Friday, September 16, 2011

ކުރުނބާ

ކުރުނބާ
ކުރުނބާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ފެނެއް އެކުލެވޭ އެއްޗެކެވެ. ކުރުބާ ފެނަކީ ފަނިގިރައިންނާއި، ފަނި ނުގިރައި ވެސް ބޭނުންކުރަން ވަރަށް މީރު އެއްޗެކެވެ. ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދު ދެއްވާ އެންމެ މުހިއްމު އެއް ބުއިމަކީ ވެސް ކުރުނބާ ފެނެވެ. ހޮނޑާއި، ބޭރަށްހިންގުމުގެ ސަބަބުން ގިނަ ފަހަރު ހަށިގަނޑުން މަދުވެގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވައި ދިނުމުގައި ކުރުނބާ ފެން މުހިއްމު ރޯލެއް ކުޅޭކަމަށް ބެލެވެއެވެ. މިއީ ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ އެންމެންގެ މެދުގައި މަޝްހޫރު އެއްޗެކެވެ. 
ދިވެހި ނަން : ކުރުނބާ
އިގިރޭސި ނަން : Tender Coconut
ޢިލްމީ ނަން : Cocos Nucifera
ކުރުނބާ ފެނުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
19 ކިލޯކެލަރީ
ސޯޑިއަމް
105 މިލިގްރާމް
ކާބޯހައިޑްރޭޓް
3.71 ގްރާމް
ޕޮޓޭސިއަމް
250 މިލިގްރާމް
ޕްރޮޓީން
0.72 ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
24 މިލިގްރާމް
ފައިބަރު
1.1 ގްރާމް
ކޮޕަރ
40 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.29 މިލިގްރާމް
ފޮލިކް އެސިޑް
3 މައިކްރޯ ގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ނިއެސިން
0.080 މިލިގްރާމް
މެންގަނީޒް
0.142 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.043 މިލިގްރާމް
ފޮސްފަރަސް
-           -
ޕައިރިޑޮކްސިން
0.032 މިލިގްރާމް
ސިލެނިއަމް
-           -
ރައިބޯފްލެވިން
0.057 މިލިގްރާމް
ޒިންކް
0.10 މިލިގްރާމް
ތިއެމިން
0.030 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ

ގިބާރލިން
ހުރޭ
ވިޓަމިން ސީ
2.4 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ

ސައިޓޯކައިން
ހުރޭ
ވިޓަމިން ކޭ

ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


ލިއުކޯއެންތޯސިއެނިން
ހުރޭ



ކުރުނބާ ފެނުން ލިބޭ ޞިއްޙީ ފައިދާތައް
·         ކުރުނބާ ފެނަކީ ގާތުންދޭ ކުދިންނަށް މައިދާގެ މައްސަލަތައް ދިމާވުމުން ދޭން ރަގަޅު ބުއިމެކެވެ.
·         އޯރަލް ރިހައިޑްރޭޝަން މީޑިއަމް އެކެވެ.
·         ކުއްޖާ ހެދިބޮޑުވުމަށް ބާރުއަޅާ އޯގެނިކް ކަމްޕައުންޑް ތައް ހުރެއެވެ.
·     ހަށިގަނޑުގައި ކުރުނބާ ފެން އުގުޅުމުން ހޫނުމިން ދަށްވެ، ހޫނަށް ނަގާ މުލިހި ފަދަ ތަކެތި ނެގުން ހުއްޓެއެވެ. އަދި ފާނަބަސަނދު، ކަށިވިދުރި، ހިމަބިހީގައި ނަގާ ބިހިތައް ތިރިވެ ފަސޭހަވުމަށް އެހީތެރި ވެއެވެ. އަދި ހަށިގަނޑުގެ ފިނިކަންމަތީ ބަހައްޓައިދެއެވެ. އަދި ހަށިގަނޑުގައި ފެނުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
·         ކުރުނބާ ފެނުގައި ލޮނު އަދި އަލްބުމިން ހުރުމަކީ ކޮލެރާ ބޭރަށްހިންގުމުގައި އެބޭނުންކުރުން މުހިއްމުވާ ސަބަބެކެވެ.
·         އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުންނަށް ރަގަޅު ޓޮނިކް އެކެވެ.
·         ކުޑަކަމުދާ ނިޒާމް : ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅާ އެއްޗެކެވެ. އެހެންކަމުން ގުރުދާގެ ހިލަ އާއި، ކުޑަކަމުދާ ނިޒާމްގައި އުފެދޭ ހިލަތަކަށް ފަރުވާކުރުމަށް ބޭނުން ކުރެވެއެވެ. ޔުރިނަރީ އެންޓި ސެޕްޓިކް އެކެވެ. އަދި މައުދަންތަކަށް ވިހަވުމުން ވިހަ ބޭރުކުރުމުގައި އެހީތެރިވެދެއެވެ.
·         އިމަޖެންސީ ހާލަތްތަކުގައި މިސާލަކަށް ކޮލެރާ ނުވަތަ ޑިސެންޓްރީ ފަދަ ބޭރަށްހިންގުމުގެ ވައްތަރުތަކުގައި އައިވީކޮށް ހަށިގަނޑަށް ކުރުނބާފެން އިންޖެކްޓް ކުރެވިދާނެ އެވެ.
·         ބޭސްތައް ހަށިގަނޑަށް ނެގުމަށް އެހީތެރި ވެދެއެވެ.
·         ކާނާ ގޯސްވުމުގެ ސަބަބުން ހިކިވެ އަނަރޫފަވެފައިވާ ކުދިންނަށް ދޭން ރަގަޅު ބުއިމެކެވެ.
·         މަނީގެ މިންވަރު އިތުރުކޮށް ދެއެވެ.
·         އަރިދަފުސް ރޯގާ، ހާރޕީޒް، އޭޑްސް ބަލީގެ ވައިރަސްއާއި ހަށިގަނޑު ހަނގުރާމަކުރުމަށް އެހީތެރިވެދެއެވެ.
·         ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރި ވެދެއެވެ.
·         ކަށި ފީވުމުން ދުރުކޮށް ދެއެވެ.
·         ގޮހޮރުގެ ހަރަކާތް ރަގަޅުކޮށް ދެއެވެ.
·         ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ފުރިހަމަކޮށް ދެއެވެ.
·         ކެންސަރަށް ފަރުވާކުރުމަށް ބޭނުންކޮށް އުޅެއެވެ.
·         ހަޖަމުކުރުން ރަގަޅުކޮށް ދެއެވެ.
·         ގިއާރޑިއާ ލެމްބްލިއާ ކިޔާ ޕެރަސައިޓް މަރާލުމަށް އެހީތެރިވެދެއެވެ.
·         ހަށިގަނޑަށް ހަކަތައާއި ބާރު ފޯރުކޮށް ދެއެވެ.
·         ޗިސްމޭ އަށް ކުރިމަތިވާ ފިއްތުންތައް ކުޑަކޮށް ދެއެވެ.
·         ފިތުގެ ބަލިތަކުގައި އެހީތެރިކަން ފޯރުކޮށް ދެއެވެ.
·         ފަންގަސް އިންފެކްޝަންތަކުން މިންޖުވުމަށް ބާރުއަޅައެވެ.
·         ފަންގަސްގެ ވައްތަރެއް ކަމުގައިވާ މައިކޯޕްލާޒްމާ ބޮޑުވުން ހުއްޓުވައެވެ.
·         ހަމުގެ މައްސަލައެއް ކަމުގައިވާ އެކްޒީމާ އެއްކޮށް ފިލުވާލުމަށް އެހީތެރިވެދެއެވެ.
·         ހަންގަނޑު މަޑުކޮށް އޮމާންކޮށް އޮތުމަށް އެހީތެރިވެދެއެވެ.
·         ކުރުނބާ ފެނުގައި ހިމެނޭ ބައިތައް : -
o       ހަކުރު : ކުރުނބާ ފެނުގައި ހިމެނޭ ހަކުރުގެ އެންމެ އަސާސީ ދެބަޔަކީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ގޮބޮޅި ކިހާކަށްވެ، ކުރުނބާއަަކަށް ބަދަލުވާން ފަށާއިރު ގިނައިން ހުންނަނީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ނަމަވެސް ރަގަޅަށް ފައްކާވެ، ކާއްޓަކަށްވާއިރު، ކާށީގައި ހިމެނޭ ހަކުރުގެ 90 އިންސައްތަ އަކީ ސުކްރޯޒް އެވެ.
o       މައުދަން : ކުރުނބާ ފެނުގައި ވަރަށްގިނަ މަޢުދަންތައް ހުރެއެވެ. އޭގެ ތެރޭގައި، ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، ކޮޕަރ، ސަލްފަރ އަދި ކްލޮރައިޑް ހިމެނެއެވެ. ކުރުނބާގައި ހިމެނޭ މައުދަންތަކުގެ ތެރެއިން ½ އަށްވުރެ ގިނައިން ހުންނަނީ ޕޮޓޭސިއަމް އެވެ. މައުދަންތައް ހުރުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރެވޭ މިންވަރު ކުރުނބާ ފެން ބޭނުން ކުރުމުން އިތުރުވެއެވެ.
o       ޕްރޮޓީން : ކުރުނބާ ފެނުގައި ކުޑަ މިންވަރަކަށް ޕްރޮޓީން ހުރެއެވެ. ކުރުނބާ ފެނުގައި ޕްރޮޓީންގެ ތެރޭގައި ހިމެނޭ އެމިނޯއެސިޑްގެ ގޮތުގައި ބެލެވޭ އާރޖިނިން، ސިސްޓިން، އެލެނިން، ސިރީން، އެކުލެވޭ މިންވަރު ގެރީގެ ކިރުގައި އެކުލެވޭ މިންވަރަށްވުރެ މައްޗެވެ.
o       ވިޓަމިން : ވިޓަމިން ސީ އާއި ވިޓަމިން ބީގެ ބާވަތްތައް ކުރުނބާ ފެނުގައި ހުރެއެވެ. ކުރުނބާ ފެނުގެ ކޮންމެ މިލިލީޓަރެއްގައި، 3.7-2.2 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ. އަދި މިމިންވަރު ކުރުނބާ ހަރުވެ ކާއްޓަށް ވަމުންދާ ވަރަކަށް މަދުވާނެ އެވެ.

·         ކުރުބާ ފެނަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. ތަފާތު އެތައް ބޭނުންތެރި މާއްދާ އަކުން މުއްސަދިވެފައިވާ މިބުއިމަކީ ފެޓް މަދު އަދި ކޮލެސްޓީރޯލް އެކުނުލެވޭ ބުއިމެކެވެ. އޮރެންޖް ޖޫހަށްވުރެ ކުރުބާ ފެނުގެ ފައިދާ އިތުރު ކަމުގައި ބުނެވެއެވެ. ކުރުބާ ފެނުގައި މައިމީހާގެ ގާތުން ދޭ ކިރުގައި ވެސް އެކުލެވޭ މާއްދާއެއް ކަމުގައިވާ ''ލައުރިކް އެސިޑް'' ހުރެއެވެ. މިއީ ފަންގަސް، ބެކްޓީރިއާ އަދި ވައިރަސް ފަދަ ޖަރާސީމްތައް މަރާލުމުގެ ގާބިލިއްޔަތު ލިބިފައިވާ އެސިޑެކެވެ.
·         ފެކްޓްރީ ތަކުގައި އުފައްދާފައި ހުންނަ ތަފާތު ބުއިންތަކާއި ޚިލާފަށް ކުރުބާ ފެނުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. މިއީ ކްލޮރައިޑް ގިނަ އަދި ސޯޑިއަމް މަދު ފެނެކެވެ. މިއީ ތަފާތު މައުދަންތައް ނުވަތަ އިލެކްޓްރޯލައިޓް ތައް އެންމެ ގިނަ އެއްބުއިމެވެ. އެހެން ކަމުން ބޭރަށް ހިންގުން ފަދަ ކަންތައް ކުރިމަތިވުމުން ބޯން އެންމެ އެކަށޭނަ އެއްބުއިމަކީ ކުރުބާ ފެނެވެ.
·         ކުރުބާއިން ލިބޭ އެހެން ފައިދާ ތަކަށް ބަލާއިރު، ހިތުގެ ބަލިތަކުން ދުރުކޮށް، ކޮލެސްޓީރޯލްގެ މިންވަރު ދަށް ކޮށްދެއެވެ. ހަކުރުބައްޔާއި، ގޮހޮރާއި މައިދާގެ ބައެއް މައްސަލަ ތައް ކުރިމަތިވެފައިވާ މީހުންގެ ޞިއްޙީ ހާލަތު ދުޅަހެޔޮކުރުމުގައި އެހީތެރިވެދެއެވެ. އަދި ހަށިގަނޑަށް ހަކަތަ އާއި ބާރު ފުރިހަމައަށް ލިއްބައިދެއެވެ.

މައުލޫމާތު:

No comments:

Post a Comment