Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 9ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ނުވަވަނަ ހަފްތާ


ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : އައުންސެއްގެ އެތިކޮޅެއް ވަރު

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : މޭބިސްކަދުރު އޮށެއްވަރު 

ދުވަހެއް ދުވަހަކަށް ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އިންސާނެއްގެ ސިފަ ޖެހެމުންދާނެ އެވެ. ހިތް ހުންނާނީ 4 ބަޔަށް ބެހި ނިމިފައެވެ. ހިތުގެ ވޭލްތައް އުފެދެން ފަށާނެ އެވެ. ކުދިކުދި ދަތްތައް އުފެދެން ފަށާނެ އެވެ. ނިގުލެއްގެ ގޮތުގައި ފެންނަން އިން ބައި މިހާރު އިންނާނީ އެއްކޮށް ނެތި ގޮސްފައެވެ. ގުނަވަންތަކާއި، މަސްތަކާއި، ނާރުތަކުގެ މަސައްކަތް މިހާރު ކުރިޔަށްދާނެ އެވެ. ޖިންސީ ގުނަވަން ހުންނާނީ އުފެދިފައެވެ. ނަމަވެސް އަދި ޖިންސު ވަކިކުރަން އެނގޭވަރެއް ނުވާނެއެވެ. ލޯ ހުންނާނީ އުފެދިފައެވެ. ނަމަވެސް ލޮލުގެ ދެބޮޑި އެއްވެ، ލެއްޕިފައި ހުރުމުން 27 ވަނަ ހަފްތާއާއި ޖެހެންދެން ލޮލެއް ނުހުޅުވޭނެ އެވެ. ނޭފަތުގެ ހިނދުރި، އަނގަ، ނޭފަތް، އަދި ކަންފަތުގެ ފޫޅު ކުރިޔަށްވުރެ ބޮޑަށް ފާހަގަކުރަން އެނގޭނެ އެވެ.

ތުއްތު ދަރިފުޅާއި މައިމީހާ ގުޅުވައިދޭ މަސް މިހާރު އިންނާނީ އެކަށޭނަވަރަކަށް އުފެދިފައެވެ. މަހުން ހޯރމޯންތައް ވެސް އުފައްދަން ފަށާނެއެވެ. ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވާން ފަށާނެ އެވެ.

ނުވަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

ކޮރީއަނިކް ވިލައި :ކޮރީއަނިކް ވިލައި އަކީ މަހުން ބޭރަށް ނިކުމެފައިވާ ނިކުތުން ތަކެކެވެ. ނުވަތަ އުފުލިފައިވާ އުފުލުންތަކެކެވެ. "ކޮރީއަނިކް ވިލަސް ސާމްޕްލިންގ" ހެދުމަށް ސެލްތައް ނެގެނީ މިނިކުތުންތަކުގައި ހުންނަ ސެލްތަކުންނެވެ.

ކަންފަތު ފޫޅު : ތުއްތު ދަރިފުޅުގެ ކަންފަތު ފޫޅު މިހާރު ހުންނާނީ އުފެދިފައެވެ.

ލޮލުގެ ބޮޑި : ލޮލުގެ ދެބޮޑި މިހާރު ހުންނާނީ އެއްވެ ބަންދުވެފައެވެ. އަދި 27 ވަނަ ހަފްތާއާއި ޖެހެންދެން ލޮލުގެ ބޮޑި ބަންދުވެފައި އިނުމުން ލޮލެއް ނުހުޅުވޭނެ އެވެ.

އަތުގެ އިނގިލިތައް : އަތުގެ އިނގިލިތަކުގެ ކޮޅު ހުންނާނީ ތަންކޮޅެއް ބޮޑުވެފައެވެ. އެއީ އަތުގެ އިނގިލިތަކުގެ ކޮޅުގައި "ޓަޗު ޕެޑު" އުފެދެމުންދާތީ އެވެ.

ކޮނޑު : ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ހަރަކާތްކުރާނެއެވެ. ކޮނޑުހުޅު، އުޅަބޮށި، އަތުގެ ކުޑަހުޅު، ކަކޫހުޅު، ތަބިކަށިހުޅު ފަދަ ހުރިހާ ބޮޑެތި ހުޅުތަކެއް ފުރިހަމައަށް މަސައްކަތްކުރާނެއެވެ.

ނުވަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ އަސާސީ ބައިތައް މިހާރު ހުންނާނީ އުފެދެން ފަށާފައެވެ. ކުޑަ ކަންފަތު ފޫޅެއް ވެސް އިންނާނެ އެވެ. ނަމަވެސް ރަނގަޅަށް ކަންފަތް ފުރިހަމަވުމަށް އަދި ދުވަސް ނަގާނެއެވެ. ތުއްތު ދަރިފުޅުގެ ފަހަތުގައި ލެވިފައިވި ނިގޫ މިހާރަކު ނުއިންނާނެ އެވެ. ބަރުދަނުގައި އައުންސެއްގެ އެތިކޮޅެއް ވަރު ހުރެދާނެ އެވެ. އެކަމަކު މިހާރު އެހުރީ ބަރުދަން އިތުރުވާން ފެށުމާއި، ގާތުގައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް މޭބިސްކަދުރު އޮށެއް ވަރެވެ.

މައުލޫމާތު :






No comments:

Post a Comment