Saturday, February 28, 2015

ގިއްސާ

ގިއްސާ
ގިއްސާ އަކީ ތޮރައަކަށްވުރެ ދިގުކޮށް، ޗިޗަންޑާއަށްވުރެ ކުރުކޮށް ހުންނަ އެއްޗެކެވެ. މިއީ ވެލެއްގައި އަޅާ ތޮށިގަނޑު ހަރު ތަރުކާރީގެ ބާވަތެކެވެ. މިއީ ތަރުކާރީގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތެކެވެ.
ދިވެހި ނަން : ގިއްސާ
އިގިރޭސި ނަން : Armenian Cucumber
ޢިލްމީ ނަން :  Cucumis melo var. flexuosus
ގިއްސާ ގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
15 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
3 ގްރާމް
ޕްރޮޓީން
1  ގްރާމް
ވިޓަމިން އޭ
% 4
ވިޓަމިން ސީ
% 10
ދަނގަޑު
% 2
ކެލްސިއަމް
-     % 2

ގިއްސާ އިން ލިބިދޭ ޞިއްޙީ ފައިދާތައް
ގިއްސާގައި ގިނަ އަދަދަކަށް ތަފާތު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހުންނަ މާއްދާތަކުގެ ތެރޭގައި އަލްފާ ކެރޮޓީން، ބީޓާ ކެރޮޓީން، ލޫޓިން، ވިޓަމިން ސީ އަދި ވިޓަމިން އޭ ފަދަ މާއްދާތައް ހިމެނެއެވެ. މިއީ ތަފާތު ފްރީ ރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދީ ބަލިތަކުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ މާއްދާތަކެކެވެ.

ގިއްސާގައި ކުޑަކަމުދިއުން އިތުރުކޮށްދިނުމުގެ ބާރު ހުރެއެވެ. އެއީ ފެން، ޕޮޓޭސިއަމް ގިނައިން ހުރެފައި ލޮނު މަދުން ހުންނާތީ އެވެ. މިއީ ބަރުދަން އެއްވަރެއްގައި ހިފަހައްޓައި، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ގިއްސާ އަކީ ހަކަތަ މަދުން ލިއްބައިދޭ ބާވަތެކެވެ. ގިއްސާގައި "ސެޗުރޭޓެޑް ފެޓް" އެއް ނުހުރެއެވެ. ސަރުބީ ނުވަތަ ކޮލެސްޓްރޯލް އެއް ނުހުރެއެވެ. 

ގިއްސާ ގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުން ބަނޑުހަރުވުމުން ރައްކާތެރިކޮށްދީ، ގޮހޮރުގެ ކެންސަރުން ދުރުކޮށްދެއެވެ. ބަރުދަން ލުއިކޮށްދެއެވެ. ގޮހޮރުގެ ހަރަކާތް އިތުރުކޮށްދެއެވެ. މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކޮށް ދެއެވެ. 

ގިއްސާ ގައި މަތީ މިންވަރަކަށް "ސްޓީރޯލް" ހުރެއެވެ. މިއީ ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ގިއްސާ އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ގައި ބެހެއްޓުމަށް އެހީތެރިވެދޭ ތަރުކާރީ އެކެވެ. އެއީ ގިއްސާގައި އެކުލެވޭ ފައިބަރު، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ގެ ސަބަބުންނެވެ. 

ގިއްސާގައި ގިނަ އަދަދަކަށް އެކި ކަހަލަ މައުދަންތައް ހުރުމަކީ އަތްފައިގެ ނިޔަފަތި ތައް ފަޅައިގެން ދިއުމުން ރައްކާތެރިވުމަށް ގިއްސާ ބޭނުންކުރުން އެހީއަކަށް ވާނެ ކަމެކެވެ.

ގިއްސާގައި ގިނަ އަދަކަކަށް ވިޓަމިން ކޭ ހުރެއެވެ. ވިޓަމިން ކޭ ގިނަވުމަކީ ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދީ ކަށިތައް ވަރުގަދަކޮށްދޭނެ ކަމެކެވެ. 

ބުނެވޭގޮތުގައި އުމުރުން ދުވަސްވުމުން ޖެހޭ އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ގިއްސާ އަކީ ވަރަށް ރަގަޅު ތަރުކާރީގެ ބާވަތެކެވެ. އެއީ ގިއްސާ ބޭނުންކުރުމުން ސިކުނޑީގެ ނާރު ސެލްތަކަށް ގެއްލުންވުން ކުޑަކޮށްދޭތީ އެވެ.

މައުލޫމާތު :

No comments:

Post a Comment