Saturday, January 4, 2014

ކެރެޓު

ކެރެޓް
ކެރެޓަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ކެރެޓު
އިގިރޭސި ނަން : Carrot
ޢިލްމީ ނަން : Daucus carota
ކެރެޓުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
41 ކިލޯކެލަރީ
ސޯޑިއަމް
69 މިލިގްރާމް
ކާބޯހައިޑްރޭޓް
9.58 ގްރާމް
ޕޮޓޭސިއަމް
320 މިލިގްރާމް
ޕްރޮޓީން
0.93  ގްރާމް
މަޢުދަންތައް
ފެޓް
0.24 ގްރާމް
ކެލްސިއަމް
33 މިލިގްރާމް
ފައިބަރު
2.8 ގްރާމް
ކޮޕަރ
0.045މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.30 މިލިގްރާމް
ފޮލިކް އެސިޑް
19 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.983 މިލިގްރާމް
މެންގަނީޒް
0.143 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.273 މިލިގްރާމް
ފޮސްފަރަސް
-     35 މިލިގްރާމް
ޕައިރިޑޮކްސިން
0.138 މިލިގްރާމް
ސިލެނިއަމް
12 0.1މައިކްރޯގްރާމް
ރައިބޯފްލެވިން
0.058 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް
ތިއެމިން
0.066 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
16706 އައިޔޫ
ކެރޮޓީން އަލްފާ
3427މައިކްރޯ ގްރާމް
ވިޓަމިން ސީ
5.9 މިލިގްރާމް
ކެރޮޓީން ބީޓާ
8285މައިކްރޯ ގްރާމް
ވިޓަމިން އީ
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
13.2މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
256 މައިކްރޯ ގްރާމް
ލައިކޮޕީން
-

























ކެރެޓް އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން : ގަވާއިދުން ކެއުމުގައި ކެރެޓް ހިމެނުމަކީ ލޭގެ ކޮލެސްޓްރޯލް ދަށްކޮށްދޭނެ ކަމެކެވެ. ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ސްކޮޓްލޭންޑްގެ އެޑިންބާރގް ގައި ހަދާފައިވާ ދިރާސާއަކުން ސާބިތުވި ގޮތުގައި ދުވާލަކު 7 އައުންސްގެ ކެރެޓް 3 ހަފްތާ ވަންދެން ކެއުމުން ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ ނިސްބަތް 11 އިންސައްތަ ދަށްވެގެން ދިޔައެވެ. ސްވިޑަންގައި ސައިންސް އިލްމުވެރިން ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކެރެޓް ބޭނުންކުރުމަކީ ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ދަށްކޮށްފާނެ ކަމެކެވެ. ކެރެޓްގައި ޕޮޓޭސިއަމް ހުރުމަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.


(ށ) - ކެންސަރުން ރައްކާތެރިކޮށްދިނުން : އާދައިގެ ކެރެޓެއްގައި 3 މިލިގްރާމްގެ ބީޓާ ކެރޮޓީން ހުރެއެވެ. މިއީ ކެރެޓްގައި ހުންނަ މައި ކެރޮޓީން އެވެ. ކެރޮޓީން މޭގަނޑުގައި ވިޓަމިން އޭ އަށް ބަދަލުވާނެ އެވެ. ބީޓާ ކެރޮޓީން ކާނާގެ ތެރެއިން ހަށިގަނޑަށް ލިބުމަކީ ވަރަށް ގިނަ ވައްތަރުގެ ކެންސަރުތައް ( ކާއްޞަކޮށް ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އިގިރޭސި ވިލާތުގެ ދިރާސާކުރާ ފަރާތްތަކުން ހޯދާފައިވާ ގޮތުގައި ދުވާލަކު 2.7-1.7 މިލިގްރާމްގެ ބީޓާ ކެރޮޓީން ކާނާގެ ތެރެއިން ހަށިގަނޑަށް ލިބުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށްކޮދޭ ކަމެކެވެ. އެއް ދިރާސާއެއްގައި ކެރެޓް ކެއުމަކީ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 24 އިންސައްތަ ދަށްކޮށްދޭ ކަމެއްކަމަށް ދައްކާފައިވާއިރު، އަނެއް ދިރާސާއެއްގައި ކެރެޓް ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު 5 ގުނަ ދަށްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުން ކެރެޓްގައި ބީޓާ ކެރޮޓީން ހުރުމަކީ ބަނޑު، ރަހިމުގެ ދޮރު، ރަހިމުގެ އަދި އަނގައިގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކެރެޓްގައި ގިނަ އަދަދަކަށް "ފެލްކެރިނޯލް"(falcarinol) ކިޔާ އެންޓިއޮކްސިޑެންޓެއް ހުރެއެވެ. ޖަނަވާރު ބޭނުންކޮށްގެން ލެބޯޓްރީގައި ހަދާފައިވާ ބައެއް ދިރާސާތަކުން ފާހަގަވެފައިވާ ގޮތުގައި ކެރެޓްގައި ހުންނަ ފެލްކެރިނޯލް އަކީ ބައެއް ކަހަލަ ކެންސަރާ (ގޮހޮރުގެ ކެންސަރު) ދެކޮޅަށް މަސައްކަތްކޮށްފާނެ (ކެންސަރުގެ ޓިއުމަރުގައި ހުންނަ ކެންސަރަށް ބަދަލުވަމުންދާ ސެލްތައް ހަލާކުކޮށްލަފާނެ) މާއްދާ އެކެވެ.

(ނ) - ލޮލުގެ ފެނުން ރަގަޅުކޮށްދިނުން : ކެރެޓަކީ ވިޓަމިން އޭ އިން މުއްސަދި ތަރުކާރީއަކަށްވުމުން، ކެރެޓް ބޭނުންކުރުމުން ލޮލުގެ ފެނުން ސާފުކޮށް ރަގަޅުކޮށް ދެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ އެތެރޭގައިވާ އަލިދުލީގެ މަސައްކަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން"(macular degeneration) ކިޔާ ބައެއްޔެއް ކުރިމަތިވުމުގެ ފުރުޞަތު، ކެރެޓް ބޭނުންކުރާނަމަ، 40 އިންސައްތަ ދަށްވެގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ. ވިޓަމިން އޭ އަކީ މެކިޔުލަރ ޑިޖެނެރޭޝަންގެ އިތުރުން ރޭގަނޑު ރޯނާވުމާ، ލޯފުސްވުމުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ގަވާއިދުން ކެރެޓް ބޭނުންކުރުމަކީ ލޮލުގެ ނާރަށް ގެއްލުންވެ، ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވާ ބައްޔެއް ކަމުގައިވާ "ގުލަކޯމާ"(glaucoma) ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

(ރ) - ސްޓްރޯކް ޖެހުން : ކޮންމެ ދުވަހަކު ކެރެޓެއް ކެއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު 68 އިންސައްތަ ދަށްކޮށްދޭނެ ކަމެކެވެ. ހާރވަޑް ޔުނިވަސިޓީގެ ދިރާސާއަކުން ފާހަގަވި ގޮތުގައި ހަފްތާއަކު 5 ކެރެޓަށްވުރެ ގިނައިން ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަކޮށްދޭ ކަމެކެވެ. ސްޓްރޯކް ޖެހިފައިވާ މީހުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ސްޓްރޯކްގެ އުދަނގޫތައް އަވަހަށް ފިލައި ގޮސްފައިވަނީ އެމީހުންގެ ހަށިގަނޑުގައި ބީޓާ ކެރޮޓީންގެ ނިސްބަތް އެންމެ މަތީ މިންވަރަށް ހުރި މީހުންގެ އެވެ.

(ބ) - ހަކުރު ބަލި : ކެރެޓްގައި ކެރޮޓިނޮއިޑް ހުރުމަކީ ލޭގެ ހަކުރުގެ މިންވަރު ތަންޒީމު ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.  

(ޅ) - ދަތުގެ ދުޅަހެޔޮކަން : ކެރެޓުގައި ވިޓަމިން ސީ ހުރުމަކީ ދަތުގެ ދުޅަހެޔޮކަމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ކެރެޓް ބޭނުންކުރުމުން ދަތުގައި ޖަހާފައި ހުންނަ މެރައާއި، ކޮބަޑި ފިލައިގޮސް، ދަތްތައް ސާފުކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ. ކެރެޓްގައި ހުންނަ މައުދަން ތަކުގެ ސަބަބުން އަނގައިގައި ހުންނަ ޖަރާސީމު މަރައި، ދަތްފަނިކެއުމުން ދުރުކޮށްދެއެވެ.

(ކ) - ގަވާއިދުން ކެރެޓް ބޭނުންކުރުމުން ލިބިދާނެ އެހެނިހެން ބައެއް ފައިދާތައް:-
·         ހަށިގަނޑުގައި އެސިޑް-އަލްކަލައިން ގެ ނިސްބަތް ހަމަހަމަކޮށްދިނުން
·         ކާނާ ހަޖަމުކުރުމުގެ މަސައްކަތް ހަލުވިކޮށްދިނުން
·         ބަނޑުގެ ފާރާ، ބަނޑުގެ މައްސަލަތަކުން ދުރުކޮށްދިނުން
·         މައިމީހާގެ އުރަމަތީގެ އުފެދޭ ކިރުގެ މަންފާ އިތުރުކޮށްދިނުން
·         ހަމާ، އިސްތަށި، އަދި ނިޔަފަތި ދުޅަހެޔޮކަންމަތީ ބެހެއްޓުން
މައުލޫމާތު :

No comments:

Post a Comment