Saturday, January 4, 2014

މާގަނޑު ކޮޕީ

މާގަނޑު ކޮޕީ
މާގަނޑު ކޮޕީ ނުވަތަ ކޮލިފްލާވަރ އަކީ ތަރުކާރީއެއްގެ ގޮތުގައި ބޭނުންކުރާ ވަރަށް ފައިދާހުރި ބާވަތެކެވެ.
ދިވެހި ނަން : މާގަނޑު ކޮޕީ
އިގިރޭސި ނަން : Cauliflower
ޢިލްމީ ނަން :  Brassica oleracea(botrytis group)
މާގަނޑު ކޮޕީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
25 ކިލޯކެލަރީ
ސޯޑިއަމް
30 މިލިގްރާމް
ކާބޯހައިޑްރޭޓް
4.97 ގްރާމް
ޕޮޓޭސިއަމް
299 މިލިގްރާމް
ޕްރޮޓީން
1.92  ގްރާމް
މަޢުދަންތައް
ފެޓް
0.28 ގްރާމް
ކެލްސިއަމް
22 މިލިގްރާމް
ފައިބަރު
2.0 ގްރާމް
ކޮޕަރ
0.039މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.42 މިލިގްރާމް
ފޮލިކް އެސިޑް
57 މައިކްރޯ ގްރާމް
މެގްނީޒިއަމް
15 މިލިގްރާމް
ނިއެސިން
0.507 މިލިގްރާމް
މެންގަނީޒް
0.155 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.667 މިލިގްރާމް
ފޮސްފަރަސް
    -
ޕައިރިޑޮކްސިން
0.184 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.060 މިލިގްރާމް
ޒިންކް
0.27 މިލިގްރާމް
ތިއެމިން
0.050 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން ސީ
48.2 މިލިގްރާމް
ކެރޮޓީން އަލްފާ
-
ވިޓަމިން އީ
0.08 މިލިގްރާމް
ކެރޮޓީން ބީޓާ
-
ވިޓަމިން ކޭ
15.5މައިކްރޯ ގްރާމް
ލޫޓީން ޒިއެޒެންތިން
1 މައިކްރޯ ގްރާމް






















މާގަނޑު ކޮޕީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެންވުން : މާގަނޑު ކޮޕީގައި އެންޓިއޮކްސިޑެންޓްގެ ގޮތުގައި ބެލެވޭ ވިޓަމިން ސީ، މެންގަނީޒް، ފައިޓޯކެމިކަލްތަކުގެ ގޮތުގައި ބެލެވޭ އިންޑޯލް، ގުލޫކަސިނޭޓް (ގުލޫކަބްރަސެސިން، ގުލޫކަރެފްނިން، ގުލޫކަރެސްޓާރޓިއަން) ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާތަކަކީ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާ އެންޒައިމްތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވާ މާއްދާ ތަކެކެވެ. މާނައަކީ އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން އުފެދޭ ފްރީރެޑިކަލްތަކުން ލިބޭ ގެއްލުމުން ހަށިގަނޑު ރައްކާތެރި ކުރުމުގައި މިމާއްދާތައް އޭގެ ދައުރު ފުރިހަމަ ކުރެއެވެ.

(ށ) - ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުން : މާގަނޑު ކޮޕީގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ ވިޓަމިން ކޭ ހުރެއެވެ. ގަވާއިދުން މާގަނޑު ކޮޕީ ކެއުމަކީ ލޭހޮޅިތައް ހަރުދަނާކޮށް، ލޭހިގުން ރަގަޅުކޮށްދޭ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ އޭގައި ހިމެނޭ "ގުލޫކަރެފްނިން" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ގުލޫކަރެފްނިން "އައިސޯތިއޯސައިނޭޓް"އަށް ބަދަލުވެ، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުމަށް ހުރަސްއަޅައެވެ. މިއީ ލޭހޮޅިތައް ހަރުވުމުން ދުރުކޮށްގެ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. މާގަނޑު ކޮޕީގައި ހިމެނޭ އައިސޯތިއޯސައިނޭޓް އަދި އިންޑޯލް-3-ކާރބިނޯލް އަކީ ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލްސް ގެ ސަބަބުން ސަރުބީގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން އިންޑޯލް-3-ކާރބިނޯލް ގައި އެކުލެވޭ "ގަނޑުލޭކޮޅު އުފެއްދުން ހުއްޓުވާ ބާރު" އަދި "ޕްލޭޓްލިޓްތައް ޖަމާވުން ހުއްޓުވުމުގެ ބާރު"ގެ ސަބަބުން، ވެސް ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން މާގަނޑު ކޮޕީގައި އޮމެގާ-3-ފެޓީ އެސިޑް ހުރުމަކީ ވެސް މިމަސައްކަތަށް ވާގިވެރިވެދޭނެ ކަމެކެވެ.

(ނ) - ބަނޑުގެ މައްސަލަތަކަށް މަންފާ ފޯރުކޮށްދިނުން : މާގަނޑު ކޮޕީ އަކީ ފައިބަރުގެ ރަގަޅު މަޞްދަރެކެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ، ވިހަ މާއްދާތައް ހަށިގަނޑުން (ބަނޑާއި ގޮހޮރުން) ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މާގަނޑު ކޮޕީގައި ގުލޫކަސިނޮލޭޓް، ގުލޫކަރެފްނިން، އަދި ސަލްފޮރަފޭން ހުރުމަކީ ބަނޑުގެ ބަތާނަ ފަށުގައި "ހެލިކޮބެކްޓަރ ޕައިލޮރި" ކިޔާ ޖަރާސީމެއް އަށަގަތުމަށް ހުރަސްއަޅާނެ ކަމެކެވެ. މީގެ އިތުރުން މާގަނޑު ކޮޕީގައި ހުންނަ "އައިސޯތިއޯސައިނޭޓް" ގެ ސަބަބުން ބަނޑާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

(ރ) - ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް ގެ ނުރައްކާ ކުޑަކޮށްދިނުން : މާގަނޑު ކޮޕީގައި ހުންނަ "އިންޑޯލް-3-ކާރބިނޯލް" އަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ "ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް" އަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ މާއްދާ އެކެވެ. ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް އަކީ "ޕެޕިލޯމާ ވައިރަސް" ގެ ސަބަބުން ލަގޮނޑި، ވައިނޮޅި، ވައިނޮޅީގެ ކަފި އަދި ފުއްޕާމެޔަށް ޖެހޭ ބައްޔެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މާގަނޑު ކޮޕީ އަދި އެއާއިލާގެ ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމަކީ ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް ގެ ނުރައްކާތެރިކަން ކުޑަކޮށްދޭނެ ކަމެކެވެ.

(ބ) - ކެންސަރުން ރައްކާތެރިކޮށްދިނުން : މާގަނޑު ކޮޕީގައި އެކުލެވޭ "ގުލޫކަސިނޮލޭޓް" ބައިބައިވެގެން "އިންޑޯލް-3-ކާރބިނޯލް" އަދި "ސަލްފޮރަފޭން" އުފެދިގެން އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަހުން މިބުނި މާއްދާ ތަކަކީ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މާގަނޑު ކޮޕީ އަދި އެއާއިލާގެ އެހެން ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމަކީ ފުއްޕާމޭގެ ކެންސަރު، މަސާނާގެ ކެންސަރު، އުރަމަތީގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބިސް އުފައްދާ ތަނުގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ވައްތަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ޅ) - ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : މާގަނޑު ކޮޕީގައި ވިޓަމިން ސީ ހުރެއެވެ. މިއީ ހުޅުތަކާއި ކަށިތައް ރައްކާތެރިކޮށް ދިނުމަށް ބޭނުންވާ "ކޮލަޖެން" އުފެއްދުމަށް ބޭނުންތެރި ވިޓަމިނެކެވެ. މީގެ އިތުރުން މާގަނޑު ކޮޕީގައި ވިޓަމިން ކޭ ހުރުމަކީ އެބޭނުންކުރުމުން ކަށިތައް ވަރުގަދަވެ ރަގަޅުވާނެ ކަމެކެވެ.

(ކ) - ލޮލުގެ މެކިޔުލަރ ހަލާކުވުން : މާގަނޑު ކޮޕީ ގަވާއިދުން ބޭނުންކުރުމަކީ އޭގައި ހިމެނޭ ވިޓަމިން ސީ އަދި އެހެނިހެން އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ހަލާކުވުން" ފަދަ މައްސަލަތަކުން މިންޖުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މާގަނޑު ކޮޕީގައި އެކުލެވޭ "ސަލްފޮރަފޭން" އަކީ ލޮލުގެ އަލިދުލި ހަލާކުވުން ހުއްޓުވައި، ލޯފުސްވުން ފަދަ ކަންކަމުން ރައްކާތެރިވެހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

(އ) - ވިހަ ބޭރުކުރުން : މާގަނޑު ކޮޕީ ބޭނުންކުރުމަކީ ހަށިގަނޑުން ވިހަ ބޭރުކޮށް ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މާގަނޑު ކޮޕީގައި ހުންނަ އިންޑޯލް-3-ކާރބިނޯލް އަދި ސަލްފޮރަފޭން ގުޅިގެން ވިހަ ބޭރުކުރާ އެންޒައިމްތައް ހަރަކާތްތެރިކުރުވައި، އޭގެ މަސައްކަތްތައް ތަންޒީމު ކުރުމުގައި ބައިވެރިވެއެވެ.

(ވ) - އިރުގެ ދޯދިން ސަލާމަތްކޮށްދިނުން : ދިރާސާތަކުން ދައްކާ ގޮތުގައި މާގަނޑު ކޮޕީގައި ހިމެނޭ ސަލްފޮރަފޭން އަކީ އިރުގެ ދޯދި ތަކުން ލިބޭ ގެއްލުމުން ހަމުގެ ފަށަލަ ރައްކާތެރި ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އެގޮތުން ހަމަށް ލިބިދޭ ފައިދާތަކުގެ ތެރޭގައި ހަމުގެ ކެންސަރުން ޖެހުމުގެ ފުރުޞަތު ކުޑަކުރުވުން، ހަމުގެ ސެލްތައް ހަލާކުވިޔަ ނުދިނުން، އަދި އިރުގެ ދޯދިން ހަންގަނޑުން ފިހުނަ ނުދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.


(މ) - ނާރުތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދިނުން : މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލް ތަކާއި، ސަލްފޮރަފޭން ފަދަ މާއްދާތަކަކީ ނާރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މިމާއްދާތަކަކީ ވިހަބޭރުކުރާ އެންޒައިމްތައް ހަރަކާތްތެރިކޮށް، "ގުލޫޓެތިއޯން"ގެ މިންވަރު މަތިކޮށްގެން، ނާރުތަކަށް ލިބޭ އަނިޔާ އަށް ފަރުވާކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ނާރުތަކުގެ ބަލިތައް ކަމަށްވާ ތުރުތުރުއަޅާ ބަލި އަދި އަލްޒައިމާ ބަލިޖެހިފައިވާ މީހުންނަށް މިއީ ބޭނުންކުރެވިދާނެ ބާވަތެކެވެ.
މާގަނޑު ކޮޕީގައި ކޯލިން އަދި ފޮސްފަރަސް ހުރެއެވެ. މިއީ ތަފާތު ސެލްތަކުގެ ބޭރު ފަށަލަ މަރާމާތު ކުރުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މިއީ ނާރުތަކުގެ ސެލްތަކުގެ މަސައްކަތަށް ވެސް ބޭނުންތެރި މާއްދާ ތަކެކެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަދި ޕައިރިޑޮކްސިން މާގަނޑު ކޮޕީގައި ހުރުމަކީ ސިކުނޑީގެ މަސައްކަތް ފުރިހަމަކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ނާރުތަކުގެ މަސައްކަތަށް ބޭނުންތެރި ނިއުރޯޓްރާންސްމީޓަރު ތައް ކަމުގައިވާ ޑޮޕަމީން އަދި ނޯއެޑްރީނަލިން އުފެއްދުމުގައި މިދެންނެވި މާއްދާތައް ބައިވެރިވެއެވެ.

(ފ) - ލޭގެ ޕްރެޝަރު ދަށްކުރުމާއި ސަރުބީ ދަށްކުރުން : މާގަނޑު ކޮޕީގައި ހިމެނޭ ގުލޫކަރެފްނިން އަދި ސަލްފޮރަފޭން ގެ ސަބަބުން ލޭގައި ހިމެނޭ ނުރަގަޅު ސަރުބީ އަދި މުޅި ހަށިގަނޑުގައި ސަރުބީ އެކުލެވޭ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އަދި މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން މާގަނޑު ކޮޕީގައި ހިމެނޭ އޮމެގާ-3- ފެޓީ އެސިޑް އަދި ފައިބަރުގެ ސަބަބުން ވެސް ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދީ، ލޭހޮޅިތައް ހަރުވުމުން ދުރުކޮށްދޭނެ އެވެ.

(ދ) - އިލެކްޓްރޯލައިޓް ގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުން : މާގަނޑު ކޮޕީގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. މިއީ ހަށިގަނޑުގައި ހުންނަ އިލެކްޓްރޯލައިޓްގެ ގޮތުގައި ބެލެވޭ މުހިއްމު މައުދަނެކެވެ. ޕޮޓޭސިއަމް އަކީ ނާރުތަކާއި މަސްތަކުގެ ހަރަކާތަށް ބޭނުންތެރި ފައިދާހުރި މައުދަނެކެވެ.
(ތ) - ދިފާއީ ބާރު ރަގަޅުކުރުން : މާގަނޑު ކޮޕީގައި ވިޓަމިން ސީ ހުރުމަކީ އެބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން މާގަނޑު ކޮޕީ ބޭނުންކުރުމަކީ ތަފާތު ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
(ލ) - ހަށިގަނޑު ފަލަވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދިނުން : މާގަނޑު ކޮޕީގައި ހުންނަ އިންޑޯލް އަކީ "ފަލަވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު" ލިބިފައިވާ މާއްދާ އެކެވެ. މިމާއްދާގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވުމަށް ބާރުއަޅައިދީ، އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެގެން ދިއުމަށް ހުރަސް އަޅައެވެ.

(ގ) - މާބަނޑު ދުވަސްވަރު ބޭނުންކުރަން ރަގަޅު ބާވަތަކަށްވުން : މާގަނޑު ކޮޕީއަކީ މާބަނޑު ދުވަސްވަރު ބޭނުންކުރަން ރަގަޅު ފައިދާހުރި ބާވަތެކެވެ. އެއީ މާގަނޑު ކޮޕީގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ހުންނާތީ އެވެ. ފޮލިކް އެސިޑަކީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުން މިންޖުކޮށްދޭ މާއްދާ އެކެވެ.

(ޏ) - ހަކުރު ބަލި ކޮންޓްރޯލްކުރުން : މާގަނޑު ކޮޕީގައި ޕޮޓޭސިއަމް އަދި ވިޓަމިން ސީ ހުންނާތީ މިއީ ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ޕޮޓޭސިއަމް އަކީ ގުލްކޯޒުގެ މެޓަބޮލިޒަމް ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ. ހަށިގަނޑުގައި ހަކުރުގެ މިންވަރު މަތިވުމުން ޗިސްމޭ އިން އިންސިއުލިން ދޫކުރުމަށް ޗިސްމޭ ޕޮޓޭސިއަމްގެ ބޭނުން ހިފައެވެ. އެހެންކަމުން ޕޮޓޭސިއަމް ގެ މިންވަރު ހަށިގަނޑުގައި ދަށްވުމަކީ ލޭގައި ހަކުރުގެ މިންވަރު މަތިވެ، ހަކުރު ބަލި ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

(ސ) - ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކުރުން : ދިރާސާތަކުން ދައްކާގޮތުގައި މާގަނޑު ކޮޕީ ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. މިކަން މިގޮތަށް ދިމާވަނީ އޭގައި ހިމެނޭ "އެލިސިން" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. އެލިސިން އަކީ ލޭ އަދި މޭގަނޑުން ވިހަ ސާފުކޮށްދިނުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
މައުލޫމާތު :
·          


No comments:

Post a Comment