Saturday, January 4, 2014

ފިޔާ

ފިޔާ
ފިޔާ އަކީ ދިވެހިންގެ  ކެއުމުގައި ބޭނުންކުރާ  ބާވަތެކެވެ.
ދިވެހި ނަން : ފިޔާ
އިގިރޭސި ނަން : onion
ޢިލްމީ ނަން : Allium cepa
ފިޔާގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
40 ކިލޯކެލަރީ
ސޯޑިއަމް
4 މިލިގްރާމް
ކާބޯހައިޑްރޭޓް
9.34 ގްރާމް
ޕޮޓޭސިއަމް
146 މިލިގްރާމް
ޕްރޮޓީން
1.10  ގްރާމް
މަޢުދަންތައް
ފެޓް
0.10 ގްރާމް
ކެލްސިއަމް
23 މިލިގްރާމް
ފައިބަރު
1.7 ގްރާމް
ކޮޕަރ
0.039މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.021 މިލިގްރާމް
ފޮލިކް އެސިޑް
19 މައިކްރޯ ގްރާމް
މެގްނީޒިއަމް
10 މިލިގްރާމް
ނިއެސިން
0.116 މިލިގްރާމް
މެންގަނީޒް
0.129 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.123 މިލިގްރާމް
ފޮސްފަރަސް
-     29 މިލިގްރާމް
ޕައިރިޑޮކްސިން
0.120 މިލިގްރާމް
ސިލެނިއަމް
12 -
ރައިބޯފްލެވިން
0.027 މިލިގްރާމް
ޒިންކް
0.17 މިލިގްރާމް
ތިއެމިން
0.046 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
21 އައިޔޫ
ކެރޮޓީން އަލްފާ
3427މައިކްރޯ ގްރާމް
ވިޓަމިން ސީ
7.4 މިލިގްރާމް
ކެރޮޓީން ބީޓާ
1 މައިކްރޯ ގްރާމް
ވިޓަމިން އީ
0.02 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
ލުޓީން-ޒިއެޒެންތިން
4 މައިކްރޯ ގްރާމް
























ފިޔާ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(1) - ކުވަރސިޓިން އިން މުއްސަދި ބާވަތަކަށްވުން
ފިޔައަކީ "ކުވަރސިޓިން" އިން މުއްސަދި ބާވަތެކެވެ. ކުވަރސިޓިން އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. ކުވަރސިޓިން އަކީ ލޭދިޔާކޮށްދީ، ލޭގެ ސަރުބީދަށްކޮށްދީ، ލޭގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދީ، ގަނޑުލޭކޮޅު އުފެދުން ކުޑަކޮށްދީ، ނޭވާހިއްލުމާއި، ނޭވާލާނިޒާމުގެ އުދަނގޫތައް ލުއިކޮށްދީ، ހަކުރު ބަލީގެ އުދަނގޫތައް ލުއިކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން މިމާއްދާގެ ސަބަބުން ބަނޑުގައި ކެންސަރު އުފެދުން ކުޑަކޮށްދޭ ކަމަށް ވެއެވެ.


ކުވަރސިޓިން އަކީ ދުޅަތިރިކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދީ، ވައިރަސް އަދި ބެކްޓީރިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި ފިޔާގެ ބޭރު ފަށަލަ އަކީ ކުވަރސިޓިން އިން އެންމެ މުއްސަދި އެއް ތަނެވެ.

(2) - ހަށިގަނޑުން ވިހަތައް ބޭރުކޮށް ސާފުކުރުން
ފިޔާގައި އެމިނޯއެސިޑްގެ ގޮތުގައި ބެލެވޭ "މެތައިއަނީން" ، އަދި "ސިސްޓީން" ހުރެއެވެ. މިއީ ތަފާތު ވިހަތަކުން ހަށިގަނޑު ސާފުކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މިއީ "ދިރޭ ރަހަ"، "ތިމަރަ"، އަދި "ކެޑްމިއަމް" އާއި ތަތްވެ، އެކެމިކަލް ތައް ހަށިގަނޑުން ބޭރުކޮށްލުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
ފިޔާގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ވެސް ހަށިގަނޑުން ވިހަތައް ސާފުކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. އެގޮތުން "ތިމަރަ"، "ވިހާރަކަ" ، އަދި "ކެޑްމިއަމް" ފަދަ ކެމިކަލްތައް ހަށިގަނޑުން ބޭރުކުރުމުގައި ވިޓަމިން ސީ ގެ ދައުރެއް ވެއެވެ. އެހެންކަމުން ގަވާއިދުން ފިޔާ ބޭނުންކުރާނަމަ މިފަދަ ވިހަ ކެމިކަލްތައް ހަށިގަނޑުން ބޭރުކުރުން ފަސޭހަވެގެންދާނެ އެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން
ފިޔާ ރޯކޮށްނާއި ކައްކައިގެން ބޭނުންކުރުމަކީ ލޭގައި ގަނޑުލޭކޮޅު އުފެދުމަށް ހުރަސްއަޅާނެ ކަމެކެވެ. ބައެއް ހިތުގެ ޑޮކްޓަރުން ހިތުގެ ބަލީގެ މީހުންނަށް ގަވާއިދުން ފިޔާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. ފިޔާ ބޭނުންކުރުމަކީ ލޭގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދީ، ލޭދިޔާކޮށްދީ، ގަނޑުލޭކޮޅު އުފެދުން ކުޑަކޮށްދީ، ލޭގެ ސަރުބީ ދަށްކޮށްދީ، އަދި ލޭގެ ޕްރެޝަރު ދަށްކޮށްދޭނެ ކަމެކެވެ.

(3) - ކެންސަރުން ރައްކާތެރިކޮށްދިނުން
ފިޔާ ބޭނުންކުރުމަކީ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ފިޔާގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކަކީ ފްރީރެޑިކަލް ތަކުގެ ސަބަބުން ސެލްތަކުގައި ހިމެނޭ ޑީއެންއޭ އަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ޖަނަވާރު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އެނގިފައިވާގޮތުގައި ފިޔާ، ލޮނުމެދު، ލީކްސް ފަދަ ބާވަތްތަކުގައި ހިމެނޭ "އޯގެނޯސަލްފަރ ކަމްޕައުންޑް" ތަކަކީ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ފިޔާ ބޭނުންކުރުމަކީ ބޮލާއި، ކަދުރާ، ބަނޑު، އަދި ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ބުނެވެއެވެ.
ފިޔާގައި ހިމެނޭ "ފްރަކްޓޯ-އޮލިގަސެކަރައިޑް" އަކީ ބޮޑު ގޮހޮރުގެ ތެރޭގައި ހަށިގަނޑަށް ފައިދާކުރުވަނިވި ބެކްޓީރިޔާތައް އުފެދިބޮޑުވުން އިތުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ ބޮޑު ގޮހޮރުގެ ތެރޭގައި ޓިއުމަރު އުފެދުން ކުޑަކޮށްދޭނެ މާއްދާ ތަކެކެވެ.

(4) - އެހެނިހެން ބައެއް ފައިދާތައް
(ހ) - ހަކުރު ބަލި ކޮންޓްރޯލްކުރުން : ފިޔާގައި ކްރޯމިއަމް ގިނަ އަދަދަކަށް ހުރެއެވެ. ކްރޯމިއަމް އަކީ ލޭގައި ހަކުރު ގެ މިންވަރު ކޮންޓްރޯލް ގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

(ށ) - ލޭމަދުވުން ހުއްޓުވުން : ފިޔާގައި ގިނަ އަދަދަކަށް ދަގަނޑު ހުރުމަކީ ލޭމަދު މީހުންނަށް ފިޔާ ބޭނުންކުރުމުން މަންފާވާނެ ކަމެކެވެ.

(ނ) - ލޭގަނޑުވުން ހުއްޓުވުން : މެދު ސައިޒުގެ ރޯފިޔާ ފަޅިއެއް ދުވާލަކު ބޭނުންކުރާނަމަ ލޭގެ ސަރުބީގެ މިންވަރު ދަށްވެ، ހާރޓް އެޓޭކް ޖެހުމުން ދުރުކޮށްދެއެވެ.

(ރ) - އިންފެކްޝަންތަކުން ދުރުކުރުވުން : ފިޔާ ބޭނުންކުރުމަކީ ތަފާތު އިންފެކްޝަންތަކާ ދުރުކޮށްދޭނެ ކަމެކެވެ. އެގޮތުން ބެކްޓީރިޔާ އިން ޖެހޭ އީކޮލައި އިންފެކްޝަން، ސެލްމަނެލޯސިސް، ކެއްސުން ބަލި، ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން ފަދަ އިންފެކްޝަންތަކާ ދުރުކޮށްދެއެވެ.

(ބ) - ލޭގެ ޕްރެޝަރު ދަށްކޮށްދިނުން : ފިޔާ ބޭނުންކުރުމަކީ ލޭދިޔާކޮށްދީ، ލޭގައި އުފެދޭ ގަނޑުލޭކޮޅު ވިރުވައިދީ، ލެއިން ނުރަގަޅު ސަރުބީ ހުސްކޮށްދޭނެ ކަމެކެވެ. މިކަންކަމަކީ ލޭގެ ޕްރެޝަރު މަތިވުން ކުޑަކޮށްދޭނެ ކަންކަމެވެ.

(ޅ) - ލޭގެ ސަރުބީ ދަށްކޮށްދިނުން : މެދު ސައިޒުގެ ރޯފިޔާ ފަޅިއެއް ދުވާލަކު ބޭނުންކުރާނަމަ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ދަށްކޮށް، ލޭގެ ސަރުބީގެ މިންވަރު ދަށްވެ، ހާރޓް އެޓޭކް ޖެހުމުން ދުރުކޮށްދެއެވެ.

(ކ) - އިސްތަށިފޭބުން ކުޑަކޮށްދިނުން : 2 މަސް ދުވަސް ވަންދެން ހަފްތާއަކު 2 ފަހަރު ބޮލުގައި ފިޔާ ޖޫސް އުގުޅުމަކީ ބޮލުން އިސްތަށިފަޅާނެ ކަމެއްކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.

(އ) – ކަށިފީވުމުގެ އުދަނގޫތައް ލުއިކޮށްދިނުން : ފިޔައިން ވަރަށް ފަހުން ހޯދުނު މާއްދާއެއްގެ ސަބަބުން ކަށިތައް ބައިބައިކޮށް ހަލާކުކުރުން ފިޔާ ބޭނުންކުރުމުން ކުޑަކޮށްދީފާނެ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. މިސަބަބާހެދި އިއްދައިން ކެނޑިފައިތިބޭ އަންހެނުންނަށް ފިޔައަކީ ބޭނުންތެރި އެއްޗަކަށްވަނީ ވެފައެވެ.

(ވ) - އަރިދަފުސް ރޯގާގެ އުދަނގޫތައް ލުއިކޮށްދިނުން : ފިޔާ ޖޫހާއި، މާމުއި އެއްކޮށްގެން ދުވާލަކު 4-3 ސަމުސާ ބުއިމަކީ ފުއްޕާމޭގައި ހުންނަ ދަވަތައް ވިރުވައި، ދިޔާކޮށް، ފަސޭހައިން ބޭރުކޮށްދޭނެ ކަމެކެވެ. އަދި އިތުރަށް ދަވައުފެދުން ކުޑަކޮށްދީ، އަރިދަފުސް ރޯގާގެ އުދަނގޫ ލުއިކޮށްދޭނެ ކަމެކެވެ.

(މ) - ޖިންސީބާރު ވަރުގަދަކޮށްދިނުން : ފިޔަ އަކީ ޖިންސީ ބާރު ވަރުގަދަކޮށްދޭ އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

(ފ) - ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ އުދަނގޫތައް ލުއިކޮށްދިނުން : ހޫނު ފެނަށް ފިޔާ އަޅައިގެން ރަގަޅަށް ކެއްކުމަށްފަހު އެފެން ފުރާނައިގެން ބުއިމަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުން ކުޑަކަމުދާއިރު އުފެދޭ ދިލައާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.
(ދ) އިތުރު ބައެއް ފައިދާތައް
·         ތަފާތު އިންފެކްޝަން ތަކުން ރައްކާތެރިވުމަށް އެހީތެރިވުން
·         ސަލްފަރ، ޕޮޓޭސިއަމް، ފައިބަރު ، ވިޓަމިން ބީ އަދި ވިޓަމިން ސީ އިން މުއްސަދިވުން
·         ސަރުބީ، ތެޔޮ، އަދި ލޮނު (ސޯޑިއަމް) މަދުން ހުރުން
·         ހުމާއި އަރިދަފުސް ރޯގާ، ކަރުތެރެ ހަލާކުވުން އަދި އެލާރޖީގެ އުދަނގޫތަކަށް ލުއިކަން ގެނެސްދިނުން
·         ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔަތައް ބޭރުކޮށްދިނުން އިތުރުކޮށްގެން ހަޖަމު ރަގަޅުކުރުވުން
·         ކަށިފީވުމާއި، ލޭހޮޅިތައް ހަރުއެރުމުން ރައްކާތެރިކޮށްދިނުން
·         ހަށިގަނޑުގައި އިންސިއުލިން އިތުރުކޮށް، ހަކުރު ކޮންޓްރޯލްގައި ބެހެއްޓުމަށް އެހީތެރިވެދިނުން
·         ރާއްޖެބައްޔާއި އެހެނިހެން ހުޅުދުޅަވުމުގެ ވައްތަރުތަކަށް ލުއިކަން ގެނެސްދިނުން
·         ދަތްފަނިކެއުމާއި ދަތުގައި ރިހުން ކުޑަކުރުމަށް އެހީތެރިވެދިނުން
·         ހަދާން ވަރުގަދަކުރުމަށް އެހީތެރިވެދިނުން
·         މައްސަރު ކަންތަކުގެ އުދަނގޫތަކަށް ލުއިކަން ގެނެސްދިނުން
·         އިސްތަށި ފޭބުން ކުޑަކޮށްދިނުނ
މައުލޫމާތު :


No comments:

Post a Comment