Monday, December 23, 2013

ކުދީނާ ފަތް

ކުދީނާފަތް
ކުދީނާ ފަތަކީ ޒަވިވަހެއް ދުވާ އާވިރަހައެއްލާ ފެހިކުލަ ގަދަ ފަތެކެވެ. ހަވާދާއި، ސަޓަނި ހެދުމަށާއި، ބޭހަށް ވެސް މިފަތް ބޭނުންކޮށް އުޅެއެވެ. ކުދީނާ ފަތުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ކުދީނާ ފަތް
ކުދީނާ ފަތުގެ ކޮންމެ 100 ގުރާމުގައި
އިގިރޭސި ނަން :
peppermint
spearmint
ޢިލްމީ ނަން :
Mentha peperita
Mentha spicata
ހަކަތަ
70 ކިލޯކެލަރީ
44 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
14.79 ގްރާމް
8.41 ގްރާމް
ޕްރޮޓީން
3.75  ގްރާމް
3.28  ގްރާމް
ފެޓް
0.94 ގްރާމް
0.73 ގްރާމް
ފައިބަރު
8 ގްރާމް
6.8 ގްރާމް
ފޮލިކް އެސިޑް
114 މައިކްރޯ ގްރާމް
105 މައިކްރޯ ގްރާމް
ނިއެސިން
1.706 މިލިގްރާމް
0.948 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.338 މިލިގްރާމް
-
ޕައިރިޑޮކްސިން
0.129 މިލިގްރާމް
0.158 މިލިގްރާމް
ރައިބޯފްލެވިން
0.266 މިލިގްރާމް
0.175 މިލިގްރާމް
ތިއެމިން
0.082 މިލިގްރާމް
 -
ވިޓަމިން އޭ
4248 އައިޔޫ
4054 އައިޔޫ
ވިޓަމިން ސީ
31.8 މިލިގްރާމް
13.3 މިލިގްރާމް
ސޯޑިއަމް
31 މިލިގްރާމް
30 މިލިގްރާމް
ޕޮޓޭސިއަމް
569 މިލިގްރާމް
458 މިލިގްރާމް
ކެލްސިއަމް
243 މިލިގްރާމް
199 މިލިގްރާމް
ކޮޕަރ
329 މައިކްރޯ ގްރާމް
0.240 މިލިގްރާމް
ދަނގަޑު
5.08 މިލިގްރާމް
5.08 މިލިގްރާމް
މެގްނީޒިއަމް
80 މިލިގްރާމް
80 މިލިގްރާމް
މެންގަނީޒް
1.176 މިލިގްރާމް
1.176 މިލިގްރާމް
ޒިންކު
1.11 މިލިގްރާމް
1.11 މިލިގްރާމް

ކުދީނާ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހަޖަމުކުރުން : ކުދީނާ ފަތަކީ ކާހިތްޖައްސުވާ އެއްޗެކެވެ. މިއީ އަނގަތެރެ ސާފުކޮށްދޭ އެއްޗެއް ވެސް މެއެވެ. ކުދީނާ ފަތް ބޭނުންކުރުމަކީ ހަޖަމު ރަގަޅުކޮށްދޭނެ ކަމެކެވެ. ހަޖަމުގޯސްވުމާއި، ބަނޑުގައި އިންފެކްޝަން ހުންނަ ހާލަތްތަކުގައި ބަނޑު ރަގަޅުކޮށްދޭ އެއްޗަކަށް ވެސް ކުދީނާ ފަތް ވެއެވެ. ކުދީނާ ފަތުގެ ވަހުގެ ސަބަބުން ކުޅުދިޔާވާގޮތް ވެއެވެ. އަދި ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް ދޫކުރަން ފަށައެވެ. މިދެކަމަކީ ވެސް ހަޖަމުވުމަށް އެހީތެރިވެދޭ ނުވަތަ މަގުފަހިކޮށްދޭ ދެކަމެވެ. އެހެންކަމުން ހުޅަގުގެ ވަރަށް ގިނަ ގައުމުތަކުގައި ކާން ފެށުމުގެ ކުރިން ކުދީނާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ކުދީނާފަތް ބޭނުންކުރުމަކީ ބަނޑުގައި ރިހުމާއި ބަނޑުގައި އުފެދޭ އެކިއެކި މައްސަލަތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި "އިރިޓަބަލް ބަވަލް ސިންޑްރޯމް" ހުންނަ މީހުންނަށް ކުރިމަތިވާ ބަނޑުގައި ރިހުން ކުދީނާފަތް ބޭނުންކުރުމުން ލުއިވެގެން ދެއެވެ.
ބަނޑަށް އުދަނގޫވާނަމަ ކުދީނާ ސައިފަތް ތައްޓެއް ބޭނުންކުރުމުން ލުއިކަން ލިބެއެވެ. ދަތުރުކުރާއިރު ކުރިމަތިވާ ބޯއެނބުރުމާއި މޭނުބައިކުރުމުން މިންޖުވުމަށް ކުދީނާ ފަތުން ތައްޔާރުކުރާ "މެންތޯލް" ތެޔޮ ބޭނުންކުރެވިދާނެ އެވެ.

(ށ) - ލޭގެ ޕްރެޝަރު ދަށްކޮށްދިނުން : ކުދީނާ ފަތުގައި ހިމެނޭ ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ވިންދު ތަރުތީބުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

(ނ) - ނޭވާލާ ނިޒާމްގެ އުދަނގޫތައް : ކުދީނާ ފަތުގެ ވަސް ބެލުމަކީ ނޭފަތް، އަނގަ، ކަރުތެރެ، ވައިނޮޅި އަދި ފުއްޕާމޭގެ ތެރޭގައި އުފެދޭ ދަވައާއި ދުޅަ ތިރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މާނައަކީ ނޭވާހިއްލުމާއި އަރިދަފުސް ރޯގާ ގެ އުދަނގޫތަކަށް ލުއިކަން ގެނެސްދިނުމެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތަކާއި ގުޅިގެން ނޭވާލާ ނިޒާމްގެ ބައިތަކުގައި އުފެދޭ ހިރުވުމާއި، އުދަނގޫތައް ކުޑަކޮށްދީ، ލުއިކުރުމަށް ކުދީނާ ބޭނުންކޮށްގެން ހަދާފައި ހުންނަ ބާމުއި ފަދަ އުފެއްދުންތައް ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ހޫނު ފެނަށް ދެތިން ކުދީނާ ފަތް ލުމަށްފަހު އާވިއެރުވުމުން ވެސް ނޭވާލާ ނިޒާމްގެ މިފަދަ އުދަނގޫތަކަށް ލުއިކަން ގެނެސްދެއެވެ.

ނޭވާހިއްލުން ހުންނަ މީހުން ގަވާއިދުން ކުދީނާ ފަތް ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. އެއީ ނޭވާލާ ނިޒާމްގެ ބައިތަކުގައި އުފެދޭ ދުޅަ ތިރިކޮށްދީ ހަމައަކަށް އަޅުވައިދޭނެ އެއްޗެކެވެ. ނަމަވެސް މިނިޔަތުގައި މާގިނައިން ކުދީނާ ބޭނުންކުރުމުން ބައެއް ފަހަރު އުދަނގޫތައް ކުރިމަތިވެދާނެކަން ވިސްނުމުގައި ބަހައްޓަން ޖެހެއެވެ.

(ރ) - މާޔޫސްވުމާއި ވަރުބަލިވެ ވާޅުވުން : ވަރުބަލިވުމާއި، މާޔޫސްވުމާއި، ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިލުވާލުމަށް ކުދީނާ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތެލަކީ ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. އެގޮތުން ބުއިމަށާއި، އާވިއެރުވުމުގައި، އަދި ނިއްކުރިމަތީގައި ނުވަތަ ގައިގައި އުގުޅައިގެން ވެސް އެފަދަ ތެޔޮ ބޭނުންކުރެވިދާނެ އެވެ. ނިދުމުގެ ކުރިން ބާލީސް މައްޗަށް އެފަދަ ތެޔޮ ބުރުއްސާލުމަކީ ވެސް ފައިދާހުރި ގޮތެކެވެ.

(ބ) - ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކުދީނާ ފަތަކީ އޮށާޅައަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ ފަތެކެވެ. ކުދީނާ ފަތަކީ ހަމުގެ ބަލިތައް ރަގަޅުކޮށްދީ، ހަން އޮމާންކޮށްދީ، ހިރުވުމާއި ކެހުން ކުޑަކޮށްދީ، ހަމުގައި އޮށާޅައާއި ބިހި ނެގުން ކުޑަކޮށްދޭ އެއްޗެކެވެ. ކުދީނާ ފަތުގައި ހިރުވުމާއި ކެހުން ކަނޑުވާލުމުގެ ބާރު އެކުލެވޭތީ މިއީ މަދިރި ހެފުން، ކުޅަދުރު ކަށިޖެހުން، ހާސްފަކަށިޖެހުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ބާވަތެކެވެ.

ކުދީނާ ތެލަކީ ޖަރާސީމު ފިލުވާލަދޭ، އަދި ހިރުވުމާއި ކެހުން ކުޑަކޮށްދޭ ބާވަތެކެވެ. ކުދީނާ ޖޫހަކީ ހަން ސާފުކޮށްދޭ އެއްޗެކެވެ. ވަރަށް ގިނަ ފަނިފަކުސަ އާއި ދިރޭތަކެތި އިންސާނުންގެ ގައިގައި ޖެއްސިޔަ ނުދިނުމަށް އުފައްދާފައި ހުންނަ ލޯޝަން، ކްރީމް ފަދަ ތަކެތީގައި ވެސް ކުދީނާ ހިމަނާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.


(ޅ) – ހަދާން ވަރުގަދަކުރުން : ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ކުދީނާ ފަތް ބޭނުންކުރުމަކީ މީހާ ހޭލައްވާލާ، ކަންކަމަށްދޭ ސަމާލުކަން އިތުރުކުރުވާ ކަމެކެވެ.  ހަމައެކަނި ކުދީނާ ފަތުގެ ވަސް ބަލާލުމަކީ ވެސް ވިސްނުމުގެ ބާރު އިތުރުކޮށްދޭ ކަމެކެވެ. ބެލެވިފައިވާ ގޮތުގައި ކުދީނާ ބޭނުންކޮށްގެން ހަދާފައި ހުންނަ ޗުއިންގަމް ހަފާ މީހުންގެ ހަދާން ވަރުގަދަވެފައި ، ކަންކަމަށް ހުންނަ ސަމާލުކަން އެބޭނުންނުކުރާ މީހުންނަށްވުރެ އިތުރެވެ.

(ކ) - ގާތުންދިނުން : ދިރާސާތަކުން ދައްކާގޮތުގައި ކުދީނާ ތެޔޮ ބޭނުންކުރުމަކީ ގާތުންދޭ ދުވަސްވަރު އުރަމަތި ކުރަކިވެ ފަޅައިގެންދިއުމާއި އުރަމަތީގައި އުފެދޭ ތަދާއި ރިހުން ކަނޑުވައިދޭ ކަމެކެވެ.

(އ) - ބަރުދަން ލުއިކުރުން : ކުދީނާ ފަތް ބޭނުންކުރުމަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް ދޫކުރުމަށް ބާރުއަޅާ ކަމެކެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ބޭނުން ހިފުމަށް ބާރުއަޅާ ކަމެއް ވެސް މެއެވެ. މާނައަކީ ކުދީނާ ފަތް ބޭނުންކުރާނަމަ ސަރުބީ ހަށިގަނޑުގައި ޖަމާވެފައި ހުރުމުގެ ބަދަލުގައި އޭގެ ބޭނުން ހިފުމަށް ބާރުއެޅުމުން، ހަށިގަނޑުގައި ސަރުބީ ޖަމާވެ، ފަލަވުމަށް ހުރަސްއެޅުމެވެ.

(ވ) - އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކުދީނާ ފަތަކީ އަނގައިގެ ދުޅަހެޔޮކަމާ ރައްކާތެރިކަމަށް އެހީތެރިވެދޭ މާއްދާ ފަތެކެވެ. ކުދީނާ ފަތުގައި ޖަރާސީމު ނައްތާލުމުގެ ބާރު އެކުލެވޭތީ، ކުދީނާ ފަތް ބޭނުންކުރުމަކީ އަނގައިން ނުބައިވަސް ދުވުން ކުޑަކުރާނެ ކަމެކެވެ. މީގެ އިތުރުން ކުދީނާ ފަތް ބޭނުންކުރުމަކީ ދަތްތަކާއި ހިރުގަނޑު އަދި ދޫ ސާފުކޮށްދީ، ތަފާތު ވައްތަރުގެ ޖަރާސީމުތައް އަނގައިގެ ތެރޭގައި އަށަގަތުމާއި، ދަތްފަނިކެއުން ހުއްޓުވާނޭ ކަމެކެވެ. އެހެންކަމުން އަނގައިގެ މިފަދަ ޖަރާސީމުތައް ހެދިބޮޑުވިޔަނުދިނުމަށާއި، އަނގަތެރެ ސާފުކޮށް ބެހެއްޓުމަށް ދަތްތަކާއި ހިރުގަނޑުގައި ކުދީނާ ފަތް އުގުޅިދާނެ އެވެ. ކުދީނާ ފަތް ދަތުގައި އުގުޅުމަކީ ދަތްޕިލަ ހުދުވާނެ ކަމެކެވެ. މިސަބަބާހުރެ މިހާރު އުފައްދާފައި ހުންނަ ދަތްއުގުޅާ ބޭސް، އަނގަ ދޮންނަ ބޭސް ތަކުގައި ވަރަށް ގިނައިން ކުދީނާ ހިމަނާފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

(މ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ދިރާސާތަކުން ދައްކާގޮތުގައި ކުދީނާ ފަތުގައި ހިމެނޭ ތަފާތު އެންޒައިމް ތަކަކީ ކެންސަރުން ރައްކާތެރިވުމަށާއި، ކެންސަރަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ މާއްދާ ތަކެކެވެ. ކުދީނާ ފަތުގައި ހިމެނޭ "މެންތޯލް" ގައި ޕްރޮސްޓޭޓް ކެންސަރަށް ފަރުވާކުރުމުގެ ބާރު ހުންނަކަމަށް ބުނެވެއެވެ. ކުދީނާ ފަތުގައި ޕެރިލައިލް އަލްކޮހޯލް ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ކެންސަރުގެ ޓިއުމަރު ބޮޑުވުން ހުއްޓުވާފާނެ މާއްދާއެއްކަމަށްވަނީ ބެލެވިފައެވެ. ކުދީނާ ފަތް ބޭނުންކުރުމަކީ ހަމުގެ ކެންސަރު، ގޮހޮރުގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ ކަމެއްކަމަށް ވަނީ ބެލެވިފައެވެ.
(ފ) - މޭނުބައިކުރުމާއި ބޮލުގައި ރިހުން : ކުދީނާ ފަތުގެ ވަހަކީ މޭނުބައިކުރުމަށް ލުއިކަން ގެނެސްދޭ ވަހެކެވެ. ކުދީނާފަތް ބޭނުންކޮށްގެން ހަދާފައި ހުންނަ ތެލާއި، ބާމުއި ފަދަ ތަކެތި ނޭފަތް ކައިރިއާއި، ނިއްކުރިމަތީގައި އުގުޅާލުމުން ބޮލުގައި ރިހުމަށް ލުއިކަން ލިބެއެވެ. ބޮލުގެ އެއްފަޅީގައި ރިހުން ފަދަ ހާލަތްތަކުގައި ކުރިމަތިވާ ތަދާއި ރިހުން ލުއިކުރުމަށް ކުދީނާ ފަތާއި، ކުދީނާ ފަތުން އުފައްދާފައި ހުންނަ އުފެއްދުން ތަކަކީ ބޭނުންކުރެވިދާނެ ރަގަޅު ބާވަތްތަކެކެވެ.

(ދ) - ތަނދުކެނޑުވުން : ކުދީނާ ފަތް ބޭނުންކުރުމަކީ ބޮލުގައި ރިހުން، ބަނޑުގައި ރިހުން، އަދި ގައިގައި ރިހުން ލުއިކޮށްދޭނެ ކަމެކެވެ. އެގޮތުން ކުދީނާ ތެޔޮ ތަދުވާ ތަންތަނުގައި އުގުޅުމަކީ ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.

(ތ) – އެހެނިހެން ފައިދާތައް
·         ހަށިގަނޑުން ވިހަތައް ބޭރުކޮށްދިނުން
·         އިންފެކްޝަންތަކާ ދުރުކޮށްދިނުން
·         ލޭސާފުކޮށްދިނުން
މައުލޫމާތު :


No comments:

Post a Comment