Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 8ވަނަ ހަފްތާ


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : އަށްވަނަ ހަފްތާ


ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : -

ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ގުރުދާ ތޮޅިއެއް ވަރު

ތުއްތު ދަރިފުޅުގެ އަތްތިލައާއި، ފައިތިލަ އަންނާނީ އުފެދެމުންނެވެ. އަތާއި، ފައިގެ އިނގިލިތައް ހުންނާނީ އެއްވެ ގުޅިފައެވެ. ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޯ އެއްކޮށް މިހާރު ފޮރުވޭނެ އެވެ. ނޭވާލުމުގެ ޝާމިލްވާ ހޮޅިތައް އަރުތެރެއިން ފެށިގެން އުފެދެމުން އަންނަ ފުއްޕާމެޔާއި، ހަމައަށް ދެމިގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ނިމޭކޮޅުން ނިގުލެއްގެ ސިފައިގައި އޮތްބައި މިހާރު އިންނާނީ ގާތްގަނޑަކަށް އެއްކޮށް ނެތިގޮސްފައެވެ. ތުއްތު ދަރިފުޅުގެ ސިކުނޑީގައި ހުންނަ ނާރު ސެލްތައް ކަފިކަފިވެ، އެކަތި އަނެކައްޗާއި ގުޅި، ނާރުތަކުގެ ނިޒާމުގެ ފެށުން އުފެދިގެންދާނެ އެވެ. ތުއްތު ދަރިފުޅުގެ ޖިންސު ވަކިކުރަން އެނގޭވަރަކަށް އަދި ޖިންސީ ގުނަވަނެއް ނުއުފެދޭނެ އެވެ. ތުއްތު ދަރިފުޅު މިހާރު ހުއްޓިނެތި ހަރަކާތް ކުރާނެއެވެ.


އަށްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް

ސިކުނޑި :ތުއްތު ދަރިފުޅުގެ ސިކުނޑީގައި ހުންނަ ނާރު ސެލްތައް ކަފިކަފިވެ، އެކަތި އަނެކައްޗާއި ގުޅި، ނާރުތަކުގެ ނިޒާމުގެ ފެށުން އުފެދިގެންދާނެ އެވެ.

ލޮލުގެ ބޮޑި : ދެފުށް ފެންނަ ގޮތަށް އިންނަ ތުއްތު ދަރިފުޅުގެ ލޮލުގެ ދެބޮޑިން ލޯ އެއްކޮށް މިހާރު ފޮރުވޭނެ އެވެ.

އަތްތިލަ :އަތްތިލަ ހުންނާނީ އަތުގެ ކުޑަހުޅުން އެތެރެއަށް ލެނބި، ހިތާއި ދިމާލަށް ޖެހިފައެވެ. އަތުގެ އިނގިލިތައް އަދިވެސް ހުންނާނީ ކޮންމެވެސް ވަރަކަށް ގުޅިފައެވެ. ނަމަވެސް އިނގިލިތައް ކުރިޔަށްވުރެ ދިގުވާނެއެވެ.

ކަކޫ ހުޅު : ތުއްތު ދަރިފުޅުގެ ކަކޫ ހުންނާނީ އުފެދިފައެވެ. ފައިތިލަ ގައިގައި ޖެހޭވަރަށް އުފެދިފައި ހުންނާނެ އެވެ.

އަށްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް

މައިމީހާއަށް ބަނޑުގައި ދަރިފުޅު ތޮޅޭކަމުގެ އިހުސާސް ނުކުރެވުނަސް، ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު މިހާރު ހަރަކާތް ކުރާނެއެވެ. ނާރު ސެލްތައް ކަފިވެ، ނާރުތަކުގެ ނިޒާމު އުފެދެން ފަށާނެ އެވެ. ނޭވާލުމުގެ ޝާމިލްވާ ހޮޅިތައް އަރުތެރެއިން ފެށިގެން އުފެދެމުން އަންނަ ފުއްޕާމެޔާއި، ހަމައަށް ދެމިގެންދާނެ އެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ގުރުދާ ތޮޅިއެއް ވަރެވެ.

މައުލޫމާތު :

No comments:

Post a Comment