Monday, December 23, 2013

ކޮތަނބިރި ފަތް

ކޮތަނބިރި ފަތް
ކޮތަނބިރި ފަތަކީ ތަފާތު ވައްތަރު ސުރުވާ، ސަޓަނި، އަދި ރިހައިގެ ބާވަތްތައް ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ފަތެކެވެ،
ދިވެހި ނަން : ކޮތަނބިރި ފަތް
އިގިރޭސި ނަން : cilantro leaves/ coriander leaves
ޢިލްމީ ނަން : Coriandrum sativum
ކޮތަނބިރި ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
23 ކިލޯކެލަރީ
ސޯޑިއަމް
46 މިލިގްރާމް
ކާބޯހައިޑްރޭޓް
3.67 ގްރާމް
ޕޮޓޭސިއަމް
521 މިލިގްރާމް
ޕްރޮޓީން
2.13  ގްރާމް
މަޢުދަންތައް
ފެޓް
0.52 ގްރާމް
ކެލްސިއަމް
67 މިލިގްރާމް
ފައިބަރު
2.80 ގްރާމް
ކޮޕަރ
ވިޓަމިންތައް
ދަނގަޑު
1.77 މިލިގްރާމް
ފޮލިކް އެސިޑް
62 މައިކްރޯ ގްރާމް
މެގްނީޒިއަމް
26 މިލިގްރާމް
ނިއެސިން
1.114 މިލިގްރާމް
މެންގަނީޒް
0.426 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.570 މިލިގްރާމް
ފޮސްފަރަސް
-     48 މިލިގްރާމް
ޕައިރިޑޮކްސިން
0.149 މިލިގްރާމް
ސިލެނިއަމް
12 0.9މައިކްރޯގްރާމް
ރައިބޯފްލެވިން
0.162 މިލިގްރާމް
ޒިންކް
0.50 މިލިގްރާމް
ތިއެމިން
0.067 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
6748 އައިޔޫ
ކެރޮޓީން އަލްފާ
36 މައިކްރޯ ގްރާމް
ވިޓަމިން ސީ
27 މިލިގްރާމް
ކެރޮޓީން ބީޓާ
3930މައިކްރޯ ގްރާމް
ވިޓަމިން އީ
2.50 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
202 މައިކްރޯ ގްރާމް
ވިޓަމިން ކޭ
310 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
865 މައިކްރޯ ގްރާމް

























ކޮތަނބިރި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުހުރުން : ލެބޯޓްރީގައި ކޮށްފައިވާ ތަހުލީލުތަކުގައި ކޮތަނބިރި ފަތުން އެންޓިބަޔޮޓިކް ކަމްޕައުންޑެއް ކަމުގައިވާ "ޑޮޑީސިނަލް" ކިޔާ މާއްދާއެއް ހޯދާފައި ވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިއީ ކާބޯތަކެތިން ފެތުރޭ ޖަރާސީމެއް ކަމުގައިވާ "ސެލްމަނެލާ" މަރައި، ނައްތާލުމުގައި އެހީތެރިވެދީފާނެ މާއްދާ އެކެވެ. މީގެ އިތުރުން ކޮތަނބިރި ފަތުގައި ތަފާތު ބެކްޓީރިޔާތަކާއި ފަންގަސްއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ތެލެއް ހުރެއެވެ.

(ށ) - ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުހުރުން : ކޮތަނބިރި ފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ބީޓާ ކެރޮޓީން، ވިޓަމިން އީ، ވިޓަމިން ސީ، ފެރޫލިކް އެސިޑް،އެލިމޯލް، ކާފޫރު، ބޯނިއޯލް، ކާރވޯން، ކެފެއީކް އެސިޑް، ކެއެމްފިރޯލް، އެޕިޖިނިން، ރެމްނެޓިން، އަދި ކުވަރސިޓިން ހިމެނެއެވެ. ކެންސަރުން ޖެހުމަށް މެދުވެރިވާ "އޮކްސިޑޭޓިވް ސްޓްރެސް" ކުރިމަތިވުމުގެ ފުރުޞަތު މިއެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ދަށްކޮށްދޭނެ އެވެ. އެންޓިއޮކްސިޑެންޓް ތައް ގިނައިން ހުރުމަކީ ތުރުތުރުއަޅާ ބަލި އަދި އަލްޒާ ބަލި ފަދަ ނާރުތަކާއި ގުޅުންހުރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ނ) - ދުޅަ ތިރިކުރުމުގެ ބާރު ލިބިފައިވުން : ކޮތަނބިރި ފަތުގައި އޮމެގާ-3- ފެޓީ އެސިޑް އަދި އޮމެގާ-6- ފެޓީ އެސިޑް ގިނަ އަދަދަކަށް ހުރެއެވެ. މިފެޓީ އެސިޑް ތަކަކީ ދުޅަ ތިރިކުރުމަށްޓަކައި ހަށިގަނޑުގައި ތަފާތު މާއްދާތައް އުފެއްދުމަށް އެހީތެރިވެދޭ އެސިޑް ތަކެކެވެ.

(ރ) - ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން : މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ކޮތަނބިރި ފަތުގައި ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. ކޮތަނބިރި ފަތުން ޖޫސް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ބޭނުންކުރުމަކީ އިންސިއުލިން ދޫކުރުމަށް ބާރުއަޅައި، ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކޮތަނބިރި ފަތް ރޯކޮށް ހުއްޓައި ބޭނުންކުރުމަކީ ވެސް އިންސިއުލިން ދޫކުރުމަށް ބާރުއަޅައި، ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ.


(ބ) - ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކޮތަނބިރި ފަތަކީ ކެލްސިއަމް އިން މުއްސަދި ފަތެކެވެ. ކެލްސިއަމް އަކީ ކަށިތައް އުފެދުމަށާއި، ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ މާއްދާ އެކެވެ.

(ޅ) - ސަރުބީ ދަށްކުރުން : ކޮތަނބިރި ފަތުގައި އެއްވެސް ވަރަކަށް ކޮލެސްޓްރޯލެއް ނުހުރެއެވެ. ކޮތަނބިރި ފަތުން ޖޫސް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ސެލްގެ ބޭރު ފަށަލައިގައި ހަލާކުވެފައި ހުންނަ ސަރުބީގެ މިންވަރު މަދުކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮތަނބިރި ފަތަކީ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދީ، ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކޮތަނބިރި ފަތުގައި ހިމެނޭ ސަރުބީ ދަށްކޮށްދޭ މާއްދާ ތަކުގެ ތެރޭގައި ލިނޯލީކް އެސިޑް، އޮލީކް އެސިޑް، ޕެލްމިޓިކް އެސިޑް، ސްޓީއެރިކް އެސިޑް އަދި އެސްކޯބިކް އެސިޑް ނުވަތަ ވިޓަމިން ސީ ހިމެނެއެވެ. ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީ ޖަމާވުމަށް މިމާއްދާތައް ހުރަސް އަޅައެވެ.

(ކ) - ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކޮތަނބިރި ފަތުގައި ބީޓާ ކެރޮޓީން އާއި އެހެނިހެން އެންޓިއޮކްސިޑެންޓް ތައް ހުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ލޮލުގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. މީގެ އިތުރުން މިއީ ލޮލުގައި ފުސްޖެހުމާއި، އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ.

(އ) - ވިހަ ސާފުކުރުން : ކޮތަނބިރި ފަތަކީ ތިމަރަ، ދިރޭރަހަ އަދި އެލުމިނިއަމް ފަދަ މާއްދާ ތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހައިގެ އަސަރު ދުއްވާލުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.

(ވ) - ދިފާއީބާރު ރަގަޅުކުރުން : ކޮތަނބިރި ފަތުގައި ތަފާތު އެންޓިއޮކްސިޑެންޓްތައް، ފައިޓޯނިއުޓްރިއެންޓްތައް، މައުދަންތައް، އަދި ވިޓަމިން ތައް ހުރުމަކީ އެބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ފ) - ގުރުދާގައި އުފެދޭ ހިލަ ބޭރުކުރުން : ކޮތަނބިރި ފަތުގައި ހިމެނޭ ވިހަ ސާފުކުރުމުގެ ބާރާއި، ކުޑަކަމު ނަޖިސް ބޭރުކުރުމުގެ ބާރުގެ ސަބަބުން ކޮތަނބިރި ފަތް ބޭނުންކުރުން ވެފައިވަނީ ގުރުދާގައި އުފެދޭ ހިލައިގެ އަސަރު ކަނޑުވާލުމަށް އެހީތެރިވެދޭ ކަމަކަށެވެ.

(ދ) - ހަޖަމުރަގަޅުކޮށްދިނުން : ކޮތަނބިރި ފަތް ހޫނު ފެނާއެކު ބޭނުންކުރުމަކީ ހަޖަމުރަގަޅުކޮށްދީ، ވައިގެ އުދަނގޫކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ކޮތަނބިރި ފަތަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތަކާއި، ދިޔަތައް ދޫކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކޮތަނބިރި ފަތުގައި ފައިބަރު ގިނައިން ހުރުމަކީ ވެސް ހަޖަމު ރަގަޅުކޮށްދީ، ބަނޑުގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. މިއީ މޭގަނޑާއި، ގޮހޮރުގެ މަސައްކަތްތައް ރަގަޅުކޮށްދޭ ބާވަތެއް ވެސް މެއެވެ.
(ތ) - އެހެނިހެން ފައިދާތައް :

ü      ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުން ރައްކާތެރިކޮށްދިނުން
ü      މޭނުބައިކުރުމާއި ހޮނޑުލެވުމުން ރައްކާތެރިކޮށްދިނުން
ü      ވައިގެ އުދަނގޫތައް ކުޑަކޮށްދިނުން
ü      އަލްޒައިމާ ބަލިން ރައްކާތެރިވުމަށް އެހީތެރިވެދިނުން
ü      ހަމުގެ މައްސަލަތައް ލުއިކަން ގެނެސްދިނުން
ü      ލޭގައި ދަގަނޑުގެ ބައި ރަގަޅުކޮށްދިނުން
ü      ބޭރަށްހިންގުން ރަގަޅުކޮށްދިނުން
ü       
މައުލޫމާތު :

No comments:

Post a Comment