Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 5ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ފަސްވަނަ ހަފްތާ

ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ތިލެޔޮ އޮށެއް ވަރު  

މައިމީހާގެ ރަހިމުގައި ތުއްތު ދަރިފުޅު އަންނާނީ ހަލުވިކަމާއެކު ހެދިބޮޑުވަމުންނެވެ. ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު އިންސާނަކަށްވުރެ ބޮޑަށް މިމަރުހަލާގައި ވައްތަރުވަނީ ފަންޏަކާ (ޓެޑްޕޯލް) އެވެ. މިހާލަތުގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވެނީ މަތިމައްޗަށް އެތުރިފައިވާ ސެލްތަކުގެ 3 ފަށަލައެވެ. ނުވަތަ ތުއްތު ދަރިފުޅު އެކުލެވިގެންވަނީ 3 ފަށަލައެއްގެ މައްޗަށެވެ. އެއީ:-


  • އެންމެ ބޭރު ފަށަލަ "އެކްޓޯޑާރމް"(ectoderm)
  • މެދުގައިވާ ފަށަލަ "މީސޯޑާރމް"(mesoderm)
  • އެންމެ އެތެރޭގައިވާ ފަށަލަ "އިންޑޯޑާރމް"(endoderm)

އެކްޓޯޑާރމް އަކީ އެންމެ މަތީގައިވާ ނޫނީ އެންމެ ބޭރު ފަށަލަ ނުވަތަ ނާރު ހޮޅި(neural tube) އެވެ. މިއީ ނާރު ފަށަލަ އެވެ. ސިކުނޑިއާއި، ސްޕައިނަލްކޯޑު، މައިބަދަ، އަދި ނާރުތައް އުފެދިގެން އަންނަނީ މިފަށަލައިންނެވެ. ހަން، އިސްތަށި، ނިޔަފަތި، ކިރުބޭރުކުރާ ގޮށްތައް، ދާ ބޭރުކުރާ ގޮށްތައް، އަދި ދަތްތައް ވެސް އުފެދިގެން އަންނަނީ މިފަށަލައިންނެވެ.

މީސޯޑާރމް އަކީ މެދުގައިވާ ފަށަލަ އެވެ. ހިތާއި، ލޭހޮޅިތަކާއި، ލޭދައުރުކުރާ ނިޒާމްގެ ބައިތައް އުފެދިގެންދަނީ މިފަށަލަ އިންނެވެ. މިހަފްތާގެ ތެރޭގައި ކުޑަކުޑަ ހިތް އޭގެ އުފެދުމުގައި ބައިތަކަށް ބައިވެ، ވިންދުޖަހައި، ލޭފޮނުވަން ފަށާނެ އެވެ. މަސްތަކާއި، މަޑުކަށިތަކާއި، ކަށިތައް އަދި ހަމުގެ ދަށުގައި ހުންނަ ޓިޝޫތައް ވެސް އުފެދިގެން އަންނަނީ މިފަށަލައިންނެވެ.

އިންޑޯޑާރމް އަކީ އެންމެ އެތެރޭގައިވާ ފަށަލަ އެވެ. ފުއްޕާމޭ، މައިދާ، ގޮހޮރު، ފުރަމޭ، ޗިސްމޭ، ކުޑަކަމުދާ ނިޒާމް، އަދި ތައިރޮއިޑް ގްލޭންޑް އުފެދިގެން އަންނަނީ މިފަށަލައިންނެވެ. މިހާރު އުފެދެމުން އަންނަ މަހާއި، ފޫޅު ދަނޑިން ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދެމުން ގެންދާނެ އެވެ.

ފަސްވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް

މަސާނާ : މިދުވަސްވަރު މައިމީހާއަށް ތަންކޮޅެއް ގިނައިން ކުޑަކަމުދެވޭކަން ފާހަގަ ކުރެވޭނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑުގައި ލޭގިނަވެ، ކުޑަކަމުދާ ތަކެތި އުފެއްދުން އިތުރުވާތީ އެވެ.

އުފެދެމުން އަންނަ ތުއްތު ދަރިފުޅު :ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ތިލެޔޮ އޮށެއްވަރެވެ. މިހާލަތުގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވެނީ މަތިމައްޗަށް އެތުރިފައިވާ ސެލްތަކުގެ 3 ފަށަލައެވެ.

ނާރު ފަށަލަ :ނާރު ފަށަލައަކީ އުފެދެމުން އަންނަ ތުއްތު ދަރިފުޅު އެކުލެވިގެންވާ 3 ފަށަލައިގެ ތެރެއިން އެންމެ މައްޗަށް އޮންނަ ފަށަލަ އެވެ. ސިކުނޑި، ސްޕައިނަލް ކޯޑު، މައިބަދަ، އަދި ނާރުތައް އުފެދިގެން އަންނަނީ މިފަށަލައިންނެވެ.

އުފެދެމުން އަންނަ މަސް :އުފެދެމުން އަންނަ މަހުގައި ހިމެނޭ ކުދި ލޭހޮޅި{ވިލައި}ތަކުން އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި އޮކްސިޖަން ފޯރުކޮށްދޭނެ އެވެ.

ޔޯކް ސެކް :މިތަނުން ފޯރުކޮށްދެމުން އައި، އުފެދެމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް، ހުއްޓާލައި، އެމަސައްކަތް އުފެދެމުން އަންނަ މަހަށް ބަދަލުކޮށްލާނެއެވެ.

ފެންދުލި :ފެންދުއްޔަކީ އޭގެ އެތެރޭގައިވާ ފެނުގެ ދިޔަވަރުގެ މަތީގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު އޮންނަ، އޭގެ ސަބަބުން އުފެދެމުން އަންނަ ތުއްތު ދަރިފުޅު ރައްކާތެރިކޮށްދޭ އައްޑަނަ އެކެވެ.

ފަސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު އިންސާނަކަށްވުރެ ބޮޑަށް މިމަރުހަލާގައި ވައްތަރުވަނީ ފަންޏަކާ (ޓެޑްޕޯލް) އެވެ. ނަމަވެސް މިމަރުހަލާގައި ވަރަށް އަވަހަށް ބޮޑުވަމުން އަންނާނެ އެވެ. ތުއްތު ދަރިފުޅުގެ ލޭދައުރުކުރާ ނިޒާމު އުފެދެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ކުޑަކުޑަ ހިތް މިހަފްތާގައި ވިންދު ޖަހަން ފަށާނެއެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ތިލެޔޮ އޮށެއްވަރެވެ.

މައުލޫމާތު :





No comments:

Post a Comment