Tuesday, October 4, 2011

ދިވެހި އަތަ

ދިވެހި އަތަ
ދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ދިވެހި އަތަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : ދިވެހި އަތަ
އިގިރޭސި ނަން : Custard Apple
ޢިލްމީ ނަން : Annona Reticulata
ދިވެހި އަތައިގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
75 ކިލޯކެލަރީ
ސޯޑިއަމް
7 މިލިގްރާމް
ކާބޯހައިޑްރޭޓް
17.71 ގްރާމް
ޕޮޓޭސިއަމް
287 މިލިގްރާމް
ޕްރޮޓީން
1.57 ގްރާމް
މަޢުދަންތައް
ފެޓް
0.68 ގްރާމް
ކެލްސިއަމް
10 މިލިގްރާމް
ފައިބަރު
3 ގްރާމް
ކޮޕަރ
0.069 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.27 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
17 މިލިގްރާމް
ނިއެސިން
0.644 މިލިގްރާމް
މެންގަނީޒް
0.093 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.345 މިލިގްރާމް
ފޮސްފަރަސް
26 މިލިގްރާމް
ޕައިރިޑޮކްސިން
0.257 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.131 މިލިގްރާމް
ޒިންކް
0.16 މިލިގްރާމް
ތިއެމިން
0.101 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
51 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
12.6 މިލިގްރާމް
ކެރޮޓީން ބީޓާ
2 މައިކްރޯ ގްރާމް
ވިޓަމިން އީ
0.27 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
1 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
6 މައިކްރޯ ގްރާމް


ލައިކޯޕީން
0 މައިކްރޯ ގްރާމް
ނޯޓް: ދަނޑިގަޑު އަތަ، ދިވެހި އަތަ، އަނޯނާ ނިސްބަތްވަނީ އެއްއާއިލާ އަކަށެވެ. އެހެންކަމުން މިއިން ކޮންމެ މޭވާއަކުން ކާނާގެ ބައިތައް ފޯރުކޮށްދެނީ  ދާދި އެއްވަރަކަށެވެ.
ދިވެހި އަތަ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ކެންސަރުން ރައްކާތެރިކުރުން : ދިވެހި އަތައިގައި ތަބީޢީ އެންޓި އޮކްސިޑެންޓް ތައް ކަމަށްވާ، ވިޓަމިން ސީ، އަދި ވިޓަމިން އޭ ހުރެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ބަލިތަކާއި، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށް ސަލާމަތް ކޮށްދެއެވެ. ދިވެހި އަތައިގައި ފައިބަރު ހުރުމަކީ، ގޮހޮރުގެ ކެންސަރުޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
·         ލޯ އަދި ހަމާއި އިސްތަށީގެ ދުޅަހެޔޮކަން : ދިވެހި އަތައިގައި ވިޓަމިން އޭ ހުރުމަކީ ލޮލުގެ ދުޅަހެޔޮކަމަށް  އެބޭނުންކުރުމުން މަންފާ ލިބިދޭ ކަމެކެވެ. އަދި ދިވެހި އަތަ ބޭނުންކުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދިނުމުގައި އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ދިވެހި އަތައިގައި ހިމެނޭ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީގެ ސަބަބުން، ހަމާއި، އިސްތަށީގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދެއެވެ.
·         ހިތުގެ ދުޅަހެޔޮކަން : ދިވެހި އަތައިގައި މެގްނީޒިއަމް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ލިބޭ ފައިދާ އެކެވެ. މެގްނީޒިއަމް އަކީ ގުޅަކައި ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި، ރާއްޖެބަލި ޖެހިފައިވާ ހުޅުތަކުން އެސިޑް ބޭރުކޮށް، އެބަލީގެ އުދަގޫތައް ކުޑަކޮށްދޭ މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައި ފެނުމިންވަރު ވެސް ހަމަހަމަ ކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މެގްނީޒިއަމް ހުރުމަކީ ހިތުގެ ބަލިތަކުން މިންޖުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިންބީ6 ނުވަތަ ޕައިރިޑޮކްސިން ވެސް ދިވެހި އަތައިގައި ހުރެއެވެ. ޕައިރިޑޮކްސިން އަކީ އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ލޭގައި ދަށްކުރާ މާއްދާ އެކެވެ. އެމިނޯއެސިޑްގެ މިންވަރު ލޭގައި މަތިވުމަކީ ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި، ސްޓްރޯކްެ ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
·         ވަރުބަލިކަން ކުޑަކުރުން : އާދަޔާ ޚިލާފަށް ވަރުބަލިކަމާއި، ވާޅުކަން އިހްސާސްވާ މީހުންނަށް ދިވެހި އަތަ އަކީ ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ. އެއީ ދިވެހި އަތައިގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ވަރުބަލިވެފައިވާ މަސްތަކަށް ބާރުގެނެސްދޭތީ އެވެ.
·         ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން : ދިވެހި އަތައިގައި ފައިބަރު ހުރުމުގެ ސަބަބުން އެބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލައާއި ދުރުކޮށްދެއެވެ. އަދި ހަޖަމުކުރުމަށް ފަސޭހަވެ، ހަޖަމުކުރުމާއި ގުޅުންހުރި ބަނޑާއި މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ.
·         އެހެނިހެން ކަންތައްތައް :-
o       ނިލިއަތަ، ހިއްކައި، ޗިސްކޮށްގެން ބޭރަށްހިންގުމަށް ފަރުވާ ކުރުމުގައި ބޭނުންކުރެއެވެ.
o       ދިވެހި އަތައިގެ އޮށުގައި ފަނިފަކުސަ މަރާލުމުގެ ބާރު ހުރެއެވެ.
o       ހަށިގަނޑުގެ ދަގަނޑުގެ މިންވަރު މަތިކޮށް ލޭމަދުވުމުން ރައްކާތެރިކޮށްދެއެވެ.
o       ކަރުތެރެއާއި ފުއްޕާމޭގައި ހިފާފައި ހުންނަ ދަވަ ސާފުކޮށް ދެއެވެ.
o       ދިވެހި އަތައިގައި ސަރުބީ ހުންނަނީ ވަރަށް މަދުންނެވެ. މިއީ ފުރިހަމަ ޞިއްހަތަކަށް ރަގަޅުކަމެކެވެ.
o       މޭނުބައިކުރުމާއި ހޮނޑުލުން އަދި ބޯއެނބުރުމަށް ފަރުވާކުރުމަށް ބޭނުންކުރެވެއެވެ.
ނޯޓް : ދިވެހި އަތަ އާއި، ދަނޑިގަޑު އަތަ، އަދި އަނޯނާ އަކީ ވެސް އަނޯނާ އާއިލާއަށް ނިސްބަތްވާ މޭވާތަކަށް ވުމުން އެމޭވާ ތަކުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ. އަދި މި3 ބާވަތުގެ މޭވާ އަކީ ވެސް ޞިއްޙީ ގޮތުން ދާދި އެއްފައިދާ ތަކެއް ގެނެސްދޭ މޭވާތަކެއް ކަން ހަދާން ބެހެއްޓުން މުހިއްމެވެ.
މަޢުލޫމާތު:-



No comments:

Post a Comment