Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 25ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ފަންސަވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 13 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½ 1 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : އާދައިގެ ރޫޓަބާގާއެއް ވަރު 



ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ ހިކިކަމާއި، ތުނިކަމުގެ ބަދަލުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސަރުބީ ޖަހައި ރޫފަ ރަނގަޅުވާން ފަށާނެ އެވެ. މިހެންވުމުން ރޫޖެހިފައިވާ ހަމަށް ވާންކަން ލިބި، ހަން އޮމާންވެގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ރޫފަ ރަނގަޅުވެ، އަލަށް އުފަންވާ ތުއްތު ކުއްޖަކާ ވައްތަރުވުން ބޮޑުވެގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ، ވަކި ގޮތަކަށް ހުރި އިސްތަށި މިހާރު ހުންނާނެއެވެ. މާނައަކީ ކަޅު ނޫނީ މުށި، ފަންކޮށް ، ނޫނީ ބުޅިކޮށް ހުރި އިސްތަށި ހުންނާނެއެވެ. 

ފަންސަވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ތުއްތު ދަރިފުޅުގެ ގައިގައި ފެޓް ޖަހަންފަށާނެއެވެ. ހަން އޮމާންވެ، އަލަށްއުފަންވާ ތުއްތު ކުއްޖެއްގެ ސިފަ ގައިގައި ޖެހެން ފަށާނެއެވެ.

އިސްތަށި : ތުއްތު ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ، ވަކި ގޮތަކަށް ހުރި އިސްތަށި މިހާރު ހުންނާނެއެވެ. މާނައަކީ ކަޅު ނޫނީ މުށި، ފަންކޮށް ، ނޫނީ ބުޅިކޮށް ހުރި އިސްތަށި ހުންނާނެއެވެ. ނަމަވެސް އުފަންވުމަށްފަހު ވެސް މިކަން ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. 

ރަހިމު : ބޮޑުވަމުން އަންނަ ރަހިމުން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ލޭހޮޅިތަކަށް ފިއްތާތީ، ގިނަ އިރު އުއްޑުން އޮށޯވެ އޮވެއްޖެނަމަ، އަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ. 

ފަންސަވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ގައިގައި ފެޓް ޖަހަންފެށުމުން، ހަމުގައި ހުންނަ ދޫކަން ގޮސް، ރޫތައް ނެތި، ހަން އޮމާންވެ، އަލަށްއުފަންވާ ތުއްތު ކުއްޖެއްގެ ސިފަ ގައިގައި ޖެހެން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ބޮލުގައި ވަކި ކުލައެއްގެ، ވަކި ގޮތަކަށް ހުރި އިސްތަށި ފަޅަން ފަށާނެ އެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ހުންނާނީ އާދައިގެ ރޫޓަބާގާ އަކާ އެއްވަރު ބަރުދަނެކެވެ.

މައުލޫމާތު :


No comments:

Post a Comment