Wednesday, December 25, 2013

ފޯއްވަޅި ހިމެރި ތޮޅި

ފޯއްވަޅި ހިމެރި ތޮޅި
ފޯއްވަޅި ހިމެރި ތޮޅި އަކީ މަދުން ނަމަވެސް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ފޯއްވަޅި ހިމެރި ތޮޅި
އިގިރޭސި ނަން : Sword beans
ޢިލްމީ ނަން : Canavalia Gladiata
ފޯއްވަޅި ހިމެރި ތޮޅީގެ ކޮންމެ 100 ގްރާމް ގައި






ފޯއްވަޅި ހިމެރި ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ފަހުގެ ދިރާސާތައް ދައްކާގޮތުގައި ފޯއްވަޅިހިމެރި ތޮޅީގައި "އެމީންސް" ގެ ގޮތުގައި ބެލެވޭ "ސްޕަމީން" އަދި "ކެނެވެލްމީން" ހުރެއެވެ. މީގެ އިތުރުން ފޯއްވަޅި ހިމެރި ތޮޅީގައި ވިޓަމިން ބީ ގެ ވައްތަރެއް ކަމުގައިވާ "ތިއެމިން" އަދި "ހީމްއެގުލޫޓިނިން" ހުރެއެވެ.
-          ފޯއްވަޅި ހިމެރި ތޮޅީގައި ޕްރޮޓީން، ފެޓް، ސްޓާރޗް، ޔުރިއޭޒް، އަދި އެހެނިހެން ތަފާތު އެންޒައިމް ތައް ހުރެއެވެ. މީގެ އިތުރުން ކެލްސިއަމް، ދަގަނޑު، ފޮސްފަރަސް ފަދަ މައުދަންތަކާއި، ކެރޮޓީން، އަދި ވިޓަމިން ސީ ފަދަ ވިޓަމިން ތައް ވެސް ފޯއްވަޅި ހިމެރި ތޮޅީގައި ހުރެއެވެ.

-          ކޮރެޔާގައި ގަދީމީ ބޭސްވެރިކަމުގައި ފޯއްވަޅި ހިމެރި ތޮޅި ބޭނުންކޮށްގެން ފަރުވާކޮށްފައިވާ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ހޮނޑުލުން، ބަނޑުގައި ރިހުން، ނޭވާހިއްލުން، ފަލަވުން، ބޭރަށްހިންގުމުގެ ވައްތަރުތައް، ބޮލުގައި ރިހުން، ކެއްސުން، ވެއްޓޭބަލި، ޝިޒޮފްރޭނިއާ އަދި ތަފާތު ވައްތަރުގެ ދުޅަތައް ހިމެނެއެވެ.
-          ޖަޕާނުގައި ގަދީމީ ބޭސްވެރިކަމުގައި ފޯއްވަޅި ހިމެރި ތޮޅި ބޭނުންކޮށްގެން ފަރުވާކޮށްފައިވާ ޞިއްޙީ މައްސަލަ ތަކުގެ ތެރޭގައި ފުރަގަސްފަރާތު ބަލި، ކަންފަތުގައި ޖަރާސީމު އެޅުން، މުލިހި، ކެންސަރުގެ ބާވަތްތައް، ދުޅަތައް، އަދި ހަމުގެ ބައެއް މައްސަލަތައް ހިމެނެއެވެ.
-          ޗައިނާގައި ގަދީމީ ބޭސްވެރިކަމުގައި ފޯއްވަޅި ހިމެރި ތޮޅި ބޭނުންކޮށްގެން ފަރުވާކޮށްފައިވާ ޞިއްޙީ މައްސަލަ ތަކުގެ ތެރޭގައި އުކުޑި ކޮއްޓުން، ހޮނޑުލުން، ބަނޑު ފުއްޕުން، އަދި ބޭރަށްހިންގުން ފަދަ ޞިއްޙީ މައްސަލަތައް ހިމެނެއެވެ.
ނޯޓް : ފޯއްވަޅި ހިމެރި ތޮޅީގައި ހަށިގަނޑަށް ގެއްލުންދެނިވި "ގްރޯތު އިންހިބިޓިންގ ޕްރޮޓީން" (މިސާލަކަށް ކެނެވެނިން) ތަކެއް ހުރެއެވެ. އެހެންކަމުން މިވައްތަރުގެ ތޮޅި ބޭނުންކުރާނަމަ ވަރަށް ގިނައިރު ކައްކަންޖެހެއެވެ. އެއީ މިދެންނެވި ޕްރޮޓީންގެ ބާރު ދުއްވާލުމަށްޓަކައެވެ. މިސަބަބާހުރެ ފޯއްވަޅި ހިމެރި ތޮޅި އެހާ ގިނައިން ބޭނުންކޮށް ނޫޅޭކަން ފާހަގަ ކުރެވެއެވެ.
މައުލޫމާތު :


No comments:

Post a Comment