Thursday, January 2, 2014

ތުނޑު ކައްޓަލަ

ތުނޑު ކައްޓަލަ
ތުނޑު ކައްޓަލަ (ސުވޭހު ކައްޓަލަ ނުވަތަ ފަސްފިޔަ ކައްޓަލަ) އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ.
ދިވެހި ނަން :   ތުނޑު ކައްޓަލަ / ސުވޭހު ކައްޓަލަ / ފަސްފިޔަ ކައްޓަލަ
އިގިރޭސި ނަން :   Five leaved yam
ޢިލްމީ ނަން :    Discorea pentaphylla
ތުނޑު ކައްޓަލައިގެ ކޮންމެ 100 ގްރާމް ގައި
ނޯޓް : ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ވައްތަރުތަކަށް ވުމުން މިވައްތަރުތަކުގެ ފައިދާ ވަރަށް އެއްގޮތެވެ. އެހެންކަމުން މިތާގައި ބަލާލެވިފައިވަނީ ޖުމުލަކޮށް މިދެންނެވި ވައްތަރުތަކުގެ 100 ގުރާމުގައި ކާނާގެ ތަފާތު ބައިތައް ހިމެނިފައިވާ މިންވަރެވެ.
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
108 ކިލޯކެލަރީ
ސޯޑިއަމް
9 މިލިގްރާމް
ކާބޯހައިޑްރޭޓް
27.88 ގްރާމް
ޕޮޓޭސިއަމް
816 މިލިގްރާމް
ޕްރޮޓީން
1.53  ގްރާމް
މަޢުދަންތައް
ފެޓް
0.17 ގްރާމް
ކެލްސިއަމް
17 މިލިގްރާމް
ފައިބަރު
4.1 ގްރާމް
ކޮޕަރ
0.178މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.54 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ނިއެސިން
0.552 މިލިގްރާމް
މެންގަނީޒް
0.397 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.314 މިލިގްރާމް
ފޮސްފަރަސް
-     55 މިލިގްރާމް
ޕައިރިޑޮކްސިން
0.293 މިލިގްރާމް
ސިލެނިއަމް
12 0.7 މައިކްރޯގްރާމް
ރައިބޯފްލެވިން
0.032 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް
ތިއެމިން
0.112 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
138 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
17.1 މިލިގްރާމް
ކެރޮޓީން ބީޓާ
83 މައިކްރޯ ގްރާމް
ވިޓަމިން އީ
0.35 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


































ތުނޑު ކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ދިރާސާ ތަކުން ދައްކާގޮތުގައި ތުނޑު ކައްޓަލައިގައި ތަފާތު ވައްތަރުތަކުގެ ފައިޓޯކެމިކަލްތައް ހުރެއެވެ. އެގޮތުން ތުނޑު ކައްޓަލަ (ސުވޭހު ކައްޓަލަ، ފަސްފިޔަ ކައްޓަލަ)އިގައި ހުންނަ ފައިޓޯކެމިކަލް ތަކުގެ ތެރޭގައި ޓެނިން، އަލްކަލޮއިޑް، ސެޕޯނިން، ފްލޭވޮނޮއިޑްތައް، ޓާރޕިނޮއިޑްތައް، ޑައޯސްކޯރިން، ފީނޯލް އަދި ޕޮލީފީނޯލް ތައް ހިމެނެއެވެ. މިމާއްދާތައް ތުނޑުކައްޓަލައިގައި އެކުލެވިގެންވުމަކީ އެބޭނުންކުރުމުން ތަފާތު ޞިއްޙީ ފައިދާތައް ހަށިގަނޑަށް ލިބުމަށް އެހީތެރިވެދޭނެ ކަމެކެވެ.

·         ދިރާސާތަކުން ދައްކާ ގޮތުގައި ތުނޑު ކައްޓަލައިގައި ތަފާތު ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު، އަދި ތަފާތު ފަންގަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
·         ތުނޑު ކައްޓަލައިގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓް އެކުލެވިގެން ވެއެވެ. އެގޮތުން 80.77 އިންސައްތަ ކާބޯހައިޑްރޭޓް އެކުލެވިގެން ވެއެވެ.
·         އަޔުރެވެދިކް މެޑިސިންގައި ދުޅަތިރިކުރުމަށާއި، ރާއްޖެ ބަލީގެ އުދަނގޫތައް ކުޑަކުރުމަށާއި، ބޮލުގައި އުކުނު އެޅުމުން އުކުނު ފިލުވާލުމަށް ތުނޑު ކައްޓަލަ ބޭނުންކޮށްފައި ވެއެވެ.
މައުލޫމާތު :


No comments:

Post a Comment