Wednesday, October 5, 2011

ރަންބުސްތާނު

ރަންބުސްތާނު
ރަންބުސްތާނަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ.  މިއީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އާއި މައުދަންތަކާއި، އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާންމުކޮށް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަންޏާއި ސަރުބަތު ތައްޔާރުކޮށްގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ރަންބުސްތާނު
އިގިރޭސި ނަން : Rambutan
ޢިލްމީ ނަން : Nephelium Lappaceum
ރަންބުސްތާނުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
82 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
0 ގްރާމް
ޕޮޓޭސިއަމް
119 މިލިގްރާމް
ޕްރޮޓީން
21 ގްރާމް
މަޢުދަންތައް
ފެޓް
1 ގްރާމް
ކެލްސިއަމް
9.58 މިލިގްރާމް
ފައިބަރު
1 ގްރާމް
ކޮޕަރ
0.066މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.60 މިލިގްރާމް
ފޮލިކް އެސިޑް
8 މައިކްރޯ ގްރާމް
މެގްނީޒިއަމް
7 މިލިގްރާމް
ނިއެސިން
1.352 މިލިގްރާމް
މެންގަނީޒް
1.06 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.018 މިލިގްރާމް
ފޮސްފަރަސް
9 މިލިގްރާމް
ޕައިރިޑޮކްސިން
0.020 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.050 މިލިގްރާމް
ޒިންކް
0.08 މިލިގްރާމް
ތިއެމިން
0.010 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
4.5 އައިޔޫ
ކެރޮޓީން އަލްފާ

ވިޓަމިން ސީ
59.4 މިލިގްރާމް
ކެރޮޓީން ބީޓާ

ވިޓަމިން އީ

ކްރިޕްޓޯޒެންތިން ބީ

ވިޓަމިން ކޭ

ލޫޓީން-ޒިއެޒެންތިން



ލައިކޯޕީން
-           


ރަންބުސްތާނުން ލިބޭ ޞިއްޙީ ފައިދާތައް
·         ރަންބުސްތާނުގައި ވިޓަމިން ސީ މަތީ މިންވަރަކަށް ހުންނާތީ މިމޭވާ އާއި މެދު ބެލެވެނީ އެންޓި-އޮކްސިޑެންޓް ހަށިގަނޑަށް ލިއްބައިދޭ މަޞްދަރެއްގެ ގޮތުގައެވެ. އެންޓި-އޮކްސިޑެންޓަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލޭގެ ރަތް ސެލްތަކާއި، ހުދު ސެލްތައް އުފެއްދުމަށް ބޭނުންވާ ދަގަނޑާއި، ކޮޕަރ ކާނާއިން ހަށިގަނޑަށް ނެގުމަށް ވެސް ވިޓަމިން ސީ ގެ ބޭނުން ހިފަން ޖެހެއެވެ.  
·         މެލޭޝިޔާގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ރަންބުސްތާނުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހަށިގަނޑަށް ވަންނަ ޖަރާސީމްތަކާއި ހަނގުރާމަކޮށް، އެނައްތާލުމުގެ ބާރު ރަންބުސްތާނު ބޭނުންކުރުމުން ލިބިގެން ދެއެވެ.
·         ރަންބުސްތާނަކީ ހަށިގަނޑުގެ ސަރުބީ ވިރުވައިދީ، ހަން ފަށަލަ އޮމާންކޮށްދީ، އިސްތަށީގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަދި ހަކުރު ބައްޔާއި، ބޭރަށްހިންގުން ފަދަ ބަލިތަކަށް ލުއިކަން ގެނެސްދިނުމުގައި އެހީތެރިވެދޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ، ވިޓަމިންއޭ، މެގްނީޒިއަމް، ޒިންކް، ސޯޑިއަމް، ކެލްސިއަމް،ފޮސްފަރަސް، ނިއެސިން، ދަގަނޑާއި، ޕްރޮޓީން، އަދި ފައިބަރު އެކުލެވޭ މޭވާ އެއް ވެސް މެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު 10-8 އާއި ދެމެދުގެ އަދަދަކަށް ރަންބުސްތާނު އާއިލާއަށް ނިސްބަތްވާ މޭވާތަކުގެ ތެރެއިން މޭވާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހިނގާ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުމުގައި ބޭނުންތެރި މާއްދާ އެކެވެ.
·         ރަންބުސްތާނުގައި ހަކުރު ވަރަށް ގިނައިން ހުރެއެވެ. މައިގަނޑު ގޮތެއްގައި ހުންނަނީ ފްރަކްޓޯސް އަދި ސަކްރޯސް އެވެ. މިއީ ކެލަރީ މަދު މޭވާއެކެވެ. އެއީ ގާތްގަނޑަކަށް މޭވާއެއްގައި 60 ކިލޯ ކެލަރީ އެވެ.
·         މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގައި ހަކުރު ބަލި، ލޭމައްޗަށްދިއުން، ފަދަ ބަލިތަކަށް، ޒަމާންތަކެއް ވަންދެން ރަންބުސްތާނުގެ އެހީގައި ފަރުވާކޮށްފައި ވެއެވެ. ތައިލޭންޑްގެ ޗިއާންގ މާއި ޔުނިވަސިޓީ އިން ކުރިން ދިރާސާތަކުން އެނގުނުގޮތުގައި، ރަންބުސްތާނުގައި ގަސްގަހާ ގެހިން ލިބޭ އެންޓި-އޮކްސިޑެންޓެއް ކަމުގައިވާ ފްލޭވޮނޮއިޑް ހުރެއެވެ. މިއީ ހަށިގަނޑުގެ ސަރުބީ މިންވަރު ދަށްކޮށްދީ، ދުޅަޔާއި، ކެންސަރާއި ދެކޮޅަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ.
·         ރަންބުސްތާނުގައި ދަގަނޑު ވެސް ވަރަށް ގިނައިން ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދީ، ލޭމަދުވުމުން ދިމާވާ ބޯއެނބުރުން ފަދަ ކަންތައްތަކުން ދުރުކޮށްދޭ މާއްދާ އެކެވެ.
·         ވިޓަމިން ސީ ގިނައިން ހުރުން : ރަންބުސްތާނުގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o       ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o       ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o       އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.

މަޢުލޫމާތު:-

No comments:

Post a Comment