Friday, January 3, 2014

ފިތްޖެހި ތޮރާ

ފިތްޖެހި ތޮރާ
ފިތްޖެހި ތޮރާ އަކީ ތޮރަލުގެ ވައްތަރެކެވެ. މިއީ ވެސް ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ފިތްޖެހި ތޮރާ
އިގިރޭސި ނަން : Ridged luffa
ޢިލްމީ ނަން : Luffa Acutangula
ފިތްޖެހި ތޮރަލުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
17 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
3 ގްރާމް
ކެލްސިއަމް
18 މިލިގްރާމް
ފޮސްފަރަސް
-    26 މިލިގްރާމް

ފިތްޖެހި ތޮރަލުން ލިބިދާނެ ބައެއް ޞިއްޙީ ފައިދާތައް
ލޭސާފުކޮށްދިނުން : ފިތްޖެހި ތޮރާ ގިނަގިނައިން ކެއުމުގައި ހިމެނުމަކީ ލޭސާފުކޮށްދޭނެ ކަމެކެވެ. މިއީ ބަނގުރަލުން މޭގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، މޭގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ބާވަތެކެވެ.

ބަނޑު ސާފުކޮށްދިނުން : ތޮރަލުގައި ބަނޑު ސާފުކޮށްދިނުމުގެ ބާރު އެކުލެވިފައި ވެއެވެ. ފިތްޖެހި ތޮރާ ބޭނުންކުރުމަކީ ބަނޑުހިކުމުގެ މައްސަލަ ލުއިކޮށްދީ، އަދި ފުރަގަސްފަރާތު ބަލީގެ އުދަނގޫ ލުއިކޮށްދީފާނެ ކަމެއްކަމުގައި ވަނީ ބެލެވިފައެވެ. ލަފާކުރެވޭގޮތުގައި މިކަންކަން މިގޮތަށް ހިނގަނީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުންނެވެ. މީގެ އިތުރުން ފިތްޖެހި ތޮރާގައި އެކުލެވޭ ސެލިއުލޯސްގެ ސަބަބުން ބަނޑުގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ. ހަމަމިހެން ބަނޑުގައި ވައިހެދުމާއި، ބަނޑާއި ގޮހޮރުގައި އުފެދޭ ފާރު ފަސޭހަ ކުރުމަށް ވެސް ފިތްޖެހި ތޮރާ ބޭނުންކުރުން އެހީއަކަށް ވެއެވެ.

ރީނދޫވުމަށް ފަރުވާކުރުން : ގަދީމީ ބޭސްވެރިކަމުގައި ރީނދޫވުމަށް ދެވޭ ފަރުވާއެއްގެ ގޮތުގައި ފިތްޖެހި ތޮރާ އިން ތައްޔާރުކޮށްފައި ހުންނަ ޖޫސް ނުވަތަ ފަނި ބޭނުންކުރުމަށް އިރުޝާދު ދީފައި ވެއެވެ.

ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި އެއްޗަކަށްވުން : ފާހަގަ ކުރެވިފައިވާ ގޮތުގައި ފިތްޖެހި ތޮރައަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ބާވަތެކެވެ. މިމަންފާ ފިތްޖެހި ތޮރާ ބޭނުންކުރުމުން ލިބެނީ އޭގައި ހިމެނޭ އިންސިއުލިން އާއި ވައްތަރު ޕެޕްޓައިޑެއްގެ ސަބަބުންނެވެ. މީގެ އިތުރުން އަލްކަލޮއިޑް ތަކާއި، ޗެރެންޓިން ކިޔާ މާއްދާ އެއް ހުރުމަކީ ވެސް ހަކުރު ބަލީގެ އަހުލުވެރިންނަށް ފިތްޖެހިތޮރާ ބޭނުންހުރި ބާވަތަކަށްވާ ސަބަބެކެވެ. އެގޮތުން ފިތްޖެހި ތޮރާ ބޭނުންކުރުމުން ލޭ، އަދި ކުޑަކަމު ނަޖިހުގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ދަށްވާކަމަށް ވެއެވެ. އެގޮތުން އިންސިއުލިންގެ މިންވަރު ލޭގެ ތެރޭގައި އެކަށޭނަ މިންގަނޑެއްގައި ހިފަހައްޓައިދިނުމަށް ފިތްޖެހި ތޮރާ ބޭނުންކުރުން އެހީއަކަށް ވެއެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން : ފިތްޖެހި ތޮރާ ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެނީ ފިތްޖެހި ތޮރާގައި ސެޗިޔުރޭޓެޑް ފެޓް އެކުލެވެނީ ވަރަށް މަދުންނެވެ. ހަމަމިހެން ސަރުބީ އާއި ކޮލެސްޓްރޯލް ހިމެނެނީ ވެސް އެހާ މަދުންނެވެ. ފެޓް އަދި ހަކަތަ ލިއްބައިދެނީ ވެސް އެކަށޭނަ ވަރަކަށެވެ. ފެނުގެ ނިސްބަތް އުޅެނީ މަތީ މިންގަނޑެއްގައެވެ. ފިތްޖެހި ތޮރާ ބޭނުންކުރުމުން އޭގައި ހިމެނޭ ޑައެޓްރީ ފައިބަރުގެ ސަބަބުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭތީ އެބޭނުންކުރުމަށްފަހު ގިނަ އިރު ތަކެއްވަންދެން ނުކައި ހުރުމަށް ބާރު ލިބެއެވެ. މިހުރިހާ ކަންކަމަކީ ބަރުދަން ލުއިކުރުމަށް ވާގިވެރިވެދޭ ކަންކަމެވެ.

ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައިވުން : ފިތްޖެހި ތޮރާގައި ތަފާތު ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. މިއީ ހަށިގަނޑުން ތަފާތު ވިހަތައް ބޭރުކުރުމަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. އެހެންކަމުން ތަފާތު މާއްދާތަކަށް ހަށިގަނޑު ވިހަވުން ކުރިމަތިވާ ހާލަތްތަކުގައި ފިތްޖެހި ތޮރާ ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.

ދިފާއީ ބާރު ރަގަޅުކުރުން : ފިތްޖެހި ތޮރާ ބޭނުންކުރުމަކީ ހަށިގަނޑު ދިފާއީ ބާރު ރަގަޅުކޮށްދޭނެ ކަމެކެވެ. ދިފާއީ ބާރު ރަގަޅުވުމަކީ ބަލިތަކުން ދުރުކޮށްދީ، ތަފާތު ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ޚާއްޞަކޮށް ބެކްޓީރިޔާ އަދި ވައިރަސް ފަދަ ޖަރާސީމު ތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެނިހެން ފައިދާތައް
·         ވަރުބަލިވުމާއި ހާސްވެކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފިލުވާލުމަށް އެހީތެރިވެދިނުން
·         އަރިދަފުސް ރޯގާ އަށް ލުއިކަން ގެނެސްދިނުން
·         ކުޑަކަމުދާ ނިޒާމަށް ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުން
·         ހަށިގަނޑުގައި ހުންނަ ތަފާތު ދިޔަތައް އުފެދި އިތުރުވުމަށް ވާގިވެރިވުން
·         ހަށިގަނޑަށް ފިނިކަން ގެނެސްދިނުން
·         ލޮލުގެ ފެނުން ރަގަޅުކޮށްދިނުން : ބީޓާ ކެރޮޓީން ހިމެނިފައިވުން
·         ސިކުނޑީގެ މަސައްކަތަށް ލުއިކަން ގެނެސްދިނުން
މައުލޫމާތު :


No comments:

Post a Comment