Friday, January 3, 2014

ތަރުކާރީ ބަރަބޯ

ތަރުކާރީ ބަރަބޯ
ތަރުކާރީ ބަރަބޮލަކީ ވެސް ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ތަރުކާރީ ބަރަބޯ
އިގިރޭސި ނަން : Butternut squash
ޢިލްމީ ނަން : Cucurbita Morschata
 ތަރުކާރީ ބަރަބޮލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
45 ކިލޯކެލަރީ
ސޯޑިއަމް
4 މިލިގްރާމް
ކާބޯހައިޑްރޭޓް
11.69 ގްރާމް
ޕޮޓޭސިއަމް
352 މިލިގްރާމް
ޕްރޮޓީން
1  ގްރާމް
މަޢުދަންތައް
ފެޓް
0.1 ގްރާމް
ކެލްސިއަމް
48 މިލިގްރާމް
ފައިބަރު
2 ގްރާމް
ކޮޕަރ
0.072މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.70 މިލިގްރާމް
ފޮލިކް އެސިޑް
27 މައިކްރޯ ގްރާމް
މެގްނީޒިއަމް
34 މިލިގްރާމް
ނިއެސިން
1.200 މިލިގްރާމް
މެންގަނީޒް
0.202 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.400 މިލިގްރާމް
ފޮސްފަރަސް
-     33 މިލިގްރާމް
ޕައިރިޑޮކްސިން
0.154 މިލިގްރާމް
ސިލެނިއަމް
12 0.5މައިކްރޯގްރާމް
ރައިބޯފްލެވިން
0.020 މިލިގްރާމް
ޒިންކް
0.15 މިލިގްރާމް
ތިއެމިން
0.100 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
10630 އައިޔޫ
ކެރޮޓީން އަލްފާ
834މައިކްރޯ ގްރާމް
ވިޓަމިން ސީ
21 މިލިގްރާމް
ކެރޮޓީން ބީޓާ
4226މައިކްރޯ ގްރާމް
ވިޓަމިން އީ
1.44 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
3471މައިކްރޯ ގްރާމް
ވިޓަމިން ކޭ
1.1 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0މައިކްރޯ ގްރާމް

























ތަރުކާރީ ބަރަބޮލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ކެރޮޓިނޮއިޑްތައް ހުރުން : ތަރުކާރީ ބަރަބޮލަކީ ކެރޮޓިނޮއިޑް ތަކުން މުއްސަދި ތަރުކާރީގެ ބާވަތެކެވެ. އެގޮތުން ތަރުކާރީ ބަރަބޮލުގައި ކެރޮޓިނޮއިޑްގެ އަސާސީ 4 ވައްތަރެއް ހުރެއެވެ. އެއީ އަލްފާ ކެރޮޓީން، ބީޓާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން އެވެ. ހަށިގަނޑުގައި އަލްފާ ކެރޮޓީން އަދި ބީޓާ ކެރޮޓީން ރެޓިނޯލް އަށް ބަދަލުވެއެވެ. ރެޓިނޯލް އަކީ ލޮލުގެ ދުޅަހެޔޮކަމާއި، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ވިޓަމިން އޭގެ ވައްތަރެކެވެ. ލޫޓީން އަދި ޒިއެޒެންތިން އަކީ ލޮލުގެ އަލިދުލީގެ ތެރޭގައި ހުންނަ ހަމައެކަނި ކެރޮޓިނޮއިޑް އެވެ. މިއީ ލޮލުގެ އަލި ދުލީގެ ތެރޭގައި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މާއްދާ ތަކެކެވެ. މިމާއްދާތަކުގެ އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަ އެއްކަމުގައިވާ "މެކިޔުލާ ހަލާކުވުމުން" އަދި ލޯފުސްވުމުން ހިމާޔަތްކޮށް، ރައްކާތެރިކޮށްދެއެވެ. ދުވާލަކު އެންމެ ބޯތައްޓެއްގެ ތަރުކާރީ ބަރަބޮލުން ވެސް އެދުވަހަށް ބޭނުންވާ މިންވަރަށް ވިޓަމިން އޭ ހަށިގަނޑަށް ފޯރުކޮށްދޭނެ އެވެ.

އެންޓިއޮކްސިޑެންޓް ތައް ހުރުން : ތަރުކާރީ ބަރަބޮލުގައި ހުންނަ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި މެންގަނީޒް، ވިޓަމިން އީ، އަދި ވިޓަމިން ސީ ފަދަ ވައްތަރުތައް ހިމެނެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލް ތަކުން ހަށިގަނޑުގެ ސެލްތަކާއި، ޓިޝޫތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ. ތަރުކާރީ ބަރަބޮލުގައި ހުންނަ މެންގަނީޒްގެ ސަބަބުން ސެލްތަކުގެ އެތެރޭގައި ހަކަތަ އުފެއްދުމުގައި ޝާމިލްވާ ބައިތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެހީތެރިކަން ލިބެއެވެ. ތަރުކާރީ ބަރަބޮލުގައި ހުންނަ ވިޓަމިން އީގެ ސަބަބުން ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ތަތްވެ ހަރުލުމަށް ހުރަސްއަޅައެވެ. ތަރުކާރީ ބަރަބޮލުގައި ހުންނަ ވިޓަމިން ސީގެ ސަބަބުން ލޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ފްރީރެޑިކަލްތަކުގެ ބާރު ދުއްވާލުން ފަސޭހަވެގެން ދެއެވެ.

ޑައެޓްރީ ފައިބަރު ހުރުން : ތަރުކާރީ ބަރަބޮލުގައި ޑައެޓްރީ ފައިބަރުގެ ވައްތަރު ތައް ހުރެއެވެ. ފައިބަރަކީ ބަނޑު ފަސޭހަކޮށްދީ، ބަނޑުހިކުމުގެ އުދަނގުލުން މިންޖުކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފައިބަރަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެއްވެސް މެއެވެ. ފައިބަރަކީ ސަރުބީއާއި ތަތްވެ، ސަރުބީ ހަށިގަނޑުން ބޭރުކޮށްގެން ސަރުބީ މަދުކުރުމަށް އެހީތެރިވެދޭ މާއްދާ އެއްވެސް މެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދީ، ފަލަވުމާއި، ކެންސަރުން ރައްކާތެރިކޮށްދީ، ފުރަގަސްފަރާތު ބައްޔާއި، ބަނޑުހިކުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.

އިލެކްޓްރޯލައިޓް ތައް ހުރުން : އިލެކްޓްރޯލައިޓް ތަކަކީ މަސްތަކުގެ ހަރަކާތްތަކާއި، ނާރުތަކުގެ މަސައްކަތަށް ބޭނުންތެރި މައުދަން ތަކެކެވެ. ހަށިގަނޑުގައި ތަފާތު މާއްދާތަކުގެ ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި، ހަށިގަނޑުގައި ހިމެނޭ ދިޔާ ތަކެތި، ސެލްތަކުގެ އެތެރެއަށް ވަނުމާއި ބޭރަށް ނިކުތުން، އިލެކްޓްރޯލައިޓް ތަކުގެ ސަބަބުން ސާބިތުކަންމަތީ ދެމިތިބެއެވެ. ތަރުކާރީ ބަރަބޮލުގައި މުހިއްމު 3 އިލެކްޓްރޯލައިޓް ހުރެއެވެ. އެއީ ކެލްސިއަމް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް އެވެ. ހިތުގެ ވިންދު ޖެހުމުގެ މަސައްކަތް ފެށުމަށް ޕޮޓޭސިއަމް އެހީތެރިވެދޭއިރު، މަސްތައް ހަރަކާތްކުރުމަށް ސޯޑިއަމް ބާރުއަޅައެވެ. މެގްނީޒިއަމްގެ ސަބަބުން ލޭހޮޅިތައް ފުޅާކޮށްދޭއިރު، ކެލްސިއަމްގެ ސަބަބުން ލޭހޮޅިތައް ހަނިކޮށްލައެވެ.

ވިޓަމިން ސީ ހުރުން : ވިޓަމިން ސީ އަކީ ހަން، ލޭހޮޅިތައް، ކަށިތައް، އަދި އެހެނިހެން ޓިޝޫތައް ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ ދިފާއީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. ވިޓަމިން ސީ އަކީ ފްރީ ރެޑިކަލް ތަކުގެ ސަބަބުން ސެލްތަކުގައި ހުންނަ ޑީއެންއޭ އަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މާއްދާ އެކެވެ. ވިޓަމިން ސީ އިން މުއްސަދި ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތައް، ކެންސަރު، އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތައް، ލޭމައްޗަށްދިއުން އަދި މަޑުކަށިގިރުން ފަދަ ކަންކަމުން ދުރުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ވިޓަމިން އޭ ހުރުން : ތަރުކާރީ ބަރަބޮލުގައި ވިޓަމިން އޭ އެކަށޭނަ ވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ހަމާއި ލޮލުގެ ދުޅަހެޔޮކަން ރަގަޅުކޮށްދީ، ދިފާއީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. މިއީ ކަށިތަކާއި ސެލްތަކުގެ ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ލޯފުސްވުން، ލޮލުގެ ފެނުން ދަށްވުން ފަދަ މައްސަލަތަކުން ދުރުކޮށްދީ، ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ތަރުކާރީ ބަރަބޮލުގައި ބީޓާ ކެރޮޓީން ވެސް ގިނަ އަދަދަކަށް ހުރެއެވެ. ތަރުކާރީ ބަރަބޮލުގައި ހުންނަ ގަދަ އޮރެންޖު ކުލައިގެ ސިއްރަކީ އޭގައި ހިމެނޭ ބީޓާ ކެރޮޓީން އެވެ. މިއީ ހަކުރު ބަލި، އިންފެކްޝަންތައް، ހިތުގެ ބަލި، ކެންސަރު، ލޮލުގެ މައްސަލަތައް، އަލްޒައިމާ ބަލި، ފަދަ ތަފާތު ޞިއްޙީ މައްސަލަތައް މެދުވެރިކުރުވާ ފްރީރެޑިކަލްތަކުން ހަށިގަނޑުގެ ގުނަންތަކާއި ސެލްތައް ރައްކާތެރި ކުރުމުގައި ބައިވެރިވާ މާއްދާ އެކެވެ.


ފޮލިކް އެސިޑް ހުރުން : ތަރުކާރީ ބަރަބޮލުގައި ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑަކީ ސިކުނޑިއާއި، ސްޕައިނަލް ކޯޑު އަދި ނާރުތައް ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ހިމެނޭ ކާނާ ގިނައިން ބޭނުންކުރުމަކީ ލިބޭ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުމުގެ ފުރުޞަތު ކުޑަކުރާނެ ކަމެކެވެ.

މެގްނީޒިއަމް ހުރުން : ތަރުކާރީ ބަރަބޮލުގައި މެގްނީޒިއަމް ހުރެއެވެ. މެގްނީޒިއަމް އަކީ ހަށިގަނޑަށް ކެލްސިއަމް ނެގުމަށް އެހީތެރިވެދޭ މައުދަނެކެވެ. މިއީ ކަށިތަކާއި ދަތްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން މިއީ ހެދިބޮޑުވަމުން އަންނަ ކުދިންނަށާއި، ކަށިފީވުން ކުރިމަތިވެފައިވާ މީހުންނަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

އެހެނިހެން ފައިދާތައް :
-          ފުއްޕާމޭ، އުރަމަތި، ޕްރޮސްޓޭޓް، އަދި ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދިނުން
-          ދުޅަތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުން
-          ރާއްޖެ ބަލި، ނޭވާހިއްލުން ފަދަ ބަލިތަކަށް ލުއިކަން ގެނެސްދިނުން
މައުލޫމާތު :

No comments:

Post a Comment