންދުވެފައި އިނުމުން ލޯ ނުހުޅުވުނަސް، ތުއްތު ދަރިފުޅަށް މިހާރު އަލި އިހުސާސް ކުރެވޭނެ އެވެ. މައިމީހާގެ ބަނޑަށް އައްޔެއް އަޅުވައިފިނަމަ، އެއަލިން އެއްކިބާވުމަށް ތުއްތު ދަރިފުޅު މަސައްކަތްކުރުމަކީ ގާތް ކަމެކެވެ. މިހަފްތާގައި ސްކޭންކޮށްފިނަމަ ތުއްތު ދަރިފުޅުގެ ޖިންސް ވަކިކުރަން އެނގިދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް އާފަލެއް ވަރެވެ. 

ސޯޅަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 4 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ 3 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : އެވޮކާޑޯ އެއް ވަރު  

ތުއްތު ދަރިފުޅުގެ ފައި ކުރިޔަށްވުރެ ބޮޑަށް ފުރިހަމަވާނެ އެވެ. ތުއްތު ދަރިފުޅުގެ ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. ލޯ ހުންނާނީ މޫނުގެ މެދާއި ތަންކޮޅެއް ކައިރިވެފައެވެ. ކަންފަތް ވެސް ހުންނާނީ އޭގެ މަގާމާއި، ކައިރިވެފައެވެ. ކަންފަތް އޭގެ އާޚިރު މަގާމާއި ކައިރިއަށް ހުންނާނީ ވާޞިލްވެފައެވެ. ބޮލުގެ ބޯހަން ފަށަލަ އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ފައިގެ އިނގިލިތަކުގައި ނިޔަފަތި ފަޅަން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ހިތުން ދުވާލަކު 23.6 ލިޓަރުގެ ލޭ ޕަމްޕުކުރާނެ އެވެ. މި މިންވަރު ބޮޑުވަމުންދާ ވަރަކަށް އިތުރުވަމުންދާނެ އެވެ.  

ސޯޅަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ލޭހޮޅިތައް : ތުއްތު ދަރިފުޅުގެ ލޭދައުރުކުރާ ނިޒާމް މިހާރު މަސައްކަތްކުރާނެއެވެ. ހިތުން ދުވާލަކު 23.6 ލިޓަރުގެ ލޭ ޕަމްޕުކުރާނެ އެވެ.

ބޯ : ތުއްތު ދަރިފުޅުގެ ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. އިސްތަށި ނުފެޅި ނަމަވެސް ބޮލުގެ ބޯހަން ފަށަލަ އުފެދެން ފަށާނެއެވެ.

ފައިގެ އިނގިލިތައް : ތުއްތު ދަރިފުޅުގެ ފައިގެ އިނގިލިތަކުގައި ނިޔަފަތި ފަޅަން ފަށާނެއެވެ. 

ސޯޅަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބޮލުގައި އިސްތަށި ނުފެޅިނަމަވެސް ބޮލުގެ ހަން އިންނާނީ އުފެދެން ފަށާފައެވެ. ފައި ކުރިޔަށްވުރެ ބޮޑުވާނެއެވެ. ބޯ އިންނާނީ ކުރިޔަށްވުރެ ސީދަލަށެވެ. ކަންފަތް ހުންނާނީ އަސްލު ހުންނަންޖެހޭ ތަނާއި، ވަރަށް ކައިރިވެފައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް އެވޮކާޑޯ އެއް ވަރެވެ. 

މައުލޫމާތު :



No comments:

Post a Comment